ފައްޔާޒު އަދި އާދަމް ޝަރީފް.-
23 ޑިސެމްބަރ 2023 - 10:10
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ކުރަމުން ދާތީ ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފަށް ރުހުންދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރަޖިސްޓްރީނުކޮށް ހިންގާތީ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް އިއްޔެ ބްލޮކް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން، ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވިއިރު މަޖިލީހުގެ ތާރީހުގައި އެތަނަށް އަލަށް ސިފައިން ވައްދައި، މެމްބަރުންނަށް އަނިޔާކުރި ކަމަށެވެ. އަދި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މެދުވެރިކޮށް މި ފަހަރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
@Adamshareefz ޑިފެންސްގަ ހުއްނެވިއިރު މަޖްލީހުގެ ތާރީހުގަ އަލަށްސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި. މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީނިޒާމްވެސްފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.
— Fayyaz Ismail (@faya_i) December 22, 2023
"ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ." މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ޗެއާޕާސަން ވިދާޅުވި އެވެ.
ކޭމް ހިންގުން، މި ސަރުކާރުގައި ބަދަލުކޮށްފައިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށަށެވެ.
ރަޖިސްޓްރީނުކޮށް ހިންގަމުން ދަނިކޮށް ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެއީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކި ލިޔުންތައް ގެނެސްދޭ ދެ ވެބްސައިޓެވެ. ވަޒީރުންނަށް ރުހުން ދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ވެސް މިދިޔަ ހަފުތާގައި ފޮނުވި އެވެ. އެކަމަކު، މަޖިލީހުން ވަނީ، ސަރުކާރުގެ މެންޑޭޓު ފާސްނުވާ ކަމަށް ބުނެ، އެ މައްސަލަ އަނެއްކާ ވެސް ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެހެންވެ، އެ ރިޕޯޓާ މެދު ވަކި ގޮތެއް ނިންމަން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ތާވަލްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުސްތާން
25 December 2023
އޭ ފަޔާ ބްރޯ ބަލާދީބަލަ ވެންޓިލޭޓާތަކަށް ވީގޮތެއް.
ސުޖާެއ
24 December 2023
ފައްޔަ މެން ގެ ތާްއީދު ގެއްލިއެްޖެ މިގައުމަެއްަ ފައްޔަ މެންނައް ގެނެވުނީ ފައިލޭރިޔާ
ވަސްވާސް 3
24 December 2023
ދިވެހިން އެބަ ޖެހޭ ހިޔާލް ފާޅުކުރުމާ ދޮގު ހަބަރު ނުނީ އަސްލެއްނެތް ވާހަކަ ތަށް ދެނެގައްނަން، ތެދައް ވުރެ ދޮގު މާ ބާރަށް ފެތުރެއެވެ.
ކަނބިލި
23 December 2023
އެމްޑީޕީއަށް ގައުމު ތަރައްގީއެއް ނުކުރެވޭނެ. ވެރިކަމުގައި އޮންނާނީ ފައިސާދެވުން. އިދިކޮޅަށް އަރައިފިނަމަ އޮންނާނީ ފުރައްސާރަކޮށް ޖެއްސުންކުރުން. ހެޔޮ ވިސްނުމެއްނެތް ހަމައެކަނި އަމިއްލައެދުމާއި މަސްލަހަތު ނޫނީ ނުދަންނަބައެއް.
ނުދޭތި
23 December 2023
އެއްވެސް ވަޒީރަކަށް ރުހުން ނުދޭތި ނުދޭތި ނުދޭތި
ހުސޭނުބޭ
23 December 2023
ސަރީފަށް ރުހުން ދޭންނުޖެހޭ ރަގަޅު ސަބަބެއް ފައްޔާޒަށް ކިޔާދޭން އިގޭބޭ.
ހުއްބުލް
23 December 2023
ތިޔަ ބައިގަނޑަކަށް ދެން ވެރިކަމެއް ނުލިބޭނެ އިންޝާﷲ
ޢައިސް
23 December 2023
ކޮން ޢާދަމް ޝަރީފެކޭ ކިޔާކަށް... މާރަގަޅެއްނު ތިބޭފުޅުން ކުރިކަންތަކުން ރައްޔިތުންނަށް ދިމާވެގެން މިއުޅޭ ބޮޑުސިއްޙީ ކާރިސާގެ ވާހަކަދެއްކީޔާ...ކުޅުދުއްފުށި އާއި ހުޅުމާލޭގައި ފައިލޭރިޔާބަލި....އަދި ކިހިނެތްތޯ އެގެނީ އެހެން ރަށްރަށުގައި ނޫޅޭކަން.....މިވާހަކަ ދައްކަންވީ....ކޮންބައެއްގެ އިހްމާލެއްތޯ މިއީ!!!!
ކަބޭ
23 December 2023
މަޖްލިސް އުވާލާ ކީއްކުރާ ބައެއް ރައްޔިތުން ހޮވީމާ ކުރަނީ ރައްޔިތުންނަށް ޖެއްސުން.
އަސްލުވެސް ދޯ
23 December 2023
ބަހަނާ ދެއްކުން ހުއްޓާލާ. އަސްލުވާ ގޮތަކީ ގެއްލުނު އެތީގެ ބޮޑުކަމުން ހަޖަމު ނުވަނީ. އެމްޑީޕީގެ ކެބްނެޓްގަ ވެސް ހުރި ތި ގޮތައް ރުހުން ނުދޭން ފެންނަ ކިތަންމެ މެންބަރުންނެއް އެކަމު އޭރު ސަރުކާރައް އެއްބާރުލުމުގެ ގޮތުން ރުހުންދިނީ
ޕިންކީބަނާނާ
24 December 2023
ކީކޭ ތި ކިޔަނީ ؟ ޢިދިކޮޅުގެ ރުހުން ބޭނުން ވާ ވަރަށް ވުރެން ސަރުކާރު ޕާޓީ ގެ މެމްބަރުން އޭރު ގިނަ، އެއްބާރުލުން ނުދޭން އޮޕޮޒިޝަން އިން ހިފާލިޔަސް ވާނެ ކަމެއް އޭރަކު ނެތް.