17 ޑިސެމްބަރ 2023 - 17:58
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ބްރޭންޑު ކުރުމާއި އިޝްތިހާރު ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، އެ ކުންފުނިން މަސްވެރިކަމުގެ އުފެއްދުންތައް ކަމަށްވާ އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުގެ ވަސީލަތްތައް އިޝްތިހާރު ކުރާނެ ކަމަށެވެ.
އެ ދާއިރާ އަށް ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، ޕްރީމިއަމް ޕްރޮޑަކްޓެއް ގޮތުގައި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ވަކި އިދާރާއެއް ގޮތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ވަނީ ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.
އެ ކުންފުނި އުފައްދަން ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އަންނަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑުންނެވެ.
އާ ކުންފުނި އުފެއްދުމާ އެކު، އެ ބޯޑު އުވޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
މަސްވެރިކަން ޕްރޮމޯޓު ކުރަން ވަކި ކުންފުންޏެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހުރީ.
18 December 2023
މަސް ބޭރުކުރާ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ ޓޫރިޒަމް އާ އެއްވަރަށް މަސްވެރިންގެ ސިނާއަތު ކުރިއަރުވަން ރައީސް މުއިއްޒް ތިކުރަނީ ގައުމީ މަސައްކަތެއް. ޝުކުރަން.
އައްބާސް އާދިލް
18 December 2023
އުފާވެރި ހަބަރެއް. މީގެ ސަބަބުން ރާއްޖޭގެ މަހުން އުފައްދާ ސާމާނު ބޭރު ގައުމުތަކުގައި ވިއްކާލެވޭނެ.
ރަފާހް އަލީ
18 December 2023
މަސްވެރިންގެ ހައްގުގައި ރައީސް މުއިއްޒް ތިކުރާ މަސައްކަތް ވަރަށް ބަރާބަރު. ބަލައިގަންނަން.
ސަވާދު މުހައްމަދު
18 December 2023
ލަސްވެފަ އޮތް ކަމެއް. ޓޫރިޒަމްއެކޭ އެއްގޮތަށް މި ސިނާއަތުވެސް ކުރިއަރުވަންޖެހޭ.
ތިމާހް
18 December 2023
ދޮގު ނުހަދާ ބުންނަޔާ ބުނާނީ އަދި ކިރިޔާ މަސްވެރިން ވެގެން މި ސިނާއަތު ކުރިއަރުވަން ރާއްޖޭގެ ސަރުކާރަކުން އުޅޭތަން.
ސައުދަތު އިބްރާހިމް
18 December 2023
އަޅުގަނޑުގެ ބައްޕައަކީވެސް މަސްވެރިއެއް. މިއީ ބައްޕަ ވަރަށް ދުވަސްވަންދެން ބޭނުންވެފަ ހުރި ކަމެއް. ހުރީ މި ހަބަރު ދިނީމަ ވަރަށް އުފަލުން.
ސަމިމާ
18 December 2023
ބައްޕަ ބުނީ ހަމަ އެކަމަށް ވަކި ކުންފުންޏެެއް ހަދާށޭތަ؟
ސާމް ނާފިޒް
18 December 2023
މަސްވެރިންގެ ހައްގުގައި ރައީސް މުއިއްޒް ވަރަށް ގިނަ ކަންކަން ކޮށްފި. އެކަން އެބަފެނޭ. 130 މިލިޔަން ރުފިޔާ މިހާރުވެސް ދީފި
ރިފްއަތް ޖިހާދު
18 December 2023
ވަރަށް ރަނގަޅު ކަމެއް. މިދާއިރާ ފަޑުވިޔަ ދީގެން ނުޥާނެ.
އަފްރާސިޔާބު
17 December 2023
އެމީހުން އުޅޭނީ ޔޫރަޕުގައި. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތީމާ ސަރުކާރުން ބޭނުންވާ މީހުން ލައްވަން ފަސޭހަ ވާނެތާ. ދެން މިހާރުވެސް ސަރުކާރުގެ 100 ޕަސެންޓް އޮތް ކަރުދާހު ކުންފުނި މަދެއްނޫން.
ޚަރަދުބޮޑެއްނޫން
17 December 2023
ބަޔަކަށް ވަޒީފާ ދީ ދަޢުލަތުގެ ބަޖެޓް ހުސްކުރާނެ އައު ކުންފުންޏެއް އުފެއްދީ ދެއްތޯ