ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ކ) ޖަރުމަންގެ ކުރީގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ (ވ) އާ ބައްދަލު ކުރައްވަނީ: ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު މިނިސްޓަރު ވަނީ ހިއްސާ ކުރައްވައިފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓަރު
02 ޖެނުއަރީ 2024 - 13:52
ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ކިޔައިދެއްވައިފި އެވެ.
ފިނި މޫސުމުގެ ޗުއްޓީ، ހޭދަ ކުރަން މި ވަގުތު ރާއްޖޭގައި ހުރި ޕޮޑޮލެސްކީއާ އެކު ރާފިއު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީން ބުނީ ފުޓްބޯޅައިގެ ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތައް އާސެނަލް އާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފޯވާޑްގެ އެއްބާރުލުން ދެވޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ވަނީ، ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީއެއް ވެސް ޕޮޑެލްސްކީ އަށް ހަދިޔާ ކުރައްވައިފަ އެވެ.
Minister Abdulla Rafiu met with 2014 World Cup winner and German legend Lukas Podolski in this morning.
— Ministry of Sports, Fitness and Recreation (@MoSFR_mv) January 2, 2024
In this meeting, Minister Rafiu shared the football development plans and current status of football in the Maldives. pic.twitter.com/ERsXbNHkMN
ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާ ބެހޭގޮތުން ޕޮޑޮލެސްކީ އަށް ކިޔައި ދެއްވި އިރު، އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ތެރޭގައި ބޮޑު މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ.
ބައިނަލްއަގުވާމީ އިދާރާތަކުން، އެފްއޭއެމް އަށް ފޮނުވާ ފައިސާ އަށް، އެތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލާގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރިމަތި ވެފަ އެވެ.
އެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅިގެން، ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި އެ ތަހްގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް، ޕޮޑޮލްސްކީ (ކ އަށް ) ރާފިއު (ވ) ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓަރު
ބައްސާމަށް ކުރެވޭ ތުހުމަތުގައި، އޭނާ މަގާމުން ދުރު ކުރުމަށް މަސައްކަތް ފެށި ދަނޑިވަޅުގައި އިންތިހާބު އަވަސްކޮށް، މި މަހު 31 ގައި ބާއްވަން އެފްއޭއެމުން ނިންމި އެވެ. އެކަމަކު އިންތިހާބު ބާއްވަން ފާސް ކުރުމުގައި އެކްސްކޯ އާއި އެ ކޮމިޓީގެ ނިންމުން ސައްހަ ކަމާ މެދު ސުވާލު އުފައްދައި އިންތިހާބުގެ މަސައްކަތް ހުއްޓާލަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ އަންގައިފަ އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއި ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) އިންތިހާބަށް ކުރިމަތިލައްވާފައި ވަނިކޮށް، ސްޕޯޓްސް ކޮމިޝަނާ އޮފީހުން އަންގާފައި ވަނީ ފީފާ އާއި އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ކަނޑައެޅެން ދެން، އިންތިހާބުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
04 January 2024
ރާއްޖޭގެ ފުޓްބޯޅަ ހަލާކު ވުމުގެ މޭސްތިރިންނަކީ ބައްސާމު އާއި ޝަވީދު އަދި އެމީހުންނަށް ވާގިވެރި ވަމުން ދިޔަ ސިޔާސީ މީހުން. ފީފާއިން އަހަރުކު އެފްއޭއެމް އަށް ދެމުން ދިޔަ 7 މިލިއަން ޑޮލަރު ވިޔަފާރި ކުރުމުގަ ބޭނުން ކުރަމުން ދިޔައީ. އަދި އެވިޔަފާރީން ލިބޭ މަންފާ ސިޔާސީ ހަރަކާތްތަކުގައި ބޭނުން ކުރަމުން ދިޔައީ. އަދި އެފައިސާ މިމީހުންގެ މަގާމު ދިފާއު ކުރުމުގައި ފުޓްބޯޅަ ކްލަބްތަކުގެ އިސްވެރިންނަށް ވެސް ހޭދަ ކުރަމުން ގޮސްފައިވަނި. ހަގީގަތަކީ މީ.
މިމީހުންގެ ފެންވަރު
03 January 2024
ތިއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. ޗުއްޓީ ހޭދަކޮށްލަން އައި މީހެއްގެ ކައިރީގައި ދިވެހިން، ދިވެހިންނާއި ދިމާލަށް އެއްޗެތި ކިޔާކަށް ނުޖެހޭނެ އެވެ. ތިކަމުން ދިވެހިރާއްޖެ އިތުރަށް ބަދުނާމުވުން ނޫންކަމެއް ނުވާނެ އެވެ. ކުރިޔަށް އޮތްތަނުގައި މިކަހަލަ ލަދުވެތި އެތައް ކަމެއް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.
ސަމީ
02 January 2024
ރާއްޖެ ކަހަލަ ޤައުމެއް ވީމަ ސޯޓު ބުރި ލަިގެން މިނިސްޓަރ އަކާ ވެސް ބައްދަލު ކުރަންވީ މިކަން ދިވެހިންގެ ބައެއް މީހުންނަށް މޮޅު ކަމަކަށްވެސް ވެދާނެ، ، ރާއްޖޭގެ މީހަކު އެހެން ޤައުމެއްގެ މިނިސްޓަރ އަކާ މިގޮތަށް ބައްދަލު ކޮށްފިޔާ ... މީ މިނިސްޓަރ އަށްވެސް އަދި ދިވެހިންނަށްވެސް ކުރި މަލާމާތެއް،މިކަން މީގެ ފަހުން ނުވާނެ ފަދަ ގޮތެއް ހެދުމަށް ސަރުކާރަށް ގޮވާލަން، އިޙުތިރާމު ލިބިގެންވާ ހެދުމެއް ގަ އައުން ޤަވާޢިދަކަށް ހަދަންވީ، މީ ވަރަށް ަދުވެތި ޢަމަލެއް
ކަކުނިބޯ
02 January 2024
މިއީ އިންޑިޔާއެއްނޫން
ރެކިފުތާ
03 January 2024
ތިޔަ ފާހަގަވީ ފުރަތަމަވެސް. ފޮޓޯއެއް ނަގާލީ ރަނގަޅަށްވިއްޔާ ފޫޓުބޯޅައާއި ގުޅުންހުރި އެއްވެސް ވާހަކައެއް ނުދައްކާނެ. މަހުލޫފް ރޮނަލްޑޯއާއެކު ފޮޓޯނެގީމާ މީނަވެސް އެކަންކޮށްލީ.
ތިކަންވީ ތިހީކުރާ ގޮތަކަށް ނޫންހެން ހީވަނީ...
03 January 2024
ޕޮޑޮލްސްކީ އައީ ޗުއްޓީ ހޭދަކޮށްލާށެވެ. އެހެންކަމުން އޭނަ ހެދުން އަޅާފައި އެހުރީ އެގޮތަށެވެ. މިމީހުން އިޝްތިހާރުވާން ވެގެން، އޭނަގެ ފަހަތުން ދުވެގެން މަޑުކުރުވައި ފޮޓޯ ނެގީމައި އޭނަ ކުށްވެރި ކުރާނެ ޖާގައެއް ނެތެވެ.
ސަމީއޭ
05 January 2024
ޗުއްޓީއެއް އައި މީހާ ފަހަަތުން ދުވީމާ އޭނަ ޖެހޭތަ ކޯޓުފަޓުލޫނު ލާން؟
ސީރިއަސްފައިސާގެކުށް
02 January 2024
އާއެކޭ... މިމީހުން ޗުއްޓީއަށް މިތަނަށް ނައިސްފިއްޔާ މައްސަލަތަކާ ބެހޭގޮތުން މަޝަވަރާކޮށްލާނެ މީހެއްވެސް ނުލިބޭ ބައެއް އަހަރެމެން މީ.
ބީޖޭކޭ
02 January 2024
އަހަރެމެންގެ ލޮބުވެތި ޑެންޓަލްމޭން ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު ތިޔަ ބޯޅަކުޅުންތެރިޔާއާ ހިއްސާނުކުރޭބާ؟
ސޯސޭޓޫ
02 January 2024
ތިކަން ވާނީ މެސީއަށް. މެސީ ގެންނަން އުޅޭ. ސޭޓު ގެ ވައުދެއް އެއީ ނުހޮވުނަސް.
ރަދީފު ބިން ރަފައިދާ
02 January 2024
ތިމީހާއާއެއްކޮށް ފޮޓޯއެއްނެގޭތޯ ކުރީގެ ސްޕޯޓްސްމިނިސްޓަރު މިހާރުގެ ސްޕޯޓްސްމިނިސްޓަރަށް ނުގުޅާތޯ؟
ނަގިއްޔާ
02 January 2024
މީއަހަރުމެންނަށް ވާވަރު. ކުރީގެ ބޯޅަތަރިއެއް ޗުއްޓީއަށް އައިމަ އޭނައަށް ފުޓްބޯޅައިގެ ހާލަތުކިޔާދެނީ. އޭނައަކީ ކާކު، އޭނައަށް ކޮންކަމެއް ކޮއްދެވޭނީ. ބޭރުން ކަމާ ބެހޭ ތަޖުރިބާކާރެއްގެނެސް ޕްލޭނެއް އެކުލަވާލަން ފައިސާނެތީތަ؟ ކީއްވެތަ ޗުއްޓީއަށް އަންނަ ކުޅުންތެރިންގެ ފައިބުޑަށް ވެއްޓެނީ. ހެޔޮނުވާނެ މަހުލޫފު އުޅުނުގޮތް ދޫކޮށްލަބަ!