ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލާ ނިޒާމު އިސްލާހު ކުރަން އިދާރާތަކަށް އަންގަވާފައި -- ފޮޓޯ: ރައީސް އޮފީސް
20 ޖެނުއަރީ 2024 - 21:18
ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގެ ނިޒާމު އިސްލާހު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
އެ ކުއްޖާ ނިޔާވީ މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހޯދައި އެފަދަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަކަށް ކަން ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
"މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފައިވަނީ ރައީސް އަންގަވައިގެން ކަމަށެވެ.
މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު މި ސަރުކާރު އައި ފަހުން ބޭނުން ނުކުރާ މައްސަލައާ ގުޅިގެންނެވެ. ނަމަވެސް، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ ބަލި އެ ކުއްޖާ މާލެ ގެނައުން ލަސްވީ، މޯލްޑިވިއަން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ލ. ކައްދޫއަށް ދަތުރުކުރި ފްލައިޓެއް ޑައިވާޓް ކުރާ ގޮތް ހަދާފައިވަނިކޮށް އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ދަތުރު ނުކުރެވުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 January 2024
ޑޮމެސްޓިކްދަތުރުތަކަށް ބޭނުންކުރާ ޑޭޝް/ޑޯނިއަރ ބޯޓްތައް ހަނިމާދުއާއި އައްޑޫގައި ޕާކްކޮށް ހަނިމާދުއާއި އައްޑޫން ކ.މާލެއަށް ދަތުރުފައްޓާ އަދި ހަނިމާދުއާއި އައްޑުއަށް ދަތުރުނިންމާ، މި އެއަރޕޯޓްތަކުގައި ބޯޓްތައް ޕާކު ނުކުރަނީ ކ.މާލެ ފެންނަހިސާބުގައިނޫނީ ބޯޓް ޕާކްފައިބޭއްވުން IATA އާއި ICAO ނުވަތަ މާލޭ ސިވިލް އެވިއޭޝަނުން މަނާކޮށްފައި ވާތީތޯ!؟ މިހާރުއޮތްގޮތުން އިމާރޖަންސީގައި ބަލިމީހާ އުފުލާންޖެހުނަސް ބޯޓް މާލެއިންފުރައިގެންއައުމުން ވަގުތު ބޭކާރުވޭ.
ޙިނި
21 January 2024
ކިހިނެއްތަ ތި ޕީއެޗްޑީ ކެބިނެޓުން ތިވިސްނަނީ، މެޑީކަލް އިވެކުއޭޝަން ހުއްޓުވިއިރު އިތުރު ގޮތެއް ހަމަޖައްސާފަކައިނެތް، ބެކްއަޕް ޕުލޭނެއް ނެތް، ޕްލޭން ބީ އަދި ޕުލޭން ސީ އެއް ހަމަޖައްސާފަކައިނެތް. ސަރުކާރުން ޒިންމާނަގާ އަދި އިހުމާލުވީ ފަރާތްތައް ވަޒީފާއިން ވަކިކުރޭ އަދި އިހުމާލުވީމީހުނާ ދޭތެރޭ ޖިނާއީ ދައުވާކުރޭ. އެކުއްޖާގެ އާއިލާޔައް އިންސާފުލިބެންޖެހޭ.
އަސްލު ވާގޮތް
21 January 2024
ތިބުނާ އިންޑިޔާއިން އެމެޖެންސީގަ ގެންގޮސްދޭވަރު އިނގޭނެ ރައްޔިތުންނައް މަދުންނޫނީ ނުދާނެ އަދި އޮންނަ އުސޫލަކީ ވެސް އެމްއެންޑޯއެފްއިން އަންގަން ޖެހެނީވެސް އިންޑިއަން ހައި ކޮމިޝަނައް އަންގައިގެން ހުއްދަ ލިބިގެން ނޫނީ ނުދާނެ އަދި އެމީހުން ބޭނުންވާ ސަވައިލެންސް އެމީހުން އަމިއްލަޔައް ކުރާނެ އެއީ ހަގީގަތަކީ
މުޖާހިން
21 January 2024
މީގެ ކުރިން މީހުން މަރުވެގެން ދިޔާމަ ސިޔާސީކޮށްފަ ނިންމާލަނީ. އެކަމަކު ރައީސް މުއިޒް މި ދައްކަވަނީ ރީތި މިސާލެއް، ނިޒާމް ހަރުދަނާކޮށް، ބަލި މީހުން އުފުއްލަން ހާއްސަ ފުލައިޓްތައް މި ގެންނަނީ.
ނަމާޒު
21 January 2024
ރީތި މިސާލަކަށްވީސް އިންޑިޔާއާ ޖެހިފައިއޮތް މައްސަލަ އެއްފަރާތްކޮށް އިންސާނިއްޔަތު އިސްކޮށް ތައްޔާރަށް އޮތް ބޯޓު ބޭނުން ކުރިނަމަ. މިސާލުން ފެންނަނީ އިންސާނިއްޔަތުކަމަށް ވުރެ އެހެންކަންތައް މުހިންމުކަން. އެއްބައިމީހުންނަށް ރީތިވެދާނެ
އޮނަރަބްލް އަފީފު ދީދީ
21 January 2024
ވެރިކަމުގައި 30 އަހަރުހުރި ތިރަށުމީހަކުވެސް ރީތި މިސާމާއި، އޯގާތެރިކަމާއި "ޙިކުމަތު އަމަލީބޭނުންކޮށް" މަޤާމްގައި ދެމިހުންނެވި. # މުއިއްޒު ވެރިކަމާއި ޙަވާލުވެ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ކުޅުދުއްފުށި ހޮސްޕިޓަލާއި، ޑރ ސަމަދު ހޮސްޕިޓަލް އަދި Addu Equatorial Hospital ހިންގަމުން ގެންދިޔަ ބޯޑް އުވާލާފައި ތިރަށު ވަޒީރެއްގެ މޭޒުމައްޗަށް އެތަންތަނުގެ ބާރު ގެންދިއުމާއި ލ.އަތޮޅުގައި އިމާރާތް ކުރަމުންދިޔަ ކެންސަރު ހޮސްޕިޓަލް ތިރަށަށް ބަދަލުކުރުން.
ހަމަދީ
21 January 2024
އިންޑިޔާއިން ތިބުނާ އެއްޗެއް އުދުއްސަން އެމީހުން ނައް އަދި އިންޑިޔާ އެމްބަސީން ހުއްދަ ލިބިގެން ނޫނީ ނުގެން ދެވޭނެ އެއީވާ ގޮތަކީ އެހެން ނޫންނަމަ ހުރިހާ އެމެޖެންސީއެއްގާ އެމީހުނެއްނު ގެންގޮސްދޭނީ 3 ސަރަހައްދުގަ 3 ނެތިބާއްވައިގެން އެމީހުން ކުރަނީ އެމީހުން ބޭނުންވާ ކަމެއް
މިސްޓރ ޓިނޭ
21 January 2024
ތި މުޅިކުންފުންޏަށް ވެސް ތިއޮންނަނީ ޓެކްނިކަލް މައްސަލަ ދިމާވެފަ
ކިހި
21 January 2024
ހަޖަމު ނުވާ ބަޔަކައް ފެންނާނީ ހުރިހާ އެއްޗެއް
ބެކްއަޕް
21 January 2024
މޮޅުކޮމެންޓްއެއް. ދިވެހިންގެންގުޅޭ މޮޅު ބަސްތަކުގެ ތެރެއިން އެއްބަސް އެއީ "ޓެކްނިކަލް މައްސަލަ". ވީގޮތެއްނޭގޭނެ. އަނެއްބަހަކީ ތަހްގީގުކުރާ ވާހަކަ. ނުއެއްނިމޭނެ. އަނެއްބަހަކީ "ބިޒީ". އިންނާނީ ކޮފީބުއިމުގަ އަޗާތަޅަން.
ލާއިން
21 January 2024
ކޮން ޑޯނިއާއެއް ކިޔާކަށް، މިކަމާވެސް އިންޑިޔާ އެބަ ގުޅުވައޭ.. އަދިވެސް އަހަރުމެން ޑިޕެންޑްވާންޖެހެނީ އެމީހުންނަށްތައް. މުއިޒް ގެ މިވިސްނުމަށް ވަރަށް ތާއީދު
މޮހޮނާ
21 January 2024
ތާއީދުކުރަންވީ. ޑޯނިޔަރ ބޭނުންކުރާކަށް ބޭނުމެއްނުވި.
ދާއިން
21 January 2024
މިކަން ސިޔާސީ ނުކޮށް މިކަމަށް އަވަސް ހައްލެއް ގެންނަންވީ. މުުއިޒް ނޫނީނެތް ހެލްތް ދާއިރާއަށް މިހާ ސަމާލުކަންދިން ވެރިއެއް
ހުމާމް
21 January 2024
މިވީހާ ދުވަހު ނޮކޮށް އޮތް ބޮޑު ނިންމެވުމެއް ތީ. މިއޮއްހާ ދުވަހު މަރުތައް ސިޔާސީ ކުރީ.. މިވަރުގެ ކަމެއްކޮށްލާކައް ނުކެރުން
މާހިރު
21 January 2024
މިހާރު ދިމާވާ މައިގަނޑު މައްސަލަ ތަކަކީ އާސަންދަ ހަމަޖެހެން ގިނަވަގުތު ހޭދަވުމާއި މޯލްޑިވިއަން ފްލައިޓް ތަކުގައި ސްޓެޗަރ ހަރުކުރަން ހޭދަވާ ވަގުތު އިތުރުވުމުގެ މައްސަލަކަމަށް ފާހަގަކުރެވެއެވެ. މިކަންކަން ހައްލުކުރެވިއްޖެނަމަ ބަލިމީހުން އުފުލުމަށް އެކަށީގެންވާ ޙައްލެއް އަންނާނެކަމަށް ފެނެއެވެ. ނަމަވެސް އެއަރ އެމްބިއުލާންސްގައި ކޮންމެ ބަލިމީހަކު މާލެ ގެންދިއުމަކީ ޚަރަދުގެގޮތުން ބަލާއިރު ރާއްޖެއަށް އެކަށީގެންވާކަމެއްކަމަކަށް ނުފެނެއެވެ.
ސައިޚް
21 January 2024
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމެންދެން ވަރަށް އޯގާތެރިކަމަށް ހެދޭނެ، ނަމަ ނަމަ މަޖިލިސް މެޖޯރިޓީ ނުދޭތި، ނުރައްކާ މީހެއްމީ އިނގޭ،
ކިހިނެއްދޭނީ
21 January 2024
ސަރުކާރު ރަނގަޅައް ހިންގަފާނެތީވެ އަސްލު ބިރުގަންނަ ބައެއް އެބައުޅޭ. އަބަދު ޖެއްސުން ކުރުމުގަ އެމީހުންގެ ހިތައް ފިނި ކަމެއް ލިބޭތޯ
އޮނަރަބްލް އަފީފު ދީދީ
21 January 2024
ހުޅުލެއަށް ލުއި ދީ މޯލްޑިވިއަންގެ އިސްރާފުކުޑަކުޑަކޮށް އޮޕަރޭޝަނަލްކޮސްޓް ދަށްކުރުމަށްޓަކާ މާލޭއެއަރޕޯޓުން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ޑެއިލީ ޝެޑިއުލްދަތުރު ބޭއްވުމުގެބަދަލުގައި މާލެ-ހަނިމާދޫ އަދި މާލެ-ގޭން އަށް A-321 ބޯޓް އޮޕަރޭޓްކުރަންފައްޓާ އުތުރުގެ ޑޮމެސްޓިކް ހުރިހާ ފެސެންޖަރުން ހަނިމާދޫގައި އަދި ދެކުނުގެ ޑޮމެސްޓިކް ޕެސެންޖަރުންތައް އައްޑޫގައި ޓްރާންސިޓްވެފައި އެމީހުންގެ މަލްޒިލްތަކަށް ދަތުރުކުރާގޮތަށް ޑޮމެސްޓިކް ކަނެކްޓިވިޓީ ފުޅާކުރޭ.
ކުނިބޯއްޓު
21 January 2024
ސާބަހޭ ރަންކޮޅާ! ސާބަސް! ކޮންމެ ހަބަރަކަށް ހަމަ އެ ހާސަރުފަތީ ދަމާފަ ބަހައްޓާތި. އޭރުން ކަލޭތީ މީހަކަށްވާނީ