ވިޔަފާރި / މިފްކޯ

މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި

މިފްކޯ އެސްޓީއޯގެ ދަށުން ނަގައި، އަނެއްކާވެސް ވަކި ކުންފުންޏަކަށް ބަދަލުކުރަން ޝެއާ ޓްރާންސްފާ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައި. --ފޮޓޯ: ފިނޭންސް މިނިސްޓްރީ

ސަރުކާރުން މަސްވެރިކަމަށް ހާއްސަކޮށް ހިންގާ މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްޓީއޯގެ 99.99 ހިއްސާ އަދި އެލައިޑް އިންޝުއަރަންސްގެ 0.01 ހިއްސާ އާ އެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މި ބަދަލާ އެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކޮށް، މިފްކޯއަށް ބޭނުންވާ މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިވެގެންދާނެ،" ފިނޭންސުން ބުންޏެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ. އޭރު އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމަށް ދަތިވުމުގެ ސަަބަބުންނެވެ.

އެކަމަކު މިމަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯ އަލުން ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހި ކުރުން. އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ. އަޅުގަނޑުމެން ނިންމާފައިވާނެ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމްކޮށް، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާނެ،" މި މަހުގެ ފަސް ވަނަ ދުވަހު އެމަނިކުފާނު ނޫސްވެރިންނަށް ވިދާޅުވި އެވެ.

މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރުގަ އެވެ. އެކުންފުނި އުފެއްދީ، އޭގެ ކުރިން ހިންގި މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އެކުންފުނީގެ ދަރަންޏަށް ޒިންމާވާ ކުންފުންޏެއްގެ ގޮތުގަ އެވެ. އެ ކުންފުނި އޭރުން ފެށިގެން ހިންގީ ސަރުކާރުން ބޮޑު އަދަދަކުން ސަބްސިޑީ އާއި ލޯނު އެހީ ދީގެންނެވެ. އަންނަ އަހަރަށް ވެސް ބަޖެޓުގައި މިފްކޯއަށް 415 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

8 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަސްވެރިން24

28 December 2023

މަހުގެ އަގު ވައްޓާލި ވާހަކަ ނުދައްކަނީ ކީއްވެބާ. ؟ މިހާރު ކިލޯއެއް 20ރ

The name is already taken The name is available. Register?

ޖީހާންް

28 December 2023

މަސްވެރިކަމުގެ ހަގީގީ ނަފާ ރައީސް މުއިއްޒުގެ 5 އަހަރުގެ ދައުރު ނިމޭއިރު ފުރިހަމަޔަށް ލިބިގެންދާނެ.

The name is already taken The name is available. Register?

އިލްހާމާ ލަތީފްް

28 December 2023

ތަނެއް ހިންގޭނީ އެކަން ކުރަން އެނގިގެން. ރައީސް މުއިއްޒު މި ދައްކަވަނީ ހެޔޮ ވެރިކަމެއް ކުރަން އުޅޭ ބަޔަކަށް އެކަން ވާނެކަން.

The name is already taken The name is available. Register?

ނިމާލްް

28 December 2023

ޓުއަރިޒަމް ބަހައްޓާފައި އެންމެ ފައިދާ ވާނީ މަސްވެރިކަމުން. އެކަމަކު އޭގެ ހަގީގީ ނަފާ ރައްޔިތުންނަށް ލިބޭ ތަނެއް ނުފެނޭ. މި ގެނެވުނު ބަދަލު ތަކާއިއެކު މިފްކޯއިން ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބޮޑެތި ކުރިއެރުން ލިބޭނެކަމުގެ އުންމީދު އާވެގެންގޮއްސި.

The name is already taken The name is available. Register?

އިޒްޔާންް

28 December 2023

މިފްކޯ އިން ފައިދާ ނުނެރެވުނީ ވައްކާމާއި ކޮރަޕްޝަން މި ކުންފުނިތެރޭ އުތުރިއެރީމަ. މިކަން ހުއްޓުވާ ކުންފުނީގެ ކަންތަށް ގާތުންބެލޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާ މި އެޅުއްވި އަވަސް ފިޔަވަޅުތަކަށް ހަމަ ސާބަސް.

The name is already taken The name is available. Register?

ހުޒާމްް

28 December 2023

މިޢީ ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން ކޮރަޕްޝަންގެ ދޮރުތަށް ބަންދުވެގެންދާނެ.

The name is already taken The name is available. Register?

ދާއިން

28 December 2023

މަސްވެރިކަމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ

The name is already taken The name is available. Register?

ފައިނާން

28 December 2023

މަސްވެރިކަމަށްް މި ސަރުކާރުން ބަހައްޓާ އަހައްމިއްޔަތުކަން ބަލައިގަންނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454