ރިޕޯޓް

ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާ ހަމަ ސުމެއް

ޖަސްޓިސް ބިލްޑިން: ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް ރާއްޖެއަށް ތައާރަފް ކުރި ނަމަވެސް އެކަށީގެންވާ ނަތީޖާތަކެއް އަދިވެސް ނުފެނޭ --- ފޮޓޯ/މިހާރު

ރާއްޖޭގައި ގާނޫނުތައް ލިޔަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި މުއްސަނދި އަދި އެންމެ ވަސީލަތްތައް ހުރި ގައުމުތަކުގެ ފެންވަރުގަ އެވެ. ނަމަވެސް އެ ނިޒާމު ރާއްޖޭގައި ތަންފީޒު ކުރަން އޮތީ 1990 ވަނަ އަހަރުގެ ބަޖެޓާއި ވަސީލަތްތަކެވެ. މިއީ ދައުލަތުގެ އިސް ބޭފުޅަކު ވިދާޅުވި ވާހަކައެކެވެ. ޒަމާނީ ފެންވަރަށް ރާއްޖޭގައި ނިޒާމުތައް ބަދަލު ކުރަމުން އަންނައިރު، ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ސަބަބުތަކެއް އޮވެގެންނެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ އެކު އެންމެ އަވަސް އަދި ބޮޑު ބަދަލެއް އައީ އަދުލުގެ ނިޒާމަށެވެ. ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމުގެ ގޮތުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ސޮޔާއެކު ވުޖޫދަށް އައި ގާނޫނު އަސާސީގެ ކޮޕީތައް މީހުންގެ އަތަށް ނުލިބެނީސް، ޖިނާއީ އަދުލުގެ ނިޒާމު އެއްކޮށް އަނެއް ފުށަށް ޖަހާލާ ބޮޑު ބަދަލެއް ގެނަ އެވެ. ނަމަވެސް ބަދަލުނުވީ އެ ބިޔަ ނިޒާމު ހިންގަން ހުރި ވަސީލަތްތަކެވެ.

ގާނޫނުއަސާސީ އަށް 15 އަހަރު ފަހުން މިއަދު ވެސް ހާލަތަކީ މިއީ އެވެ. ބައެއް މުއައްސަސާތައް ދުނިޔޭގެ ފެންވަރަށް ކުރިއަރައިގެން ދިޔަޔަސް، ފުރިހަމަ ނިޒާމު ހިންގަން ހުރި ކޯޓުތަކާއި ޝަރުއީ ދާއިރާގެ ވަސީލަތްތައް އޮތީ ބަޔަކު ލޮލުން ކަރުން އަންނަހާ ދަތި ހާލެއްގަ އެވެ. ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް އެ ކުރަނީ ޖާގަ ނެތިގެން ދަންފަޅި ބަހައިގެންނެވެ. ދެން ހުރި ކޯޓުތައް ވެސް ހަމަ އެހާމެ ދަތި ހާލެއްގަ އެވެ. ނަމަވެސް އެންމެން ވެސް އުއްމީދު މި ކުރަނީ އެމެރިކާ ފެންވަރުގެ ޝަރުއީ ނިޒާމަކަށެވެ.

"އެއްވެސް ޝަރީއަތެއް ގާނޫނުގައި ބުނާ ދުވަހަކަށް ނުނިންމޭ."

ހަމައެހެންމެ، މާ ބޮޑު މައްސަލަތަކެއް ނެތި ރާއްޖޭގައި ހިންގަމުން އައި މަދަނީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އައީ ބޭރު ގައުމެއްގެ މަދަނީ އަދުލުގެ ނިޒާމު ކޮޕީކޮށްގެން މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނުގެ ހިސާބުންނެވެ. އެ ގާނޫނުގެ ދަށުން ގެނައި ނިޒާމަކީ މިހާރު ކޯޓުތަކާއި ދައުލަތުގެ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު ތަންފީޒު ކުރަން ކެރި ކުޅަދާނަ ވާރުގެ ނިޒާމެއް ނޫނެވެ. ނަތީޖާއަކީ ހުކުމްތައް ތަންފީޒު ނުވެ، ފައިސާ ނުލިބި އެތައް ބަޔަކު ތިބެން ޖެހުމެވެ.

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މިހާރު

ޖިނާއީ އިޖްރައާތުގެ ގާނޫނަކީ މެދުކެނޑުމެއް ނެތި އަވަސްކަމާ އެކު ޝަރީއަތްތައް ކުރިއަށް ގެންދަން ހެދި ނިޒާމެއް ކަމަށް ވިޔަސް، އެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖްރައާތުތައް ފުރިހަމަ ކުރަން ހިނގާ ވަގުތާއި ބޭނުންވާ ވަސީލަތްތައް ދަތިކަމުން އެކަން އެމަގުން ހިނގާ ގޮތެއް ނުވެ އެވެ. ކޯޓުތަކުގެ ޖާގަ އާއި ވަސީލަތްތައް ހުރީކީ އެފަދަ ބޮޑު ނިޒާމެއް، އެހާ އަވަހަށް ހިންގޭނެ ގޮތަކަށް ނޫނެވެ. މި ހުރިހާ ކަމެއްގެ ދެމެދުގައި އާހިރުގައި ތާށިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

މުޖްތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ ބަންދު ކުރަންޖެހޭ މަދު މީސްކޮޅު ވެސް ބަންދު އެކަށީގެންވާ ޖާގައެއް ޖަލުތަކުގައި ނެތެވެ. ބަންދުގައި ތިބޭއިރު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބިގެން ކުރާ ޝަކުވާތަކާ ހެދި އިންސާނީ ކަރާމާތަށްޓަކައި ވެސް މީހުން ދޫކޮށްލަން ޖެހޭ ފަހަރު މަދެއް ނޫނެވެ. ކުރުކޮށް ބުނާނަމަ، ދުނިޔޭގެ އެހެން ގައުމުތަކާ އެއް ފެންވަރުގެ ނިޒާމުތައް ރާއްޖެއަށް ތައާރަފް ކުރަމުން ދަނީ ރާއްޖެއަށް ކެރި ކުޅަދާނަ މިންވަރަކަށްތޯ ސުވާލު އުފެދެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ އިސް ބޭފުޅަކު ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބޭރުގެ ގައުމުތަކުގައި އަމަލުކުރާ ގޮތްތައް ބަލައިގެން ރާއްޖެއަށް އާ ނިޒާމުތައް ތައާރަފް ކުރަނީ ދައުލަތުގެ ކެރިފޯރުންތެރިކަމާއި ވަސީލަތްތައް ހުރި މިންވަރަށް ރިއާޔަތް ކޮށްގެން ނޫނެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް ބަދަލެއް ގެނައި ނަމަވެސް އެކަން ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެކަމަކު ބައެއް މުއައްސަސާތަކުން އެކަންކަން ނުކޮށް އަދިވެސް ތިބޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ތަހުގީގް ކުރުމާއި ދައުވާ ކުރުމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައި އެބައޮތް. ޝަރީއަތް ޝަރީއަތުގެ މަރުހަލާއަށް ވެސް މުއްދަތުތަކެއް ކަނޑައަޅާފައި އެބައޮތް. އެކަމަކު އެއްވެސް ޝަރީއަތެއް ގާނޫނުގައި ބުނާ ދުވަހަކަށް ނުނިންމޭ. އެއީ ޖިނާއީ އަދުލުގެ ނިޒާމް ތަރައްގީވެގެން އައިއިރު ހުރިހާ ނިޒާމެއް އެއްކޮށް ތަރައްގީ ކުރަން މަސައްކަތް ނުކުރެވުމުގެ ނަތީޖާ." އޭގެ މިސާލެއް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ކަރެކްޝަނަލް ސާވިސް. ގާނޫނުތަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، ބަދަލުތަކާ ފައި ހަމަކުރަން ވިސްނާލެވިފައެއް ނެތް. ޖަލަށް ނުލައި ދޭންޖެހޭ އަދަބުތައް ކަނޑައެޅިތާ 10 އަހަރުވީއިރު ވެސް އެފަދަ ޕްރޮގްރާމެއް ޑިޒައިން ކުރެވިފައެއް ނެތް. މިއީ ވަގުތު ނެތިގެން ނުވެ އޮތް ކަމެއް ނޫން. އެހީތެރިކަން ވެސް ލިބުނީސް. އެކަމަކު ބަލަންޖެހޭ ކަންކަން ބަލައިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކޮށްފައި ނެތީ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ބައެއް ބަދަލުތައް ގެނައުމުގެ ސަބަބުން ތަހުގީގުތަކާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުން ފަދަ ނިޒާމުތައް ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އައިސްފައިވެ އެވެ. އަދި ބައެއް ބަދަލުތައް ފުރިހަމައަށް ތަންފީޒު ކުރަން ދަތިތައް ހުއްޓަސް، އެއީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނެރެވޭ ގޮތަށް ޖަޒުބާތީ ގޮތެއްގައި ބައެއް ބަދަލުތައް ގެނެސްފައި ހުރި ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނާއި ގާނޫނުލް އުގޫބާތުގެ 18 ވަނަ މާއްދާ އިތުރުކުރުން ފަދަ ބަދަލުތަކުން ނިޒާމަށް އައީ ލޮޅުމެއް. ލިބުނީ ދަތް ނެތް ބާރުތަކެއް. ހަލާކުވެފައި އޮތް ގާނޫނުތަކެއް." އޭނާ ވިދާޅުވި އެވެ.

"އެންމެން ބޭނުންވެގެން ގެނައި ނިޒާމެއް. މީތި ފަހަތަކަށް ނުގެންދެވޭނެ."

އޭނާ ވިދާޅުވި ގޮތުގައި ބައެއް ބަދަލުތައް އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ގެންނަން ޖެހެނީ އެހެން ގައުމުތަކުގައި ވެސް އެގޮތަށް އެކަންކަން ދަމަހައްޓަމުން ދާތީ އެވެ. ނަމަވެސް ރާއްޖެ އުފެދިފައި އޮތްގޮތާއި އެހެން ބައެއް ސަބަބުތަކަށްޓަކައި ރާއްޖެއަށް ހާއްސަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާ ނިޒާމުތަކެއް ރާއްޖެއަށް ތައާރަފްކުރީ ގިނަ ތަޖްރިބާތަކަށްފަހު އަދި ރައްޔިތުން އެގޮތް ބޭނުންވާތީ އެވެ. އަދި ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމަކީ ފަހަތަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި އަލަށް ގެންނަ ނިޒާމު ތަންފީޒު ކުރަން އުނދަގޫވާނަމަ އެކަމަށް ހައްލު ހޯދޭން ގޮތްތައް ވެސް އެ ނިޒާމުގެ ތެރެއިން އޮތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ބަންދު މީހުން ގިނަވިއްޔާމު ހިނގާ ޓެގިން ސިސްޓަމް ވަރުގަދަ ކުރަމާ. ނޫނީ ކަފާލާތު ފަދަ ނިޒާމުތައް ބޭނުން ކުރަން ފަށަމާ. މިއީ އަޅުގަނޑުމެން އެންމެން ބޭނުންވެގެން ގެނައި ނިޒާމެއް. މީތި ފަހަތަކަށް ނުގެންދެވޭނެ." ކުރިން ފަނޑިޔާރު ކަން ވެސް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

މާ ސިންގާ ގާނޫނުތައް ހަދައިގެން ޒަމާނީ ބަދަލުތައް ރާއްޖެ ގެނެސްފައި ހުރީ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ދައުލަތުގެ ކެރިފޯރުންތެރި ކަމަށް ބެލުމެއް ނެތި އެވެ. ނަތީޖާއަކަށް ވަނީ އެ ބަދަލުތަކުން އުއްމީދު ކުރި ވަރާ ގާތަށް ވެސް އެ ނިޒާމުތަކުގެ ފައިދާއެއް ރައްޔިތުންނަކަށް ނުލިބުމެވެ. ރާއްޖޭގެ އަދުލުގެ ނިޒާމަށް ގެންނަ ޒަމާނީ ފެންވަރުގެ ބަދަލުތަކަކީ ހަމައެކަނި ކަރުދާހުން ގެނެވޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތަންފީޒު ކުރެވޭނެ ނިޒާމުތަކެއް ގެންނަން އެބަޖެހެ އެވެ.

30 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

27 December 2023

ކީއްވެތޯ ފަހަތަށް ނުގެންދެވެންވީ. ތިޔަ ހުރިހާ ބޮޑެތި ފޮތްތައް އުކާލާފައި 1978 ގެ ޙާލަތަށް އެނބުރި ދިއުން މާބުއްދި ވެރި. ނުހިންގެނީ ކީއްވެގެންތޯ؟ ނުހިންގެނީ އިޚްލާޞްތެރިކަމެއް ނެތި ހަސަދައިން ފުރިގެންވާ ގާނޫނު އަސާސީއެއްގެ މައްޗަށް ގައުމު ދީލާލުން. ރައްޔިތުންގެ ބަސް އަހާނެ ވެރިއެއް ވެރިއެއް ބަސްއަހާނެ ރައްޔިތެއް ނެތުން. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކަށް އަތުޖެހުނު ގޮތަކަށް ޚަޒާނާ ލޫޓުވާލުން. މަށަށް ފައިދާ ކުރާ ގޮތަށް ކަންކަން ކުން.

The name is already taken The name is available. Register?

ޖަމަލުފޮޑި

27 December 2023

ރާއްޖެއަށް އެންމެ ގިނަ ޑޮލަރުވަންނަ އިންޑަސްޓްރީއަށް މޮޅުގަވާއިދުހަދާގެން މުސާރަދެނީ ކޮންމެ މަހެއްގެ 10ގަ އޭރުން ސަރުކާރަށްދައްކަންޖެހޭ ބިލްތަކާ ލަގާފައިވާ ލޯނުތައް ނުދެއްކި ލިބޭ އެތިކޮޅުން މިޖެގެނީ ޖޫރިމަނާ ދައްކަން މަހުގެ 1ވަނަ ދުވަހު ރިސޯޓްމުއައްޒަފުންނަށް މުސާރަދެވޭނެ ގޮތެއް ގާނޫނުން ހެދެންނެތީތޯ؟ މީތިބުނާ މޮޅު ކުރިއަރަފައިވާ ގައުމުތަކުގަ އޮންނަ ގޮތްތޯ؟؟؟

The name is already taken The name is available. Register?

ފާއިތު

27 December 2023

ކޮންމެ އެއްޗެއް ހަދަންވީމަ ހަވާލުވާ ފަރާތުން ދިރާސާއެއްނުކޮށް ކޮންމެވެސް ޔޫރަޕް ގައުމެއްގެ އެއްޗެއް ތަރުޖަމާކޮށްލީމަ ވާގޮތް. މިފެންނަނީ. އެއްޗެއް ތައާރަފްކުރަންވާނެ ގޮތާ އެކަމަށް ވުޒާރާތަކާ ރައްޔިތުން ތައްޔާރުކުރުވުމެއްނޯވޭ. ޓަސް ފާސްކޮށްލަނީ. މިއީ އިލްމީ މީހުން މަޖިލީހު ނެތީމަވާގޮތް. އިލްމީ ވާހަކަތައް ދޫކޮށް އެކަަކު އަނެކަކަށް ހަޅޭލަވާ ތިމާގެ މަސްލަހަތު ކުރިޔަށް ނެރުން ކަމަކީ.

The name is already taken The name is available. Register?

އުނބުށޭމު

27 December 2023

ވަޒީފާއާ ބެހޭ ޤާނޫނުގައިވެސް އޯޓީއަށް ރަސްމީ ގަޑިއަށްވުރެ އިތުރަށް އަދި ބަންދަށް އެއަށްވުރެ އިތުރަށް ފައިސާ ދޭންޖެހޭގޮތަށް ހެދީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވަން ބާރުއެޅުމަށްކަމަށް ވެއެވެ. އެކަމަކު އެއީ އާމްދަނީ ހޯދުމުގެ ވަޞީލަތަކަށް އޯޓީ ހަދާ މީހުންގެ ބަހަނާއެކެވެ. ރާއްޖޭގައި ކަންހިނގަނީ ދިމާ އިދިކޮޅަށެވެ. ރަސްމީ ގަޑިއަށްވުރެ ނުރަސްމީ ގަޑީގައި ލިބޭ ލާރި ގިނަވީމާ އަދި ބަންދުގައި އެއަށްވުރެ ގިނަވީމާ މަސައްކަތްތައް ރާވަނީ ބަންދުތަކާ ދިމާވާ ގޮތަ

The name is already taken The name is available. Register?

އުނބުށޭމު

27 December 2023

ރަނގަޅުވާހަކައެކެވެ. ވަޒީފާއާ ބެހޭ ޤާނޫނުވެސް ލިޔުނީ ބޭރުގެ މަޝްހޫރު ގައުމެއްގެ ޤާނޫނު ނަމޫނާއަކަށް ބަލައިގެން އޭޖީ އޮފީހުންނެވެ. އޭރު އެތާނގައި ރަސްމީގަޑީގައި ނިދާފައި ދޭއްގެ ފަހުން އޮފީހަށްގޮސް އޯޓީ ނަގައިގެން މަސައްކަތްކުރާ ލޯޔަރުން އުޅޭކަމަށް އޭރު އެތާނގައި އުޅުނު މުވައްޒަފަކު ބުންޏެވެ. އެހެންވީމާ އެވެރިން ހެދި ގާނޫނު އޮތްގޮތުން ރަސްމީ ގަޑިއަށްވުރެ އޯޓީއަށް ލިބޭލާރި ގިނަވެއެވެ. އަދި ބަންދު ދުވަހަކަށް ވަކިން ގިނަވެއެވެ. ބަހަނާއަކަށްވީ ބަންދުގަ

The name is already taken The name is available. Register?

ރާއްޖެ މިއީ އެހެން ދުނިޔެއެއް

27 December 2023

ގޭންގެއްގެ އެހީ ހޯދީމަ ޝަރީއަތް އަވަސްވެސް ކުރެވޭނެ އަދި ބޭނުންގޮތަށް ހުކުންވެސް ނެރެވޭނެ. ދެން އިންސާފޭ ކިޔާނެކަމެއްނެތް. ރާއްޖޭގެ ހުރިހާ ހިސާބެއްގަ ހުރިހާ ކަމެއްގަ އޮތީ ކޮރަޕްޝަންއާ ޑްރަގާ ގޭންގް ގެ ނުފޫޒު

The name is already taken The name is available. Register?

ކޮބައިތަ އިންސާފު

27 December 2023

ޝަރުޢީ ނިޒާމު ރަނގަޅަށް ހިންގުމަށް ވަސީލަތް ނެތް ވާހަކަ އިހަށް ބާއްވަމާ! އެންމެ ކަމެއް! 2013 އިން 2018 އަށް ވެރިކަން ކުރި ރޔ ފައިސާގައި ޖެހުނުކަމެއް އަދި ނޫންކަމެއް މަށަކަށް އެނގެނީކީ ނޫން! ލޯ މަތިން ފެނި، އަޑު އިވުނީ، ރޔ އިން ލޯންޗުގައި ބޮމެއް ގޮވައިގެން އުޅުނު ދުވަސް ވަރެއްގައި އެ މައްސައިގެ ޝައްކުވާ ފަރާތުން 1 މިލިއަން ޑޮލަރު ރައީސްގެ އެކައުންޓަށް ލީ ވާހަކަ! އެކަމުގައި ބެދި ޖަލަށް ލީ ހުކުމް ސ.ކޯޓުން ބާތިލުކުރި! ސ.ކޯޓުގެ ހުކުމުގައި، ހެކިދިނީ ފާސިގެއް ކަމަށް ބަލާ، އެކަނި އެފަރާތުގެ ހެކި ބަލައި ނުގަތުމަށް ކަނޑައެޅި! މިހާރު ރޔ ތަންފީޒުކުރަމުން އެދަނީ، އެއްކަލަ ފާސިގުގެ މައިގަނޑު ހެތްކަށް ކަނޑައަޅައިވާ ހުކުމެއް! ޖޫރިމަނާ އެއް ސާބިތު ދަރަންޏެއް ކަމަށް ބަލާފައި ރިޔާސީ ކެންޑިޑަސީ ބާތިލުކުރި! ޚަރާން ހުކުމޭ ކިޔާފައި ހޯބޯލެވި މީހުން އެތިބީ ފައިސާ އާއި ޖާހު ލިބުމުން ރޔ ޚަތުރަކަށް ހަދައިގެން، ކީއެއްޗެތި ނުކިޔާއެއްޗިއްސަށް ހަދައިގެން!

The name is already taken The name is available. Register?

ޕީޖީ ދަށުވެފަ

27 December 2023

ސުޕްރިން ކޯޓު ނޫނީ ޕީޖީ ދަށުވެފަ. ގާޒީން ޕީޖީ ވަކީލުންދެކެ ބިރުގަނެ

The name is already taken The name is available. Register?

ސުމެއް

27 December 2023

ޙާހަކަށް ވުރެ Gina މީހުން ދޭސީން ބޮދޭސީން ޖަލުތަކުގަ ސަރީއަތް ނިމެންދެން.4 އަހަރުވެފަ މީހުން މަރުވަނީ ވާނުވާގަ.

The name is already taken The name is available. Register?

ގުރޭންޑް ޕުރިކްސް

27 December 2023

ކުއްޖާގެ ފޯރމޭޓިވް އަހަރުތަކަކީ އުމުރުން 08 އިން ދަށުގެ އަހަރުތައް!! މިއުމުރު ގައި ދަސްވާ އެއްޗެއް އެއީ މީހާގެ ބިންގާ! މިއަދު ރާއްޖޭ ގައި ޑރ، އެމް.ބީ.އޭ ފަދަ ފާސްތައް ނުހަނު ގިނަ!! ވެސްޓަރން އަދި އީސްޓަރން ގައުމުތަކުން އުނގެނިފައި! އެކަމަކު ކުއްޖާގެ ފޯމޭޓިވް އިޔަރސް ތައް މިހިރީ މައުމޫނު ވިދާޅުވާ ގޮތަށް ޓޮޓަންހަމް ލެވެލްގަ! ޓޮޓްނަމް ލެވެލަކު ނޫން!! މީގެ ނަތީޖާ މުޅި ގައުމުން ފެނިގެން މިދަނީ!! ހުރިހާ ކަމެއް ބޮއްސުންލާފައި!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454