ކޮރަލް ބޮލެވާޑުން އަޅަން ނިންމި ފްލެޓްތަކުގެ ނަމޫނާއެއް: ރަސްފަންނު ކުރިމަތިން ދޫކުރި ބިން އަތުލި މައްސަލާގައި އެ ކުންފުނިން ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފައި
14 ޖެނުއަރީ 2024 - 14:54
ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އެހެން ބިމެއް އެ ކުންފުންޏަށް ނުދިނުމުން ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ދައުވާކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އާ ބިމަށް އެތަން ބަދަލެއް ނުކުރެ އެވެ.
އެ މައްސަލާގައި ކޮރެލް ބޮލެވާޑް ކުންފުނިން ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އާ ބިމަށް އެތަން ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 426 މިލިއަން ޑޮލަރު ދައުލަތުގެ ކިބައިން ހޯދުމަށެވެ.
އެ ދައުވާ އެގޮތުގައި ކުރިއަށް ގެންދިއުމާ މެދު ދައުލަތުން ދެކޮޅު ހެދީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ބައި އެ ދައުވާގައި ނުހިމެނޭނެ ކަމަށް ބުނެ އެވެ. އެހެންވެ، ސިވިލް ކޯޓުން ވެސް ނިންމީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ޕްލޭނިން މިނިސްޓްރީގެ މައްޗަށް އެ ދައުވާ ކުރެވޭނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބސ87776
20 January 2024
ތިހެން ގޮސް ސަރުކާރުގެ ލާރިގަނޑު ހުސްމިކުރަނީ. ހިންގަންމިތިބެނީ ގަމާރުންތަ އަޅެ މިގައުމު.
ވަން
15 January 2024
ކޮރަލް ބޮލުފޮށާ އޭ ކިޔަންވީނު.
ރޯޒަސް
15 January 2024
ކޮރަލް ބުލެވާޑްގެ ފަހަތުގައި އޮތީ އައިޖީއެމްއެޗް 25 ބުރި ނުއަގުގައި ހެދި ޗަންގ ހުއާ. ޗަންގ ހުއާގެ އޯނަރަށް ވަނީ އދ. ހުރުއެޅި (ރެޑިސަން ބުލޫ) ބިޑަކާ ނުލާ އިއުލާނު ކުރުމަކާ ނުލާ ދީފައި. ހަމަ އެމީހުންނަށް ދިއްފުށި ފަޅުން ބޮޑުބައެއް ދިން. ހަމަ އެކުންފުންޏަށް މާލޭގެ އެންމެ ޕްރީމިއަމް އެއް ސަރަހައްދު - ރަސްފަންނު ކުރިމަތި ދިން. މިހާރު މިހޯދަނީ ބިލިއަނުން ބަދަލު. އަހަރެން ގަމާރު ކަމުން މިބޮޅުތައް ގުޅުވަން ނޭނގިގެން މިއުޅެނީ.
ފަރަންޖީ
16 January 2024
އަދި އެއްބޮޅު އިތުރުކޮށްލާ. ކޮރަލް ބުލެވާޑް ދިނުމުގެ މޭސްތިރިއަކީ އޭރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ ރައީސް.. ÷ޕްރައިވެޓް ޑިވެލޮޕްމަންޓެއްގައި ފްލެޓް ”ވިއްކުމުގެ” ބާރު ލިބެނީ ޗަންގ ހުއާއަށް. ދެން ވިސްނާ ޗަންގ ހުއާއަށް މިކަމަށް މަގުފަހޮކޮށްދިން މީހުންނާށް ކިކްބެކް ދޭން ނިންމާފައޮތް ގޮތް.
ފެންތަށި
15 January 2024
މި ސިޔާސީ ޕާޓީތައް ގައުމު ދަވާލާ ސިސްޓަމަކީ މީ.
ފުރޮއި
15 January 2024
ދައުލަތުގެ ފަރާތުން ވަކާލާތުކުރަން އާޒިމާއާ ހަވާލުކޮށްލާށެވެ. އުފެދުމުގައިވެސް ބާތިލް އެގްރިމެންޓަކަށް ހައެއްކަ ބިލިޔަން ރުފިޔާ ދޭންޖެހޭނެއެވެ. އެއިގެ ދެބައިކުޅަ އެއްބައި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް! ނޫނޫވާ މުއިއްޒުގެ ހިޔަޅުކަން ގަދައެވެ. މޭޔަރުކަން ހޯދައިގެން ޕީޕީއެމްގެ ސެނެޓް އަތު އަޅުވާލާ ރިޔާސި ޓިކެޓް ދަމައިގަތްގޮތަށް ހުރިހާކަމެއް.
ފޫހި
15 January 2024
5 އަހަރުވަންދެން ތިޔަކަން ނުނިންމާ ދެންމީ ކީއްވެ؟ ތިޔަ ތަނަށް ބަދަލެއް ދޭންޖެހޭނަމަ ދޭންވާނީ ތިޔަކަން ކުރިމީހުންގެ އަތުން. އަހަރެމެންގެ ޓެކްސް ފައިސާއަކުންނޫން. ކޮންމެ މަގާމަކީ ޒިންމާއެއް. އެހެންވީމާ މުޅި ދައުލަތެއްނޫން ޒިންމާވާންޖެހޭނީ ކަންކުރިމީހުން. އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަނުކުރުމަކީ އެމީހުން ކުއްވެރިވާންޖެހޭނެކަމެއް. ތިޔަ އަދަދު އަދި ކުޑައެއްނު؟
ބަޑިތަކުރު
15 January 2024
އެއްވެސް ކަމެއް ނުކުރިޔަސް އެގްރީމެންޓެއް ކޮށްފައިއޮތީތީ އެ ކަންކޮށްގެން ލިބެންއޮންނަ މަންފާ އެކުގައި ހޯދަންއުޅޭކަހަލައެވެ. މިކަމަކީ އެފަދަ އެގްރީމަންޓްތައް ހަދާ ބަޔަކު ވަރަށް ވިސްނުންތެރިކަމާއެކު ހަދާފައި ހުންނައެއްޗެއްހެންވެސް އެބަހީވެއެވެ. ސަރުކާރު ބަދަލުވާ ކޮންމެފަހަރަކު އޮންނަނީ އެގްރީމަންޓް ބާތިލުކުރުމުގެ ބަދަލު ހޯދުމެވެ. މިފަރާތުން އެތަންތާނގައި އެއްވެސްކަމެއް ނުކުރަންޏާ އެވަރުގެ ބަދަލެއް ލިބެންޖެހެނީ ކީއްވެބާވައެވެ.
އަހްމަފުުހު
15 January 2024
ބަދަލުދޭކުޅި ފެށުނީ
މިކަންތައް ހިނގާގޮތް
15 January 2024
ރާއްޖޭގައި މިފަދަ ޝަރީއަތެއްކޮށް ނިންމައިފިއްޔާ އޭގެ މާނައަކީ އެލާރިއަކީ މީގަބައިވެރިވާ އެންމެން: ދައުވާކުރާ ފަރާތާ، ދައުވާ ލިބިދޭ ފަރާތާ، ޝަރީއަތް ހިންގާ ފަރާތާ، އޯޑިޓް ކުރާ ފަރާތާއި ބައިވެރިވެގެން ބައިތުލްމާލުން ޖަހައިގަންނަ ލާރިގަނޑެކޭ. ބައިތުލްމާލުގެ ހައްޤުގައި ނުކުންނާނެ އެކަކުވެސް ނުހުންނާނެ، އެއީ ރައްޔިތުންނަށްވެސް ވިސްނައިދީފައިއޮންނަނީ މިއީ ދައުލަތުގެ އެއްޗެކޭ. ނަމަވެސް މިއީ ރައްޔިތުންގެ ޓެކްސްފައިސާ، ރައްޔިތުންގެ އެއްޗެއް
123466
15 January 2024
އެމްޑީޕީ ދެކެ ރުޅި އަންނަނީ މިކަހަލަ ކަންތަ ކުރާތީ