ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ދިޔަ ބައެއް ވިޔަފާރިވެރިން.
09 ޖެނުއަރީ 2024 - 09:45
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި 11 މަޝްރޫއަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލައިފި އެވެ.
ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވި ފޯރަމްގައި ހުޅުވައިލީ މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއި ރަސްމާލެ ތަރައްގީ ކުރުމާއި އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓާއި ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ޕްރޮކްޓާއި އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް ޕްރޮޖެކްޓާއި އިޔާދަ ކުރަނިވި ހަކަތަ އަދި ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓެވެ.
އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއްޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އާއި އިތުރު 15 އެއާޕޯޓް ހެދުމާއި އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
ފޯރަމްގެ ބައިވެރިންނަށް ވަނީ އެ އިން ކޮންމެ ޕްރޮޖެކްޓެއްގެ ޕްރެޒެންޓޭޝަނެއް ދީފަ އެވެ. އަދި ކަމާ ގުޅުން ހުރި ހަތަރު ވަޒީރަކު ވެސް އިތުރު ތަފުސީލް ދެއްވި އެވެ
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މައިގަނޑު އެ ޕްރޮކްޓްތަކުގެ އިތުރުން މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހުށަހަޅާ ބިޒްނަސް މޮޑެލްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންކްރީޓްފްރެންޑް
09 January 2024
ބުނިވަރަކަށް ކޮންކްރީޓް އަޅާދޭނެ ބިލް ދެގުނައިގަ ދައްކާގޮތައް އިތުރު އައު ކަމެއް ނުހިގާނެ
ޑޮންދޮން
09 January 2024
ހުޅުމީދޫ އަދި ތިނަދޫ ބްރިޖަކީ ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތަށް ބަލާއިރު މި ވަގުތު ކުރަން ހެޔޮވާރު ކަމެއް ނޫން އިޤްތިޞާދު ކުރި އަރާނެ ކަމެއް ނޫން.
ޖާއިޒު.
09 January 2024
އާ ކަލޭމެންގެ މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގައި ނޫނީ ކަމެއްކޮށްގެން ނުވާނެ. ކަލޭމެން ވެއްޖެއެއްނު އަހަރުމެންގެ އަމިއްލަ ހާލާއިގެން އުޅެން އަހަރުމެން ދޫކޮށްލަން. އެހެން ނޫނީ އަނެއްކާވެސް ކަލޭމެންގެ ކިބައިން ނެއްޓިގަތުމަށް މަސައްކަތް ކުރަން ޖެހިދާނެ.
ލަތީފާ
09 January 2024
ލޮލް! ލޮލް ސަލާން ޖެހުން ނޫން ކަމެއް ނުކުރާނެ!
ދުމައްޓޭ
09 January 2024
އައްޑޫ ލިންކު ޕްރޮޖެކްޓު ނުވަތަ ބްރިޖް ޕްރޮޖެކްޓަށްވުރެ މުހިންމީ ލިންކް ރޯޑު މަރާމާތުކޮށް 2 ލޭނުން 4 ލޭނަށް ބަދަލުކޮށް ބޮޓްލް ނެކް ވާގޮތަށް ހުރި ތަންތަން ޚާއްސަކޮށް ހިތަޑުއިން މަރަދޫއަށް އަރާ ސަރަހައްދު ފުޅާކޮށް ރައުންޑުއެބައުޓު ހަދައި 50 އަހަރަށް ޕްލޭންކުރުން. ތި ބްރިޖް ޕްރޮޖެކްޓަކީ ތާކުންތާކު ޖެހޭނެ އެއްޗެއްނޫން. ތީ ހަމަ ބޭކާރު ފައިސާ ކަނޑަަށްއަޅާލުން ކަހަލަ ކަމެއް. ނިކަން ވިސްނައްޗޭ މިކަމާ
ބަިސްނިޔަނދުރު
09 January 2024
ތިހެން ކިޔައި 5 އިލެކުސަން އެމްޑީޕީޔަށް ދީގެން އަހަރުތަކެއް ވޭތުކޮށްލީ. ތިޔަބައި މީހުްނ ނުކުރި ތަރައްގީގެ ވާހަކަ ދައްކެން އެއީ ސަމާސާއެއްތަ
ކަނައްޓޭ
09 January 2024
އޭއި ދުމައްޓޭ ތިބުނި ކަނަކން ކުރުމަށްވުރެންވެސް ބޮޑަށް އިސްކަންދޭންވީ މުޤައްދަސް ރަށްކޮޅުގެ މީހުން އާމްދަނީ ހޯދަން އެމީހުން ބޭރުޤައުމުތަކުގައި ދިރިއުޅެން ބޭނުންވާ ފައިސާ ހޯދަން ކުއްޔަށްދޭނެ ފުލެޓް ހަދާފައި އެމީހުންނަށް ދިނުމެއްނޫންތަ ؟ މާތްވެގެންވާ ރަށްކޮޅުގެ މީހުންނަށް ކަންކަން ކޮށްދިނީމާ އައްޑޫ ހިނަދޫ މީހުންވެސް އުފާވާނެ.
ނަނަނަ
09 January 2024
ތިނަދޫ-ކާޑެއްދޫ ޕްރޮޖެކްޓް ތީ ކުރަން ހެޔޮވާ ކަމެއް ނޫން..
މަރީ.
09 January 2024
އާ. ކ.އަތޮޅު މާލޭ ރަށްކޮޅުގައި ނޫނީ ހަމަޖެހޭ ކަމެއް ނުކުރެވޭނެ.
ރިޒްނާ ޒަރީރު
09 January 2024
މުއިއްޒް ދައްކަދޭނެ ތަރައްގީކުރާނެ ގޮތް. އިބޫއަށް ނުވި ކަންތައް ކުރާނެ.
އަހްމަދު ހަސަން
09 January 2024
އިންޝާﷲ ލިބޭނެ.
ބުހުތާނު
09 January 2024
ކޮންމެ ޕްރޮޖެކްޓަކުން އެކަށީގެންވާ އަދަދެއް ޖީބަށް އަންނަންޖެހޭނެއެވެ. ފަޔަށް ހިނިއަރައިގަނެގެން ރަގަޅަށް ކޮންސެޕްޓްވެސް ހަދާނުލާ ފުރަތަމަ ހަވާލު ކުރި ޕްރޮޖެކްޓުންވެސް 13-15 ވަރަަކަށް މެމްބަރުންނަށް އިންވެސްޓްކޮށްފައި އެކަށީގެންވާ އަދަދެއް ޖީބަށް އައިކަމަށްވަނީ. ވީމާ ތި ޕްރޮޖެކްޓްތަކުން މަޖިލިސް20 ގެ 70% ގޮނޑިއަށް އިންވެސްޓްކޮށްލަން ޖެހޭނެއެވެ. ތިން ހަތަރު ލަގްޒަރީ އެޕާޓްމެންޓް ކޮންމެ ވަޒީރަކަށް ގެނެނުސް އެއީ ހަމަ ފުދޭވަރެކެވެ.
ޑައިޖީން
09 January 2024
އަސަރު ކުރޭދޯ؟
ވަސީމްް
09 January 2024
މީ އަހަރުމެން މިދައްކާ ވާހަކައަކީ. ޗައިނާ ލައިގެން ގައުމު ހިނގާނެ
ޗައިނާކިންގް
09 January 2024
ޗައިނާ އިސް ލަވް. ޗައިނާ ފޯރ ލައިފް