ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި، ނައިބު ރައީސް ހުސެއިން އަދި އެ ރައީސް އޮފީހުގެ އިސް ބޭފުޅުންތަކެއް މަޑުކޮށްލައްވައިގެން.-- ފޮޓޯ | ރައީސް އޮފީސް
14 ޑިސެމްބަރ 2023 - 15:36
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހަމަޖައްސަން ނިންމާފައިވާ 50 ޕަސެންޓަށް ވެސް އަދި މީހުން އައްޔަން ނުކުރެވޭ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުންނެވެ. ނަމަވެސް، އިންތިގާލީ މަރުހަލާގައި ވައުދުވެވަޑައިގެންނެވި ގޮތާ ހިލާފަށް ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވަމުންދާ ކަމުގެ ފާޑުކިޔުންތައް، މި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވެސް ސިޔާސީ މުވައްޒަފުން އަދި އައްޔަން ނުކުރެއްވޭ ކަމަށެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވީ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެ އަދަދު ހިމަނާފައިވަނީ ރައީސް އޮފީހާއި މިނިސްޓްރީތަކާއި ރައީސާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމަނައިގެން ކަމަށް ފިރުޒުލް އޭރު ވިދާޅުވި އެވެ. އެ އުސޫލުން ބަލާނަމަ، ސިޔާސީ މުވައްޒަފުންގެ އަދަދު 350 އަށް އަދި ނާރަ އެވެ.
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެންމެ ފަހުގެ ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިބީ 808 ސިޔާސީ މުވައްޒަފުންނެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ވަނީ ކެބިނެޓުގެ ބޭފުޅުންނާ އެކު 170 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮށިކުކުޅު
16 December 2023
ކަންކުރުމުގަ އަވަދިނެތި ކުރިޔަށް ނުދެވިފަ ޤާނޫނީ ފޯމް ފުރަންށޭ ކިޔައިގެން ކަރުގަ ކައްޓެއްޖެހިފަ ތިބޭހެން ތާށިކޮށްގެން އެބަތިބޭ ބަލަ މީގެ ކުރިންވެސް ވަޒީފާތަކުގަ ކުށުގެ ރެކޯޑު ބަލަނީ 4 އަހަރަށޭ މިހާރު ތިމާމެން ބޭނުން ބަޔަކު އެތެރެ ކޮށް % ނަގާ ނިމިގެން ދެން ގާނޫނީ ފޯމު ފުރަންށޭ ކިޔައިގެން ހުއްޓުވާލ؛ައިގެން ތިބެން ނުޖެހޭ މީގެ ކުރިން ސިޔާސީ މަގާމްތަކަށް ގާނޫނީ ފޯމް ނުފުރައިރު ޕޮލސްރިޕޯރޓް ނަގައިގެނެވެސް ކުރެވޭނެ ކަމެއް ކަމަކީ
އަފްރާސިޔާބު
16 December 2023
މާމަދެއްނު، ހެސްކިޔާފަ ގިނަކޮއްލާ. ކޮންމެ މަގާމަކީވެސް ވަޒީރުން ފެންވަރުގެ މަގާމަކަށްވެސް ހަދަންޖެހޭނެ.
ަސދފ
15 December 2023
ތީތި އެއްގޮތަކުން ގަބޫލުކުރެވޭ..އަދުރޭ ވީޔާ ހުރީ ޕަސެންޓް ގުނަން..އަދުރޭމެންނަށް ސައުވީސް ގަޑިއިރު ހަމަނުވާތީ ޔާމީން އޮތީ ގޭ ބަންދުގައި އަދިވެސް.
އަހައްމަދޫ
15 December 2023
އައްދޭ ތިޔޮއް ފުރިގެން ބަންޑުންވަނީއެއްނު. އަދިވެސް ވިދާޅުވަނީ 50 ޕަސެންޓައްވެސް އައްޔަނުކުރެވެޔޭ
އަފްރާސިޔާބު
15 December 2023
މުއިއްޒު ވަރަށް ގަދަވާނެ. ނުކިޔަވާ މީހުނަށް ބޮޑެތި ސިޔާސީ މަގާމްތަކެއް ނުދެއްވާނެ.
ނާހަމަތެދެއްތަ
15 December 2023
ރަނގަޅު ވާހަކައެއް. އެކަމަކު އައްޔަނުކުރާ އެންމެން ވަޒީރުފެންވަރުގައި އައްޔަނުކުރީމައި މިޖެހެނީ ކޮންތާކު. ޚަރަދު ދެގުނަ ބޮޑުވާނެ.
އަފްރާސިޔާބު
15 December 2023
އަހަރެމެންނަށް ނުފެނުނު އޭގައި މައްސަލައެއް އޮތް ކަމަކަށް. އެމީހެއްގެ ރޮނޑެއްގެ ހަންދަމާނީ އެމީހަކު ބޭނުން ކޮޅަކުން. މިނިސްޓާރުންގެ ފެންވަރުގައި ލަނީ ތަޖުރިބާ ހުރީމާ. އެއަކީ މައްސަލައެއްނޫން. ސިވިލްސާރވިސްގެ 50 ޕަސެންޓް ސިޔާސީ މަގާމު ތަކަށް ހަމަ ލާންވީ. އަދި ލެވުނީ 330 މީހުން.
އަބުދުލް މަޖީދު
15 December 2023
ތިޔަ ވިދާޅުވި އެއްޗެއް އޮޅުމެއް ނުފިލި 14 ޑިސެމްބަރ ނިޔަލަށް މިނިސްޓަރުން، ސްޓޭޓް މިނިސްޓްރުން، އެޑްވައިޒަރުން، ޑެޕިއުޓީ މިނިސްޓަރުން ގެ އަދަދު 200 ވަމަވޭ. ރައީސް އޮފީހުގައި 300 ސްޓާފުން، މުލިއާގޭގައި 65 ސްޓާފުން، ހިލާލީގޭގައި 25 ސްޓާފުން 590 ސްޓާފުން ހަމަވޭ، އަދި ސީނިއަރ ޕްލިސީ ޑިރެކްޓަރުންނާ، އެންބަސީތަކަށް ހަމަޖައްސާ މީނުން ލައިގެން 700 ހަމަވާނެ. އަދި ޚަރަދުގެ ގޮތުން ބަލާނަމަ ސިޔާސީ މީހުނަށް ކުރަންޖެހޭ ޚަރަދު މިހާރު ކުރިއަށްވުރެ މަތިވާނެ.
އަފްރާސިޔާބު
15 December 2023
ތީ ރަނގަޅުވާހަކައެއްބާ؟
ތޮރީގް
15 December 2023
ރައީސް ސޯލިހް އައްޔަން ކުރިވަރާ ގާތް ވެސް ނުކުރޭ... ވެރިން ތިބެގެން ކަމެއް ވާނީ..
އަފްރާސިޔާބު
16 December 2023
އާނ... އެޔޭ ރައީސް ސޯލިހަށްވެސް ކަމެއް ނުކުރެވުނު ސަބަބަކީ. މަގާމްދިން އެންމެނަށް ވަޒީރުގެ ފެންވަރުގަ ނުދިނީމަ.
ޞިޕްސަ
15 December 2023
އެހެންނޫންތޯ ވާނީ ރައްރަށުގެ ޞިއްހީމަރުކަޒު ތަކަށް އައްޔަން ކުރި ހުރިހާ އެންމެން ކަނޑާލާފަ އަދި އައްޔަން ނުކުރޭ. އެއީ ރައީސް ޔާމީން ފެއްޓެވި ކަމަކަށްވާތީ މުއިޒު އެހާ ލައިކެއް ނުވޭ. މުއިޒަކީ ވަރަށް ތަފާތުކުރާ ބޭފުޅެއް. ކެމްޕެއިންގަ ވިދާޅުވި އެންމެންނަށް ރަނގަޅުގޮތެއް ހޯދަދޭނަމޭ. މާލޭގަ އުޅުއްވާ ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދީފަ ވޯޓު ހޯދަން ރަށަށް އައީމަ ރަނގަޅަށް ބަދަލު ލިބޭނެ
ކައިސަން
14 December 2023
ހަހަހަހާ. ބައެއް ކޮމެންޓް ކިޔާލުމުން އެނގޭ ބައެއްމީހުން ދަންދޮރު ނުދަންނަވަރު.
ޙަހަ
16 December 2023
މިކޮމެންޓްކިޔާފަ އަސްލު ތަންދޮރު ނުދްންނަ މީހާ އެނގިއްޖެ