ފެމިލީ ކޯޓަށް ބަޔަކު ކައިވެނި ކުރަން ވަންނަނީ.-- ފޮޓޯ: މިހާރު
23 ޖެނުއަރީ 2024 - 08:00
މާލެ ސަރަހައްދުގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި ވާއިރު ވަރީގެ އަދަދަކީ 1،281 ކަމަށް ހިސާބުތައްކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދި މިދިޔަ އަހަރު އެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ.
ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި 163 ކައިވެނި ކޮށްދީފައިވެ އެވެ. އަދި ގެވެށިއަނިޔާއިން ރައްކާތެރި ކުރުމާއި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ އަމުރުތައް ހިމެނޭ ގޮތުން 167 އަމުރު ނެރުނެވެ.
ކޯޓުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން އާއިލީ މައްސަލަތަކާ ބެހޭ ބަޔަށް 270 މައްސަލަ ހުށަހެޅިއިރު، 107 މައްސަލައަށް ވަނީ ސުލްހަވެރި ހައްލެއް ހޯދައިދީފައިވެ އެވެ. އަދި އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 95.5 މިލިއަން ރުފިޔާ ސާބިތުކުރެވުނު ކަމަށް އެ ކޯޓުން ބުންޏެވެ. މީގެ ތެރެއިން، އެކި ގަޒިއްޔާތަކާ ގުޅޭ ގޮތުން ކޯޓު މެދުވެރިކޮށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ވަނީ ހޯދައިދީފަ އެވެ.
ކޯޓަށް 2،312 މައްސަލަ ހުށަހެޅުނުއިރު 2،236 މައްސަލަ މިދިޔަ އަހަރު އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
ފެމިލީ ކޯޓުން ހާމަކޮށްފައިވަނީ އެ ކޯޓަށް ހުށަހަޅާ ވަރި ކައިވެންޏާއި އެހެނިހެން މައްސަލަތަކުގެ ތަފާސްހިސާބު އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތީ
24 January 2024
ވަރި ގިނަވާ ސަބަބު ބަލާ ދިރާސާކުރާނެ ބަޔަކުވެގެން ވަރި ގިނަވާ ސަބަބު އެނގޭނީ. އެކަން ކުރަން އެއްވެސް ބަޔަކު ޝައުގުވެރިކަން ހުރިހެން ހިއެއްނުވޭ.
ގާދިރު
23 January 2024
ކޯޓްތަކުގަ ތިބޭ ޤާޒީންްވެސް އެެބަޖެހޭ ކޮންމެސް ވަރަކަށް ފިރިހެނުން ދައްކާ ވާހަކަވެސް އަޑުއަހަން އަދި ސިޔާސީ މީހުންގެ ނުފޫޒުން ވެސް ދުރުވަން މީ މިކަން މިހާރު ހިނގަމުން ދާ ގޮތުގެ ހުލާސާއެއް
ބަދުނަސީބު
23 January 2024
މިއޮޅެނީ އިންނާނެ އަންހެނަކު ނުވެގެން ހުތުރު ކަމުން 27 ރިޖެކްޓް
ހޯހޯހޯ
23 January 2024
ފައިސާ ހުރިއްޔަ ހުތުރެއް ނޯނާނެ މިއުޅޭ އަންހެނުންނަކަށް.
ވަކުންޖު
23 January 2024
ބުނާނެ އެއްޗެއްނެތް. އުމުރުން 23 ނުވަނީސް މީހަކާ އިދެ ވަރިވެފައި ތިބޭ އަންހެނުން ގިނަވުމަކީ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެމީހުންގެ ތެރެއިން ގިނަމީހުން ބަދަލުވެގެންދަނީ ވަގު ބިޓުންނަށް.
ކޮބާ ހެކި
24 January 2024
ހިޔާލީ ވާހަކަ
ޙުދުހުދު
23 January 2024
ސީރިޔާ އިން ގެނަ އަންހެނުން ތަކުގެ ސަބަބުން ވެސް ވަރި އިތުރު ވާނެ. އެތާގައި ތިބީ މީހުންގެ ދިރިއުޅުން ހަލާކު ކޮށް އާއިލާ ތައް ރޫޅާލާ ބައެއް.
ކީއްވެބާ
23 January 2024
ރިސޯޓުތަކުގައި މަސައްކަތް ކުރަން ގޮސް އިންޑޮނޭޝިއާ އަންހެނުން ފެނުނީމަ އަންބިމިޙާ އާއި ދަރިން މަތިން ހަނދާން ނެތެނީ . މައިދައިތަ އަށް އޯކޭ ލާރި ދެނިކޮށް ހެސްކިޔާފަ ޒިނޭ ކުރިއަސް.
ހޯހޯހޯ
23 January 2024
ވަރަށް ތެދު ހަޤީޤަތެއް.
ޒީނާ
23 January 2024
އަހަރެން ފިރިމީހާ އަހަރެން ވަރި ކުރީ އޭނަ މަންމަ ބުނެގެން މަށާ އިނީމަ އޭނަ މަންމަ އަށް ދޭ ލާރިމަދޭ ކިޔާފަ.
ހޯހޯހޯ
23 January 2024
ދެންވެސް ތާކުން ބޮލުރޮއްޖެއް ތަބަކަށް ލައިގެން ރައްޓެހިވާން އެހީމައި ރައްޓެހިވެފައި ކައިވެނިކުރާތި.
ހޯހޯހޯ
23 January 2024
ފެމެލީ ކޯޓް ނުކިޔައި، 'މާލޭ މީހުންގެ ފެމެލީ ކޯޓް' ނުވަތަ 'މާލޭ ސަރަޙައްދުގެ ފެމެލީ ކޯޓް' ކީމައި މިހާރު ތިހާމަ ކުރާގޮތަށް ވަރި ކައިވެނީގެ ތަފާތު ހިސާބް ހާމަކުރީމައި ރަނގަޅުވާނެ. އެހެންނާވެސް މުޅި ރާއްޖޭގެ ވަރި ކައިވެނީގެ ތަފާތު ހިސާބެއް ތިކިޔާ 'ފެމެލީ ކޯޓް'އަކުން ހާމައެއް ނުކުރޭ. މުޅިންވެސް މާލޭ ސަރަޙައްދު. ހަމަ މުޤައްދަސްއީ ދެއް ތޯ؟
މިސްޓރ ޓިނޭ
23 January 2024
ހާދަ ޖޭ ވާވައްތަރު ޖަހަނީ،
ހޯހޯހޯ
23 January 2024
މިސްޓރ ޓިނޭ. ޖޭވެސް ވާނެ. ކޭވެސް ވާނެ. ފެމެލީ ކޯޓް ކިޔާތީ އަހުންނަށް ހީކުރެވުނީ މުޅި ރާއްޖޭގެ ވަރި ކައިވެނި އަދި އާއިލާއާއި ގުޅުންހުރި ހުރިހާ ކަމެއް ހިނގަނީ އަދި ބަލަނީ މާލޭގެ މުޤައްދަސް ފެމެލީ ކޯޓުންކަމަށް. އެހެންނެއް އެކަމެއްނުވި. ހިސާބު ކިތާބު ބެލެހެއްޓޭކަމަށްވަނީ ހަމައެކަނި މާލޭ ސަރަހައްދު.
ޝިމާނީ
23 January 2024
ރާއްޖޭގައި ވަރި ގިނަ ވަނީ މައިދައިންގެ(ފިރިމީހާގެ މަންމަ) ނުފޫޒު ގަދަވީމަ.ނުބެހޭކަށް ކަމެއްކަމެއް ނޯވޭ.
ދަލޭކަ ދައިތަ
23 January 2024
އުޅުމެއްނެތް ގޮތެއްފޮތެއްނެތް އަންހެނުން ހަމަ ގިނައީ، ގެވެހިއަންހެނުން މައިދައިތައަށް ކަމުދާނެ. ހިތާވެގެން އިނަސް އުޅުމެއް ނެތިއްޔާ އެކީގައި މާކަ ގިނަ ދުވަހަކު ނޫޅެވޭނެ.
ޗޗޗޗޗޗ
23 January 2024
ގިނަ ކައިވެނިތައް ހަމަ ރޫޅެނީ އެންމެން އެއްތާކު އެއް ބޮނޑިއަކަށް އުޅެން ހަދައިގެން. އަނބީމިހާއަށް ނުލިބޭ ވަގުތެއް ފިރިމީހާއާ ވަކިން ހޭދަ ކޮށްލަން. ޕްރައިވެސީ ނުލިބޭ. ރަށްރަށުގަވެސް މި މައްސަލަ ބޮޑު މިހާރު
ހާދަދެރައޭ
23 January 2024
52% ކުރި ހޯދައިގެން އެއްވަނަ ލިބިފައި ތިއޮތީ "ވަރި" ވެފައިވާ އަދަދަށް. މިކަންވެސް ދިރާސާ ކުރާނޭ ބަޔަކު ނެތީބާ؟ ޔަގީނުންވެސް އެނގޭ އެއްކަމަކީ ބަދުއަޚުލާގީ އަމަލުތައް ގިނަވުމަކީ ދިރިއުޅުމަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭކަމެއްކަން.