ރިޕޯޓް

ފައިސާ ނުލިބި، އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންވެފައި!

މީހަކު ފައިސާތަކެއް ގުނަނީ: މަދަނީ މައްސަލަތަކުގައި މިހާރު ގާނޫނު އޮތްގޮތުން ހުކުމްތައް ތަންފީޒު ނުކުރެވި، އެތައް ބަޔަކަށް ފައިސާ ނުލިބި އެބަހުރި --- ފޮޓޯ/މިހާރު

މަދަނީ އަދުލުގެ ނިޒާމުގައި ކުރިން އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ލަސްވެ، އެތައް ބައެއްގެ ހައްގު ނުލިބި ލަސްވުމެވެ. ނަމަވެސް މިހާރު އެންމެ ބޮޑު ޝަކުވާއަކީ މައްސަލަތައް ނިމުނަސް، ހުކުމްތައް ތަންފީޒު ކުރެވޭނެ ގޮތެއް ނެތުމެވެ.

އެތައް މިލިއަން ރުފިޔާއެއްގެ ސާބިތު ދަރަނި ނުދައްކާ ދަރަނިވެރިން އެއްވެސް ޖެހިލުމެއް މިނިވަންކަމާ އެކު އުޅެމުން ދާއިރު، ފައިސާ ލިބެންޖެހޭ އަރަނިވެރިންގެ ހައްގު ހިމާޔަތް ކުރެވޭނެ ގޮތެއް ނެތެވެ. މީގެ ފެށުމަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނެވެ.

މަދަނީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހުކުމް ތަންފީޒު މަރުހަލާތައް ގާތްގަނޑަކަށް ހުއްޓުމަށް ވަނީ އައިސްފަ އެވެ. ކުރިން މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމަށްޓަކައި ދަރަނިވެރިންގެ ޕާސްޕޯޓާއި ބޭންކް އެކައުންޓް ހިފެހެއްޓުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދު ކުރުމާއި ޖަލަށްލުން ފަދަ އަދަބުތައް ވެސް ދެވެ އެވެ. ނަމަވެސް އާ ގާނޫނު އައުމާ އެކު، އެ ހުރިހާ ފިޔަވަޅުތަކެއް އެޅުން ވަނީ މަނާކޮށްފަ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާ މެދު މިހާރު އެޅޭ ހަމައެކަނި ފިޔަވަޅަކީ އެ މީހެއްގެ މުދަލާއި ފައިސާއަކީ ކޮބައިކަން ބަލައިގެން، އެ މުދަލެއް ނުވަތަ ފައިސާއެއް ހިފަހައްޓައިގެން ނުވަތަ އެ ތަކެތި ވިއްކައިގެން ދަރަނި އަދާ ކުރުމެވެ. ދަރަނިވެރިޔާގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅެއް ވެސް ގާނޫނު އޮތްގޮތުން އެޅޭކަށް ނޯވެ އެވެ. އަދި މުދާ ހިފެހެއްޓުމާއި ވިއްކުމަކީ ގާނޫނެއްގައި ލިޔެފައި އޮތަސް، ރާއްޖޭގައި އެހާ ފަސޭހައިން ތަންފީޒު ކުރެވޭ ފިޔަވަޅުތަކެއް ނޫނެވެ.

ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އެ މީހާގެ މުދާ އަތުލުމަށްފަހު ކޯޓުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ވިއްކުމުގެ ހުއްދަ ގާނޫނުން ދިން ނަމަވެސް އެކަން ކުރާނެ ވަސީލަތްތަކެއް އަދި ކޯޓުގެ ބެލުމުގެ ދަށުގައި މުދާ ބަހައްޓާނެ ޖާގައެއް ވެސް ނެތެވެ. އަނެއްކޮޅުން ދަރަނިވެރިންގެ އަމިއްލަ މުދަލަކީ ކޮބައިކަން ބެލޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައެއް ނެތެވެ. އެހެންވެ، ދަރަނި ނުދެއްކުމަށްޓަކައި މުދާތައް އެހެން މީހުންގެ ނަމަށް ބަދަލު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު

ކޯޓުގެ ތަފާސްހިސާބުތަކުން ވެސް ދައްކަނީ އެ މަންޒަރެވެ. މިދިޔަ އަހަރު ސިވިލް ކޯޓުން 186 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 56 މިލިއަން ޑޮލަރުގެ ދަރަނި ސާބިތު ކުރި ނަމަވެސް ކޯޓަށް ލިބިފައިވަނީ 73 މިލިއަން ރުފިޔާ އާއި ދެ މިލިއަން ޑޮލަރެވެ. މަދަނީ އިޖްރައާތުގެ ގާނޫނު އައުމުގެ ކުރިން ކޯޓުތަކުން އަމިއްލައަށް އިސްވެ، ހުކުމް ތަންފީޒު ކުރި ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން ކޮންމެ ފަހަރަކު އަމިއްލައަށް ހުށަހަޅައިގެން ނޫން ގޮތަކަށް އެއްވެސް ފިޔަވަޅެއް ކޯޓަކުން ނޭޅޭނެ އެވެ.

މީގެ ހުރިހާ ގެއްލުމެއް ލިބެނީ ފައިސާ ލިބެންޖެހޭ ފަރާތްތަކަށެވެ. ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުކުމް ކޮށްފައި ހުންނަ މައްސަލަތަކުގައި ވެސް ކުރިން ފާހަގަކުރި ސަބަބުތަކާ ހެދި ހުކުމް ތަންފީޒު ނުވެ، އެތައް މައްސަލައެއް އެބަހުއްޓެވެ. ދަރަނިވެރިޔާގެ ނަމުގައި މުދަލެއް ނެތުމުން ގިނަ ފަހަރު ކޯޓުން ނިންމަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއީ ރާއްޖެ ފަދަ ބޭރުގެ އިންވެސްޓަރުންގެ ގިނަ ގައުމެއްގައި އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދާ ކަމެކެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ކުރިން ޖަލަށްލުމާއި ގޭ ބަންދު ކުރުމާއި ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅޭތީ ގިނަ މީހުން ހުކުމާ އެއްގޮތަށް ފައިސާ ދެއްކިޔަސް، މިހާރު އެފަދަ ފިޔަވަޅުތައް ނޭޅޭނެ ކަން އެނގޭތީ ގިނަ މީހުން ގަސްދުގައި ފައިސާ ނުދައްކާ ވެސް ތިބޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ދަރިންގެ ހަރަދަށް ދެ ތިން ހާސް ރުފިޔާ ނުދީގެން މިހާރު ވެސް ޕާސްޕޯޓް ހިފަހައްޓާފައި އަދި ގޭ ބަންދުކޮށް ޖަލަށް އެބަ ލެވޭ. އެކަމަކު ބޮޑެތި ސާބިތު ދަރަނި ނުދެއްކީމަ އެފަދަ ފިޔަވަޅެއް ނެތް އެޅޭކަށް. ދެ އަތް އުރާލައިގެން ތިބެން މި ޖެހެނީ މިހާރު." ވަކީލަކު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އުޝާމް --- ފޮޓޯ/މިހާރު

އެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މީހުންގެ އަމިއްލަ މުދާތައް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތީސް، މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެފަދަ ނިޒާމެއް ގެނައުމަކީ މައްސަލަ އެކެވެ. އެގޮތުން ބޭންކް އެކައުންޓާއި ބިން ފަދަ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މުދާ ބެލުނަސް، އެ ނޫން އަގުހުރި މުދާތައް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތްކަން އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ. އަދި ދަރަނި ނުދެއްކުމަށްޓަކައި އެހެން މީހުންގެ ނަމަށް މުދާ ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

"މިސާލަކަށް ސައިކަލެއް، ކާރެއް އޮތިއްޔާ އެނގިދާނެ އޭނާގެ ނަމުގައި އެއްޗެއް އެބައޮތް ކަން. އެކަމަކު މީހުންގެ އަގުބޮޑު ދިރިއުޅުމާއި މި އެއްޗެހި ކިހިނެތްތޯ އަރަނިވެރިންނަށް އެނގޭނީ. މިހާރު މި އޮންނަ ގޮތުން ފައިސާ ލިބެންޖެހޭ މިޖެހެނީ އެކަން ވެސް ބަލާފައި ކޯޓަށް އަންގަން." އެ ވަކީލް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނަށް އިސްލާހު ގެންނަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި." އޭޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެ ފަދަ ބޭރުގެ އިންވެސްޓަރުން ގިނަ ގައުމެއްގައި މަދަނީ ހުކުމްތައް ތަންފީޒު ނުވުމަކީ އިގްތިސާދީ ގޮތުން އެތައް ބަޔަކަށް ގެއްލުންތައް ލިބޭނެ ކަމެކެވެ. މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކަކީ އަވަހަށް ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.

43 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 88%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެބޯގެރި1

20 January 2024

މީ އެމްޑީޕީން ވަގުންނަށް ފުރުސަތު އިތުރަށް ފުޅާކޮށްދީ ވަގުން ފިލައިގެން ދާން ހުޅުވާލަދިން ބޮޑު ދޮރެއް އަރަނިވެރިޔާ ހަމަ ހުންނަން ޖެހެނީ ކޯޓުން އެއަންގަނީ ތިމަންމެން ކުރާންކަމެއްނެތޭ އޭހެ އަސްލު މާޏައަކީ މަގުމަތިން ޙުކުމް ތަންފީޒުކުރާށޭ ކިހާ ނުރައްކާތެރި މެސެޖެއްތޯ ރައްޔިތުންނަށްމިދެވެނީ އެމްޑީޕީން ހިންގާ ޖަރީމާ މިފެންނަނީ އެތަށް ހާސް ރައްޔިތުންގެ ޙައްޤުތައް ގެއްލިގެންދިޔައީ މަކަރާ ހީލަތްހަވާ ބޮޑެތި މުޖުރިމުންނަށް ހުރިހާފުރުސަތެއް ތަނަވަސްކޮށްދެނީ

The name is already taken The name is available. Register?

ނަންނާ

18 January 2024

މިއީ ވަރަށް ބޮޑު ތެދެއް. އަހަރުންނަށް ލިބެން ހުކުމް ކޮށްފާ އޮތް މައްސަލަ އެއް ލާރި ލިބެމުނަ ދިޔައީ ކޯޓަށް ގޮސް މައްސަލަ ޖައްސާ މަހެއްގަ ވިއްޔާ. ކުއްލިޔަކަށް ލާރި ލިބުން ހުއްޓިއްޖެ، ކޯޓަށް ގޮސް މައްސަލަ ޖައްސައިގެން ،ކޯޓު އަޑު އެހުމެއް ބޭއްވީމާ މި އެންގުނީ މި ހާރު ފަންޑިޔާރުންނަށް ކުރެވޭނެ ކަމެއް ނެތް ކަން، ގާނޫން ބަދަލު ވެއްޖެކަން...ވަގުންނަށް ވައްކަން ކުރަން އިތުރު ފުރުސަތު ހުޅުވުނީ ގާނޫނީ އިމުގެ ތެރެއިން

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

17 January 2024

މީދިވެހިރާއްޖެ. ޤާނޫން ހަދާއިރު މިސާލުނަގާނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕާ އެމެރިކާއިން. ޤާނުނު ހަދާނިމޭރު ހުންނާނީ ފާޑުފާޑުގެ އިސްލޫ ހުށައަޅާ ކޮންމެ ދެފޮޅުވަތް ދޭތެރެއިން ކުއްވެރިޔާ ސަލާމަތަވާނެ ބާގަޑުތައް ހަދާފަ. ދެން ތަންފީޒީ މަރުހަލާގަ ނެރޭނީ ސީދާ ސަދޫމްގެ ހުކުމް. ޢެހެންވީމާ މިގައުމަކީ ސަނީސައިޑް އޮފް ޕެރެޑައިސް

The name is already taken The name is available. Register?

ގުއިއްޒު

25 January 2024

ދިވެހީންގެ ރާއްޖޭގައި ކަންހިންގަންޖެހޭ މަގަކީ ވަގުންނާއި ހީލަތްތެރިންނަށް ކަންކަމުގައި ހުރިހާ ގޮތަކަށް މަގުފަހިވެގެން ދިއުން. އެހެންނޫނީ ދިވެހީންގެ ރާއްޖެއަކަށް ނުވާނެ.

The name is already taken The name is available. Register?

ތިލަދުންމަތި

17 January 2024

ޙައްގުވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީވެސް، ލިބެންޖެހޭ ޙައްގަކުން މަޙުރޫމުވުން ނުވަތަ ކުރުވުން. ހަމަ އެގޮތަށް ކުރީގެ ރައީސްގެ އިސްތިޢުނާފުގެ އަޑުއެހުންތައް ނިމުނުތާ 50 ދުވަސްވީ! އަދި ކޮންމެ ގޮތަކަށް ޙުކުމް އައި ނަމަވެސް، ޙުކުމް ނުކޮށް ދިގުދެންމުމަކީ، ހަމަ ކަމަކާ ނުލާ ޙައްގުތަކުން މަޙުރޫމުކޮށްފައި ބެހެއްޓުން! ވޭތުވެ ދިޔަ 2 ސަރުކާރާއި މި ސަރުކާރުގެ އެންމެ އެތެރޭގައި ފައިވިއްދާފައި ވާ، އެތައް މިލިއަނުން ދަރާފައިވާ މީހާ އެ ހުރީ ގައިމު ސަރުކާރުގެ އެންމެ މަތީ ބްލެސިންގ ގައި! މި އެނަލޮޖީއަށް ބަލާއިރު، ކުރީގެ ރައީސްގެ ޙުކުމް ލަސްކުރަނީ ވެސް ސިޔާސީ ބޭނުމަށް ސަރުކާރުގެ އެންމެ މަތިން ބާރުފޯރުވާތީ ކަމަށް ގަބޫލުކުރަން ޖެހޭ!

The name is already taken The name is available. Register?

ހވޔހހހހހހ

17 January 2024

ރާއްޖޭގާ ކުރިއެރުމާ މޮޅާއި ކާމިޔާބީ ލިބެނީ ވަގުންނާ ބޯމީހުންނާ ކޮރަޕްޓޭމެންނާއި ދޮގު ހަދާމީހުންނަށް.. އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާ މީހުން ވެސް އެނބުރެނީ އެހެންވެ..

The name is already taken The name is available. Register?

ނަގޫރޯޅި

17 January 2024

ދެތިން ރިސޯޓު ހިންގާއިރު އެރިސޯޓުތަކައް ފަތުރުވެރިން ކޮންމެދުވަހަކު އުފުލާދޭއިރު އޭގެލާރި ކޮޅުނުދީ އެބައުޅެ. ގައިމު ފަތުރުވެރިޔާ މިގައުމުން ފުރަައިގެންދަނީ އޭނައެހޭދަކުރި ދުވަސްތަކައް ފައިސާދީފަ. ޢަދި ހަޔާތްކުޑަކަމަކީ މިގޮތައް އުޅޭ ނަންމަސްހޫރު ކުންފުނިތަކުގެ ވެރިން ރމ މެންބަރުކަމައް ކުރިމަތިލާ. މިސާލަކައް މެދުފުށި ރިސޯޓު

The name is already taken The name is available. Register?

މުއިއްޒުު

17 January 2024

ދަރަނި އަދާ ނުކުރުމަކީ ވަރަށް ބޮޑު ގޯހެއް. އެކަމަކު މި ރިޕޯޓަކީ މުޅި މައްސަލަ ދިރާސާކޮށް ލިޔެފައޮތް ރިޕޯޓެއް ނޫން. މައްސަލައަކީ މަދަނީ އިޖުރައާތުގެ ގާނޫނެއް ނޫން. 2008 އޮގަސްޓް 7 އިން ފެށިގެން މި ގައުމުގަ ސާބިތު ދަރަނި ނުދައްކައިގެން ގޭ ބަންދުކޮށް ޖަލަށްލާފައިވާ އެންމެންނަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާއާ ޚިލާފަށް އަދަބުދީފައިވާ ބައެއް. ތިބުނާ ގޮތަށް އަމަލުކުރަންޏާ ފުރަތަމަ ރާއްޖެ އެބަޖެހޭ ICCPR މުއާހަދާއިން ވަކިވާން...

The name is already taken The name is available. Register?

ވެންތިލޭޓަރ

17 January 2024

ނިމިދިޔަ ސަރުކާރުގެ ބަނގުރޫޓު ދަރަނި ވަޒީރެއް މެލޭސިޔާގެ ބެންކަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އަދި މާލޭގެ ބޮޑު ގޯއްޗެއް ރަހުނުކޮށް ބެންކުން ނެގިފައިސާ ދަރަނި އަދާ ނުކޮށް ފަރުޖެއްސުމަށް ވުޖޫދުކުރި ގާނޫނެއް އަދި ގަވާއިދުގެ އުނދަގޫ މި އޮތީ އަރަނިވެރިންނަށް ޖެހިފައި

The name is already taken The name is available. Register?

އޮޑިހަނު

17 January 2024

ދިވެހި ރާއްޖޭގެ ހުރިހާވެސް މައްސަލައަކީ މުނާފިގުކަން. ނަމުން އިސްލާމު، ކަމުން ކާފަރުންގެ އެންމެ ކޮރަޕްޓު މީހުންނެކޭ އެއްގޮތް. ރައްޔިތުން ހޮވާ މަންދޫބުން ލައިގެން، ރައްޔިތުން ހޮވާ ވެރިޔަކު ލައިގެން މިހިރަ މިހިރަ ކަންކަން އިސްލާހުނުވީމާ ބުނެވޭނީ މިދެންނެވި މުނާފިގު ސިފަތައް ފެށެނީ ހަމަ ރައްޔިތުން، އަމިއްލަ ފަރުދުންގެ ހިސާބުންނެވެ.

The name is already taken The name is available. Register?

ވަގު ޖަނާ

17 January 2024

މީގެ ލަމަސީލު މިސާލު މިސަރުކާރުގެ ދަތުރުތަކުގައި މުވިއްޒުގެ އަރިސް ޖަނާހް އަކީ. މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ކުރި މަސަކަތަށް ނުދައްކާ ނެތޭ ކިޔާފަ އެއުޅެނީ. މިއީ ރެރިސިޑެންސް ރިސޯޓް ހެދި ޒަމާނުގައި ކުރި މަސަކަތަށް ދޭންޖެހޭ ފައިސާ. ލަދު މި އިއްޗެހިން ނުގަނޭ. މި ޤައުމުގެ އަދުލް އިންސާފެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454