މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން: ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދަން އެ މަޖިލީހުން ވަނީ ނިންމައިފައި.-- ފޮޓޯ: ރައީސް އޮފީސް
07 ޖެނުއަރީ 2024 - 21:32
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީ އުފެއްދުމަށް ހާއްސަ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކު އޮންޝޯ ބޭންކިންގެ އޮޕަރޭޝަން ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ގަވާއިދެއް އެކުލަވާލެއްވުމަށް ފަހު އެ ގަވާއިދުގެ ދަށުން މި އޮތޯރިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން،" ނާޒިމް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެ ކަމާބެހޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާއެއްގެ ގޮތުގައި ސަރުކާރުން މި އުފައްދާ ޑިވެލޮޕްމަންޓް ބޭންކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޖިދާ
08 January 2024
ދެން ސަރުކާރު ހިންގަން މޯލްޑިވްސް ގަވަމަންޓް އޮތޯރިޓީ ކިޔާފަ ތަނެއް ނަހަދައިފިއްޔާ ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
08 January 2024
ލޯކަލް ޤަވަރުމަންޓް އޮތޯރިޓީގެ މައްޗަށް ވުޒާރާއެއް އަދި މަރުކަޒީ ބޭންކްގެ މައްޗަށް އެހެން އޮތީރިޓީއެއް ހަދައިފިނަމަ އިލެކްޝަން ކޮކިޝަނާއި، ޕީޖީ، އޭޖީ، އޭސީސީއާއި އީސީ، މީރާއާއި ފުލުހުންގެ އިދާރަަ ފަދަ މިޖިވަންކޮށް ހިންގާންޖެހަެ އިދާރާ ތަކުގެ މައްޗަށް މިފަދަ އިދާރާތައް އައުމަކީ އެކަށީގެންވާ ކަމެއް. # މިކަންކަމަކީ ދައުލަތުގެ ޤާނޫނުއަސާސީއަށް އުނިކަންލިބި ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޑިމޮކްރަޓިކް އުސޫލުތަކަށް ދިވެހިން ފޫހިވެދާނެ ފަދަ އަމަލެއް.
ރަންދެލި
08 January 2024
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުން އެ މުއައްސަސާ އަށް ލިބިދޭ ބާރެއްގެ ބޭނުންކުރުމަށް އެހެން އޮތޯރިޓީ އެއް ހެދުމަކީ މިކަން ކުރޭ އުޅޭ ބަޔަކަށް ވާނުވާއެއް ނޭނގިގެން ވާ ކަމެއް ކަމަށް ބެލެވޭ! މިހާ ތަންދޮރު ނުފިލާ ބަޔަކު ސަރުކާރު ތެރޭ ތިބި ކަމަށް ހިއެއް ނުކުރަން. ހައިރާންވެ އަންތަރީސް ވެއްޖެ!
ވަޒީފާދިނުން
07 January 2024
ކޮންމެ މީހަކަށް އިދާރާއެއް ނުވަތަ ކުންފުންޏެއް ހަދާ! ތިނުވެގެން އުޅެނީ ކީއްކަން ވަރަށްރަނގަޅަށް އެބައެނގޭ. ތިއުޅެނީ ވަޒީފާދޭންޖެހޭ އެންމެންނަށް ވަޒީފާ ނުދެވިގެން. ކޮންމެތަނަކަށް 20-30 މިނިސްޓަރުން ލަމުންދާތީ ރައްޔިތުން ކިޔާއެއްޗެހިން ސަލާމަތްވާނެގޮތެއް ތިއީ.
ރަދީފު ބިން ރަފައިދާ
07 January 2024
އޮތޯރިޓީތައް މާގިނަވަނިއްޔޭ. މިކަމަށް ހައްލެއް ނެތްތަ؟