ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ނިކުމެ, ސްކޫލު ކުރިމަތީ އިހުތިޖާޖު ކުރަނީ -- ފޮޓޯ: ކައުންސިލްގެ ނައިބް/ފަޒީލް
09 ޖެނުއަރީ 2024 - 16:17
ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭން ފެށުމުން ބެލެނިވެރިން ނުކުމެ މިއަދު ބަންދުކުރި ލ. ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސަތޭކަ ފަންސާސް ދަރިވަރުން ކިޔަވާ ސްކޫލުގެ ބެލެނިވެރިން ނުކުމެ އެ ތަން ބަންދުކުރީ ޓީޗަރުން ހަމަނުވުމާއި ސްކޫލުގެ ކްލާސްރޫމުތައް ބާވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުންނެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ފެށި މުޒާހަރާ އެ ސްކޫލު ދޮރުމަތީގައި އަދި ވެސް ކުރިއަށްދާ ކަމަށެވެ. އެ ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، އިކޮނޮމިކްސް އަދި ބިޒްނަސް ކިޔަވައިދޭ ޓީޗަރެއް ހަމަނުޖައްސައި ދިގުލައިގެން ދިއުމެވެ.
އޭގެ އިތުރުން، ސްކޫލު މަރާމާތުކުރަން ފާއިތުވި ތިން އަހަރު ބަޖެޓު ހަމަޖެއްސިއަސް އެކަން ކޮށްފައިނުވާތީ ދަނބިދޫ ސްކޫލުގެ ޕްރިންސިޕަލް އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ކަމަށް، ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލުގެ އިމާރާތް ހުރީ ވަރަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފަ އެވެ.
"އަދިވެސް މުޒާހަރާ ކުރިއަށް ދަނީ. ހުއްޓާ ގޮތަކަށް ނޫން ތިބީ. އެއީ މިދިޔަ ދެތިން އަހަރު ވެސް ސްކޫލު މަރާމާތު ކުރުމަށް ބަޖެޓު ހަމަޖެހިފައި އޮތް ކަމަށް ބުނަމުން އައީ. އެކަމަކު ސްކޫލު މަރާމާތް ނުކުރާ ކަމަށް ބެލެނިވެރިން ބުނަނީ. ދެން އަނެއް ކަމަކަށް މިހާރުގެ ޑިމާންޑަކީ ޕްރިންސިޕަލް އިސްތިއުފާ ދިނުން." އޭނާ ވިދާޅުވި ެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްކޫލު ބަންދުކުރި މައްސަލަ ބަލައި އެ ރަށު ސްކޫލަށް ބޭނުންވާ ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ޓީޗަރު ފޮނުވޭނެ ދުވަހެއް ނޭނގެ އެވެ.
ބެލެނިވެރިންގެ މުޒާހަރާއާ ގުޅިގެން އެއުކޭޝަން މިނިސްޓްރީގެ ދެ އޮފިޝަލަކު މާދަމާ އެ ރަށަށް ވަޑައިގަންނަވަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޭރަ
09 January 2024
މިޒަމާނުގައި މިފެންނަނީ ދަރީންނަށް މަތީ މާރކްސް ހޯދައިދޭން ގިނަ ބެލެނިވެރިން ގިއްކިޔާފައި މަސައްކަތްކުރާތަން. އެއާ އެއްވަރަށް ދަރީންނަށް ހެޔޮވެގެންވާ ތަރުބިއްޔަތެއް ދެވޭތަނެއް ނުފެނޭ. ނަތީޖާއަކަށްވަނީ ކުއްޖާގެ ޢުމުރުން 16އަހަރު ނުފުރެނީސް މައިންބަފައިންގެ ކޮންޓްރޯލް ދަރީން ނެގުން. ނުވަތަ މައިންބަފައިބްނަށް އަމުރުކުރާ ބަޔަކަށް ދަރީން ވެގެންދިއުން. މީ އިންތިހާއަށް ހިތާމަހުރިކަމެއް.
އެޑަމްސް
09 January 2024
ދަނބިދޫ ބެެލެނެވެރިން ރުޅިމަޑު. ނަސީބެއް ސުކޫލު އުފުރާލާފަ އެހެން ތަނެއްގައި ނުބެހެއްޓިކަން. ބެލެނެވެރިން ނުލާހިކު ބޮޑު އިންވެސްޓެއްކުރޭ ދަރިންނަށް ރަގަޅު ތައުލީމެއްދޭން، އެމީހުން އެކުރާ ބުރަމަސައްކާތާ ނުބައްދަލުވާ ވަރަށް ސުލޯކޮށް އެޑިއުކޭޝަން މިނިސްޓްރީގެ އަމަލު ހުންނަކަމުގައިވާނަމަ ޕްރެޝަރަށް ދާނެ.
ސޭކްސްތާން
09 January 2024
ގައުމެއްގެ އެންމެ މުހިންމު ދާއިރާއަކީ ތައުލީމު، ތައުލީމު ދިނުން، ތައުލީމުދޭތަން އެކަމަކު ކިޔެވުން ފެށޭއިރުވެސް ޓީޗަރުން ހަމަނުވޭ. ސުކޫލު ބޮލަށްވެއްޓެނީ، މަރާމާތުކުރަން އެތަކެއްފަހަރު ހަމަޖެހި އެކަން ނުކޮށް. މިހާ ދޯދިއާކޮށް ގައުމެއް ހިންގައިގެން ކޮންކަމެއް ހާސިލްވާނީ.
ކިރު ސައި
09 January 2024
އަރަބިއްޔާ ބެލެނިވެރިންގެ ގަބީލާގެ ބޭފުޅަކަށް ގުޅާލަނިކޮށް ތިޔަކަން ކުރަންވީގޮތް ކިޔާދީފާނެ.