25 ޑިސެމްބަރ 2023 - 17:46
މަސީން ފުރަތަމަ ފަހަރަށް ބޭއްވި "ބިލްޑާސް އެވޯޑު"ގެ ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާގެ އެވޯޑު ވިލާ ހަކަތައަށް ލިބިއްޖެ އެވެ.
ވިލާ ހަކަތަ އަކީ ގޭހާއި ފިޔުލް އަދި ޝެލް ލުބްރިކަންޓާއި ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކާ ކުންފުންޏެކެވެ.
ވިލާ ހަކަތައިން ބުނި ގޮތުގައި ވިލާ ސިމެންތިއަކީ ރާއްޖޭގައި ޕެކް ކޮށްގެން ވިއްކަމުންދާ ސިމެންތިއެކެވެ. އަދި އެ ސިމެންތި ޕެކްކޮށްފައި ހުންނަ ކޮތަޅަކީ ރާއްޖޭގެ މޫސުމާ ގުޅޭ ކޮތަޅެއް ކަމަށް ވާތީ، ސިމެންތި ގަނޑުވުން ފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
އެތަނުން ބުނާ ގޮތުގައި، ރާއްޖޭގައި ލިބެން ހުންނަ އެހެން ސިމެންތިއާ ހިލާފަށް އެ ސިމެންތި އަކީ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ސިމެންތިއެކެވެ.
މަސީން ފުރަތަމަ ފަހަރަށް ދިން ބިލްޑާ އެވޯޑު އިމާރާތް ކުރުމުގެ ދާއިރާގައި ވިލާ ހަކަތައިގެ އިތުރުން އިތުރު ފަސް ފަރާތަކަށް ރޭގެ ހަފްލާގައި ދިނެވެ. މި ހަފްލާގައި އިމާރާތްކުރުމުގެ ދާއިރާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ދެ ބޭފުޅަކަށް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy