ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރުގެ ބިން އިތުރުކުރަނީ

ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ގުޅީފަޅާއި ގިރާވަރަށް އިތުރު 135 ހެކްޓަރުގެ ބިން އިތުރުކުރަން ވަނީ ނިންމައިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އަދި ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ގުޅީފަޅާއި ގިރާވަރުފަޅަށް ޖުމްލަ 135 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ގުޅީފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނަން، ގިރާވަރުގަ އިތުރަށް 50 ހެކްޓަރު ހިއްކާނަން. އަދި އެ ސަރަހައްދުތައް ގުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

"ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއު ވެސް އެއީއެއް ނޫނޭ އަޅުގަނޑުމެންގެ ޕްލޭނުގައި އޮތް މިންވަރަކީ. މިހާރު އެ ހިއްކަމުން އެދާ މިންވަރަށްވުރެ މާބޮޑު ތަން ހިއްކަން ނިންމައިފައިވާނެ. 24 ކިއުބިކް މީޓަރުގެ ވެލި މިހާރު އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއަމް ރީކްލެމޭޝަންގެ ގޮތުގައި ކުރިއަށް ދާނެ، އޭގެ ސަބަބުން 85 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"ހަމައެހެން ގިރާވަރުފަޅުގައި ވެސް މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާބޮޑުތަން އިތުރު ކުރެވި އިތުރު 50 ހެކްޓަރު ގިރާވަރުފަޅުން ވެސް ހިއްކާނަން."

ރައީސް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު މާލެއާ ގުޅުވައި އެތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ދޭން ބުނި ގޯތިތަކާއި ފްލެޓްތައް މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް އަރުވާ ކަމަށާއި ނުހިއްކާ ހުރި ފަޅުތައް ހިއްކައިގެން އެ ގޯތިތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ހިއްކަން ފެށި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ބިމަށްވާއިރު މި ތަން ތަރައްގީ ކުރާނީ، ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެގެ ނަމުގަ އެވެ. އަދި އެ ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި، ރައްކާތެރި ސިޓީއަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަސްމާލެއާ އެކު ގުޅީފަޅު އަދި ގިރާވަރުފަޅު ވެސް ތަރައްގީވެގެން ދިޔުމުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ ސިޓީ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިނެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.

"މާލޭގެ ރައްޔިތުންނަށް މި ޒަމާންވީ ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް ދާއިމަށް އިރާދަކުރެއްވިއްޔާ ހައްލު ވެގެންދާނެ، ހައްލު ކޮށްދޭނަން މި ތަނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީ ކުރާ އާ ސިޓީތަކުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހަމަހަމަކަމާ އެކު ހުޅުވާލާނެ ކަމަށެވެ.

18 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާނބުޅާ

19 December 2023

މިހާރު ރާއްޖޭގެ ދަރަނި ބޮޑެއް ނުވޭތަ މިތަންތަން ހިއްކާގެން... ކުރިން ހީވީ ދަރަނި ބޮޑު ވެގެން އެވާހަކަ ދައްކި އިރު ނޭވާ ހޮޅިއައް އެޅިގެން އުޅުނުހެން...

The name is already taken The name is available. Register?

ދެރަވަރު

19 December 2023

މިހާރު ހިކިފަސްތަނުން ދީފަހުރިގޯތިތައް ހަވާލުކޮށްދީބަލަ މޭޔަރުވޯޓު ވަރަށްގާތުގައޮތީ

The name is already taken The name is available. Register?

‫ނާޑުވާ

19 December 2023

‫ފުށިބަންކޯ ކިޔާ ކުންފުންޏެއް ހަދާފަ ތިޔަ ހިއްކާތަން ދޭނީ. އެހިސާބުން ވަﷲ އައުލަމް.

The name is already taken The name is available. Register?

ޖަވާހިރު.

19 December 2023

އިކިޒާތްޒާތު ނަންނަމުގައި ކުންފުނި ހަދަނީ ދައުލަތުގެ ޙަރަދުގައި ތިތަންތަން ހިއްކާ ތަރައްޤީކޮށް ފުލެޓް އަޅާފައި އެތަންތަން ުޤައްދަސް ރަށްކޮޅުގެ މީހުނަށް ހިލޭ ބަހަންވެގެން.

The name is already taken The name is available. Register?

‫ޖަވާހިރުލާލް ނެހެރޫ

21 December 2023

‫ރައްރަށުން ހިލޭބަހަން އޯކޭ ދޯ.

The name is already taken The name is available. Register?

މުއިއްޒު އައުޓު

19 December 2023

މުއިއްޒު ސަރުކާރުން ނުކުރާނެ، ކުއްޔަށް ނުވަތަ ގަނެގެން ބަޔަކު ކޮށްފާނެ، އެސަރަހައްދަކީ ބޮޑު ސިއްރެއް،، ގޯތިވެސް ނުދޭނެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2023

ދައުލަތުގެ ޤއ އާއި ޤާނޫނުތަކުގެއިތުރުން ރާއްޖެބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ޤާނޫނުތަކަށްވެސް ބެލުމެއް ފަރުވާލެއްނެތި ހިންގާ "ޤަބީލާވަންތަ އެއްރަށްދައުލަތް ސިޔާސަތު" ނުވަތަ ޒަމާނީގޮތަށްބުނާނަމަ ރޭސިޒަމް ނައްތާލުމަށްޓަކާ "އަހަރުމެނަށް" ނުވަތަ ދެވަނަދަރަޖައިގެ "ކުލީ އަޅުންނަށް" އޮތް އެންމެރަނގަޅުމަގަކީ ކުރިއަށްއޮތް މަޖިލިސްއިންތިޙާބުގައި "ބީރައްޓެއްސަކު ހޮވުމުގެބަދަލުގައި" ޤާނޫނުއަސާސީގެ 72 ހ ބާރުއަޅާގޮތަށް ދާއިރާގެރަށްވެއްސަކު މަޖިލީހަށްހޮވުން.

The name is already taken The name is available. Register?

މިދުއަމް

18 December 2023

އޭރު 200 ހެކްޓަރަށް 24 މިލިއަން ކިއުބިކްމީޓަރު ގޯސް. އެކަމު މިހާރު 85 ހެކްޓަރަށް 21 މިލިއަން ކިއުބިކްމީޓަރު އޯކޭ. ޝުކުރިއްޔާ ރައީސް މުއިއްޒު އާއި މިދުއަމް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2023

މިމީހާގެ ވެރިކަމުގެ 100 ދުވަހުގެ ކަންކަން ތަރުތީބު ކުރަމުންދާ ގޮތަށާއި، އަމަލާއި ބަސްމަގު ހުރިގޮތުން މިމީހާ ވެރިކަން ހޯދަން ވެވަޑައިގަތް ވަޢުދު ތަކުގެ ތެރެއިން ކ.އަތޮޅު މާލެ ނޫން ރަށެއްގައި ހިންގާންބުނި އެންމެބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ވައުދުވި އައްޑޫ ހުޅުމީދޫ އަވަށާއި ހިތަދޫއަވަށް ގުޅުވާލުމަށް އަޅާދޭންބުނި Addu Bridge އާއިމެދު މިހާރު އެއްވެސްކަހަލަ އުއްމީދެއްނެތް. މިމީހާވެސްގެންގުޅެނީ ހަމަ "އެއްރަށްދައުލަތް ސިޔާސަތެއްކަން" އެގި ކަށަވަރު ވެއްޖެ.

The name is already taken The name is available. Register?

މަރިޔަމް މޫސާ

19 December 2023

ކަލޯ މަޑުންހުރެބަލަ އިހަށް ފޮނު ނާރުވަ!

The name is already taken The name is available. Register?

ހާރޫނު.

19 December 2023

އަފީފު ކަންބޮޑުނުވޭ. ވެރިކަމުގައި ހުންނެވީ އިބުރާހީމު ފަދަ ތަންދޮރު ނުދަންނަ މީހެއްނޫން. އައްދޫ ބުރިޖުގެ ވާހަކަ ދެއްކީ އެކަންކުރާނެގޮތާއި ފައިސާލިބޭނެގޮތް އެގިހުރެ އެކަން ކުރަން ނިންމައިގެން. ރާއްޖޭގައި އެންމެ އަވަހަށް އެޅި އެންމެ ބޮޑު ބުރިޖުގެ ވާހަކަ ދައްކާނަމަ ދެން ދައްކަން ޖެހޭނީ ރަީސް މުއްިޒުގެ އައްޑޫ ބުރިޖް ވާހަކަ. ކެތްކޮށްލާ ބުރިޖު އަޅާނެ. އަންނަ އަހަރު މަސައްކަތް ޙަވާލު ކުރާނެ.

The name is already taken The name is available. Register?

ހައްދޫ

19 December 2023

ބޭކާރު ބުރިޖްތައް އެޅުމުގެ ބޭނުމެއް ނެތް. މިހާރު މާލެ ސަރަހައްދަށް ބިން އިތުރުވަމުންދާ ރޭޓަށް ބަލާއިރު ކުރިޔަށް އޮތް 10 އަހަރާއި 20 އަހަރާ ދެމެދު ރާއްޖޭގެ ގިނަ ރަށްރަށް ފަޅުވާނެ. ހަމަ އެއާއެކު ފަސޭހަ އަވަސް ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ހުންނާނެ.

The name is already taken The name is available. Register?

ބގ އަފީފުދީދީ

19 December 2023

އެސޮރު ފޮނުއަރުވާނެއްނު އެންމެ %6 ވިއްޔަ ރިޔާސީ އިންތިޚާބުން އޭނަ ޕާޓީއަށް ލިބުނީ.

The name is already taken The name is available. Register?

1828

18 December 2023

މާލެ / މާލެ ސަރަހައްދު ނޫން އެހެން ގޮތެއް ބޭނުމީ.

The name is already taken The name is available. Register?

އަލިކަތީބު.

18 December 2023

އެކަންކުރެވޭނީ އަމަލީ މަސައްކަތަށް ނިކުމެ ބިރު ފަހަނަޅާ ގޮސްގެން. ހިގާ ނިކުންނަމާ.

The name is already taken The name is available. Register?

1818

19 December 2023

އެހެން ސަރަހައްދެއްގައި 1828 އުޅުން އެެއްވެސް ފަރާތަކުން މަނައެއް ނުކުރޭ.. ކީއްކުރަން މާލެ ސަރަހައްދަށް އަންނަންވީ.

The name is already taken The name is available. Register?

‫ނާޑުވާ

19 December 2023

‫ހެޔޮނުވާނެ މާލެ ނައިސް ރަށުގަ ތިބެބަލަ. ރަށް ފަޅުކޮށްފަ އެންމެން މާލެ އައިމަ ރަށުގަ އިން ފިހާރައިގެ ވިކުރާ އަށް ދުވާލަކު 700 ރުފިޔާ ނުވަދޭ. ތަނެއް ތަރައްޤީ ވާނީ އެތަނެއްގައި ބަޔަކު އުޅެގެން. 2 ރުފިޔާ ލިބޭ އިރަށް މާލެ. 5 ރުފިޔާ ލިބެންޏާ ލަންކާގަ ނޫނީ އިންޑިޔާގަ. ކުޅަނދުގެ މައްސަލައެއް ހެން ހީވަނީ.

The name is already taken The name is available. Register?

ކަޅު އިބަޅުހިމާ.

19 December 2023

‫ނާޑުވާ ތިޔަ ނަސޭހަތް މާލޭ ގޮލާމެނަށް ލައިދޭންވީނު. އެމީހުންނޭ ގޯތި ގެދޮރު ކުއްޔަށްދީފައި ތަންތަނަށް ދުވަނީ. ތިރަށު މީހުންގެ ކަންތަކުގެ ސަބަބުން ރާއްޖެ މުޅިން ފުޑިގެން ހިގައްޖެ. ބލައެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454