ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

ރިސޯޓް ޑިވެލޮޕްމަންޓުގައި "އޮޑޯޒޯ" ރާއްޖޭގެ އެންމެ އުހުގައި

"އޮޑޯޒޯ"ގެ ޓީމު މަސައްކަތުގައި. -- ފޮޓޯ: އޮޑޯޒޯ

17 ޑިސެމްބަރ 2023 - 13:15

1 comments

ކޮންސްޓްރަކްޝަންގެ ބޮޑޭތި ބިޔަ ޕްރޮޖެކްޓުތައް ކާމިޔާބުކަމާ އެކު ހަލުވި ސްޕީޑުގައި ނިންމަމުންދާ "އޮޑޯޒޯ" ކުންފުންޏަކީ މިހާރު ޓޫރިޒަމް ކޮންސްޓްރަކްޝަންގެ ދާއިރާގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމެވެ. މި ކުންފުންޏަކީ ޓޫރިޒަމް ދާއިރާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ބްރޭންޑުތަކާ އެކު މަސައްކަތް ކުރަމުން އަންނަ އެއް ކުންފުންޏެވެ.

ލަކުޑީގެ މަސައްކަތްތަކުން ފަށައި, ކޮންސްޓްރަކްޝަން ދާއިރާ އަށް ވަދެ, އެ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައި ހަމަކުރަމުންދާ މި ކުންފުންޏަކީ 120 މުވައްޒަފުންނާ އެކު ވަރުބަލިކަމެއް ނެތި އަމިއްލަ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި, ކުންފުނިތަކާއި އިންސްޓިޓިއުޓްތައް އަދި ސަރުކާރުގެ ވެސް ޕްރޮޖެކްޓުތައް ހިންގާފައިވާ ގާބިލު ޓީމެއް އޮތް ކުންފުންޏެކެވެ.

އޮޑޯޒޯއިން ނިންމާފައިވާ ޕްރޮޖެކްޓެއް. -- ފޮޓޯ: އޮޑޯޒޯ

މި ކުންފުނިން މިހާތަނަށް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައިވާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރި އާ ޕަސެންޖާ ޓާމިނަލުގެ ފައުންޑޭޝަންގެ މަސައްކަތާއި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން މައިނާ ގްރޫޕްގެ އަނަންތަރަ ކިހަވައް ރެނޮވޭޝަން މަސައްކަތާއި، އާވާނީ ފަރެސް، ފޯސީޒަން ލަނޑާގިރާވަރު، މާރި ރާޔާ މޯލްޑިވްސް، ކްލަބް މެޑް، ވައްކަރު މޯލްޑިވްސް އަދި ގިލި ލަންކަން ފުށީގެ ރެނޮވޭޝަން މަސައްކަތްތަކަކީ ފާހަގަ ކޮށްލެވޭ މަސައްކަތްތެކެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި މި ކުންފުނިން ނިންމާފައިވާ ގިނަ ޕްރޮޖެކްޓުތަކެއްގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކެވެ.

"އޮޑޯޒޯ"އިން ނިންމާފައިވާ ޕްރޮޖެކްޓެއް. -- ފޮޓޯ: އޮޑޯޒޯ

ޓޫރިޒަމް އިންޑަސްޓްރީގައި މި ކުންފުނިން މިހާރު ވެސް ބޮޑެތި ޕްރޮޖެކްޓުތަކެއްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެ ކުންފުނިން ދަނީ އަންނަންތަރަ ކިހާވައް މޯލްޑިވްސް ރިސޯޓުގައި އަލަށް ހަދާ ފަޔާ ރެސްޓޯރަންޓުގެ މަސައްކަތްތަކާއި އެ ރިސޯޓުގައި މިހާރު ހުރި ފަޔާ ރެސްޓޯރަންޓުގެ ރެނޮވޭޝަންގެ މަސައްކަތްތަކާއި އެ ރިސޯޓުގެ ވޯޓާ ވިލާ ރެނޮވޭޝަންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓުގައި ޑިޒައިން ޑިވަލޮޕްމަންޓާއި ކޮންސްޓްރަކްޝަނާއި ގެސްޓް ވިލާ ހިމެނޭ ގޮތަށް މެއިންޓަނަންސްގެ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ ރިސޯޓުގައި ބޮއިލާ ރޫމް ހެދުމުގެ މަސައްކަތާއި މެއިން ޕޫލް ސްލައިޑާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތާއި ވޯޓާ ވިލާ ކޮލަމް ރިޕްލޭސްމަންޓުގެ މަސައްކަތްތަކާއި ޑްރައި ސްޓޯ ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން މި ކުންފުނިން ދަނީ ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ސްޓާފް އެކޮމަޑޭޝަން ރެނޮވޭޝަނުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

މި ކުންފުނިން އިޖުތިމާއީ ތަރައްގީ އާއި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަނަންތަރަ ކިހާވަކުގައި ކުރިއަށް ދިޔަ ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެ ރިސޯޓު ކައިރިގައި އޮންނަ ބ. ކުޑަރިކިލުގެ ކައުންސިލާއި ގުޅިގެން ކްލީނަޕް ޑޭ އިވެންޓެއް ވަނީ ބާއްވައިފަ އެވެ. އަދި ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި އެ ރަށުގެ ބާބަކިއު އޭރިއާ ތަރައްގީކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ލަކުޑީގެ މަސައްކަތްތަކުން ފެށި "އޮޑޯޒޯ" ކުންފުންޏަކީ ލަކުޑި ސަޕްލައި ވެސް ކުރާ ކުންފުންޏެކެވެ. މި ކުންފުނިން ސަޕްލައިކުރަމުން އަންނަނީ ގިނަ ދުވަހަށް ދެމިހުންނާނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ނިއުޒިލެންޑުގެ ލަކުޑި އެވެ. އެ ކުންފުނިން އެކި ޕްރޮޖެކްޓުތަކުގައި ބޭނުން ކުރެވޭނެ އެކި ސައިޒުތަކުގެ ލަކުޑި ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި އެކި ބަޖެޓުތަކަށް ފެތޭ, ހެޔޮ އަގުގައި ލިބެން ހުރި ލަކުޑި ވެސް ހިމެނެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑެތި މަސައްކަތްތަކެއްގައި ވަރުބަލި ކަމެއް ނެތި މަސައްކަތްކުރަމުންދާ "އޮޑޯޒޯ"ގެ އަމާޒަކީ އެ ކުންފުނީގެ ކްލައިންޓުން ހިތްހަމަޖެހޭ ފަދަ ގޮތަކަށް, މަސައްކަތް ކުރެވެން ހުރި އެންމެ ކޮލެޓީ ފެންވަރުގައި މަސައްކަތްތައް ކުރުމެވެ. އަދި މި ދާއިރާއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ފައި ހަމަކޮށް, އީޖާދީ, ކްރިއޭޓިވް ހިޔާލުތަކާއި އެކު ޒަމާނާ ގުޅޭ ގޮތަށް އެ ކުންފުނީގެ މަސައްކަތްތައް ކުރުމެވެ.

މި ކުންފުނި ރިސޯޓް ކޮންސްޓްރަކްޝަންގެ އެންމެ ކުރީގައި އޮތީ ވެސް މި އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ނޯޓު: މިއީ "އޮޑޯޒޯ"ގެ އެޓްޑަވަޓޯރިއަލް އާޓިކަލެކެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސިލް

17 December 2023

މަސައްކަތްތެރިންގެ %99 ވާނީ ބިދޭސީނނަށް. އެމަސައްކަތްތައްވެސް ދިވެހިން ލައްވާ ކުރުވާނަމަދޯ. ސްކޫލްތަކުވަ މިކަހަލަ ސްކިލްވެސް ދަސްކޮށްދެން އެބަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454