ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް، ރައީސްއާ ސަލާމް ކުރައްވަނީ
20 ޑިސެމްބަރ 2023 - 19:42
ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުމާއި ތާއިދު ދޭނެކަމުގެ ޔަގީންކަން ހަތަރު ޕާޓީއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްއާ މިއަދު ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ބޭއްވި ހަތަރު ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.
ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ދާހީލީ އަދި ހާރިޖީ އެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރަށް އެ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށް ޕާޓީތަކުގެ ވެރިން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުވުންތަކުގައި ރައީސް ވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހަތަރު ޕާޓީއެއްގެ ތާއިދު ރައީސަށް އޮތްކަން މިއަދު ހާމަކުރިއިރު އިދިކޮޅު އެމްޑީޕީން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެެއިން ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. ރައީސް މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް މެންބަރަކު ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެހެ
21 December 2023
ލީޑަރުންނޭ....... އެއްކަލަ ފިއްޕާފަ އުޅުނުމީހާ ހަމަބިމަށް ބާލައިފި.
ހުސެން މުހައްމަދު
21 December 2023
މިހެންވެ ބުނަނީ ގުޅިގެން ހަމަޖެހުން ރައީސް މުއިއްޒް ގެންނާނެޔޭ.
މުއާވިޔަތު މުހައްމަދު
21 December 2023
މިއަދު އެއްބަސްވާންޖެހޭ އެއްކަމެއް އެބައިން. މުއިޒް ގެ ސަރުކާރު ކުރިޔަށް ދާނީ އެއްބާރަލުން ދޭންތިބި ބަޔަކާ ގުޅިގެން ކަން. ހަމަޖެހުން ގެންނާނެކަން.
ހަންނާން މުހައްމަދު
21 December 2023
އިންޝާﷲ އެމްޑީޕީއިން ކުރަން އުޅުނު ބަގާވާތް މި ފެއިލްވީ
ސިމާ މުހައްމަދު
21 December 2023
އުފާވެރި ހަަބަރެއް. ސަރުކަރު ބަލިކަށިވިޔަކަ ދީގެން ނުވާނެ.
ރިޔާސާ
21 December 2023
ގައުމުގެ ކަންކަން އިސްލާހުކުރުމަށް ޑރ. މުއިއްޒު އެޅުއްވި ރަނގަޅު ފިޔަވަޅެއް
ޝިޔާމްބެ
21 December 2023
ހަބަރުތައް ލިބޭ ގޮތުގައި އިބްރާހިމް ސޯލިހު ދައުވަތު ގަބޫލެއް ނުކުރި. ހަޔާތެއް ނެތް ދެއްތޯ
ޝައިފާން
21 December 2023
ގައުމަށް ހަމަޖެހުން ލިބޭނީ އެންމެން އެކަތިގަނޑަކަށް ވެގެން
ޝަރީފް
21 December 2023
އެމްޑީޕީ އިން ހީކުރީ އަދި މިމީހުންނާ އެއްބައިވާނެ ވަރަށްގިނަ މީހުން ވާނެކަމަށް
ހިޔާލާ މުހައްމަދު
21 December 2023
އިބްރާހިމް ސޯލިހު ކޮބާ؟ މިދިޔަ 5 އަހަރު ކޯލިސަން ހެދީ އޭނަ. ކޮބާ އޭނަ
އަފްރާސިޔާބު
21 December 2023
ސޯލިހުބުނީ އަދިވެސް ފުއްޕާށޯ..... އޮންނާނީ ހަމަބިމަށް ތިރިކޮއްފަޔޯ.