ރިޕޯޓް

މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟

ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް.--ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)ގެ ލިސްޓަށް ނަޒަރު ހިންގައިލީމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ލިސްޓަށް ބަލާލުމުން، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާނެ އަދި އަދި ސިޔާސީ ގޮތުން، މި ސަރުކާރާ އިދިކޮޅު ފިކުރަށް "ގޮސް ހުސްވެ" ހުރި ބޭފުޅެއް އަޅައެއް ނުގަތެވެ. މީގެ ކުރިން އެފަދަ ބައެއް ބޭފުޅުން ފެނުނު ނަމަވެސް، މިފަހަރު ޔަގީނުން ވެސް ތަފާތެވެ. އެކަމަކު ބައެއް ޕާމަނަންޓް ސެކްރެޓަރީން ސަރުކާރަށް "އުނދަގޫ" ކުރާ ކަމަށް ބުނެ، ޕީޕީއެމްގެ މެމްބަރަކު ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ކީއްވެ ހެއްޔެވެ؟ އެ ވިދާޅުވާ އުނދަގުލަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރުން ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީންގެ ޝަރުތަކީ ކޮބައި ހެއްޔެވެ؟

މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަކީ މިހާރު ގާނޫނުގައި އޮތް ގޮތުން ނަމަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ޒިންމާއެކެވެ. ނަމަވެސް ހއ. ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ، އެކަން އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެ އެވެ. އޭނާގެ އިސްލާހުގައިވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ޖެހެނީ އެ ބޭފުޅަކު އައްޔަން ކުރާ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ. އެނޫން ގޮތަކަށް ޕީއެސް އައްޔަން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްލަނީ އެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ފާހަގަކުރައްވާ ގޮތުގައި ބައެއް ޕާމަނަންޓް ސެކްރެޓަރީންގެ ފަރާތުން މިނިސްޓަރަށް އުނދަގޫވާ ކަންކަން ފާހަގަވެފައި އެބަ ހުއްޓެވެ. އެހެންކަމުން ޕާމަނަންޓް ސެކެޓްރީންނާ މެދު ފިޔަވަޅު އަޅައި މިނިސްޓްރީތައް ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ސިޔާސީ ގޮތުން ކުރާ އަމުރުތަކެއް ކަމަށް ބަލާފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެ ބޭފުޅުންނަށް [ޕާމަނަންޓް ސެކެޓްރީން] ވަރަށް އުނދަގޫވޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން،" ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ވާހަކަ ދައްކަވަނީ: ބައެއް ޕާމަނަންޓް ސެކްރެޓަރީންގެ އަމަލުތަކާ ހެދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވޭ.--- ފޮޓޯ: މަޖިލިސް

އޭނާގެ ވާހަކަތަކާ ގުޅިގެން، ކުރީގެ ޕާމަނަންޓް ސެކްރެޓަރީއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސީދާ ރައްޔިތުންނަށް ދޭ ހިދުމަތަށް ބުރޫ އަރާފަދަ ކަމެއް ކުރަން އެއްވެސް ޕާމަނަންޓް ސެކްރެޓަރީއަކު މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވައިދުތަކުގެ ބޭރުން ބައެއް ކަންކަން ކުރަން އެންގުމުން، ބައެއް ފަހަރު އެކަންކަމާ ދެކޮޅަށް ބަސް ބުނެފައި ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ބައެއް ކަންކަމުގައި އެ ހުއްދަ ނެތި ބައެއް ސިޔާސީ ބޭފުޅުން ކަންކަން ކުރައްވަން އުޅުއްވުމުން އެއާ ދެކޮޅަށް ބައެއް މިނިސްޓްރީތަކުގެ ސިވިލް ސާވިސް މުވައްޒަފުން ތެދުވެފައި ވެސް އެބަ ހުއްޓެވެ. އެކަމަކު ސިވިލް ސާވިސް މުވައްޒަފުންނަށް ގޮންޖައްސަވައި، ބައެއް ހާލަތްތަކުގައި އެފަދަ ލިޔުންތަކުގައި ސިޔާސީ ބޭފުޅުން ސޮއިކުރައްވާ ކަމަށްވެ އެވެ.

"މާލިއްޔަތު ގާނޫނުގައި، ދައުލަތުގެ ފައިސާ ބޭނުންކޮށް، އެކިއެކި މަޝްރޫއުތަކަށް ފައިސާ ދޫކުރެވެން މި ހުންނަނީ ވަކި ހަމަތަކެއްގެ ތެރެއިން. އެކަމަކު އެއާ ހިލާފަށް ކަމެއް ކުރަން މިނިސްޓަރަކު އަންގަވައިފި ނަމަ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ހުރޭ ބައެއް އެއްޗެހީގައި ސޮއިނުކޮށް ހިފަހައްޓާފައި. އެފަދަ ހާލަތްތަކުގައި މިނިސްޓަރުގެ އިންޒާރު ވެސް އައިސްފައި އެބަހުރި. އެކަހަލަ ކަންކަން އެ އޮފީހެއްގެ ޕީއެސްގެ ބޮލުގައި އެބަ އެޅޭ،" ކުރީގެ ޕީއެސް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފަކު ވެލާނާގޭ އިމާރާތުން ނުކުންނަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ކޮންމެ މިނިސްޓްރީއެއްގައި ހުންނަ ޕާމަނަންޓް ސެކްރެޓަރީ އަކީ އެ މިނިސްޓްރީއެއްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ އިސް ވެރިޔާ އެވެ. އެކަމަކު އޭނާ ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ގާނޫނީ ގޮތުން ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އެއިރެއްގައި އޮންނަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް ކުރުމަކީ ގާނޫނުގައިވާ ގޮތުން ނަމަ، ޕީއެސްގެ އެންމެ އިސް އެއް ޒިންމާ އެވެ. އެ ސިޔާސަތުތަކާ ޕީއެސްއަކަށް ދެކޮޅެއް ނުހެދޭނެ އެވެ. މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި މިނިސްޓަރަށް ލަފާދިނުމާއި ރައްޔިތުންގެ މަޖިލިހަށް މިނިސްޓަރު ޖަވާބުދާރީވާން ޖެހޭ ހާލަތުގައި އެކަމަށް އެހީތެރިވުމަކީ ވެސް ޕީއެސްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން އެ މިނިސްޓްރީއެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ ވެސް ޕީއެސް އެވެ.

ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ސިވިލް ސާވިސް ގާނޫނާއި އުސޫލުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ.

"ސިޔާސީ ގޮތުން ކުރާ އަމުރުތަކެއް ކަމަށް ބަލާފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެ ބޭފުޅުންނަށް [ޕާމަނަންޓް ސެކެޓްރީން] ވަރަށް އުނދަގޫވޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން،" މެމްބަރު ލަތީފް

ގާނޫނު އަދި ޕީއެސްއިން އަމަލުކުރަން ޖެހޭ ގަވައިދު އެއްކޮޅުން އަނެއްކޮޅަށް ކިޔާލާއިރު ވެސް ފެންނަ އެއް ކަމަކީ، އެމީހުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، އަދި މިނިސްޓަރުންނާ އެންމެ ގާތުން މަސައްކަތް ކުރަން ޖެހޭ އެއް ބައެއް ކަމެވެ. ނަމަވެސް ބައެއް ޕީއެސްއިންނާ މެދު ސަރުކާރުން ހިތްހަމަނުޖެހިގެން އުޅޭ ނަމަ އެއީ ސީރިއަސް މައްސަލައެކެވެ. އެފަދަ ހިތްހަމަނުޖެހުން އުޅޭ ނަމަ، އެފަދަ ޕީއެސްއިން ވަކިކުރެވެނޭ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެއްޖެ ނަމަ އެކަން ކުރެވޭނެ އެވެ.

ކަން މިހެން އޮތް އިރު، ކޮންމެހެން މިނިސްޓަރުގެ ރުހުން ލިބިގެން ނޫން ގޮތަކަށް ޕީއެސްއިން އައްޔަން ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ހުރިހާ ކަމެއްގެ ހައްލު ހެއްޔެވެ؟ މީގެ ނަތީޖާއަކީ ކޮބައި ބާވަ އެވެ؟

ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: އެ މިނިސްޓްރީގައި ޕީއެސްއަކު ނެތި ދުވަސްތަކެއް ވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު ހަމަނުޖެއްސިގެން އުޅެނީ މިނިސްޓަރު ރުހުން އޮތް ބޭފުޅަކު ނެތިގެން ކަމަށްވޭ.---މިހާރު ފޮޓޯ

"މިހާރު ވެސް ފިނޭންސް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ނުލެވިގެން އެ އުޅެނީ މިނިސްޓަރުގެ ރުހުން ނުލިބިގެން. މިނިސްޓަރު ބޭނުންވާ ބޭފުޅަކު ނުލިބިގެން. މިހެން މިނިސްޓަރު ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީއަކު ނުލިބި، ގިނަ ދުވަސް ވުމަކީ އެ މިނިސްޓްރީއެއްގެ މަސައްކަތް ފުނިޖެހި، ކަންކަން ބޮއްސުންލާނެ ކަމެއް. ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭ އެތައް ކަމެއް ޕެންޑިންގައި ހުންނާނެ،" ޕީއެސް އިން އައްޔަން ކުރުމުގައި މިހާރު ވެސް މިނިސްޓަރުންގެ ލަފާ ސީއެސްސީން ހޯދާކަން ބަޔާންކޮށްދިނުމުގެ ގޮތުން ސިވިލް ސާވިސްގެ އިސް މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ބައެއް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން

އޭނާ އެ ވިދާޅުވާ ގޮތުން ނަމަ މިނިސްޓަރުގެ ރުހުމާ އެކު ނޫން ގޮތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ނުކުރުމަކީ މިހާރު ވެސް ސީއެސްސީން ކުރާ ކަމެކެވެ. ގާނޫނުގައި ނުލިޔެ އޮތަސް، ޓެކްނިކަލީ ކޮންމެވެސް ސިފައެއްގައި އެގޮތަށް އަމަލުކުރެ އެވެ.

"މިހާރު ތަފާތަކީ ގާނޫނުގައި އެހެން ލިޔެލުން. އޭރުން އެ އަށް އަމަލުކުރުން މަޖުބޫރުވީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރުގެ ރުހުން ނެތި ޕީއެސް އައްޔަން ނުކުރެވޭ ގޮތަށް ގާނޫނުގައި ލިޔުމަކީ އޭގެ ދެކޮޅު ވެސް އޮތް ކަމެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ ބައެއް އިސް ވެރިން ވިދާޅުވެ އެވެ.

ގާނޫނަށް އެ ބަދަލު ގެނެސްފި ނަމަ، ކުރިމަތިވާނެ އެއް ކަމަކީ އެބޭފުޅުން ވިދާޅުވާ ގޮތުގައި، ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު، ޕާމަނަންޓް ސެކްރެޓަރީންނަށް ވުމުގެ މަގުފަހިވުމެވެ. އޭރުން މުޅި މިނިސްޓްރީ ބޮއްސުންލައި، ގާނޫނާއި ގަވައިދުތަކުގެ ބޭރުން، ސިޔާސީ މީހުން ބޭނުން ގޮތަކަށް ކަންކަން ހިނގައިދާނެ އެވެ. މިހާރު ވެސް މިފަދަ ކަންކަން ކުރިމަތިވާއިރު، އެކަންކަމާ ދެކޮޅަށް ކިތަންމެ ހަނި ފުރުސަތަކުން ޖާގަ ހޯދައިގެން ބަސް ބުނެލައި، ސިވިލް ސާވިސްގެ މުވައްޒަފުންގެ ދިފާއުގައި ނުކުންނާނެ ޕީއެސްއަކު ވެސް އޭރަކުން ނުހުންނާނެ އެވެ.

"ސިޔާސީ ބޭފުޅުންނަކީ މާދަމާ ވެސް މިނިސްޓްރީން ވަކިވެގެންދާނެ ބައެއް. ސަރުކާރު ބަދަލުވާއިރަށް ނޫނީ އެހެން ހާލަތެއްގައި ވެސް ސިޔާސީ ބޭފުޅުން ވަކިވެގެން ހިނގައިދާނެ. އެކަމަކު ސިވިލް ސާވިސް މުވައްޒަފުން ތިބޭނެ. އެއްކަލަ ނުގަވައިދުން އެއްޗެއްގައި ސޮއިކުރަން ހުއްދަ ދިން ޕީއެސް ނުވަތަ ސިވިލް ސާވިސް މުވައްޒަފު އެ އޮފީހުގައި ހުންނާނެ. ފަހުން ފިޔަވަޅު އަޅާނީ އޭނާގެ މައްޗަށް. މި ބިރުގައި ބައެއް ސިވިލް ސާވިސް މުވައްޒަފުން އުޅެނީ،" ސިވިލް ސާވިސްގެ އެހެން މުވައްޒަފަކު ބުންޏެވެ.

ނަމަވެސް އެއާ ހިލާފު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެ މިނިސްޓްރީއެއްގެ މިނިސްޓަރާ ނުގުޅޭ ޕީއެސްއަކު ހުރެއްޖެ ނަމަ، ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ މިނިސްޓަރަށް ދަތިކުރުމަށް ކަންތައް ނުކުރާނެ ހެއްޔެވެ؟ ސަރުކާރުގެ ބައެއް ސިޔާސަތުތައް ތަންފީޒު ކުރަން ހުރަސް ނާޅާނެ ހެއްޔެވެ؟

"މިހާރު ވެސް ފިނޭންސް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ނުލެވިގެން އެ އުޅެނީ މިނިސްޓަރުގެ ރުހުން ނުލިބިގެން. މިނިސްޓަރު ބޭނުންވާ ބޭފުޅަކު ނުލިބިގެން. މިހެން މިނިސްޓަރު ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީއަކު ނުލިބި، ގިނަ ދުވަސްވުމަކީ އެ މިނިސްޓްރީއެއްގެ މަސައްކަތް ފުނިޖެހި، ކަންކަން ބޮއްސުންލާނެ ކަމެއް.

މިހާރު ވެސް ޕީއެސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ މިނިސްޓަރުގެ ރުހުން އޮތް ޕީއެސްއަކު އެ މިނިސްޓްރީއެއްގައި ހުރުމަކީ، މިނިސްޓަރަށް ވެސް އަދި މުވައްޒަފުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"ސަބަބަކީ އަބަދުވެސް އެނގޭނެ އެ ޕީއެސްއަކު އަމަލުކުރާނީ މިނިސްޓަރު ބޭނުންވާ ގޮތަށް ކަން. ހިތްހަމަނުޖެހުމެއް ނޯންނާނެ. މާ ބޮޑު ޝަކުވާއެއް ވެސް ނޯންނާނެ. މިނިސްޓަރަށް އިތުބާރު އޮންނާނެ ޕީއެސްއާ މެދު. އަނެއްކާ އެ މިނިސްޓްރީއެއްގެ ހިންގުން ވެސް އަވަސް ވެފައި ފަސޭހަވާނެ. އެހެންވީމާ މީގައި އެންމެ ރަނގަޅު ގޮތަކީ މިނިސްޓަރުގެ ރުހުމާ އެކު ޕީއެސްއަކު އައްޔަންކުރުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރުގެ ރުހުން އޮތް ޕީއެސްއަކު ހުރުމުގެ އެއް ބިރަކީ، ގާނޫނަށް މި ގެންނަން އުޅޭ އިސްލާހުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާފާނެތީ އެވެ. ސިޔާސީ ގޮތުން ވަކި ފިކުރަކަށް ހުސްވެ، "ހައްދުން ނައްޓާފައި" ތިބޭ މީހުން ޕީއެސްގެ މަގާމަށް އަތުވެދާނެތީ އެވެ. އަދި މިނިސްޓަރު ބޭނުންވާއިރަށް ވަކިކުރެވޭ މަގާމަކަށް ޕީއެސްގެ މަގާމުވެ، ސީއެސްސީގެ ބާރު ކެނޑިދާނެތީ އެވެ. މިނިސްޓަރުގެ ރުހުން ނުލިބޭ ބަޔަކު ޕީއެސްގެ މަގާމަށް ކުރިމަތިލުމުން، އެ މަގާމަށް މީހަކު އައްޔަން ނުކޮށް، އެތައް ދުވަހެއް ފާއިތުވެ، މައްސަލަތައް ފުނިޖެހޭނެތީ އެވެ. ދިވެހި ސިވިލް ސާވިސް އަކީ މިނިވަން ބައެއް ކަމަށް ގާނޫނުގައި އޮތް އޮތުމަށް ނިމުން އަތުވެދާނެތީ އެވެ.

46 ކޮމެންޓް, 95 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 8%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޭމްބޭބެ

13 June 2016

ކަލޯގަޔާ ސުުރުޚީ އެކަނި ކިޔާލާފަ މަ ހީކުރީ މިނިސްޓަރު ބޭނުންވާ ޕްލޭ ސްޓޭޝަން އޭ ކަމަށް

The name is already taken The name is available. Register?

ޒިޔާ

13 June 2016

މޮޑެވުނު ގޮތަކަށް މޮޑޭނެ... ބާރު އޮތީމަ ބޭނުން ގޮތެއް..

The name is already taken The name is available. Register?

އެމްސް

13 June 2016

ސަރުކާރުގަ ރަޢިއްޔަތުންގެ ބާރު ނެތުނީ!

The name is already taken The name is available. Register?

ގުބޯ

12 June 2016

ރައްޔިތުންގެ މަޖްލިސް ގެ ހުރިހާ މެމްބަރުން ގެ ރުހުން ދީފައި އިންނަ ސްޓޭމްޕެއް ތައްޔާރު ކޮށްފައި ރައީސް އޮފީހުގައި ބޭންދުމުން ވެސް ވ. ޚަރަދު ކުޑަ ކުރެވޭނެ. މިހާރު މިހާވާ ހަޑި ނަހާވައި ތަޅުމުގައި ބޭކާރު ވާހަދައްކައި މަޖްލިސް ބާއްވައި ރައްޔިތުންގެ ލާރިން އިސްރާފު ނުކޮށް ހަަމަ އެކަނި މިސްޓޭމްޕު ބޭނުން ކޮށް މިއޮތީ ރައްޔިތުންގެ މަޖިލީހުން ނިންމި ގޮތޭ ކިޔާފަ އެޖެހީމަ ވީ. މިހާރު މަޖިލީހުންވެސް ކުރާ ކަމަކީ އެއީ. ތަފާތަކީ ތަަނެއް ދޮރެއް ދޮރާއްޓެއް ނޭގޭ މީހުން ހެސްކިޔާފަ ބޭކާރު ވާހަކަ ދައްކާފަ ދެ ބަނޑަށް ކައިގެން ހަބޮލަށް މުސާރަ ނަގައިގެން ރައްޔިތުން ނިކަމެތި ކޮށްފަ ރައީސް އޮޕީހުން އަންގާ ގޮތަކަށް ބިލްތައް ފާސް ކުރާކަން. ހިތުން މި ކުޅެނީ ޑުރާމާ.

The name is already taken The name is available. Register?

ރަޝީދާ/ގައްދޫ

12 June 2016

ތިކަމަކީ 2018 ގެ ރިޔަސީ އިންތިޚާބާއި ދިމާކޮށް ސިވިލްސާވިސް މުވައްޒަފުން އަޅުވެތިކޮށް ބައިތިއްބައިގެން ޔާމީނަށް ވޯޓްހޯދަން ދުރާލާ ރާވައިގެން ކުރާ ކަމެކެވެ. ވަޒީފާގެ ބިރު އޮތުމުން ބައެއް މުވައްޒަފުން ޕީ އެސް ބުނާ ގޮތައް ކަންކަން ކުރަން މަޖުބޫރުވާނެއެވެ. އެހެން ނޫނީ އަތަށްދޭނީ ގޭގައި މަޑުކުރާން ޖެހޭކަން އަންގައިދޭ ލިޔުމެވެ.

The name is already taken The name is available. Register?

ފަލަކު

12 June 2016

ރަޝީދާ ތިބުނިގޮތަކަށް ކަން އޮތްހެނެއް ހިއެއްނުވޭ. ޕީއެސް ކިތަންމެ ބިރެއް ދެއްކިޔަސް ސިއްރުން އަޅާ ވޯޓަކަށް ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެ. ޕީއެސް ބުނާނީތާ ވޯޓުއަޅަންވީ ރައީސް ޔާމީނަށޭ ނޫނީ ރައީސް ނަޝީދަށޭ. ނޫނީ ހަމައެކަނި އޮތް ނަން ކަމުގައިވާ ރައީސް ޔާމީނަށޭ. އެޅިއްޔާތާ އެޅޭނީ. ކަރުދާސް ކޮޅުގައި ހަމައެކަނި އެއްނަން އޮތްނަމަވެސް ނުބައި ފާހަގަ ނުވަތަ ރަނގަޅު ފާހަގަ ޖަހާމީހުން ޖަހާނީ އެމީހަކު ބޭނުން ގޮތަކަށް.

The name is already taken The name is available. Register?

ރާނީ

13 June 2016

ފަލަކު ތިބުނާ ގޮތަކަށް އަސްލު ނުވޭ. ޕީއެސް ދޭ ކޯޑެއް ވޯޓު ކަރުދާހުގައި ޖަހަން. އެ ކޯޑު ނުޖަހައިފިއްޔާ އަތަށް ލިބޭނީ ވަޒީފާ އިން ވަކިކުރިކަމުގެ ލިޔުން

The name is already taken The name is available. Register?

ހޫއިޒް

12 June 2016

މިނިސްޓަރު ކަނޑައަޅާ ޕީއެސް އަކު މިނިސްޓްރީ ތަަކަށް އައްޔަން ކުރުމުން ނަތީޖާ ނިކުންނާނެ ގޮތަކީ އެއީ ޕީއެސް މެން ބިރު ގަންނާނެ މާދަމާ ވެސް ވަޒީފާ ގެ ގެރެންޓީ އެއް ނޯންނާނެ ކަން އެމީހުން ފަރުވާތެރި ކަމާއި އެކު މަސައްކަތް ނުކުރާނަމަ. އެހެން ވެއްޖެނަމަ މަސައްކަތް ކުރާނެ ޕީއެސް މެން ރެއާއި ދުވާލު މެޝިންސްތަކެއް މަސައްކަތް ކުރާ ގޮތަށް. މެޝިންސް ތަކެއް މަސައްކަތް ކުރާ ގޮތަށް މަސައްކަތް ނުކުރެވޭ ޕީއެސް މެން ގޮވައިގެން މިސަރުކާރަކަށް ލިޓިލް ސިންގަޕޫރުގެ ސައިލެންޓް ޑްރީމް ކާމިޔާބު ނުވާނެއެވެ. ޕީއެސް މެންނަށް - ފައިސާ ދެވިއްޖެ. އިޚްތިޔާރު ދެވިއްޖެ. އިތުބާރު ދެވިއްޖެ. ނެރެވުނު ނަތީޖާ އެއް ނެތް. ކަރަޕްޝަން ނޫން އެހެން ކަމެއް ސިވިލް ސާރވެންޓުންގެ ފަރާތުން ފެންނާކަށް ނެތެވެ. އެއީ ކާކުތޯ ކަރަޕްޓްވީ. އިޓްސް އަ ސިވިލް ސާރވެންޓް. މީ އަބަދުވެސް އިވޭ އަޑަކީ. ކަން ކަން އިސްލާހެއް ނުވިއެވެ. އިޓް ޑަޒުން ސީމް ޓު މެޓަރ އެން އިޓް ޑަަޒުން ސީމް ރައިޓް. ޗޭންޖް ދެމް. ހޫ އާރ ދޭ.

The name is already taken The name is available. Register?

އައުޓް

12 June 2016

ސިވިލް ސާރވިސް އެއް އުފެދުނީ ވެސް އެއީ ރާއްޖޭގައި ވަޒީފާ އާއި ބެހޭ ގާނޫނެއް އުފައްދަން އުޅުމުގެ ތެރޭގައި އައި ޚިޔާލެއްގެ ތެރޭން އެވެ. މިރާއްޖޭގައި ސިވިލް ސާރވިސް އެއް އުފެއްދީ އެއީ އެއިރުގެ މަޖްލީހުން މާ ބޮޑު ދިރާސާ އެއް ނުކޮށް އެވެ. އެއިރު ސިވިލް ސާރވިސް އުފެއްދި އިރު އެއަށް ކުރިމަތިވާނެ ފައިނޭންޝަލް ބާރޑްން އެއްގޮތަކަށް ވެސް އެއިރު މަޖްލީހުން ވިސްނާފައި ނެތެވެ. އެއިރު ވެސް ސަރުކާރާއި އިދިކޮޅު މީހުން ބޭރު މީހުންނާއި ގުޅިގެން ބެލީ ވެރިކަމަށް އާދެވޭނީ ސިވިލް ސާރވިސް އެއް އުފެދިގެން ކަމަށެވެ. އެހެންވެ އެވެރިންގެ އިސް ނެގުމަށް ކުރިކަމެއް މިކަމަކީ. މިރާއްޖޭގައި ސިވިލް ސާރވިސް މިނިވަންވީ ނަމުންނެވެ. ކަން ކުރަން ތިބީ ޑިކްޓޭޓަރ ސްޓައިލްގެ ގިނަ މީހުންނެވެ. ކަރަޕްޝަން ދެކެ ވަރަށް ލޯބި ވެއެވެ. ސިވިލް ސާރވިސް އިން މިނިސްޓްރީ ތަކަށް ކަނޑައަޅާފައިވާ ޕީއެސް މެން ފާޅުކަން ބޮޑު ގޮތެއްގައި އަޅުގަނޑުމެންނާއި ދިމާލަށް ވެސް އެބަހުއްޓޭ ބުނެފައި ތިމަންނާ މެންގެ ވަޒީފާ އަކާއި ރާއްޖޭގެ ރައީސް އަކަށް ވެސް ނުކުޅެވޭނެއޭ. ތިމަންނާ މެން ބޭނުން ގޮތަށޭ މިނިސްޓްރީ ހިންގާނީ. މިދަރަޖަ އަށް ސިވިލް ސާރވިސްގެ ޕީއެސްމެންގެ ކަންކަން ހުންނަނީ ގޮސްފައެވެ. އަމީނީމަގު އެސްޓީއޯ ގަރާޖް ކުރިމަތީގައި ހުރި މިނިސްޓްރީ އަކީ އެއީ ލަންކާގެ އެމްބަސީ އެއްތޯއެވެ. އަދި އެތަނަކީ އިދިކޮޅު އެންމެ ބޮޑު ޕާރޓީގެ ހަރުގެއެއް ތޯއެވެ. މިނިސްޓަރު ޖެހޭނީ ޕީއެސް ކަނޑައަޅަން. އެއީ ބޮޓަމް ލައިންއަކީ. މީގައި އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. ދިސް އިޒް އިޓް.

The name is already taken The name is available. Register?

ފަލަކު

12 June 2016

ސިވިލްސާވިސް އުވާލަންވީ. އޮންނަންވީ ގޮތަކީ މިނިސްޓަރު ސިޓީއަކުން ރައީސަށް ދެންނެވީމާ ވަޒީފާ ދެއްވާނީ. ރައީސް އޮފީސްތެރޭގައި ސެކްޝަނެއް ހަދާފައި އެތަނުން ކުރަންވީ. އެއިރުން ހުރިހާ މުވައްޒަފުންނަކީވެސް މިނިސްޓަރު ލައްވާ ބަޔަކަށްވީ. ބޮޑަށް ބަލަންވީ ޙަވާލުކުރާ މަސައްކަތް ކުރެވޭ ބަޔަކު ވަޒީފާއަށްލުން. މިހާރު ސިވިލްސާވިސް އޮތްގޮތުން ބޮޑު ކަރުދާސްގަނޑެއް ނެތިއްޔާ ވަޒީފާއެއް ނުލިބޭ. މިޔަށް ބަލައިގެން ވަޒީފާ ދިނީމާ ބައިސާ ކެނޑުމާ ކުލަކުލައިން ރިޕޯޓް ހެދުން ކުރަންޖެހޭ މަސައްކަތަކަށް އޮންނަނީ.

The name is already taken The name is available. Register?

އަލީ

12 June 2016

މިހާރުވާންވީ ގޮތަކީ މިތާމިއޮތްވެރިކަމަކީ ރަސްކަމަކައް ބަދަލުކޮއްލަންވީ އޭރުން ހުރިހާކަމެއް ހަމަޖެހުނީ ނަމެއްގަ ރިޔާސީނިޒާމެކޭކިޔުމުގެ ބޭނުމަކީކޮބާ. ބޭރުމީހުންނައް ދަޅަދައްކަން؟

The name is already taken The name is available. Register?

ހުއްޓުވާތި

12 June 2016

އިދިކޮޅު އެމްޑީޕީ ކުދިންގެ ވެރިކަން ވެއްޓުނީ ވެސް އެއީ ސިވިލް ސާރވެންޓުން ކަންކަން ކުރި ގޮތުންނެވެ. ވަކިން ޚާއްސަ ކޮށް ޕީއެސް މެން ކަންކުރި ގޮތުންނެވެ. އެހެން ކަމަށްވާނަމަ އެމްޑީޕީ ކުދިން ވެސް ބަލަންވީ ސިވިލް ސާރވިސް އިސްލާހުކުރެވެން އޮތް ދަނޑިވަޅު ގައި އެކަން ކުރެވޭތޯ ސަރުކާރާއި ގުޅިގެން. އެއިރުން މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ބަދަލުވާނީ. ސިވިލް ސާރވެންޓުންގެ ޕީއެސް މެންނަކީ އެއީ ދެކޮޅުން ކާ ލޯޔަރުން ގޮތަށް ސަރުކާރުގެ ސިޔާސީ ކޮޅުން ވެސް ކައިގެން އަދި ސަރުކާރުގެ ސިވިލް ސާރވިސް ކޮޅުން ވެސް ކައިގެން ހުރިހާ މޮޅެއް ހޯދަން އުޅޭ ބަޔެކެވެ. އެބައި މީހުން އެގަންނަ ކަރަޕްޝަން ގޭމްސް ތައް އެބަޖެހޭ ހުއްޓުމަކަށް ގެންނަން.

The name is already taken The name is available. Register?

އުމަރު

12 June 2016

ދެންވާނެގޮތަކީ ޕީއެސް އާއި މިނިސްޓަރާއި ގުޅިގެން ކޮރަޕްޝަން ހިންގުން، އެއިރުން ޖަލައްދާނީ މިނިސްޓަރާއި ޕީއެސް، އަދި ދެން އެއިރުން ހުންނާނީ ސިޔާސީ މީހެއް، ލޯޔަރާއި، ޕީއެސްއާއި، މިނިސްޓަރު ސިޔާސީ މީހަކަށްވީމާ ދެން ވައްކަންކުރުމަށް އިތުރު ދޮރު ހުޅުވިގެންދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454