ޚަބަރު / ރަސްމާލެ

ސީއެމްސީ އަށް ބިންތައް ދޫކުރީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް: އާބަންކޯ

ފުށިދިއްގަރު ފަޅު "ރަސްމާލެ" ގެ ނަމުގައި ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

22 ޑިސެމްބަރ 2023 - 06:31

66 comments

ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި އެ ތަން ހިއްކައިދޭ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ހިލޭ ދިން ނަމަވެސް އެ ބިންތަކާ ގުޅޭ ކަންކަމަށް ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ކަމަށް އާބަންކޯ އިން އިއްޔެ ބުނެފި އެވެ.

އެ 70 ހެކްޓަރުގެ ބިމުގެ ތެރެއިން 10 ހެކްޓަރު ދެނީ ހުޅުމާލެ އިންނެވެ. އަދި 60 ހެކްޓަރު ދޫކުރަނީ ރަސްމާލެ ހިއްކައި ނިމުމުން އެ ސަރަހައްދުންނެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އާބަންކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް ވިދާޅުވީ، ސީއެމްސީ އަށް ދޫކުރި ބިންތައް ތަރައްގީ ކުރުމުގެ ކުރިން މާސްޓަޕްލޭނެއް ހަދައި އެ ކުންފުނީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އޭރުން އެ 70 ހެކްޓަރުގެ ބިމުގެ ކޮންމެ ސަރަހައްދެއްގެ ބޭނުން ކަނޑައަޅާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ގާތްގަނޑަކަށް 96 ހެކްޓަރުގެ ބިން ހިއްކިއިރު އޭގެ ތެރެއިން 20 ހެކްޓަރު ދޭން ޖެހޭ ގޮތަށް އޮތީ އެ ތަން ހިއްކައި ދިން ކުންފުންޏަށް ކަމަށެވެ. އެއީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ތިލަފުށިން ވެސް ގާތްގަނޑަކަށް 10 ހެކްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަނޑައެޅޭ ބިންތައް ވިއްކުމުގެ މަރުހަލާ ނުވަތަ ޑިވެލޮޕްމަންޓް މޮޑެލް ނުވަތަ އެހެން މޮޑެލްއެއްގައި ވެސް ހުރިހާ މަސައްކަތެއް ކުރާނީ އެޗްޑީސީން. އެ ހިސާބުން ވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް އެބައޮތް،" ޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިންތައް ވިއްކުމުގެ މަރުހަލާގައި ނުވަތަ ބިންތަކާ ގުޅޭ މުއާމަލާތާ ގުޅިގެން ލިބޭ ފައިސާ ވެސް ބަހައްޓަން ޖެހެނީ އާބަންކޯ އާއި ސީއެމްސީ ގުޅިގެން އުފައްދާފައިވާ އެކްސްރޯ އެކައުންޓެއްގަ އެވެ. އެ އެ ކައުންޓަށް ވެސް އާބަންކޯގެ ކޮންޓްރޯލް އޮންނާނެ ކަމަށް ޝާމް ވިދާޅުވި އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މި މަހުގެ 18 ގައި އިފުތިތާހުކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ އެކްސްރޯ އެކައުންޓަށް މި ފައިސާ ވަނީމާ ވާ ގޮތަކީ އެ ބޭފުޅުން މަސައްކަތް ކުރަމުންދާ ނިސްބަތަކުން އެ ބޭފުޅުންނަށް ވެސް އެކްސްރޯ އެކައުންޓުން ފައިސާ ލިބިގެންދަނީ. އެހެންވީމާ އިތުރަށް ވިއްކިފައި އޮވެފައި އިތުރަށް އާމްދަނީއެއް ލިބިފައި އޮތް ކަމަކު އެ ބޭފުޅުންނަށް އެ އާމްދަނީއަކާ އަދި އަތެއް ނުލެވޭނެއޭ އެ ބޭފުޅުންގެ މަސައްކަތް ވެސް އެ ބޭފުޅުން ފުރިހަމަ ނުކުރާ ކަމަށް ވަންޏާ،" ސީއެފްއޯ ވިދާޅުވި އެވެ.

ޝާމް ވިދާޅުވީ، ސީއެމްސީ އަށް ބިންތައް ދޫކުރީ އާބަންކޯ ނުވަތަ ދިވެހި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަންތަނަށް އަނބުރާ ނެގޭ ގޮތަށް ކަމަށެވެ.

"އެހެންވީމާ އެ ކޮންޓްރޯލްތައް އޮވެ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުން އެ ވިއްކުމާއި އެ އަށް ލިބޭ އާމްދަނީ ވެސް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލެ 3 ހިއްކީ ވެސް މި މޮޑެލްއަށް

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ގާތްގަނޑަކަށް 96 ހެކްޓަރުގެ ބިން ހިއްކިއިރު އޭގެ ތެރެއިން 20 ހެކްޓަރު ދޭން ޖެހޭ ގޮތަށް އޮތީ އެ ތަން ހިއްކައި ދިން ކުންފުންޏަށް ކަމަށެވެ. އެއީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ތިލަފުށިން ވެސް ގާތްގަނޑަކަށް 10 ހެކްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ހުޅުމާލެ 3 އިން ދިވެހިންނަށް ގޯތި ދޫކުރަން ލިބުނީ 70 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑުމެންގެ އަތުން [ލަންކާގެ ސީއެމްސީ އަށް] މި ދަނީ 70 ހެކްޓަރު. އެކަމަކު ހުޅުމާލެ 3 އިންނާއި އަދި ކުރިއަށް އޮތް ތަނުގައި އެ ތަން ހިއްކުނީމާ ދޭން ޖެހޭ އެއްޗެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ހަތްދިހަ ހެކްޓަރުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެކަމަކު ކޯނޗެއްގެ ބަދަލުގައިތޯ؟ އެއްހާސް ނުވަދިހަ ތިން ހެކްޓަރު،" ފަޒުލް ވިދާޅުވި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަމަލުކުރި ގޮތުގެ ތަފާތަކީ ދިވެހިންނަށް އެތައް ހާސް ބިންތަކެއް ލިބޭނެ ގޮތަށް މި މުއާމަލާތް ހިންގުމެވެ.

ރަސްމާލެ ހިއްކުމަށްޓަކައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ޖެހި ނަމަވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބަޖެޓް ކޮމިޓީން ވަނީ އެ އަދަދު އުނިކޮށްފަ އެވެ. އެހެންވެ، ސަރުކާރުން އެހެން އޮޕްޝަނެއް ބޭނުންކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ނުވާނެ ގޮތެއް ހޯދީ ކަމަށް ސަރުކާރުން ބުންޏެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 މިހާރު ވަނީ އެއްކޮށް ފުރިފައި ކަމަށާއި އާބަންކޯ އަތުގައި މިހާރު ބިމެއް ނެތް ކަމަށެވެ. އެހެންވެ، ރަސްމާލެ މަޝްރޫއު ވާނީ އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރިއަށް އޮތް 50 އަހަރަށް ރައީސް ޑރ. މުއިިއްޒު ފައްޓަވައި ދެއްވި އެންމެ ބިޔަ އަދި އެންމެ މުހިންމު މަސައްކަތެވެ.

66 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫޖަހުލު

24 December 2023

ރައްޔަތުންނާ މިކްސް ވާގޮތަށް ބޭރުމީހުނަށް ބިން 100 އަހަރަށް ދީގެން ކޮންމެހެން ބިން ހިއްކަންޖެހޭތަ ؟ ރައްޖޭގެ ބިންބިމުގެ ކަންތަށް ނިންމަން ވާނީ ރައްޔަތުންގެ މަޖިލީހުގެ ބަސް އޮވެގެން. އެއީ ކޮރަޕްޝަން ނެތި މި ބާވަތުގެ ކަންކްކަން ކުރަން ޖެހޭ ގޮތަކީ ...

The name is already taken The name is available. Register?

ކާށި

23 December 2023

މިދިޔަ ސަރުކާރުން ގޯސްކޮށް ކުރީމަ މިސަރުކާރުން ޖެހޭތަ ކުރަން މައުމޫނު އާއި ޔާމީނު ބިންހިއްކީ މިއުސޫލުން ބާ މިދިޔަ ސަރުކާރުން އިންޑިޔާ ސިފަން ގެނައީ މިސަރުކާރުން ޗައިނާ ސިފައިން ގެނައުން ރަނގަޅު ކަމައް ފެނޭ

The name is already taken The name is available. Register?

އަހްމަދީއަހްމަދު

23 December 2023

އެހެންވެ، ހުޅުމާލެ 3 އިން ދިވެހިންނަށް ގޯތި ދޫކުރަން ލިބުނީ 70 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވި އެވެ. ފަޒުލްތިކިޔާއެއްޗެއް މަށަކަށް ދޭހައެއްނުވި. ފޭސް3ން ހިއްކަނީ 96ހެކްޓަރު. ހިއްކާދޭމީހުނަށް ދެނީ20ހެކަޓަރު. އެއީ ހުޅުމާލެއިން 10ހެކްޓަރު ތިލަފުށިން 10ހެކްޓަރު. މިތަންތަނުން ބިންދިނީމާ ހުލުމާލެ ފޭސް3ކުން އެއްވެސް ވަރެއް ނުގެއްލޭ. ދެންކީއްވެ ގޯތިދޫކުރަން ލިބެނީ70ހެކްޓަރޭ ކިޔަނީ. އޮޅުވާލަންވެސް ބޮޑުވަރު.

The name is already taken The name is available. Register?

ދިދަދަނޑި

23 December 2023

އޭދިދަޔާއެވެ، ތިބާ ދެއްކިވާހަކަ އެދުވަހު ގަބޫލުކުރެވުނީތީ ދެރަވެ ލަދުގަނެއެވެ. އޭދިދަޔާއެވެ. އެކަމުގައި މޮޔައީ އަހަރެން މި ދިދަ ދަނޑިއެވެ، އަހުރެން ހުންނަނީ ޖެހިދިމާލެއްގައި ޖެހިގޮތަކަށެވެ. ނަމަވެސް އަހުރެންގައިގަ އެލިގަނެގެން އޮވެ އެންބުރޭ ވަހުތާނެއްހެން ތިދިދަ އޭރަކު ވައިޖެހޭ ކޮޅަކައް އެނބުރޭނެކަން ހަނފާން ނެތުނީ އެއީ އަހަރެންގެ މޮޔަކަމެވެ.

The name is already taken The name is available. Register?

އެޑަމް

23 December 2023

މަހެއްހާދުހުތެރޭ މިފެންނަމަންޒަރުތަކުންހީވަނީތިޔަ އަޒުލްކުރާބަޔަކު އަޒުލްކުރުން މާލަސްވެއްޖެހެން މިހެންމަސްވަރާގަތިއްބާ ގޭފުރާޅުގަޖަހާފަހުރިޓިނުކޮޅުވެސްގޭވެރިންނައްްނޭގި ބަޔަކައްކުޔައްދީފާނެ ދެންމީހަކު އެއްޗެއްބުނާއިރައްބުނާނެމުޅިކޮންޓުރޯލްއޮތީގޭވެރިމީހާގެއަތުގައޭ އަދިއެފައިސާހުރީބެންކުގައޭ ގޭވެރިމީހާރަށުގަހުރިއްޔާނެގޭނީދެފަރާތުންސޮއިކޮއްގެނޭ ގޭވެރިމީހާރަށުގަނެތިއްޔާކުއްޔައްހިފިފަރާތުންއެކަނިސޮއިކުރިއަސްނެގޭނެއެކަމުކުއްޔައްނެގިފަރާތްމަރުވިއަސް ގޭވެރިމީހާއެކަނިސޮއިކޮއްގެން ނުނެގޭނެ!!

The name is already taken The name is available. Register?

އެޑަމް

23 December 2023

އާބަންކޯ މީކިނެއްއުފެދުނު ތަނެއްތޯ ސަރުކާރާނުވަތަ ރައްޔިތުންނާމިތަނާއޮތީކޮންގުޅުމެއްތޯއެވެެ.މިހެންމިދެންނެވީ ފަޒުލް އެއްބައިފަހަރައް މިތަނައްސަރުކާރުން އެންމެލާރިއެއްވެސްޚަރަދުނުވާނެވާހަކަބުނޭ އަނެއްފަހަރު ސަރުކާރުން އެތައްމިލިއަނެއްމިތަނައްދޭންޖެހޭވާހަކަބުނޭ އަނެއްފަހަރުތަނުގެމުޅިކޮންޓްރޯލްްއޮތީސަރުކާރުގަކަމައްބުނޭއަނެއްފަހަރު އާބަންކޯއިންް ކުރާއެއްވެސްކަމަކާސަރުކާރާއެއްވެސްގުޅުމެއްނެއްކަމައްބުނޭ ވީމާމިއާބަންކޯއުފެދިގެންމިއުޅޭގޮތެއް މކޮމެންޓުގެދަށުންކޮންމެސްްބޭފުޅަކުސާފުކޮއްލަދެއްވިއްޔާވަރައްުފާކުރާނަން ޚާއްސަކޮއް އޮންރަބުލްއަފީފުދީދީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 December 2023

މާލޭމީހުންނއް ގޯތި ދިން ފޭސް2 ގެ ހުރިހާގޯތި ސީއެމްސީސީއަށް. ފުރިދިއްގަރު ފަޅައް ދާންޖެހޭނީ މުއިޒް

The name is already taken The name is available. Register?

ނާފަހެނުގެއްލޭނެ

22 December 2023

އިބޫ ކަނޑުވެސް ވިއްކާލިނަމަ ވިއްކާލީ ކޮންޓްރޯލު ނުގެއްލޭ ގޮތަށް. ޔާމީނާއި ނަޝީދު އިންޑިއާ ސިފައިން (ޑޮކްޓަރުންނާއި، ޕައިލެޓުންނާއި، އިންޖިނިއަރުން ފަދަ) ގެނައީވެސް ކޮންޓްރޯލު ނުގެއްލޭގޮތަށް. ދެންކޮން މިނިވަންކަމެއް ގެއްލިގެން ތިޔައުޅެނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 December 2023

ލަންކާގެ CMCC އަށް ލިބޭ ބިމަކީ ތިރަށުގައި ދިރިއުޅެމުންދާ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ކުޑަކުޑަ އުއްމީދެއް ކަމުގައި ދެކެން. # ދައުލަތުގެ ޙަޒާނާއާއި ދައުލަތް ދަރަނިކޮށް އެތައް ސަތޭކަ ބިލިޔަން ޑޮލަރު ނަގައިގެން ކ.އަތޮޅު މާލޭ ކަނޑުފަޅު ހިއްކައި ފުލެޓްއަޅައި މާލޭސަރުކާރުން މިހާތަނަށް އެތަންތަން ދޫކުރުމުގައި ގެންގުޅެފައިވާ ރޭސިސްޓް ޤަބީލާވަންތަ ސިޔާސަތު ދެންވެސް ބަދަލުނުވާނެތީ އަހަރުމެނަށް ބިންކޮޅެއް ގަނެވޭނީ CMCC އަތުންކަން ޔަޤީން.

The name is already taken The name is available. Register?

ލިއުޝް

22 December 2023

2 ބިލިއަނެއްހާ ޑޮލަރުގެ އަގުހުރި ބިން. ޔާމީނާއި އަދީބު މެން ނުވިދޯ މިމިޙުންނާ ޖެހިފަ މިރޮގުން އެއްޗަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454