ވިޔަފާރި / މުހައްމަދު އަމީން (ޓްރާންސްޕޯޓް މިނިސްޓަރު)

އާ ދެ ބޯޓު ހަ މަސް ތެރޭގައި ގެނެސް، ހަތް މަންޒިލަކަށް ދަތުރު ފަށަނީ

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ކެބިނެޓްގެ ބައްދަލުވުމަކަށް ވަދެވަޑައިގަންނަވަނީ: އޭނާ ވިދާޅުވީ ހަ މަސް ތެރޭ ދެ ބޯޓު ގެނެސް އޮޕަރޭޝަން ފަށާނެ ކަމަށް.

ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވި ކަރުދާސް ފާސްކޮށްފައިވާ އިރު، އެ ދެ ބޯޓު ގެނައުމުގެ ކަންކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދެ ބޯޓު ގެންނާނީ ލީޒް ކޮށްގެން ކަމަށް އަމީން ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަ މަސް ތެރޭ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ފެށިގެންދާނެ. މިހާރު އިނީޝަލީ ބަލާފައި ވަނީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޔޫރަޕުގެ ދަތުރުތައް ކުރާނީ ކޮން ކޮން ސިޓީތަކަކަށްތޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ. މީގެ ކުރިން ވެސް މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.

ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޑރ. މުއިއްޒު ކުރިއަށް ގެންދަވާއިރު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.

މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީ އެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"ވައިޑް-ބޮޑީ އެއާކްރާފްޓުތަކުން މި އޮޕަރޭޝަންތައް ފެށުމަށް އިންވެސްޓް ކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.

ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކާ ބެހޭ އިންތިޒާމްތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަން ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

42 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައްކެޔޮ

18 December 2023

ތީ ހަމަ ހުސް އަގަތަޅާ މީހެއް ކަމެއް ވާ މީހެއްނޫން ހަވީރު ދަޅަ އަށް ކުޅެން ނޭގުނަސް ގޮސް ޓެިނިސް ބޯޅަ ތެޅުން ތީ ތީ ނައަށް ކުރަން އިނގޭ ކަމަކީ

The name is already taken The name is available. Register?

ވަހީދާ މުހައްމަދު

18 December 2023

ޔަގީންވާ އެއްކަމެއް އެބައިން. ރައީސް މުއިއްޒްގެ ސަރުކާރުން ބަގުރޫޓްވެފައިވާ މޯލްޑިވިއަންވެސް އިންޝާﷲ ކޮޅަށް ޖަހާނެ. A

The name is already taken The name is available. Register?

އަފްސަލް ހަމީދު

18 December 2023

އޭރުވެސް އިނގޭ ރައީސް މުއިއްޒްއާ ކެޕްޓަން އަމީން މޯލްޑިވިއަން ހިންގާލާނެ ކަން.

The name is already taken The name is available. Register?

ޝިމްރީން

18 December 2023

ސާބަހޭ ރައީސް މުއިއްޒް. ސާބަހޭ ކެޕްޓަން އަމީން.

The name is already taken The name is available. Register?

ޒޫނާ މުހައްމަދު

18 December 2023

މިއަދު މީގެ ސަބަބުން ގިނަ ވަޒީފާތަކެއްވެސް އިގްތިސާދުގެ ތެރެއިން އުފެދިގެން ދާނެ. ހަމައެކަނި ޑޮލަރެއް ނޫން. އެކި ގޮތްގޮތުން ފައިދާވާނެ.

The name is already taken The name is available. Register?

މަތީންް

18 December 2023

މިއީ ވަރަށް ރަނގަޅުކަމެއް. މީގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ފުޅާވެގެންދާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2023

ތަނުގެ އިސްރާފްކުޑަކުރަން Domestic operation ގެ ޑެއިލީޝެޑިއުލް ދަތުރަށް ބަދަލުގެނެސް އިފުރު، ދަރަވަންދޫ، ފުވައްމުލައް ނޫން ޑޮމެސްޓިކް އެހެން އެއަރޕޯޓްތަކަށް މާލެއިންކުރާ ޑިރެކްޓް ދަތުރުހުއްޓާލާފަ (ފުލްލޯޑް ލިބޭނަމަ ވީކެންޑް ދަތުރުއަޅަންވީ) މާލެ-ގޭން އަދި މާލެ-ހަނިމާދުއަށް އެއަރބަސް A-321 ބާއްވާފަ އުތުރުގެ ޑޮމެސްޓިކް ހަބަކަށް ހަނިމާދޫ ދެކުނު ހަބަކަށް ގޭން އެއަރޕޯޓް ކަޑައަޅާ އެތަންތަނުގައި ޓްރާންސިޓްވެފައި އެހެން މަންޒިލްތަކަށް ދާގޮތަށް ހަމަޖައްސާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2023

މަތީގައިދެންނެވި ބަދަލުގެސަބަބުން ޙާސިލްވާނެކަންކަމަކީ ޑޮމެސްޓިކް އަދި ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ Air Connectivity ހަމަޖެހި އިޤްތިސޯދަށް ފަހިވެއްޓެއްލިބުމާއި، ކ.މާލޭ އެއަރޕޯޓްގެ ޓްރެފިކްގެމައްސަލަ ހައްލުވުން (މިހާރު ޖާގަނުލިބިގެން މަތީގައި 15 ވަރަކަށް މިނެޓް ބުރުޖަހާލަ ޖަހާލަ އޮންނަންޖޭ) އަދި ގޭންއެއަރޕޯޓާއި ހަނިމާދޫގައި އަޅުވާފައިއޮތް "މަރުގެ ތަޅު" ނައްޓާން މަޖުބޫރުވެގެން ދިއުން. މިކަމުގެސަބަބުން ޔަޤީނަށް މިދެންނެވިބަދަލު އަންނާނެ.

The name is already taken The name is available. Register?

މުހައްމަދު ނާޒިމް

18 December 2023

އާ ޓާމިނަލް ހުޅުވާ މި މަންޒިލްތަކަށް ދަތުރުކުރަން ފެއްޓީމަ ދެން ހާސްވާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ބަހާއު މުހައްމަދު

18 December 2023

ޓޫރިޒަމް ދާއިރާ ހަމަ ޔަގީނުންވެސް އައު ހަރުފަތަކަށް ރައީސް މުއިއްޒް ގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.

The name is already taken The name is available. Register?

ބަޑިތަކުރު

18 December 2023

ކުއްޔަށް ބޯޓްގެނެސްގެން މީގެ ކުރިންވެސް ދުއްވައިގެން އިންތިހާއަށް ވަނީ ގެއްލުންވެފައެވެ. މިފަހަރު އެހެން ނުވާނެގޮތަކަށް ތިކަން ކުރާނެކަމަށް އުންމީދު ކުރަމެވެ. ކުއްޔަށް ހިފުމުގެ ކަންކަން ހާމަކަންބޮޑު ވާދަވެރި އުސޫލަކުން ނުކުރިއްޔާ އަނެއްކާ ތިޔަކަމާ ހަވާލުވެގެން އުޅޭމީހުންގެ އަމިއްލަ ފައިދާއަށް ތިކަން ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ދައުލަތުން މުސާރަ ލިބިގެން އަދާކުރާ ވަޒީފާގައި ވެސް އިތުރު ނާޖާއިޒް މަންފާއެއް ހޯދެން އޮތިއްޔާ ނުހޯދާ މީހުން މަދެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454