ޚަބަރު / ރާއްޖެ-ފަލަސްތީން

ގަރާރާ މެދު ރައީސްގެ ބަސް: ހަމަލާތަކުގެ މެދުތެރެއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ!

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ފޮރިން މިނިސްޓަރު ޒަމީރު.

އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ހަމަލާތައް ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުން ކަމަކަށް ވާތީ، އެމެރިކާ ރުހޭ ފަދަ ގޮތަކަށް އިބާރާތް ކޮށްގެން ފާސްކުރި އެ ގަރާރާ ގުޅިގެން، ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ވިދާޅުވީ، ފަލަސްތީނުގެ މީހުން ގެންދަނީ މެދުކެނޑުމެއް ނެތި އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލަމުން ކަމަށާއި އެ ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މި ގަރާރުގެ އެހީގައި ފަލަސްތީނުގެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، ހަމަލާތައް މެދުކަނޑާލައި، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ގޮވައިލެއްވި އެވެ.

ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުގައި ވަނީ ހަނގުރާމަ ހުއްޓައިލުމުގެ މާނަ ދޭހަ ނުވާ ފަދަ ގޮތަކަށް އިބާރާތް ބަދަލުކޮށްފަ އެވެ.

މި ގަރާރުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ނުވާތީ މިއީ އެއްވެސް "މާނައެއް ނެތް" ގަރާރެއްގެ ގޮތުގައި ސިފަކޮށް، ގިނަ ގައުމުތަކުގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.

ގަރާރުގައިވާ ގޮތުން، ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި، އިންސާނީ އެހީތެރިކަމުގެ ސާމާނު ގާޒާ އަށް އެތެރެކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އދ. އިން ބަލައި ފާރަވެރިވާން ޖެހޭނެ އެވެ. ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދޭނީ، މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރި ނުވާ އެހެން ގައުމުތަކުން ކަމަށާއި ގާޒާ އަށް އެހީގެ ސާމާނު އެތެރެކުރަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު އދ. ގެ ފަރާތުން އިޒްރޭލަށާއި ފަލަސްތީނު ސަރުކާރަށް ގަރާރުގައި ބުނާ ގޮތުން އަންގަން ޖެހެ އެވެ.

ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުތައް ވެސް ބޭކާރުވީ، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އިން ވީޓޯ ކުރުމުންނެވެ. ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްވާނީ، ދާއިމީ ފަސް މެމްބަރުން ކުރެ މެންބަރަކު ވީޓޯގެ ބޭނުންނުކޮށް، އަދި މަދުވެގެން ނުވަ މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

އިޒްރޭލުގެ ސިފައިން ގައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1،147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 73 ވަނަ ދުވަހަށް ފެށިފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ ގިނަވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

17 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 64%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެންް

24 December 2023

ފުރަތަމަ އަހަރަމެން ދިވެހިންނައް އެހީތެރި ކަން ދީބަލަ...

The name is already taken The name is available. Register?

ގަދަރު

24 December 2023

ސާބަހޭ ދިވެހިންގެ ރައީސް!!

The name is already taken The name is available. Register?

ދެވަނަ

24 December 2023

ބިންވިއްކާލި ވާހަކައޮއްބަން ކުޅެލި ދެވަނަ ޑުރާމާ.

The name is already taken The name is available. Register?

އިސްސޭ

24 December 2023

މަނިކުފާނު މިޙާރު ސައިޒަށް ވުރެ ބޮޑެތި ވާހަކަ ވެސް ދައްކަން ފެށީތޯ! އެ ކަކުންޏެއް ހަރު ކޮންނަންވާނީ އެކަކުންޏެއްގެ ސައިޒުން ދެއްތޯ!

The name is already taken The name is available. Register?

ްިފިއްސޭ

24 December 2023

އެ ކަކުންޏެއް ޕަބްލިކް ފޯރަމް ތަކުގަކޮމެންޓް ކުރަންވާނީ އެކަކުންޏެއްގެ ސައިޒުން ދެއްތޯ!

The name is already taken The name is available. Register?

ހާޖަރާ

24 December 2023

ރައްޔިތުން މިތިބީ ރައީސް އާއެކު. އެމްޑީޕީ ކަމަކު ނުދޭ. ފެއިލްވެފަތިބީ

The name is already taken The name is available. Register?

އައްޔަ

24 December 2023

މުއިއްޒު ބުނެފިއްޔާ އެ ެރިކާވެސް ޖެލިލުންވާނެ,

The name is already taken The name is available. Register?

ސައިޒް

24 December 2023

އެމެރިކާ ޖެހިލުން ނުވިއަސް، ކެރިގެން އިސް އުފުލާލައިގެން އެބަ ބުނޭތާ. ކުރިން ހުރި މީހާ ހިރުވާތަން ކަހާވެސް ނުލައޭ

The name is already taken The name is available. Register?

48343

23 December 2023

ސާބަހޭ މުއިއްޒޫ. މުއިއްޒަށް އެބަކެރޭ އިނގިރޭސިން އެކްސްކުރާން.

The name is already taken The name is available. Register?

ސުވާލު

23 December 2023

ރައީސް ކީއްވެތޯއޭ ހާހުން ގުނޭނެ އިންޑިއާ ސިފައިން ތިބިކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވީ؟

The name is already taken The name is available. Register?

ހެދިއެތި އެންމެނަށް އެނގޭ!

24 December 2023

ބަލަ އެމީހުން މިހާރުވެސް ރާއްޖޭގައެބަތިއްބޭ! އޭރު ހާމަނުކޮށް ފޮރުވައިގެން ގެންގުޅެފަ، ވެރިކަން ބަދަލުވިކަން އެނގުނީމަ އެތައްސަތޭކަ ބަޔަކު ރާއްޖޭގެ އެކިވަޒީފާތަކަށް ބަހާލާފަ ޑޮކިއުމަންޓް ފޮރުވާފަ، ތިބީ 80 އޭ ބުނެގެންއުޅެނީ. ކާކަށްނޭނގޭ އެއްޗެއް؟ މިގައުމަށް ބޮޑު ގެއްލުމެއް ދީފަ ފޭބީ. މިތަން ފުރިފަ ސިފައިން އެބަތިބި. މުއިއްޒެއްނޫން ހަމައެކަނި، އުމަރުވެސް ހެއްކާ އެކީ ދެއްކީ. އެހެންވީމަ ރާއްޖެ ފުރެންދެން ފައިލޭރިއާ ވައްދާފަ ޒިންމާ ނުނަގާ މިއޮތީވެސް.

The name is already taken The name is available. Register?

ބަލިވެއްޖެ

23 December 2023

ޢިޒްރޭލް ބަލިވަމުން ދާ ކަމުގެ ހެކި މިފެންނަނީ ރޭވުން..މިފަހަރު އެކޮޅު ކޮޅުން ޖެހީ،.ހީކުރީ އެހެން ފަހަރު ތައް ހެން އަރަބިންނަށް ހަތިޔާރު ވިއްކާލެވޭނެ ކަމަށް...އެމެރިކާ އިންތިހާ ދަރަނީގަ އޮވެ، އޮބިނޯންނަ ވަރަށް ދޮން ދަރިއަށް ޚަރަދުކުރަން ޖެހުނީމަ ޖެހޭނީ ބަލިވާން....

The name is already taken The name is available. Register?

ކޮބާ؟

23 December 2023

ކޮބާ ފިޔާ ބިހުގެ މައްސަލަ. ޔާމީނުގެ ސަރީއަތުގެ މައްސަލަ. ފުށިދިއްގަރު މައްސަލަ. ސިޓީ ކައުންސިލްގެ ހިޔާނާތުގެ މައްސަލަ. ސައިޓްތައް ބްލޮކްކުރުމުގެ މައްސަލަ. އިންޑިއާ ސިސފައިން ގެ އަދަދު؟ ޗާރގޯސް ހޯދުން

The name is already taken The name is available. Register?

ބަލިމީހާ

23 December 2023

ތިޔަހުރިހާ ވާހަކައެއް އޮއްބާލަން ނޫންތަ މިހާރު ދިވެހިންގެ ހިތްތަކުގައި އެނެމް ބާރަށް ވިންދު ޖަހަމުންދާ ފަލަސްޠީނުގެ ވާހަކަ މިހާވަރަށް މިދައްކަނީ. އެވާހަކަ އަޑުއަހާ. އެހެންވާހަކަ ހަނދާން ނައްތާލާ. ކެމްޕެއިންގައި ދެއްކި ވާހަކަ ހަނދާންހުރި މީހަކު މިހާރަކު ނެތް.

The name is already taken The name is available. Register?

ލޮއްލަ

23 December 2023

ތިޔަ އުޅެނީ އެއްފަހަރުން ބޮންތީގަ ހިފަން. މައިތިރިވެގެން އިނދެބަލަ. އަދި މިއުޅެނީ ވެރިކަމަށް 2 މަސް ވެސް ނުގެނޭ.

The name is already taken The name is available. Register?

އިއްބް

24 December 2023

ހާސްކަޑާލާ ހަމަކުރިއައްދަނީ އަދި ތެޅޭވަރެއް ނުވެއެއް ނޫންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454