ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން 700 އަށްވުރެ ގިނަ ނުކުރަން ނިންމައިފި

އިންތިހާބީ ރައީސް ޑރ. މުއިއްޒު، އެ މަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަމީންއާ ސަލާމް ކުރައްވަނީ: ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރަން ވަނީ ނިންމަވާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަލަށް އުފެދިގެން އަންނަ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބީ ރައީސް ނިންމަވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރަން ކަމަށެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް ވިދާޅުވި އެވެ.

އެންމެ ފަހުން މި ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ ގޮތުން، ނިމިގެންމިދާ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ މުސާރައިގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރަން ޖެހުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.

ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒު ނިންމަވާފައިވަނީ ޝާމިލް ސަރުކާރެއް އެކުލަވާލައްވަން ކަމަށާއި ކެބިނެޓާއި ސިޔާސީ މަގާމުތަކަށް ވެސް ފުރުސަތު ދެއްވާނީ ޕާޓީގެ ފިކުރަށް ބެލުމެއް ނެތި ގާބިލް، އިލްމީ ބޭފުޅުންނަށް ކަމަށެވެ.

"އެފަދަ ބޭފުޅުން ނިސްބަތްވަނީ ވަކި ޕާޓީއަކަށްވީމަ ސަރުކާރުން ދުރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް ސަރުކާރުގައި ހިމެނުމުގެ ފުރުސަތު އެބަ އޮތް. އެ ޝާމިލް ސަރުކާރުގެ ވާހަކަ އިންތިހާބީ ރައީސް ވިދާޅުވަނީ،" ތަރުޖަމާނު ވިދާޅުވި އެވެ.

އަދި މަގާމުތަކަށް އައްޔަން ކުރާނީ މުޅިން ވެސް ރައީސަށް ޖަވާބުދާރީވާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

121 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާރިމާޙް

21 November 2023

ބަލަން މިތިބީ...

The name is already taken The name is available. Register?

އަލީ19

17 November 2023

ކުރީ ސަރުކާރުގަ ތިބި ވަގުން ކައިރި ނުކުރާތި، މިހާރު ކުނަމެހި ބުރާހެން އެބަ ގާތްކުރޭ. ތީ ދރ. މުއީޒުގެ ހަލާކަށްވާނެ، އައު ބޭފުޅުންނަށް ފުރުސަތު ދެއްވާ

The name is already taken The name is available. Register?

ސިނާ

13 October 2023

ކިތަންމެ ރުޅިއަޔަކަސް އޮންނާނީ ހޮވިފަ. ދެން ލޮލް. މީސްމީހުން އަބުރާ ޢިއްޒަތާ ކަރާމާތަށް އަރަނީ ވެރިކަންނުލިބިގެން.

The name is already taken The name is available. Register?

ޤައުމު ދެކެ ލޯބިވޭ

12 October 2023

ތި ހުރިހާ ކޮރަޕްޓް މީހުން، ދަންދޮރު ނޭގޭ މީހުން ސިޔާސީ ބޮޑެތި މަގާމު ތަކަށް ހޮވުމަކީ ހައްލު ކުރަން ޖެހިފައިވާ ކަމެއް. އެއްމެންވެސް ލާރި ކޮޅު ކާލަން، އަމިއްލަ މަންފާއަށް ޤައުމުގެ ރުފިޔާ، މަގާމުގެ ބޭނުން ކުރަނީ.

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

12 October 2023

2008 ގެ މައުމޫނުގެ ވެރިކަން ބަދަލުވި ދުވަހުންފެށިގެން މިއަދާ ހަމަޔަށް ރާއްޖެތެރޭ ރަށްރަށުގައި ހެލްތް ސެންޓަރު ކަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ ޒަމާނަށް ނުފެތޭ އުމުރުން ދޮށީ ގިނަބަޔަކު ތިބޭ. މި ފަހަރު މިކަންކަން ބަދަލުވާން އެބަ ޖެހޭ. ހަމަ އެކަނި މިނިސްޓަރުން ބަދަލުވިޔަކަށް ރައްޔިތުންނަށް ދޭ ޚިދުމަތަކަށް ބަދަލެއް ނާންނާނެ!

The name is already taken The name is available. Register?

ހުމޭދާ

12 October 2023

ސެން އެކްޓިވިސްޓުން ވައްދާނީ ސިވިލް ސަރވަންޓުންގެ ގޮތުގައި. ކޮބާ އާރަށާޢި ލޯންޗް ކޮޅު ތަކާއި ގަރާޖު ތަކާއި ކާރު ޑްރައިވަރުންތަކާއި މިހެން ގޮސް ނިމޭއިރު މިހާރަށްވުރެ އިތުރުވާނެ ކަމީ ޔަގީން ކަމެއް. ކުރިން ފެނިފައި ހުރީ ތިކަންތައް. ކުންފުނި ތަކަށް މީހުން ވައްދަން އަންގަނީ މެޑަމް އޮފީހުން. އަދި މިނިސްޓްރީ ތަކުން ޖަލްސާ ތަކަށް ފޮނުވާމީހާވެސް ނިންމީ މެޑަމް އޮފީހުން. ސިވިލް ސަރވަންޓުން ކުޅެލީ މިނިސްޓަރުންނާ. މިނިސްޓަރުންނަށް ގޮންޖަހާފައި ކަންތައް ކުރީ

The name is already taken The name is available. Register?

ޖަމަލު ފޮޑި

11 October 2023

ފޮޓޯ ގައިބއެހެރީ ހާދަ ބޮޑު ބޯވައެކެވެ.

The name is already taken The name is available. Register?

ރަންނަ

11 October 2023

ނިޒާމު ބަދަލުނުކޮށް މިކަމެއް ހައްލެއްނުވާނެ. 700 ސިޔާސީ މުއައްޒިފުންނަށް ރައްޔިތުންގެ ލާރިން އަހަރަކު 130 މިލިއަން ހަރަދުކުރަނީ އަމިއްލަ ވެރިކަމާ ބާރުވެރިކަން ދަމަހައްޓަން. އެލާރި ޕްރޮޑަކްޓިވް ކަމަކަށް ބޭނުން ކުރުން މާ ބުއްދިވެރި ނޫންތޯ؟

The name is already taken The name is available. Register?

މަހފގސފދގ

11 October 2023

އިބޫ ވެރިކަމުގަ ކުދިކުދި ހެލްތް ސެންޓަރު ތަކަށްވެސް ނުކިޔަވާ ތިބި ސިޔާސީ މީހުން ލާފަ ތިބި.. ބޮޑު ބޭކާރު ހަރަދު، ސިއްޙީ ދާއިރާ، ތަޢުލީމީ، ތައުލީމީ ދާއިރާ، މީ ސިޔާސީ ކުރަންޖެހޭ ތަންތަނެއްނޫން..

The name is already taken The name is available. Register?

މަށް

11 October 2023

މި ސްކްރީން ސޮޓް ނެގީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454