ޚަބަރު / މުހައްމަދު އަމީން (ޓްރާންސްޕޯޓް މިނިސްޓަރު)

މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ވެހިކަލް ރަޖިސްޓަރީކުރި: ޓްރާންސްޕޯޓް

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު

03 ޖެނުއަރީ 2024 - 14:54

34 comments

ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގައި ފުރަތަމަ ފަހަރަށް އެ މިނިސްޓްރީން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާއިރު 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށެވެ. އެއީ އާދަޔާ ހިލާފަށް ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށް ދާ ކަމަށް ވަންޏާމު މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގެ ތެރެއިން ކަންކަން ކޮށްފި ނަމަ އެ އަދަދަށް ރަޖިސްޓަރީ ކުރަން ނުޖެހޭނެ އެވެ. އެހެންވެ، މި ވަގުތަށް ގާނޫނަށް ބަދަލެއް ނުގެނެސް ވެސް މިނިސްޓްރީ އަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓަރީ ކޮށްދިނުން މަޑުޖައްސައިލުމުން ބަދަލު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

އަމީން ވިދާޅުވީ، ވެހިކަލްތައް މަދުކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކާ ގުޅިގެން ފަންނީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މާލެ އޭރިއާ ސަރަހައްދުގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ކުރަން މާދަމާ ބަޔަކާ އެކު ސޮއިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުގެ ރިކޮމެންޑޭޝަންސްތަކާ އެކު، އަޅުގަނޑު ގަބޫލުކުރަނީ ކެބިނެޓަށް ގެނެސްގެން އަދި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ވެސް ގެނެސްގެން ދުރުރާސްތާ ނޫނިއްޔާ ޖުމުލަ ގޮތެއްގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ފެށިދާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓްރެފިކް މައްސަލަތައް ހައްލު ކޮށްފައިވާ ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ގައުމަކުން ތަޖުރިބާކާރުން ރާއްޖެ ގެނެސް ދިނުމަށް ވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާ ކަމަށެވެ. އޭނާ ބޭނުމަކީ އަމީން ވިދާޅުވި ގޮތުގައި، އޭގެ ބޭނުމަކީ އެ މީހުންގެ ރިކޮމެންޑޭޝަންސްތައް ހޯދައިގެން ކަންކަން ހައްލު ކުރުމެވެ.

އަމީން ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށްޓަކައި ޕާކިން ބިލްޑިންގްތައް ހަދަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެ ކަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

34 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސޫ

04 January 2024

ހުސް ދޮގު އަމީނު ތިޔަހަދަނީ. މަކަަރުވެރި ވާހަކަ ނުދައްކާ ހުރޭ

The name is already taken The name is available. Register?

މައިކް

03 January 2024

90ގެ އަހަރުތަކުގައިވެސް އަހަރަމެން ކުޑަ އިރުވެސް މާލޭގައި ވެހިކަލް ގިނަވާ މައްސަލައަށް ހައްލު ގެންނަވާހަކަ ރޭޑިއޯއިން އަބަދު އަބަދު ކިޔާ އަޑު އެހީމު. 2000 ވަނަ އަހަރު ތަކުގައިވެސް ހަމަ އެެއްްލަވައެއް ތިޔަ ކިޔަނީ. ހައްލު ކުރަން ބޭނުންވަނީނަމަ ގަވާއިދާ ގާނޫނުތައް ތަންފީޒުކޮށްލާ.

The name is already taken The name is available. Register?

މޮހޮރީ

03 January 2024

ބާ ދަގަނޑުގެ ގޮތުގައި ރާއްޖެ އެތެރެކޮށް ރަޖިސްޓަރީ ކުރި ވެހިކަލްތައް ރަޖިސްޓަރީކޮށްދިންމީހުން ތި އޮޑިޓު ނުނިމުނަސް އެގޭނެ، އެމީހުން އަދިވެސް އެތިބީ ވެހިކަލް ރަޖިސްޓަރީ ކުރަން، އެހެން ނޫނީ ތި ރޭޓުގަ ދާނީ ވެހިކަލް ރަޖިސްޓަރީ ވަމުން

The name is already taken The name is available. Register?

ޖޯލި

03 January 2024

އެއްކަލަ އެންވާރަމެންޓަލް ފްރެންޑްލީ ސޯލިހު ސަރުކާރަށް ޕްލާސްޓިކް ކޮތަޅު އެކަނި ދޯ ތިމާވެއްޓަށް ނުރައްކާވާ އެއްޗަކަށް މިވީ... ޝައުނާ, ސަބްރާމެން މިތަން ކާބަން ނިއުޓުރަލް ކުރީޔޯ ބަސް ގެނެސްގެން.

The name is already taken The name is available. Register?

އާއިލީ ޓެނިސް

03 January 2024

ކޮންދުވަހަކުތޯ ޓެނިސް ކޯޓުތައް މިނިވަންވާނީ؟

The name is already taken The name is available. Register?

އަޑީތެޔޮ

03 January 2024

ފާއިތުވެދިޔަ ތަނުގައި ޓެނިސް އެސޯސިއޭޝަންގައި އާއިލީމޫތައް ގާއިމުކުރީ. މިފަހަރު ޓްރާންސްޕޯޓް މިނިސްޓްރީ ސަލާމަތްވާނެބާ؟

The name is already taken The name is available. Register?

މޮހޮރީ

03 January 2024

ޑޮމެއިން ފޮތަތައްވެސް ކޮޕީ ހަދާފަ ބޭރުކުރީ ހަމަ މި ރުޝޫނާ މީނަ ޑޮމެއިންތައްވެސް ވަގަށް ނަގާ ވިއްކާލާފަ ތިބުނަނީ އެޑޮމެއިންތަކަކީ ރަނގަޅުއެއްޗިއްސޭ. ސާބަހޭ ..

The name is already taken The name is available. Register?

ޢިބޫ

03 January 2024

ކޮންދުވަހަކުންތޯ މާލޭގަ ދުއްވާ ޓެކްސީތަށް ހަމަޔަކަށް އަޅުވާނީ؟

The name is already taken The name is available. Register?

ބަރުބާދު

03 January 2024

ތިޔަ ތަނުން ހުރިހާ 4 ފުރޮޅުލީ ވެހިކަލް ރެޖިސްޓްރީ ކޮއްދެއްވީ ކޮންގަރާޖަކައްތޯވެސް ބުނެލިނަމަ ތަންކޮޅެއް ބޮޑުމަންޒަރު ސާފުވީސް.

The name is already taken The name is available. Register?

އަދަދު

03 January 2024

ޓެނިސްކުޅެނީ ކިތައް ކުދިންތޯ؟ ހުއްޓާލީ ކިތައްކުދިންތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454