ބޮޑުތަކުރުފާނުމަގުހެ ދެ ފަރާތުގައި ކާރާއި ޕިކަޕްތައް ޕާކްކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 ފެބުރުއަރީ 2024 - 15:37
މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލަ އަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާއްމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީގެ މަޝްވަރާއާ އެކު، އެއްގަމު އުޅަނދުގެ ވެރިފަރާތުން އަމިއްލަ އަށް އެ އުޅަނދެއް ނައްތާލަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ޕޮލިހާއި ވެމްކޯއާ ވެސް ގުޅިގެން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް، އެކަމަށް ހާއްސަ ފޯމު ފުރުމަށް ފަހު transport.gov.mv@1511 އަށް އީމެއިލްކުރެވޭނެ ކަމަށެވެ. މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ފޯމު ލިބޭނެ އެވެ.
އެ މުއްދަތުގައި ލިބޭ ފޯމުގެ ސައްހަކަން ކަށަވަރު ކުރަން ވައިބާ ވީޑިއޯ ކޯލެއް ކުރާނެ އެވެ. ވެރިފަރާތް ކަށަވަރު ކުރެވުމުން ފުލުހުންނާއި ވެމްކޯއާ ގުޅިގެން އުޅަނދު ނައްތާލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
އަމިއްލައަށް އުޅަނދުތައް ނައްތާލާނަމަ ތިލަފުއްޓަށް ގެންދަން ވެސް އެ އުޅަނދުގެ ވެރިފަރާތުން ހަރަދުކުރަންޖެހެ އެވެ. އެކަމަކު، މިނިސްޓްރީގެ މި ޕްރޮގްރާމްގައި ބައިވެރިވާނަމަ އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ. އޭގައި ބައިވެރިވުމުން ނިމުނީ އެވެ.
މާލޭގެ މަގުތަކުގައި، ހާއްސަކޮށް ތާރުމަގުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުން ބޮޑު ދައްޗެއް ވަނީ ކުރިމަތިވެފަ އެވެ. އެ މަގުގެ ދެ ފަރާތުގައި ކާރާއި ވޭނުތައް ޕާކްކޮށްފައި ހުރުމުން، ހަތަރު ލޭނުގެ އެ މަގުން މިހާރު ދުއްވަން ބޭނުން ކުރެވެނީ އެންމެ ދެ ލޭނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ އަލިބެއްޔާ
15 February 2024
އުޅަދު ނައްތާލަން ވަރަށް ފަސޭހަ.. ނުގަވައިދުން ޕާކް ކޮށްފަ ބޭއްވީމަ އެ ނިމުނީ.. ގެންދާ ބަޔަކު ގެންގޮސް 60 ދުވަސް ފަހުން އެ ނައްތާނެ ގޮތަކަށް ނައްތާލަފާނެ..
ލ.އަތޮޅު
14 February 2024
އުޅަދު ނައްތާލަން ބޭނުންވާނެ މީހަކު ނޫޅޭނެ ދޯ... ތި އެންމެ ރަނގަޅުވާނީ 2010 ގެ ކުރީގެ ހުރިހާ އުޅަނދެއް ނައްތާލުން ނޫނީ ބީ ޒޯނަށް ބަދަލްކުރުމަށްފަހު މާލެ ޒޯނުން ބޭރުކުރުން...
ވަލީދުބެ
14 February 2024
ހައްލަކީ ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމާއި ފަސޭހަކުރުމުގެ ޕްލޭނަކުން. ވެހިކަް މަދުކުރެވޭނީވެސް. މިގެ އިތުރުން ދިގުދަތުރުތަކަށް ބޭނުންކުރާ ( ހުޅުމާލޭ ނިރޮޅު މަގު) މަގުަތަކުގާ އާންމު ވިޔަފާރިއަށް ހުއްދަދިނުން ހުއްޓާލައިގެން. އަދި މަގުމަތީ ޕާކްކުރުން އެއްގޮތަކަށްވެސް ހުއްދަނުދީ މަގުމަތީ ޕާކްކުރާނަމަ ވަގުތުން އެއެއްޗެހި ޓޯކޮށްގެން. އާރބަން އޭރިޔާ ތަކާއި ޕާރކިން އޭރިޔާއަށް ޖާގަބާއްވައިގެން.
ލޮއްލަ
13 February 2024
ގޭންގު ތަކުން ގަނެފައި ހުރި ކާރު ތަކާއި ސައިކަލު ތަށް އޭގެ ވެރިން ދިގު މުއްދަތަށް ޖަލުގައި ތިއްބާ އެވެރިންގެ ވެހިކަލްތަށް ނައްތާލާނާ ގޮތެއް ނެތްތަ.. މާލޭ ތެރޭ އެތަން މިތާ އޮންނާނެ އެކަހަލަ ކާރާ ސައިކަލު. ވެރިން އޮތީ ޖަލުގަ. އެ ދުއްވާނެ ނޫނީ ބަލާނެ މީހަކުވެސް ނެތް
އަލީ!
13 February 2024
މާ ބޮޑަށް ބާވެފަހުންނަ އުޅަދުތަށްވެސް ނައްތާލަބަލަ. އެބަހުރި މަގުމަތީ ދުން ބުރުވަމުން ދުއްވާއެއްޗިހި،.
ސިޓިކައުންސިލް
13 February 2024
އަމިއްލަ އުޅަދު ނައްތާލަން އެދޭނީ ކިތައް މީހުންބާ.. މިސާލަކަށް ބަލާނަމަ އެ އުޅަދު ނައްތާނުލެވި އޮތުމަކުން އެމީހާއަށް އިތުރު ބުރައެއް އުފުލަންނުޖެހޭނަމަ ތިކަމުގައި ބައިވެރިވާނެ ބަޔަކު ނުވާނެ. ނަމަވެސް ސަރުކާރުން މަގުމަތީގައި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަދުތައް ބަލާ ފާހަގަކޮށް އެ އުޅަދުގެ ވެރިފަރާތާއި މަޝްވަރާކޮށްގެން އެ ނައްތާލެވޭނެގޮތްވޭތޯ ބެލިއްޔާ ނަތީޖާ ރަގަޅުވާނެހެން ހީވަނީ..
ރަދީފްއޮފިޝަލް
13 February 2024
ހެހެހެހެހެހެ.ޕާކިން ޖާގަ ނުހަދާ މިހާރު އެބަލަނީ ވެހިކަލް ނައްތާލެވޭނެ ފޯމިއުލާއެއް ލިބޭތޯ. މާލޭގަ ހުރި އިންޓަނޭޝަނަލް ސްކޫލްތައް ސެޝަން ނިމޭއިރު ކުއްޖާ ބަލާ ގޮސް ޕޭރެންޓް ބޭނުންވަނީ ސްކޫލް ދޮރުމައްޗަށް މަޑުކުރަން.މުޅިންވެސް އިއްޒަތްތެރިން އެފަދަ ވަގުތުތަކުގަ އަމީނީމަގު ބޭނުންކުރަން ޖެހެނީ. ކޮންމެ މީހަކަށް ކާރެއް.
ދެނޯ
13 February 2024
ނައްތާލަން ؟؟؟ މިހާރުވެސް މިއުޅެނީ ދުއްވާނެ އުޅަނދެއް ނުލިބިގެން.