ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވެފައިވާ ކުއްޖަކަށް ފަރުވާ ދޭން ގެންދަނި. -- ފޮޓޯ: އޭއެފްޕީ
31 ޑިސެމްބަރ 2023 - 06:17
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމާ އެކު އިޒްރޭލުން ބަހުގެ ހަމަލާތައް ދީފި އެވެ.
ދެކުނު އެފްރިކާއިން އިޒްރޭލުގެ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހެޅީ ޖެނޮސައިޑް ކޮންވެންޝަނާ އިޒްރޭލުން ހިލާފުވަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމަށް ބެލެވޭ އަމަލުތައް ހުރީ ޣައްޒާގައި އުޅޭ ފަލަސްތީނު ރައްޔިތުން ނެތި ހިނގައިދާނެ ފަދަ ގޮތަކަށް ކަމަށެވެ.
މައްސަލަ ހުށަހެޅުމާ އެކު އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދެކުނު އެފްރިކާގެ ހުށަހެޅުމާ އިޒްރޭލުން ދެކޮޅުހަދަނީ "މުޑުދާރު" އަމަލެއްގެ ގޮތުގައި ކަމަށެވެ.
"ދެކުނު އެފްރިކާއިން ދައްކާފައިވާ ވާހަކަތަކުގައި ހަގީގަތެއް ވެސް އަދި ގާނޫނީ ބުރަދަނެއް ވެސް ނެތް. މިއީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ކުރާ މަސައްކަތެއް،" ތަރުޖަމާނު ބުނެފައިވެ އެވެ.
ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބޭ އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް އިޒްރޭލުން ބުނީ ދެކުނު އެފްރިކާއިން މި ކުރާ ކަމަކީ ޓެރަރިސްޓުންނަށް ވާގިވެރިވުން ކަމަށެވެ.
އިޒްރޭލުން މިފަދަ ޣައްޒާއަށް ހަމަލާ ދޭން ފެށީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކުގަ އެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 21،500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރު
31 December 2023
ޝުކުރިއްޔާ ދެކުނު އެފްރިކާއަށް. ތިވަރު ކޮށްލަން ނުކުރޭވަރުގެ މީހުން ދެން ހުސް ތިބީ.
ސަލީމު އިބުރާހިމު.
31 December 2023
ކޯޓުތަކާއި ބޯޓުތައް ޖެހޭނީ ހުންނަން، ދުނިޔެ އޮންނާނީ ބާރުހުރި ބައެއްގެ މުށުތެރޭގަ. މިއީ ތާރީހުން ފެންނަ ދުވާލުގެ އަލިކަންފަދަ ސާފު މައްސަލައެއް. މުސްލިމުން އަތުގައި ބާރު އޮތްއިރު އެމީހުން ވެސް ހިފި ބިންތަކާއި ހޯދި ގަނީމާ މުދަލާއި ގެންގުޅުނު ޖާރިއާތައް ތާރީހުގައި ވަނީ ލިއެވިފަ. އެމެރިކާ އާއި ޔޫރަޕަށް ބާރު ލިބުމުން ކަންކުރާގޮތް މިފެންނަނީ. އެމީހުން ވިއްކި އަޅުންނާއި ހިފި ބިންތަކާއި ފޭރުނު ތެލާއި މުދަލާއި. އެވާހަކަތައް ވެސް ތާރީހުގައި ލިއެވިއްޖެ.
ނާސިރުބެ
31 December 2023
މިވަރުވެސް އަރަބި މުސްލިމު ގައުމުތަކަށް ނުވި. ހޫތީން ނޫނީ އެހީގެ އަތެއް ދިއްކޮށްލި މީހެއް ނެތް. ނަމަވެސް މި ދިވެހިރާއްޖޭގައިވެސް ހޫތީން އެއީ ހެޔޮވާވަރުގެ ބައެއް ނޫންކަމަށް ބައެއް ޝެއިހުން ބުނޭ. ލޮލަށް ފެންނަ މަންޒަރު ހާދަ ތަފާތޭ. ތިމާގެ އަޚާ ފަލަތީސްތީނު މަރުވަމުންދާއިރުވެސް އެމީހުން ބުނަނީ ދުއާކޮށްލާށޭ، އެހާވަރުން ފުދޭނޭ، ކޮންފަދަ ނުބައި ބައެއްތޯ، ހަމަ މުނާފިގުކަން ގަދައީ
ވާދީ
31 December 2023
އެހެންވީ މައުމޫނު ކުރިން ދެއްކީ ގާނޫނީގޮތުން ރަނގަޅު ވާހަކައެއްތާ.
ހެލޯ ބޯއި
31 December 2023
މައުމޫނު ދެއްކީ ކޮން ވާހަކައެއްތަ؟؟