26 ޑިސެމްބަރ 2023 - 10:03
އެއްވެސް މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާފައި ނުވާ ކަމަށާއި މި ވަގުތު ޖަލްސާތައް މެދުކެނޑިފައި އޮތީ ކޯރަމް ހަމަވާ ވަރަށް މެމްބަރުން މާލޭގައި ނެތުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އެހެން ވިދާޅުވި ނަމަވެސް އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މަސައްކަތް މިއަދާ ހަމައަށް ނުނިންމާ އޮތް އިރު މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި ކޮމިޓީ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އަނދުން ހުސައިން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން ވެސް ނުބޭއްވި ދިގުލައިގެން ދަނީ ކޯރަމް ހަމަވާ ވަރަށް މެންބަރުން މާލޭގައި ނެތުމުން ކަމަށެވެ.
"ޕާޓީތަކުން [މަޖިލިސް އިންތިހާބުގެ] ޕްރައިމަރީ އަށް ހުޅުވާލާފައި އޮތުމުން ގިނަ މެންބަރުން ވަނީ ދާއިރާތަކަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާއެއް ބޭއްވޭނީ 21 މެމްބަރުން ހަމަވުމުންނެވެ.
މި ދައުރު ނިމުމުގެ ކުރިން ރުހުން ދިނުމުގެ މަސައްކަތް ނިންމަން ރާވާފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އިމަޖެންސީކޮށް ވިޔަސް ޖަލްސާއެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށް އަނދުން ހުސައިން ވިދާޅުވި އެވެ.
އެމްޑީޕީން ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އޮވެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މި ފަހުން ވަނީ ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ހުސައިން ވިދާޅުވި ގޮތުގައި އެ ޕާޓީން މިހާތަނަށް އެއްވެސް މިނިސްޓަރަކަށް ރުހުން ނުދޭން ކަނޑައެޅިގެން ނިންމާފައެއް ނެތެވެ.
ރުހުން ދިނުމުގެ މައްސަލާގައި އެމްޑީޕީން ވަކި ގޮތްތަކެއް ނިންމާނެ ކަމަށާއި ނަމަވެސް ތްރީ ލައިން ވިޕެއް ނެރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެބިނެޓު މިނިސްޓަރުންގެ މައްސަލަ ކޮމިޓީ މަރުހަލާ ނިންމުމަށް ފަހު މިދިޔަ ހަފުތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ނިޒާމީ މައްސަލައަކާ ގުޅިގެން މަޖިލިހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމައިފަ އެވެ.
އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެސް އަލުން ކޮމިޓީ ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު، ކޯރަމް ހަމަނުވުމުން އެ ބައްދަލުވުން ކެންސަލް ކުރި އެވެ.
ޕީޕީއެމް/ޕީއެންސީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި އިދިކޮޅު އެމްޑީޕީން ގަސްތުގައި އެ މައްސަލަ ދިގުދަންމަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްލާ ނަސީރު
27 December 2023
ރައީސް ހުވާކުރިތާ މަސް ދުވަސް ނުވަނީސް ރައީސް އަޒުލްކުރަން ގައުމުގެ އެންމެ ބޮޑު މަސައްކަތަކަށްވެ އެކަން ކުރެވުނު. ރައީސުގެ ކެބިނެޓަށް ރުހުންދޭން ފޮނުވާފައި އޮންނަތާ މަސްދުވަސް ވީއިރުވެސް، ކަހާތަން ހިރުވާނުލާ. މިވަރުގެ ޒިންމާދާރު ބަޔަކު އިންތިޚާބު އަންނާތީ މަޖްލީހަށް ރުހުން ނުދީ، ރައްޔަތުންގެ ވޯޓް ހޯދަން ދާން ލަދު ނުގަނޭ ބާވައޭ ހިތަށް އަރާ
އަލިމަނިކުފާނު
26 December 2023
ރައްޔިތުންގެ ބައިތުލްމާލުން އަމިއްލައަށް ބޮޑު މުސާރަ ކަނޑައަޅުއްވައިގެން ލިބިވަޑައިގަންނަވާ ފައިސާ ދާއިރާގެ ރައްޔިތުންނަށް ބައްސަވަމުންގެންދަވާ ބޭބޭފުޅުން ކުޅުއްވާ ޑްރާމާ ރައްޔިތުންނަށް އެނގޭ. 2024 ގައި ގޮތްނިންމާނީ ދިވެހި ރައްޔިތުން
ފފފފފ
26 December 2023
އަނދުން ހުސޭނުމެންގެ ކަމަކީ ރައްޔިތުން ވޯޓުން ހޮވާފައިވާ، އަދި ޑިމޮކްރަސީއެއްގެ މައި މޫކަމުގައިވާ "ރައްޔިތުން" އިހްތިޔާރު ކުރި ރައީސް އަށް ބިރުދެއްކުމަށް އަޒުލު ކުރާނެ ކަމަށް ދެއްކުން. ކަލޭމެން އިބިލީހުންހެން ދަންވަރު ސައްލާކޮށްގެންވެސް އެކަން ކުރާނެ މޮޅު ގޮތެއް ނޭނގިގެން އަދި ތި ތިބެނީ. ރައީސްއަށް ނޯޓިސް ފޮނުވާ ތަނުން ކަލޭމެންގެ ނުބައިކަން ރައްޔިތުންނަށް ފަޅާއަރާނެ. ގޮނޑި ގެއްލި ފަގީރުން އަދި އިތުރަށް ފަގީރުވެގެންދާނެ.
ސާބަހޯ
26 December 2023
ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ޙައްޤުގައި ރެޔާއި ދުވާލު ތިޔަ "ޢިއްޒަތުން ފުރިފައިވާ" މެމްބަރުން ކުރައްވާ ބުރަ މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާ ސާބަސް.
އަންދަލޫސިޔާ
26 December 2023
ސަރުކާރުން އޭތި މީތި ކިޔާފާ މިނިސްޓްރީތައް އުފައްދާފަ، އެ މިނިސްޓްރީތަކުގެ މެންޑޭޓް އެނގޭ އެއްވެސް ޑޮކިއުމެންޓެއް ތައްޔާރުނުކޮށް ހުރީމައި ކިހިނެތްތޯ ވާނީ.
ލލލލ
26 December 2023
އެއީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ބާރެއް. މަޖިލިހަކަށް ނޯންނާނެ އެއްވެސް ގާނޫނީ ބާރެއް އެއްވެސް މިނިސްޓަރަކަށް ފުރަތަމަ ރުހުން ނުދީވާނެ.
ދޮން ހަސީނާ
26 December 2023
މެމްބަރުންނަށް ސައިދީގެން ނޫނީ ތިޔަކަމެއް ނުވާނެ. މެމްބަރުންނަކީ އެއްވެސް ޒިންމާއެއް އޮންނަ ބައެއްނޫން. އެމީހުނަށް އޮންނަނީ އަމިއްލަޔަށް މުސާރަ ބޮޑުކުރުމުގެ ހައްގާއި، އިއްޒަތްތެރި ކަމުގެ ހައްގާއި، އަނގައިން ނެތިމޮށުމުގެ ހައްގާއި، މުސާރަނަގައިގެން މަޖިލީހަށް ނައުމުގެ ހައްގާއި،
މުރާންގި
26 December 2023
އަދި އޮންނާނެ ދިވެހިންނާއި ނުބައްދަލު އިމްތިޔާޒެއް
ހޯސްފޯސް
27 December 2023
އަދި ކުރީގެ ރޯމަނުންގެ ތެރޭގައި އޮތް ހައިރާކީވެސް އޮންނާނެ. އެމީހުން އެއީ އެންމެ މަތީފަންތީގެ ޢިއްޒަތްތެރިން. ދެންތިބޭނީ އެމީހުންގެ އެންގުންތަކަށް ތަބާވާންޖެހޭ ސަރުކާރާއި މުއައްސަސާތައް، ދެން ތިބޭނީ އެމީހުން ހޮވި އެންމެދަށްފަންތީގެ ރައްޔިތުން... އެމީހުން އުޅޭގޮތުން ހީވަނީ މީހެން އެމީހުންގެ ވިސްނުމުގަ ހުންނަގޮތަކީ
އިލަ
26 December 2023
ބޭނުން ވަރެއް މުސާރައަށް ކަނޑައަޅާފަ، ބޭނުން ދުވަހަކު ޖަލްސާ ބާއްވާފަ، ބޭނުން އިރަކު ޗުއްޓީގަ އުޅެލާފަ... ހުވާ މިބުނީ... މިވަރުގެ ހަޔާތްކުޑަ އިއްޒަތްތެރިންނެއް މިއުޑުދަށަކުން މަނުދެކެން..
ކައިކައި
26 December 2023
ހީވަނީ މިނިސްޓަރަކަށް ކޮހަކު ލެއްވިޔަސް މަޖިލީހަށް ރުހުންދޭން ޖެހޭހެންނެވެ. ރައްޔިތުން ހޮވީ ރައީސުލް ޖުމުހޫރިއްޔާއެވެ. މިނިސްޓަރުންވެސް ތިބެން ޖެހޭނީ ރައްޔިތުން ނުވަތަ ރައްޔިތުންނާއި ގުޅުން ހުންނަ ކޮންމެވެސް ދާއިރާއަކުން ނުސީދާކޮށް ނަމަވެސް ރައްޔިތުންގެ އާންބަސް ލިބިގެންނެވެ. ޑިމޮކްރަސީގައި މިކަން މިމަގަށް ބާއްވަނީވެސް ކޮންމެ ކޮންމެ މީހަކު މިނިސްޓަރުކަމާއި ދައުލަތުގެ ހައިބަތު ހުރި މަގާމުތަކަށް ގެނައުން ވަކިހަމައެއްގެ ތެރޭގައި ހިފެހެއްޓުމަށެވެ.
ކަޑައިންސާފު
26 December 2023
ތިޔަ ހަމަޔާ ތިޔަ ގޮތްތައް އަބަދު އޮންނަނަމަ ރަގަޅު. ވަކިބަޔާ ޖެހުނީމަ، ވަކިބަޔަކު އަތުން ވެރިކަން ދިޔައިމަ ހަމަޔާ އިންސާފަށް ފެންބޮވާފަ. މީތި ކަޑަ.
ފފފފ
26 December 2023
މިނިސްޓަރުންނަކީ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ބައެއް. އެކަން ކުރަން ގާނޫނު އަސާސީން ރައީސްއަށް އެކަނި ބާރު ދީފަ އޮންނަނީ. މަޖިލިހަކީ ވަޒީރުންގެ ޒިންމާ އަދާކުރާވަރު ބަލާފަ އެމީހުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުގެ ބާރު އެކަނި ގާނޫނުން ދީފަވާ ބައެއް. ރައްޔިތުން ގުނބޯ ހެދިގެން ނޫޅެ ގާނޫނު އަސާސީގެ 1 އަދި 2 ވަނ ބާބު ކިޔާލަބަލަ.
ކާސިންޖީ
26 December 2023
ތިޔަ މިނިސްޓަރުންގެ ތެރެއިން ބައެއް މީހުންނަށް ޕީޕީއެމް ޕީއެންސީގެ އާއްމުންގެ ރުހުންވެސް ނުލިބޭނެއެވެ. ރުހުންދިނުން ޤާނޫނު އަސާސީން މަޖިލީހަށް ދީފައި އޮންނަނީ ކޮންމެވެސް ސބަބަކާއި ހެދިއެވެ. އެހެން ނޫންނަމަ މިނިސްޓަރުން އައްޔަން ކުރުން އޮންނާނީ ރައީސް މުޠުލަޤަށް ދޫކޮށްލާފައެވެ. ރުހުން ދިނުމާއި ނުދިނުން އޮންނާނީ މަޖިލިސް މެންބަރުންނަށެވެ. ދެން ރައީސަށް ޖެހޭނީ މަޖިލީހުން ރުހުން ލިބޭފަދަ ޤާބިލު ބަޔަކު މިނިސްޓަރުންނަށް އައްޔަން ކުރައްވާށެވެ.
ޛޖޖހ
26 December 2023
އަނދުން ހުސޭނުމެންވަރުގެ ގާބިލު މީހުންތަ؟ ނޫނީ ދޮންބިލެތްވަރުގެތަ؟
މުއްލާ ނަސީރު
27 December 2023
ޕިއެޗްޑީ ހަދާފައިތިބި މީހުންގެ ގާބިލްކަން މިނެކިރަން ތިބީ ވަކަރުގޭ ތަޅާކުދިންކޮޅެއް. ކޮވިޑް ވެކްސިން ސެޓްފިކެޓާއި ވަރިކާވެނި ސެޓްފިކެޓް ފިޔަވައި ވަކަރުގޭ ކުދިންނަށް ލިބިފައި އޮތް އެއްވެސް އިތުރު ސެޓްފިކެޓެއް ނެތް. މަ ބޯ ހަލާކު
ސައިމަނު
26 December 2023
ރުހުން ދިނުން މަޖިލީހަށް މަތިކޮށްފައި އޮންނަނީ ރަމްޒީކަމެއްގެ ގޮތުގައިއެއް ނޫނެވެ. ރުހުންދިނުމެއް އެހެންނޫންނަމަ ބޭނުމެއްވެސް ނުވާނެއެވެ. މިނިސްޓަރުން ސިޔާސީ މީހުންނަށް ވީހިނދު ރުހުންދޭން ތިބީ ސިޔާސީ އިދިކޮޅު މީހުންނެވެ. މިއީ ޗެކް އެންޑް ބެލެންސް ނިޒާމެއްގައި އޮންނަ އެއްމެ މުހިންމު އެއްސިފައެވެ. ވީމާ ރުހުން ނެތް ބަޔަކު ޖެހޭނީ ވަޒީރުކަމުން ދާށެވެ.
ކކކކކ
26 December 2023
މަޖިލިހަށް އޮންނަނީ ރުހުން ދޭން. ނުދޭކަށްނޫން. އެއްވެސް ހާލަތެއް ނޯވޭ ރުހުން ނުދޭކަށް. މަޖިލިހުގރ މައުލޫމާތަށް އޮންނަ ރެކޯޑެއް އެއީ.ފަހުން ޒިންމާއަދާނުކުރާނަަމަ ސުވާލުކުރަން ހާޟިރު ކުރެވިދާނެ.