17 ޑިސެމްބަރ 2023 - 21:18
މި ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
މިދިޔަ މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އެ މަހު 20 ގަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ބޭއްވި މަޖިލިހުގެ އެއްވެސް ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާއެއް ނުކުރި އެވެ. ރުހުން ދިނުމުގެ ކަންކަން މި އެޖެންޑާކުރީ މަޖިލިހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ.
ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ކޮމިޓީގެ ނިންމުމަކީ ރައީސް ޑރ. މުއިއްޒު ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ވެސް ޝަރުތު ހަމަވާ ކަމަށެވެ. އެކަމަކު، އެ ކޮމިޓީން ނިންމީ ރުހުން ދޭން ފެނޭތޯ ބަލަން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހާށެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު ވަކިކުރެވޭ ގޮތަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ މައްސަލަ ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ.
އޭގެ އިތުރުން ވެސް ނުނިމި ހުރި އިތުރު ބިލުތަކެއްގެ މަސައްކަތް ވެސް ވަނީ އެޖެންޑާ އަށް ލައިފަ އެވެ.
އެމްޑީޕީގެ މެންބަރުން ބޭނުން ވެއްޖެ ނަމަ ދައުރު އިތުރަށް ދަންމާލަން ވެސް ފާސް ކުރެވިދާނެ އެވެ.
- މުހައްމަދު ޣައްސާން މައުމޫން (ޑިފެންސް މިނިސްޓަރު)
- މޫސާ ޒަމީރު (ފޮރިން މިނިސްޓަރު)
- ޑރ. މުހައްމަދު ޝަފީގު (ފިނޭންސް މިނިސްޓަރު)
- އަހުމަދު އުޝާމް (އެޓާނީ ޖެނެރަލް)
- އަލީ އިހުސާން (ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު)
- މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)
- ޑރ. އިސްމާއިލް ޝަފީއު (އެޑިއުކޭޝަން މިނިސްޓަރު)
- އިބްރާހިމް ފައިސަލް (ޓޫރިޒަމް މިނިސްޓަރު)
- ޑރ. އަލީ ހައިދަރު (ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު)
- ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (އިސްލާމިކް އެފެއާޒް މިނިސްޓަރު)
- ޑރ. އަބްދުالله ހަލީލް (ހެލްތު މިނިސްޓަރު)
- އަހުމަދު ޝިޔާމް (ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް)
- އާދަމް ޝަރީފު (ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު)
- މުހައްމަދު އަމީން (ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު)
- ޑރ. މަރިޔަމް މާރިޔާ (ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް)
- ޑރ. އަބްދުﷲ މުއްތޮލިބު (ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު)
- ޑރ. އައިޝަތު ރަމީލާ (އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު)
- ޑރ. އާއިޝަތު ޝިހާމް (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު)
- ތޯރިގު އިބްރާހިމް (ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ މިނިސްޓަރު)
- އާދަމް ނަސީރު އިބްރާހިމް (ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު)
- އިބްރާހިމް ވަހީދު (ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު)
- އަބްދުﷲ ރާފިއު (ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓަރު)
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ އިރު މިދިޔަ ދުވަސްތަކުގައި އެމްޑީޕީގެ މެންބަރުން ވަނީ އެކި މިނިސްޓަރުންނާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވާ އެއް މިނިސްޓަރަކީ ހައުސިން މިނިސްޓަރު ހައިދަރެވެ.
އޭނާ އަށް ރުހުން ނުދޭނެ ކަމަށް ވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ވެސް ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓު ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ
18 December 2023
ޔޫތު މިނިސްޓަރުގެ އަޑެއްބަޑެއްނީވޭ.
ޝިޔާމް އަލީ
18 December 2023
ތާރީހުގައިވެސް އެއްމެ ގާބިލް ކެބިނެޓަށް މި ކެބިނެޓްވާނެ
ފާތުމަތުު އަލީ
18 December 2023
އިތުރު ސަކަރާތް ނުޖަހާ ތި އެއްމެނަށް ރުހުންދީ
މަކަރުވެރިން
17 December 2023
އިންތިޚާބީ ދޮގުވެރިންނަށް ރަނގަޅު ފިލާވަޅެއް ދޭތި؟
ރަމަ
17 December 2023
ފިނޭންސްގައި ތިންމިނިސްޓަރުން ދެންކޮންމެ މިނިސްޓްރީއެއްގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 15 ޑެޕިއުޓީ މިނިސްޓަރުން. ފުކެއްބޮޑުވަރު ދެންމީ! ރައްޔިތުން ބުނެގެން ރުހުން ނުދޭނަމަ ނުދޭންވީ މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު) އިބްރާހިމް ފައިސަލް (ޓޫރިޒަމް މިނިސްޓަރު) ޑރ. އަލީ ހައިދަރު (ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު) ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (އިސްލާމިކް އެފެއާޒް މިނިސްޓަރަށް)
ބުރަ
18 December 2023
ތީ ޔާމީނުތަ؟ ހާދަ ވައްތަރޭ!
އަބޫބަކުބެ
17 December 2023
ކެބިނެޓަށް އަސްވާޑު ވައްޓާލީ ކިހިނެއްހޭ؟
މިންޓޫރިޒަމް
17 December 2023
ޓޫރިޒަމް މިނިސްޓަރަށް ރުހުން ނުދޭތި.
ސީޒަން ޖެކްޝަން
17 December 2023
ޔާމީނުސަރުކަަރުގާ ވަޒީރުކަންކުރި އެކަކަށްވެސް ރުހުންދޭކަށް ނުފެނޭ.
ހައްގު ތެދު
18 December 2023
އެމްޑީޕީ ސަރުކާރެއް ވިއްޔާ ގަނޑުކޮއް ރުހުންދޭން ޖެހޭ. އަދި 2 އަހަރުގެ ވަގުތު ދޭންޖެހޭ ރަނގަޅައްތޯ ހިންގަނީ ބަލަން. އެހެން ބަޔަކު ވެއްޖެޔާ ކިރިޔާވެސް ހިތްހަމަ ނުޖެހެންޔާ ރުހުންވެސް ދީގެންނުވާނެ. ވަގުތު ވެސް ދީގެންނުވާނެ. މިއީ މިހާރުގެ ހަމަޔަކީ
ާގުރޫބެ
17 December 2023
ހައުސިން މިނިސްޓަރަށް ނުދޭތި ކޮންމެ ގޮތެއްހަދަަާފަވެސް.އޭނަ ހަމާގަ ހުރިހެންް ހީނުވޭ.
ބޮޑުކައްކާ
17 December 2023
ގޯތި ލިސްޓް ރިވިއުއެއް ނުކުރޭ. ގްރޫޕްކައްކާތަކުން ދުއްވާ ދެބޯގެރިއެއީ.