ހުޅުމާލޭގައި ހުންނަ އާބަންކޯގެ މައި އޮފީސް: ހުއްދަ ނެތި ހުޅުމާލެ ފޭސް 3 އަށް އާންމުން ވަނުން ވަނީ މަނާކޮށްފައި. --ފައިލް ފޮޓޯ: މިހާރު
26 ޑިސެމްބަރ 2023 - 20:51
ހުޅުމާލެ ފޭސް 2 ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަ ނެތި އާންމުން ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯ އިން މިއަދު އަންގައިފި އެވެ.
އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޭސް 2 ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވި ނަމަވެސް މަދުންނަމަވެސް، އާންމުން މި ސަރަހައްދަށް ވަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"ވީމާ ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މިސަރަހައްދަށް ނުވަނުމަށް އަންގާ އިއުލާނު ކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، މިހާރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަމުންދާ ކަން އާބަންކޯ އިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، ހުޅުމާލޭގެ އެ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވާތީ، މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެގޫ
27 December 2023
ބަލިކުދިން ބޭސް ބޭނުންކޮއްލަންވެސް ވަދެވޭނެ
ސާބަސްދޯ
27 December 2023
ތިތަނުގަ ބަޔެއްގެ ގޯތިވެސް އެބަހުއްޓޭ
އަކުންބަކުން
27 December 2023
އާ އަހަރު ފެށުނީމަ ޖޮގިންނަށް ދާން ކިޔައިގެން އުޅޭ ސަރަހައްދު ބަންދުކުރީމަ ދެން އެކަންވެސް ނުވާނެ! #ސޭޑްލައިފް
ލާމް
27 December 2023
ތިތަނުގެ ބޮޑުބައި އޮތީ ލަންކާގެ މީހަކަށް 99 އަހަރަށް ދީފަ. އޭނައަށް އެތައް ބިލިއަން ރުފިޔާއެއްގެ ފައިދާ. ދިވެހިންނަށް ދެން ތި ތަނަށް ނުވަދެވޭނެ،
ވަރައް ދެރަ
26 December 2023
ދެން ސަންސެޓް ފޮޓޯ ނަގަންވެސް ނުދެވޭނެ...މަސް ބާނަންވެސް...ރައްޔިތަކު އުފަލެއް ލިބެންޔާ ޖެހޭނޭ ހުއްޓުވަން
ރަތްދިދަ
27 December 2023
ސަންސެޓް ފޮޓޯ ނެގުން، މަސްބޭނުން، ބޭބީ ގޮވައިގެން ދުއްވާލަން ދިއުން ، މިހުރިހާ ކަމެއްވެސް ވާަނީ ޒަރޫރީ ބޭނުމަށް. ޒަރޫރީ އެއްވެސް ބޭނުމަކާ ނުލައި ނުވަނުމަށް އަންގާފަ ވަނީ ..