ފުލުހުން މީގެ ކުރިން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ގެއަކަށް ދިޔައިރު، އެ ތަނުގެ ތެރޭގައި ބަޔަކު އޮށޯވެލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޑިސެމްބަރ 2023 - 17:12
ޑްރަގާ ގުޅޭގޮތުން މި ސަރުކާރުން ދެކެނީ، ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ދުނިޔޭގެ ޖަމާއަތްތަކުން ގަބޫލުކުރަނީ އެއީ ސިއްހީ މައްސަލައެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން، ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް، ކުރީގެ ސަރުކާރުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
ނަމަވެސް، މި ސަރުކާރުގެ އޮނިގަނޑުތައް ބަހާލާފައިވާ ގޮތުން، އެންޑީއޭ ގެނެސްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރީގައި ވެސް އަދި މިހާރު ވެސް ސަމާލުކަން ދެނީ ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ކަމަށެވެ.
އެކަމަކު، އެ މައްސަލައާ މެދު މި ސަރުކާރުގެ ވިސްނުމަކީ، ފިރުޒުލް ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށް ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ނޭޝަން ސެކިއުރިޓީ ފަސްޓް އިޝޫއެކޭ މި ކަމަކީ. މިކަން ހުއްޓުވުމުގައި ވަށައިޖެހޭ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. އެއް ކަމަކަށް، މަސްތުވާތަކެތި ރާއްޖެ އަށް އެތެރެވާ ދިމާތައް ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ. ހަމަ އެއާއެކު އެކީގައި، ކުރިއްސުރެ ވެސް ފަރުވާ އަށް އޮތް ސަމާލުކަން އެ އަށް ވުރެ އިތުރަށް އިތުރު ކޮށްގެން މަސައްކަތްތައް ކުރެވިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.
"އޭގެ މާނައަކީ އެއްވެސް ހާލެއްގައި ފަރުވާއަށާއި މުޖުތަމައުއަށް އަނބުރާ ގެންނަންޖެހޭ ފަރާތްތައް ގެނައުމަށް އޮތް ފޯކަސް ބަދަލުވެގެން ދިއެކޭ ނޫން، އެކަން އިތުރުވެގެން މި ދިޔައީ. އެކަން ހަރުދަނާކޮށް ކުރެވިގެންދާއިރު، މި މުޅި މައްސަލައަކީ އޭގެ ޒާތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށް ދެކިގެން، އެ ނަޒަރުން ފުރަތަމަ ކަމެއްގެ ގޮތުގައި އެޑްރެސް ކުރެވިގެން ދާދިއުން."
ފިރުޒުލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އިގުތިސޯދީ ގޮތުންނާއި ތަފާތު ދިމާތަކުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުން ބަދަލުކުރުމުން އެ ހުރިހާ ކަމަކަށް އެޑްރެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ފަރުވާއަށް ޑްރަގް ކޯޓުން ހުކުމް ކުރިއަސް، ފަރުވާ ނުފެށި ތިބި 700 މީހުންނަށް އަމާޒުކޮށް "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. ފިރުޒުލް ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން އެ އެންމެންނަށް ފަރުވާއަށް ވާސިލްވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސާ
15 December 2023
ކޮންމެ ސަރުކާރަކުންވެސް ޑްރަގޭ ކިޔައިގެން ވާހަކަދައްކައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލީ ދުވަހު އެއްވެސް ސަރުކާރަކަށް ޑްރަގް ބޭނުންކުރާ އަދި އެވިޔަފާރި ކުރާ މީހުން ނުހުއްޓުވޭނެކަން އަދި އެނިޔަތް ސިޔާސީ މަންފާނަގަން ނޫނީ ނުގެންގުޅެވޭނެކަން ފެންނާނެއެވެ.
ވައްޓެ
14 December 2023
ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މިގޮތަށް އަޒުމު ކަނޑައެޅީމަ ކޮންމެސް ބައެއް ސަލާމަތްވާނެ.
ހިސާން
14 December 2023
ހީކުރަން އެދެވޭ ހައްލެެއް އަވަސް މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް. ޝުކުރިއްޔާ ގައުމު.
އަފޫޫ
14 December 2023
ޝުކުރިއްޔާ މުއިއްޒު އަދި ސަރުކާރަށް. ވަރަށް ރަނގަޅު ކަމެއްތީ
ނަޖީބުު
14 December 2023
މި ސަރުކާރުގެ އަވަސް ދުވެލި ފެންނަނީ. އެންމެންވެސް ބުނަނީ މި ސަރުކާރުން މިކަހަލަ ކަންކަމަށް އަޅައެއްނުލާނޭ. މިހާރު ފެނޭތަ.
ދަހާާ
14 December 2023
މީ ވަރަށް އަވަހަށް ހައްލުބޭނުންވާ ކަމެއް. މިކަމުގެ ސަބަބުން އެތަށް އާއިލާއެއް ތަހައްމަލްމުރަމުންދާ ކަމެއް. ޝުކުރިއްޔާ މުއިއްޒު
ނަޖީބުު
14 December 2023
މުޖުތަމައު ތިކަމުން ސަލާމަތްކލށްދިނުމަކީ ހުރިހާ ދިވެހީންގެ އާދޭހެއް.
ގިޔާސް
14 December 2023
އެހެން ސަރުކާރުތަކަށްވުރެ ސީރިޔަސްކޮށް މިކަންބަލާހެން ހީވަނީ. ހީކުރަން އެދެވޭ ނަތީޖާއެއް ލިބޭނެ ކަމަށް.
ހައްޖަަަަަަަ
14 December 2023
ތި ކަންތަށް ރަނގަޅަށް ބަލާ ދިނުމަކީ ވަރަށް ބޮޑު އެދުމެއް.
އައުޓް
14 December 2023
ހަކުރު ބޯ ގުރޫޕު ވަކި ރަށަކަށް އަޅާބެލަ. ދިރިއުޅެވެން ނެތް. ސޯލިހު ރާޖު އެމީހުން ބަލި މީހުންނަށް ހަދައިގެން އެމީހުންގެ ޖާހިލުކަން ވި ބޮޑު