ޖަޕާނަށް މިއަދު ބިންހެލުމުގައި ވަޖީމާ ސިޓީއަށް ގެއްލުންވެފައި.
01 ޖެނުއަރީ 2024 - 13:21
ޖަޕާނުގެ މެދުތެރެއަށް ރިކްޓަ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމަކަށް ފަހު ސުނާމީ އަރައިފި އެވެ.
ސުނާމީގެ ފުރަތަަމަ ރާޅުތައް މިހާރު އަރާފައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް ތަފްސީލެއް އަދި ނުލިބެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވަޖީމާ ޕޯޓް ސަރަހައްދަށް ފުރަތަމަ އައި ރާޅުތަކުގެ އުސްމިނުގައި 1.2 މީޓަރު (ހަތަރު ފޫޓް) އުސްމިން ހުއްޓެވެ.
ސުނާމީގެ ރާޅުތަކުގައި ފަސް މީޓަރު ވެސް ހުރެދާނެ ކަމަށް އިންޒާރު ދިން ނަމަވެސް ބޮޑު ގެއްލުމެއް ވާ ވަރަށް ސުނާމީއެއް ނާރަ އެވެ.
ޖަޕާނު ގަޑިން މެންދުރު ފަހު 4:21 ގައި އައި ބިންހެލުމާ އެކު، އާންމުން ރައްކާތެރި ހިސާބުތަކަށް ދާން އަންގައި ސުނާމީގެ އިންޒާރު އޮތީ ދީފަ އެވެ. ސުނާމީގެ ރާޅުތަކުގެ އުސްމިން ތިން މީޓަރަށް ވުރެ ވެސް އުސްކޮށް ހުރެދާނެ ކަމަށާއި ޖަޕާން ކަނޑުގެ އައްސޭރީގައިވާ ހުރިހާ ތަނަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދިނެވެ.
Footage from the local Shinkansen station in Ishikawa prefecture, extremely powerful shaking! #japan #earthquake pic.twitter.com/SaXrAgR6vD
— Ceptor World (@CeptorW) January 1, 2024
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ އިޝިކާވާ ޕްރިފެކްޗާގެ އަނަމިޒޫގެ އިރު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ.
ފުރަތަމަ އައި ބިންހެލުމަށް ފަހު ވެސް ނޯޓޯ ޕެނިންސިއުލާ އަށް 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި ލޮޅުންތައް އެރި އެވެ. ޖުމްލަ 11 ލޮޅުމެއް އެރި މި ހިސާބަށް ފަސް މީޓަރު އުސްމިނުގައި ސުނާމީ އަރާފާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޖަޕާނުގެ މެޓް އޮފީހުން ބުނީ މެގްނިޓިއުޑް 4.0 އިން މަތީގެ 21 ބިންހެލުން މިހާތަނަށް އައިސްފައިވާ ކަމަށެވެ.
2024 didn't start in the best of ways in Japan.
— Massimo (@Rainmaker1973) January 1, 2024
A preliminary M7.6 earthquake hit central Japan, triggering a tsunami warning and advisories for residents to evacuate
The clip is from about one hour ago.
[📹 NHK]pic.twitter.com/7PlUQH5vF4
ނޯޓޯ ޕެނިންސިއުލާ އަށް ދިން ސުނާމީ އިންޒާރުގެ މިންގަނޑު ހުރީ 2011 ވަނަ އަހަރު މާޗު މަހު އެރި ސުނާމީގައި ވެސް ދިން އިންޒާރާ އެއް ލެވަލްއެއްގަ އެވެ.
ބިންހެލުމުގެ އަސަރު ނިއުކްލިއާ ޕްލާންޓަކަށް ވެސް ކޮށްފައި ވާއިރު އެތަނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް، އެތަން އޮޕަރޭޓްކުރާ ޓެޕްކޯ އިން ވަނީ ބުނެފަ އެވެ. އެކަމަކު ބިންހެލުމުގެ އަސަރުކުރި އެކި ހިސާބުތަކުން 33،500 އަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށް ޖަޕާންގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބިންހެލުމުގެ ސަބަބުން މަގުތަކާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންހެލެނީއޭ
01 January 2024
ދުނިޔޭގެ އެންމެމަތީފަށަލަ ކަމުގައިވާ ކްރަސްޓް އުފައްދަވާފައިވަނީ ބޮޑު 7 އަދި ކުދި އެތައް ޓެކްޓޯނިކް ޕްލޭޓްތަކުން ދުނިޔޭގެ ކްރަސްޓްގެ ދަށުގައި ވަނީ ދިޔާ އަލިފާން އެއީ މޭންޓްލް ލޭޔަރ މިފަށަލައިގައި ކަރަންޓް ދަތުރުކުރާނެ އެލޭޔަރގެ ތިރިން ކަނާތުން ވާތަށް މަތިން ވާތުންކަނާތަށް މިގޮތް ވުމުން ޓެކްޓޯނިކް ޕްލޭޓްސް ތައް ދަތުރުކުރާނެ މޭންޓްލް ލޭޔަރގެ މަތިން މިދަތުރުކުރާއިރު ޓެކްޓޯނިކް ޕްލޭޓްސް ތައް އެކަތި އަނެކަތި ޖެހުމުން އުފެދޭ ފްރިކްޝަންގެ ޕްރެޝަރ މަތިވެ
ދިސްވޭއިން
01 January 2024
ބިން ހެލުމަކީ އެއީ އާންމު ގުދުރަތީ ކާރިސާއެކޭ ދުވާލަކު 9 ހާހަށް ވުރެން ގިނަ ބިންހެލުން ދުނިޔެ އަށް އަންނާނެއޭ އެކަަމަކު ގިނަ ބިންހެލުން ތަކަކީ ރިކްޓަރ މިންގަނޑުން 2 އަށް ވުރެން ދަށް ވުމުން އޭގެ އަސަރު ނުކުރަނީ މިނަން ގެންގުޅޭނީ ސައިޒްމޯގްރާފް ބިންހެލުން އަންނަ ވައްތަރު ތަކަކީ 1. ޓެކްޓޯނިކް ބިންހެލުން 2. ކޮލަޕްސް ބިންހެލުން 3. އަލިފާންފަރުބަދަ ގޮވާ ބިންހެލުން 4. ޑްރިލިންގް އެން މައިނިންގް ބިންހެލުން (4) މީ އިންސާނުންގެ ސަބަބުން އަންނާ ބިންހެލުން