ރިޕޯޓް

ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި

"އިހުމާލުވުމުގެ ބަދަލުގައި އަޅާލުމާއި އޯގާތެރިކަން އިސްކުރަން ޖެހޭ. އަނިޔާއެއް ލިބިދާނެހެން ހީވާ މީހުން ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ ކަމަކަށް ހެދުމުގެ ވިސްނުން ވެސް އަށަގަންނަވަން ޖެހޭ."

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަނިޔާ އަށް އިންސާފު ނުލިބުމުގެ ޝަކުވާ ބޮޑެވެ. ހައްގުތައް ކަށަވަރު ނުވުމުގެ މާޔޫސްކަން އެބައޮތެވެ. ނިޒާމަށް އޮތް އިތުބާރު ގެއްލި ރައްކާތެރިކަން ލިބުމުގެ އުއްމީދު ގެއްލިފައި ތިބި މީހުން ވެސް މަދެއް ނޫނެވެ;

އެއް މިނިސްޓްރީއަކަށް ބަލާ ނަމަ ސަރުކާރުގެ އެންމެ ޒިންމާ ބޮޑު ގޮނޑީގައި ޑރ. އައިޝަތު ޝިހާމް އިންނެވީ މި ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވަ އެވެ.

އޭނާ ވިދާޅުވީ ހުރިހާ ދާއިރާއަކުން ވެސް ފެންނަން ހުރި މައްސަލަތަކުގެ ހައްލު ހޯދޭނެ ކަމަށެވެ.

ކުރީ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި 2020 ގައި މުޒާހަރާކުރަނީ-- ފޮޓޯ | މިހާރު

މި ވާހަކައަށް އޮތް އިތުބާރަކީ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވިއިރު އެ ދާއިރާ އަށް ގެންނެވި ހެޔޮ ބަދަލުތަކެވެ. އެ އިތުބާރު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ފަހަރު އެންމެ ބޮޑު އަމާޒަކީ, މިނިސްޓަރު ވިދާޅުވި ގޮތުގައި, އެ މިނިސްޓްރީއާ ހިސާބުން އެކަކު ވެސް ނާއުއްމީދުކޮށް ނުލުމެވެ.

"އަޅުގަނޑު ކިޔެވި އެއްޗަކީ ވެސް މިއީ. ކިޔާފައި އޮތްހާ ރިސާޗަކުން ވެސް ފެންނަ އެއްޗަކީ މިއީ. ކުރިން ތައުލީމީ ދާއިރާގައި އުޅުނު ކަމުގައި ވިޔަސް މި ކަހަލަ މަސައްކަތްތަކެއް ހުރީ އާއިލާތަކާ އެކު ކުރެވިފައި. ހަމަ އާއިލާއެއް ރައްކާތެރިކުރުމަށް އެހެން ނޫނީ ހަރުދަނާކުރުމަށް އެހެން ނޫނީ އުފާވެރިކަމާ ހަމައަށް ގެންދަން ކުރެވިފައި ހުރި މަސައްކަތްތައް," މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަކީ [މި މިނިސްޓްރީގެ ޒިންމާގެ ތެރޭގައި މި ހިމެނެނީ] ވެސް އެއް ކަމެއް ގާތްގަނޑަކަށް. އެހެންވެ އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް. ހައްލު ހޯދޭނެ."

މުޖުތަމުގައި ތިބި އެންމެ އަޅާލުން ބޭނުންވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން ވަރަށް ގިނަ ދާއިރާތަކެއް ހިނގާނީ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންނެވެ.

އަޅުގަނޑުމެން ރެސްޕޮންޑްކުރާނަން. ފޯނަކުން ވިޔަސް އަޅުގަނޑުމެންގެ ދޮރާ ހަމައަށް ރީޗް ވެއްޖިއްޔާ އެ މީހުން އެހެން ތަންތަނަށް ދާން ނުޖެހޭ ގޮތަށް އަޅުގަނޑުމެން އެ މީހުން ބަލަހައްޓާނަން. އެގޮތަށް ތައްޔާރުވަމުން މި އަންނަނީ. -- މިނިސްޓަރު

މިނިސްޓަރު އާއިޝަތު ޝިހާމް ދެއްވި ޔަގީންކަމަކީ އެހީއަށް ނުވަތަ ރައްކާތެރިކަމަށް އެދިގެން އެ މިނިސްޓްރީގެ ދޮރުން އެތެރެވާ މީހަކު މާޔޫސްވެގެން އެނބުރި ދާން ނުޖެހޭނެ ގޮތަށް ކަންކަން ހައްލު ކޮށްދެއްވާނެ އެވެ. ވަށައިޖެހޭ ހައްލެއް ހޯދަން ވަގުތުކޮޅެއް ނެގިޔަސް އިތުބާރުކުރެވޭ ތަނަކަށް އެ މިނިސްޓްރީ ހަދަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު ކަމުގެ ލިއުން ޑރ. އައިޝަތު ޝިހާމްއަށް ރައީސް ޑރ މުއިއްޒު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައިޝަތު ޝިހާމް ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކޮންމެ ދާއިރާއަކުން ވެސް އެންމެ އަވަހަށް ހައްލުކުރަން ޖެހޭ ކަންކަން ދެނެގަނެވިފައިވާ ކަމަށެވެ.

1433: ހައްލު ފަށާނީ ޖަވާބުދާރީވުމުން

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ހިދުމަތަށް އެދޭ މީހުންނަށް ޖަވާބުދާރީނުވެވުމެވެ. ހައްލު ހޯދާ ނަމަ ކަންބޮޑުވުންތައް އަޑު އަހައި ޖަވާބުދާރީވެ މަގު ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމާ އެކު ހިދުމަތަށް ބޭނުންވާ މީހުންނަށް ވީހާ އަވަހަކަށް އަޅުގަނޑުމެންނަށް ޖަވާބުދާރީވެވޭ ކަމަށް ވަންޏާ ވަރަށް ގިނަ ކަންތައްތައް ލުއިވެގެންދާނެ. މީހުންގެ ފަރާތުން އިވޭ އެއް ވާހަކައަކީ ސަރުކާރު އޮފީސްތަކުން ފޯނު ނުނަގާ ވާހަކަ. ހަމަ އެގޮތަށް މި މިނިސްޓްރީން ވެސް ގުޅައިގެން ވެސް ފޯނު ނުނަގާ ވާހަކަ," މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ އެ މިނިސްޓްރީން ކަންކަމުގެ ހައްލު ފަށާނީ ޖަވާބުދާރީވުމާ ހަމައިން ކަމަށެވެ. ވީހާވެސް އަވަހަށް ފަސޭހަކަމާ އެކު އެ މިނިސްޓްރީގެ އެހީއަށް އެދެވޭނެ 1433 ހޮޓްލައިން މި ހަފުތާގައި ފަށަން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ އެ ނަމްބަރަށް އަންނަ ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމެވެ. ހުރިހާ ކޯލްތައް ސުޕަވައިޒްކޮށް ފެބުރުއަރީ މަސް ފެށެންވާ އިރަށް ހޮޓްލައިނަށް އަންނަ އެންމެ ކޯލަކަށް ވެސް ޖަވާބު ނުދެވިގެން ރައްޔިތަކު ޝަކުވާ ކުރަން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރައްވާނ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތަކު ކަންބޮޑުވެގެން އަޅުގަނޑުމެންނަށް ގުޅުއްވާ އިރަށް ވަގުތުން ޖަވާބު ދެވެންޏާ ވެސް ވަރަށް ބޮޑެތި ލުއިތަކެއް އަންނާނެ," އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް: "ކޮންމެ ކުއްޖަކަށް އާއިލާއެއް"

ދައުލަތުގެ ޒިންމާގެ ދަށުގައި އާއިލާތަކާ އެކަހެރިކޮށް އެކަނިވެރި ދިރިއުޅުމެއްގައި މިހާރު ވެސް 100 އަށް ވުރެން ގިނަ ކުދިން އެބަތިއްބެވެ. ބަންދުވެ ތިބުމަކީ އެ ކުދިންނަށް އޮތް އެންމެ ރަނގަޅު ހައްލަށް ނުވާތީ ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރެ އެވެ.

އެކަމަކު މިހާތަނަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ.

ބައެއް ކުދިންނާ އާއިލާތަކުން ހަވާލުވިޔަސް އެއީ ނިސްބަތުން ވަރަށް މަދު ޕަސެންޓެކެވެ.

މިނިސްޓްރީން މިހާރު މަސައްކަތް ފަށާފައި ވަނީ ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންމެ ކުއްޖަކު ވެސް އާއިލާއެއްގެ ތެރޭގައި އުޅުމުގެ މަގު ފަހިކޮށްދިނުމަށެވެ.

ފިޔަވަތީގެ ކްލާސްރޫމެއްގައި ކުދިންތަކެއް ކިޔަވަނީ: ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދޭން މިނިސްޓްރީން ވަނީ ނިންމާފައި.

މިނިސްޓަރު ވިދާޅުވީ އެ ބަދަލާ އެކު އެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމަށް ކުރެއްވޭ އުއްމީދު ބޮޑު ކަމަށެވެ.

ހުޅުމާލޭގައި ދައުލަތުން ކުދިން ބަލަހައްޓާ "ފިޔަވަތީގައި" ތިބި ބައެއް ކުދިންނާއި ރަށްރަށުގެ މަރުކަޒުގައި ތިބި ކުދިން ގެންދަން ޝައުގުވެރިވާ އާއިލާތަކުން ހުށަހަޅަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުދިން އާއިލާއެއްގެ ތެރޭގައި ބޮޑުވާން ފުރުސަތު ލިބުނީމަ ވެސް ވަރަށް ބޮޑު ހައްލުތަކެއް އަންނާނެ. އެއީ އެ ކުދިން ދެން މުޖުތަމައަށް ނުކުންނަ އިރު އެ ކުދިން ވާނީ މުޖުތަމައުގެ އެހެން މީހުންނާ ގުޅިގެން އުޅެވޭ ކަހަލަ ހުނަރުތަކާއި ސިފަތަކެއް ލިބިގެންވާ ކުދިންނަށް,"

ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރާ ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް އުޅެވޭނެ ގޮތްތައް މިނިސްޓްރީން މެދުވެރިވެގެން ފަހިކޮށްދޭނެ އެވެ. އާއިލާތަކާ ހަވާލުކުރާ ކުދިންނަކީ އިތުރަށް އަޅާލުން ބޭނުންވާ ކުދިން ކަން މުޖުތަމައުން ދަނެގަނެ އެހީތެރިކަން ދޭން މިނިސްޓަރު އެދިވަޑައިގަތެވެ.

"ކުއްޖަކު ގެންދަން އާއިލާއަކުން ޝައުގުވެރިވާ ހިސާބުން އެ ކުއްޖަކާ އެ އާއިލާއެއް މެޗްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އޭގެތެރޭގައި އެ އާއިލާއަކަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހޭލުންތެރިކަން އިތުރުކުރުމުގެ ކަމެއް ވިޔަސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހަވާލުކުރެވޭ ހިސާބުން ވެސް މިނިސްޓްރީ އާއި އެ އާއިލާއަކާ ގުޅިގެން ކުއްޖާ ބަލަހައްޓަމުން ގެންދާނީ," މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމާއި ވޮކޭޝަނަލް ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދިވެހިންނަކީ ކުދިން ދެކެ ލޯބިވާ އެކަކު އަނެކަކަށް އަޅާލާ ބައެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އާއިލާއެއްގެ ތެރޭގައި ހުރެގެން ކުއްޖަކު ބޮޑުވުމަކީ ހުރިހާ ގޮތަކުން ބަލާ ނަމަ ވެސް ވަރަށް ބޮޑު ފައިދާއެކެވެ.

މަރުކަޒުތަކުގައި ތިބި މުވައްޒަފުންނަށް ތަމްރީންތަކެއް

މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި މުވައްޒަފުންނަށް އިތުރު ތަމްރީންގެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ގުޅިގެން ސޯޝަލް ވޯކާ ކައުންސެލިންގެ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓާއި ޑިޕްލޮމާ އާއި ޑިގްރީ ޕްރޮގްރާމްތަކެއް ފަށަން ވަނީ ނިންމައިފަ އެވެ.

"އެއީ މަރުކަޒުތަކުގައި ތިބި މީހުންނަށް އެތާ ތިބެގެން ކިޔެވޭނެ ގޮތަށް. މި އުއްމީދުކުރަނީ 100 އަށް ވުރެން ގިނަ މީހުންނަށް މި ޕްރޮގްރާމްގެ ތެރެއިން ތަމްރީން ދެވޭނެ ކަމަށް," މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެންޔޫގެ މި ކޯސްތައް ކުދިން ތިބި މަރުކަޒުތައް ހުންނަ ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ.

އެންމެ ކުރީގައި ރައްކާތެރިކަން

މިނިސްޓަރު ވިދާޅުވީ ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް އެންމެ ބޮޑު މަސައްކަތްތަކެއްކުރަން ޖެހިފައި އޮތީ ރައްކާތެރިވުމަށް ކަމަށެވެ. ރާއްޖޭގެ އާބާދީ ބެހިފައި އޮންނަ ގޮތުން އެކަކު އަނެކަކަށް ދަންނާތީ އެންމެން އެކުގައި މަސައްކަތް ކުރަން ފަށައިފި ނަމަ ހައްލު ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުއްޖަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް އަނިޔާއެއް ލިބިއްޖިއްޔާ އެއީ އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން. މުޅި އުމުރަށް އެ ހިތްދަތިކަމާ އެކު އުޅޭނީ. އެހެންވީމަ އަޅުގަނޑުމެން ކުރަން މި ޕްލޭންކުރާ މަސައްކަތަކީ ރަށްތަކުގައި ކައުންސިލްތަކާއި މުޖުތަމައުގެ އެންމެންނާ ގުޅިގެން ދަތިކޮށް އުޅޭ އާއިލާތައް ފާހަގަކޮށް ރަށު ލެވެލްގައި ވެސް ކަމެއް ދިމާވުމުގެ ކުރިން އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން.

މިސާލެއް ދައްކަވަމުން ވިދާޅުވީ އާބާދީ މަދު ރަށެއްގައި މީހަކު އަނިޔާއަށް ހުށަހެޅޭ ނަމަ ނުވަތަ ހައްގެއް ގެއްލޭ ނަމަ އެކަން ވަށައިގެން ތިބޭ މީހުންނަށް ކޮންމެވެސް ގޮތަކުން އެނގޭ ކަމަށެވެ. އެ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ފަށަން ޖެހޭ ހިސާބަކީ އެއީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުމާލުވުމުގެ ބަދަލުގައި އަޅާލުމާއި އޯގާތެރިކަން އިސްކުރަން ޖެހޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަނިޔާއެއް ލިބިދާނެހެން ހީވާ މީހުން ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ ކަމަކަށް ހެދުމުގެ ވިސްނުން އަށަގަންނަވަން ޖެހޭ ކަމަށެވެ.

އެކަމުގައި މިނިސްޓްރީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"ކުޑަކުއްޖަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް އަނިޔާއެއް ލިބިއްޖިއްޔާ އެއީ އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން. މުޅި އުމުރަށް އެ ހިތްދަތިކަމާ އެކު އުޅޭނީ. އެހެންވީމަ އަޅުގަނޑުމެން ކުރަން މި ޕްލޭންކުރާ މަސައްކަތަކީ ރަށްތަކުގައި ކައުންސިލްތަކާއި މުޖުތަމައުގެ އެންމެންނާ ގުޅިގެން ދަތިކޮށް އުޅޭ އާއިލާތައް ފާހަގަކޮށް ރަށު ލެވެލްގައި ވެސް ކަމެއް ދިމާވުމުގެ ކުރިން އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން," މިނިސްޓަރު ވިދާޅުވި އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: އިތުބާރު ކުރެވޭ ތަނަކަށް މިނިސްޓްރީ ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިހާރު ވެސް ހިންގާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ހުރިހާ ރަށްތަކެއްގައި ފުޅާކުރަން ވަނީ ނިންމައިފަ އެވެ.

އިބަމަ ކުރިއަށް ގެންދަނީ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ނުވަތަ އެ ހާލަތެއް މެދުވެރިވެދާނެ ފަދަ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި އާއިލާތައް ފާހަގަކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އިބަމަ މަދަދުވެރިންގެ ތެރޭގައި އެ ރަށެއްގެ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ރައްޔިތުން ތަމްސީލްވާނެ އެވެ.

"އަޅުގަނޑުމެން ރެސްޕޮންޑްކުރާނަން. ފޯނަކުން ވިޔަސް އަޅުގަނޑުމެންގެ ދޮރާ ހަމައަށް ރީޗް ވެއްޖިއްޔާ އެ މީހުން އެހެން ތަންތަނަށް ދާން ނުޖެހޭ ގޮތަށް އަޅުގަނޑުމެން އެ މީހުން ބަލަހައްޓާނަން. އެގޮތަށް ތައްޔާރުވަމުން މި އަންނަނީ," މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނާ ގާތުން ހިދުމަތް ކުރެވުން މިއީ އަޅުގަނޑަށް ވަރަށް ބޮޑު ޝަރަފެއް. މި މިނިސްޓްރީގައި ތިއްބެވީ ވަރަށް ގާބިލް މިކަމުގައި ނަތީޖާ ނެރެދެވޭނެ ޓީމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާ މަސައްކަތުން ނަތީޖާ ނެރެ އިތުބާރު ކުރެވޭ ތަނަކަށް މިތަން ހެދޭތޯ މަސައްކަތް ކުރާނަން."

26 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޯނު

08 January 2024

އޮފީސްތަކުން ފޯނަށް ޖަވާބު ނުދިނުމާއި ކަންކަން ލަސްވާތީ އެ ޝަކުވާ މިކުރަނީ އެތަންތަނުގައި މަސައްކަތްކުރާނެ ދިވެހިދަރިން ބޮޑެތިކުރި މީހުންނެވެ. އެބަޔަކު ބޮޑެތިކުރި ގޮތަކަށް އެބަޔަކު އުޅޭނެއެވެ. އެބަޔަކަށް ލިބޭނީ އެބަޔަކު އިންދައި ހެއްދި ގަހެއްގެ މޭވާއެވެ. ދަރިން ބޮޑެތިކުރަނީ ކަންނެތްކަމާއި ފަރުވާކުޑަކަމުގައެވެ. އަދި އަމުދުން ކަމަށް ކަމޭހިތުމަކީ ދަރިންނަށް ދަސްކޮށްދިން ކަމެއް ނޫނެވެ. ފޯނަށް ޖަވާބު ނުދޭނަމަ އިހަށް ތިމާގެ ނަފުސާ ސުވާލުކުރޭ.

The name is already taken The name is available. Register?

ފޯކަސް

08 January 2024

ބަލަގެ ވަޒީފާއަށް ފަރުވާ ކުޑަ ކުރީމާ އަޅާނީ ފިޔަވަޅު!! ސާފު ވެއްޖެ؟؟ ކޮން ހާސަރެއް ތި ދަމަނީ ކަލޭ!؟

The name is already taken The name is available. Register?

ގޯ ހޯމް

07 January 2024

މިނިސްޓަރު މަޝްހޫރުވާން ބައިސާ ނުކަނޑާ. ކުރިންވެސް އޮތް ހާލަތުގައި މިއަދުވެސް ތިތަން އޮތީ. އިތުބާރެއް ނުކުރަން.

The name is already taken The name is available. Register?

ބަދީއް

07 January 2024

މިނިސްޓުރީ ގެ ފޯނާ މޭއިލު އާ ކައުންޓަރު ރައްޔިތުންނާ ހަވާލު ކޮއްބަޔެ ސަރުކާރު ބަދަލުވިޔަސް އެ ބައިތައް ހަމަ ޒީރޯ. މައްސަލަ ބަލާ ސެކުސަން ނިދާ ހަރުކައިހަ. ސުޓާފުން އުޅެނީ މައްސަލަ ލާ މީހުންނަށް ފިލާގެން! މައްސަލަ އޮންނަނީ ވާނުވާގަ. މައްސަލަ ޖެއްސިއަސް ގުޅާވެސް ނުލާ. ތިތަނަށް ދައުލަތުން ހަރަދު ކުރާ ފައިސާ އެކަނިވެރި މައިން މުސްކުޅިން ނުކުޅެދޭ މީހުންނަ ޔަތީމު މިސްކިނުންނަށް ބެހިޔަސް މާ ރަނގަޅުވާނެ. ތިތާ ބަންދު ބޯޑު އަޅުވާހަ ގެޔަށް ފެހޭ.

The name is already taken The name is available. Register?

ބުހުތާން

07 January 2024

އަހަރެންގެ އާއިލަ މީހަކަށް ދިމާވެގެން އުޅޭ ކަންތައް އެކި ގޮތް ގޮތައް ތިޔޭ މިނިސްޓުރީއަށް އަންގާތާ އެތައް މަހެއް ވެއްޖެ. މައްސަލައާ ގުޅޭ ގޮތުން ރިޕޯޓު ކުރި މީހާއަށް ގުޅާ ނުލާ އާދޭސް ކުރީމަވެސް.. ނޫސް ތަކަށް އަރާ ފޮނު އަރުވާހަ ވާހަކަ ދެއްކިދާނެ މަމެން ނަށް ވެސް. މިހާރުވެސް ކިތަންމެ އާއިލާއެއް އެބަތިބި ތިތާ މުޒާހަރާ ކުރާ ހިސާބުގައި ފޯނު ނަގާ މެއިލަށް ޖަވާބު ނުދޭ ނުގުޅާ!!!! އިސްތިއުފާ!!!

The name is already taken The name is available. Register?

މާކެޓިން

07 January 2024

ޕީއާރު ޖެއްސީމަ ނިމުނީ ޗޮއް

The name is already taken The name is available. Register?

ތިންފަށް ބަކުރު

07 January 2024

މުޖުތަމަޢުއެއްގެ އެންމެ އަސާސީ ޔުނިޓަކީ ޢާއިލާ ދޯ.ޢާއިލާތައް ހަރުދަނާ ނުކުރެވި ޤައުމެއްގެ ކަންކަން ހަމަމަގަކަށް ނޭޅުވޭނެ.އެންމެ ފުރަތަމަކަމަކަށް ޢާއިލާތަށް ރޫޅި ކުދިން މަގުމަތިވާ މައްސަލައަށް ޙައްލެއް ހޯދައި ދޭންޖެހޭ.ވަރަށް ލޯބިން ކުރާ ކާވެނި ދެތިން މަސްފަހުން ނަފްރަތާއި ރުޅިއަށް ބަދަލުވެ ވަރިވާ މައްސަލައަށްވެސް ޙައްލެ ހޯދަންޖެހޭ.ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ މިއޮންނަނީ ވަރި ގިނަ ކަމުން.

The name is already taken The name is available. Register?

ހަމަހުވާ

07 January 2024

"އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވިއިރު އެ ދާއިރާ އަށް ގެންނެވި ހެޔޮ ބަދަލުތަކެވެ." މުޅި ސިލަބަސް ފާޑެއްގެ "އެޗީވް، ނޮން އެޗީވް" ސިސްޓަމަކަށް ބަދަލުކޮށް ކުދިންގެ ކިޔެވުމުގެ ޖޯޝު ގެއްލުވާލީ. މީތޯ ތޮ ބުނާ ރަނގަޅު ބަދަލަކީ

The name is already taken The name is available. Register?

އަލްމުދިޝް

07 January 2024

ތަނުގެ ނިޒާމް ގޯށްހާލަތަށް ގޮސްފަވާތީ ؛ މިނިސްޓަރާ ބައްދަލު ކުރަން ލާފަ ހުރިސިޓީތަކަށް ވެގެން އުޅޭގޮތް ބައްލަވާ ދެއްވުން އެދެމެވެ. މިކަން ނުވަންޏާ ކޮބާ މަގާމުގެ ޒިންމާ އަކީ ؟

The name is already taken The name is available. Register?

ތުނިޔަ

07 January 2024

އިއްޔެ އަޅުގަނޑު 1412 އަށް ގުޅިން އެހީތެރިކަމަށް އެދި، ޖަވާބަކަށްވީ މާދަން ރަސްމީގަޑީގަ މިދޭ ނަމްބަރަށް ގުޅާލަން. ކަންވެ ނިމި ހަފުސްވީމަ މާދަން ރަސްމީ ގަޑިގަ ގުޅުމުގެ ބޭނުމެއްކޮބާ؟ މިއީ ހައްގު ތެދެއް ފަހަރުގަ އަޅުގަޑުގެ ކޯލަށް ޖަވާބު ދެއްވި ބޭފުޅާ މިކޮމެންޓް ކިޔުން އެކަށީގެންވެސްވޭ.

The name is already taken The name is available. Register?

ޏާއްކޮ

07 January 2024

އެކަމު ދެއިރު ދެދަޅައަށް އިސްތިހާރު ކުރެއޭ ކަމެއް ދިމާ ވެއްޖެއްޔާ ތި ނަންބަރަށް ގުޅަން. ކީކޭ ދެން ބުނާނީ. ހުރިހާ ކަމެއް ބޮއްސުންލާފަ ހަމަ. އެމް ސޯ ސޮރީ ތުނިޔަ

The name is already taken The name is available. Register?

ފޮނި ބައިސާ

07 January 2024

ޗޮއް. ހުސް ހާސަރު!!!

The name is already taken The name is available. Register?

އައުޓް

07 January 2024

ބޭކާރު !!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454