މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ރަންވޭގައި. އިތުރު މަތިންދާ ބޯޓެއް ހޯދަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ: މިހާރު
09 ޖެނުއަރީ 2024 - 14:18
މޯލްޑިވިއަން އިން އިތުރު މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ހަ އަހަރަށް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ. މިއީ 250 ސީޓުގެ މަތިންދާބޯޓެކެވެ.
މިދިޔަ ޑިސެމްބަރު 31 ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފަ އެވެ. އެފަހަރު ހޯދަން އިއުލާނުކުރީ ފަސް އަހަރުގެ މުއްދަތަށް އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެކެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ގެ ކުރިން ބިޑް ހުށަހަޅަން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
10 January 2024
އަފީފު ނޭގޭތި އަހާލީ! އަނިމާދުއައްA-321 ބޯޓެއްގައިސް އިފުރު ދަރަވަންދޫ މާފަރު ކުޅުދުއްފުށި ހުރަފުށި މިރައްތަކައް ޓުރާން ސީޓް ވަނިއޭތޯ ތިބުނަނީ؟ ތިތަނުން ބައެއް ރައްތައް ހަނިމާދުވައްވުރެ ދެގުނަ މާލެ އާކައިރިއަސް ދަތުރުގެ ވަގުތުދިގުވެފަ ޓުއަރިސްޓުން މާލޭގަ ރޭކުރަން ޖެހޭނަމަ ތިއީ ރާއްޖޭދެކޮޅުގަ ޓުއަރިސަމް ފައްކާކުރަން އެހާރަގަޅު ހިއާލެއް ނޫކަމައް ވަރައް އިހުތިރާމާއެކު އަފީފުއައް ދަންނަވަން
ކެޕްޓަނެއް.
10 January 2024
އަފީފު އެބަބުނޭ ހަނިމާދުއާއި އައްޑޫ ގަމަށްވެސް އިންޓަނޭޝަނަލް ފުލައިޓްތައް ޖެއްސޭގޮތް ހަދާލަބަލާށޭ. އޭރަށް ތިޔަބުނާ ގެސްޓްމީހާއަންނާނީ ސީދާ ހަނިމާދުއަށް. ހަނިމާދޫ މަގުން ގެސްޓްމީހާއަށް ކުޑައަގެއްގައި ތިތަންތަނަށް ދެވޭނއެއް ނޫންތަ.
ސަރީފުއަލީ
09 January 2024
އެއަރ ބަސް350 އެއް ހޯދާ ބޯއިން ޑްރީމް ލައިން ހަދަރު ކުޑަޔަސް ރައްކާތެރިކަން ކުޑަ...މިސާލަކަށް އެލަސްކަން އެއަރ ލައިނުގެ ދޮރުވެއްޓުން އެއީ އެއްހާދިސާ.
އޮނަރަބްލް އަފީފު ދީދީ
09 January 2024
ފުރަތަމަ ޔޯރޮޕަށް ދަތުރު ފެއްޓުމުގެބަދަލުގައި ޗައިނާއަށާއި ސައުތުއެފްރިކާ އަދި މަޑަގަސްކަރަ ފަދަ ވާދަވެރިކަން ކުޑަ ސަރަޙައްދުތަކަށް ވިސްނައިގެން ދަތުރުފެއްޓުން ރަނގަޅު. # ޗައިނާގެ ފަތުރުވެރިންނާއި އެެހާގަޔާނޫން ރިސޯޓްތަކުގެ ބަދަލުގައި އައްޑޫ ފުވައްމުލަށް އަދި ހުވަދޫގެ ރިސޯޓްތަކަށް ޗައިނާއާއި ސައުތުއެފްރިކާމީހުން ގެނައުމަށްޓަކާ މާލެ-ގޭން- ޗައިނާ (ރިޓާން) ދަތުރު ތަކެއް ފައްޓައިފިނަމަ މިސަރަޙައްދަށްވެސް ކުރިއެރުން ލިބޭނެ. ޤައުމު ތަރައްޤީވާނީ އޭރުން.
އޮނަރަބްލް އަފީފު ދީދީ
09 January 2024
މޯލްޑިވިއަންގެ އިސްރާފާއި ކުންފުނީގެ އޮޕަރޭޝަނަލް ކޮސްޓް ކުޑަކުރުމަށްޓަކާ މާލެއިން ޑޮމެސްޓިކް ހުރިހާ އެެއަރޕޯޓްތަކަށް ޑިރެކްޓްދަތުރު ކުރުމުގެބަދަލުގައި މާލެ-ހަނިމާދޫ ދެކޮޅަށް އަދި މާލެ-އައްޑޫ ދެކޮޅަށް A-321 ބޯޓް ޑެއިލީޝެޑިއުލް ފެއްޓުން ވަރަށްމުހިންމު. # މިބަދަލާއިއެކު އުތުރުގެ ޓްރާންސިޓްހަބަކަށް ހަނިމާދޫ އަދި ދެކުނު ހަބަކަށް އައްޑޫ ބަދަލުކޮށް އުތުރާއި ދެކުނުގެ ޑޮމެސްޓިކް އެއަރޕޯޓްތައް މި 2 އެއަރޕޯޓާއިގުޅާލުމުން ޑޮމެސްޓިކް ކަނެކްޓިވިޓީވެސް ދެވުނީ.
އޮނަރަބްލް އަފީފު ދީދީ
10 January 2024
މަތީގައި މިދެންނެވި ބޮޑު ބަދަލު ގެނެސް ހަނިމާދުއާއި ގޭންއެއަރޕޯޓަކީ އުތުރާއި ދެކުނުގެ އެވިއޭޝަން ހަބުގެ ގޮތުގައި ތަރައްޤީކުރަން ފުރުސަތުއޮތް 2 އެއަރޕޯޓް ކަމުގައި ވިޔަސް އެކަން ނުކޮށް އަދި އެކަމަކީ ކާމިޔާބުކަމާއިއެކު ކުރެވިދާނެ ކަމެއްތޯ ބަލާން ޓްރައިވެސް ކޮށްލުމެއްނެތި އެއްވެސް ދިރާސާތަކެއް ކުރުމަކާއޮ ނުލާ "އެކަމަކީ ކުރެވޭނެ ކަމެއްނޫންކަމަށް" ބުނަނީ މިއިން ތަނަކަށް ދިރުން ލިބުނަށް ކުންފުނީގެ ވެރިންނަށްތިބިމީހުނާއި ސަރުކާރުވެސް އެގޮތް ބޭނުންނުވާތީ.
ދިލްމާ.
10 January 2024
އަފީފު ތިޔަބުނާ ގޮތަށް ތިކަންކުރުން ރަނގަޅު. އެކަމަކު މޯލްޑިވިއަން ގައި އުޅޭ މާލޭ މީހުންވެސް ބޭނުމެއްނުވޭ މާލެ ނޫން ތަނަކަށް ކަމެއްވާކަށް. ދެން ކިހިނެއް ތިބަދަލު ގެންނަން މަސައްކަތް ކުރާނީ. އަދި އެތަނުގައި ތިބި އައްޑުއާއި ހުވަދޫގެ ގިނަމީހުންވެސް މިހާރު ތިބީ މާލޭ މީހުންނަށް ވެގެން. އެމީހުންވެސް ތިބީ މާލޭ މީހުންނާއި އެކު.
އޮނަރަބްލް އަފީފު ދީދީ
09 January 2024
ކ.އަތޮޅު މާލޭމީހުން ވައިގެމަގުންދަތުރުކުރަން އެހާ ފަރިތަނޫންއިރު މޯލްޑިވިސް އެއަރވޭޒް އަދި އެއަަށްފަހު އެއަރމޯލްޑިވްސް އޭގެފަހުން އިހައްދުވަހާއި ހަމައަށްވެސް ތިޔަކިޔާ "ޤައުމީ" އެއަރލައިން ހިފަހައްޓާދިނުމުގެ އިސްދައުރެއްއަދާކޮށް ކުންފުންޏަށް ފައިދާވާމަންޒިލެއްކަމަށް ތާއަބަދަށްވެފައިވީ އައްޑޫ އެއަރޕޯޓަށް ކުރަމުންދިޔަ އައްޑޫ ސެކްޓަރ. # އެކަމަކު ސަރުކާރާއި ކުންފުނި ހިންގާންތިބި މާލޭމީހުން ބޭނުމެއްނުވޭ ބޭރުގެ މަންޒިލްތަކާއި ގޭންއެއަރޕޯޓް ގުޅާލަދޭކަށް.
ނާޒިމާ
10 January 2024
އައްޑޫއިން ރާއްޖޭން ބޭރަށްދާކަށް ބޮޑެތި ފްލައިޓް އޮޕަރޭޓްކުރާނެހާ ޑިމާންޑެއްނުލިބޭ. 250 މީހުންގެ ޖާގައިގެ ބޯޓެއް 30 މީހުނާއިއެކު އޮޕަޓޭޓްކުރުމަކީ ވިޔަވާރީގެ އުސޫލުން ވާނެކަމެއްނޫން.
މޫދޭ.
10 January 2024
އޭއި ނާޒިމާ ތިވާހަކަ ކަލޭމެން ކަލޭމެނަށް ދައްކަދައްކާ ތިބޭ. ގެއްލުން ނުވެ ދަތުރު ކުރަން އިގޭ ބަޔަކު މިހާރުވެސް ގަމަށް އުދުހެމުން އެބަދޭ. ހުއްޓާނުލާ ބަރާބަރަށް ދަތުރު ކުރާތާ 7 އަހަރު ވެއްޖެ. ކަލޭމެން ހަދާހެން ހިސާބު ހަދަން ނޭގެނީ ކަމަށްވެސް ވެދާނެ އެމީހުނަށް.
އުދުހޭ
09 January 2024
ބޮޑެތި އެއަރކްރާފްޓް ގަނެގެން ކުންފުންޏަށް ވެފަައިވަނީ ގެއްލުންކަން ތަކުރާރުކޮށް ވަނީ ތަޖުރިބާކުރެވިފަ. ކީއްވެތަ ދަސްނުކުރަނީ؟ ކުދި ރަށްތަށް ހިމެނޭ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ޑޭޝް މަރުކާރެ ފްލައިޓް.
ދޯދިޔާ
09 January 2024
ސިޔާސީ ވިސްނުން ދޫކޮއްލީމަ ފެންނާނެ މިއީ ފައިދާވާ ކަމެއްކަން
ނައީމާ
09 January 2024
މޯލްޑިވިއަންގެ ބޮޑެތި ފްލައިޓްތަށް އޮޕަރޭޓްކުރަނީ ބަޖެޓް އެއާލައިންއެއްގޮތަށް. ސީޓަކު އިންފްލައިޓް ޓީވީއެއް ނުހުރޭ. ބްލެންކެޓް އަދި ޕިލޯއެއް ނޯވޭ. މީރު ގޯމޭ ކެއުމެއް ނުލިބޭ. އެހެން ގައުމުތަކުގެ ގައުމީ އެއާލައިންތަކަކީ އެންމެ އަރާމު ހައިބަތު ހުންނަ އެއާލައިންތަށް. މީހުން ދަތުރުކުރަނީ އަރާމުގަ.
އަފްރާސިޔާބު
10 January 2024
މަޑުކުރޭ. އެ ބޯޓު އަދި ފެނިގެންތާ ކަމެއް ކުރެވޭނީވެސް. އެހޯދާ ވާހަކަ ބުނެފައެއޮތީ. މޭލޭސިއަން އެއަރލައިންސް އިންވެސް އެމީހުންގެ ބޯޓަށް ވީގޮތެއްނޭގިގެން އަދިވެސް ހޯދުމުގައި.