މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭގައި ހުޅުވާފައިވާ ހާފްވޭ ހައުސްގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޖެނުއަރީ 2024 - 14:21
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް ހިންގުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ލިބިގެންވެ އެވެ.
- އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
- ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
- ކައުންސެލިން ހިދުމަތް ދިނުން
- ޑްރަގް ޓެސްޓްކުރުން
- ސައިކޯ ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
- ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން
އެންޑީއޭ އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަން އެދިފައިވެ އެވެ. މައުލޫމާތު ސެޝަން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވަން ނިންމާފައި ވާއިރު، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މި މަހުގެ 22ވަނަ ދުވަހެވެ.
ހޯމް ލޭންޑް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި އެބަ ތިއްބެވެ. ނަމަވެސް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މީހުންނަށް ފަރުވާދީ ނިންމާލެވޭނެ ކަމަށް އެންޑީއޭ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިމާމް މުހައްމަދު
16 January 2024
ރިހެބް ފަރުވާއަށް މަދީ ކޮމްޕެޓިޝަން. ޕްރައިވެޓް ފަރާތްތަކުން ހިންގުން.ސަރުކާރުން ހިންގާތީ އެދެވޭ ފަރުވާ ހަގީގަތުގައި ނުދެވޭ. ދެން ރަނގަޅުވާނެ.
ތިހާމް އަލީ
16 January 2024
ސަރުކާރުގެ މި ނިންމުން ހަމަ ސަތޭކަ. މިއީ ރިހެބުން އަންނަ ފަރާތަކަށް ރަނގަޅު ފަރުވާލިބޭނެ ކަމަކަށް ވާނެ.
އަހްމަދު ނޫރިޒް
16 January 2024
އަޅުގަނޑުގެ އެއްބަފާ ކޮށްކޮ ރާއްޖޭގެ ރިހެބިލިޓޭޝަން ސެންޓަރަށް 4 ފަހަރު ދިޔަ.، ނުވި ރަނގަޅެއް. މިއަދު އިންޑިޔާގެ ބެންގަލޫރުގެ ރިހެބްއިން ރަނގަޅުވެއްޖެ. ހޭދަކުރީ 3 މަސް. އެއީ ކުރީގެ ހަކުރު ބޭނުންކުރި މީހެއް ހިންގާ އަމިއްލަ ތަނެއް. އެހެން ކަމުން ސަރުކާރުގެ މި ނިންމުން ވަރަށް ރަނގަޅު.
އިމްދާދް މުހައްމަދު
16 January 2024
ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަނީ ޕްރައިވެޓް ކުންފުނިތަކުން.، އެއްމެ ކައިރި އިންޑިޔާ ސްރީލަންކާގަވެސް މިކަން އޮތީ މިހެން. ރަނގަޅު ނިންމުމެއް.
އަހްމަދު އީސަ
16 January 2024
ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން މިތަންތަނުން ދޭ ފަރުވާ އިތުރަށް ރަނގަޅުވާނެ.
މޮހިތު
16 January 2024
ރަނގަޅު ނިންމުމެއް! އަމިއަލަޔަށް ރަނގަޅުވާން ބޭނުން ފަރާތްތަކަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް!
ފޗރފރފ
15 January 2024
ދިވެހި ކުލާހެއް ހިންގާކަށް ނުހުޅުވާބާ؟؟ މިހެން މިބުނީ މިހާރު ސޯޝަލް މީޑިޔާގަ ހިނގަނީ ސުކުނެއް އުކުނެއް ނޭނގޭ މީހުން ހަދާފަ ހުންނަ ލިޔުންތައް ކަމަށް ވީމަ..
ފޫނެއްފައި
15 January 2024
މައްސަލަ ހައްލު ކުރެވޭނީ ބޯ މީހުންނަކީ ބަލި މީހުންގެ ގޮތުގަ ނުބަލާ ކުށްވެރިންގެ ގޮތުގަ ބަލާފަ ހަރުކަށި އަދަބު ދީގެން! މިހާރުން މިހާރަށް ރީހެބުތައް ބަންދުކޮށް އެތަންތަން ޖަލުތަކަށް ބަދަލު ކުރަންވީ!
މައިލާ
15 January 2024
ހުރިހާ ޑްރަގް ކޭސްއެއް ޑްރަގްކޯޓަށް ބަދަލުކޮށްލާ. ޓްރެފިކިން މައްސަލައެއް ކްރިމިނަލް ކޯޓުން ދުވަހަކުވެސް ބަލާ ނުނިމޭ. ހުރިހާއެންމެން ދޫވަނީ. ޓްރެފިކާރސް ޖަލަށް ނުލައި ރިހިބިލިޓޭޝަން ވޯކެއް ނުކުރާނެ.
ޚަދީޖާ އަޙްމަދު
15 January 2024
100 ގެ ވާހަކަ އެއް. ޑްރަގް ޓެރެފިކިން ގެ މައްސަލަ އަށް ފޯކަސް ނުކޮށް ޑްރަގް މައްސަލަ ޙައްލެއް ނުކުރެވޭނެ. ގޭންގު ތަކުން ޑްރަގް ގެ ޑިމާންޑް ކްރިއޭޓު ކުރަމުން ދަނީ. ސަރުކާރަށް ވުރެ އެމީހުންގެ ފައިސާގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން މާ ވަރުގަދަ. ޑްރަގް ކާޓެލް ތަކާ ދެކޮޅަށް ސަރުކާރުން ހަނގުރާމަ އިއުލާނު ކޮށް ފޯސްފުލީ މިގޭންގުތައް ފުނޑާނުލާ މިކަން ހައްލެއް ނުކުރެވޭނެ.
ފައިންޓެން
15 January 2024
ސަރުކާރު ޕްލީޒް ޑްރަގް ކޯޓަށް ބިލްޑިންގެއް ހަދައިދީ. އެތަން ވެއްޓެނީ ފީވެގެން. ކްރިމިނަލް ކޯޓަށްވުރެވެސް ބާ ތަނެއްގައި ކްލައިންޓުންގެ ޝަރީއަތްތައް ގެންދަނީ.