މާލޭގެ މޭޔަރު ކަމަށް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
22 ޖެނުއަރީ 2024 - 22:15
މާލެ ރައްޔިތުންގެ ލާބަ އާއި މަންފާލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވެ، އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެެއްވި އާދަމް އާޒިމް ދެއްވައިފި އެވެ.
އާ މޭޔަރާއި މެމްބަރުން ހުވާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ހިންގާ ކަންކަމުގައި މޭޔަރުގެ ހައިސިއްޔަތުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މޭޔަރު އިންތިހާބުގެ ކެމްޕެއިން މެނިފެސްޓޯގައިވާ ކަންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވާ. މެނިފެސްޓޯގައިވާ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު. އަޅުގަނޑު ޔަގީން ކުރަނީ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް،" އާ މޭޔަރު ވިދާޅުވި އެވެ.
ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ލާމަރުކަޒީ ނިޒާމެއް ތަރުތީބު ވެފައި ވަނީ މައި ސަރުކާރުގެ މަދަދާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިނގާ ނިޒާމެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުރެ އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑުގެ އިހުތިސޯސްގެ ތެރެއިން އެ ދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން އަރުވައިގެން. މިއީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމަ އާއި ލަމަ،" އާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އަލިއަޅުވާލައްވައި، އާޒިމް ވަނީ އުތުރު ތިލަފަޅުގައި އެމްޑީޕީ ސަރުކާރުން ފަށަން ތައްޔާރުވި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބް
23 January 2024
ކޮން ހުރަހެއް އެޅޭނީ. ދަތް ނެތް ކިނބުލަކަށް ކޮންކަމެއް ކުރެވޭނީ. ކައުންސިލްގެ ހުރިހާ ގޮނޑިއެއް އޮތީ ޕީޕީއެމުގައި. ދެން ކޮންކަމެއް ކުރެވޭނީ.
އާޘިމް
23 January 2024
ރަސްމާލެ ބޭނުމެއް ނުވާނެ މިމީހުން. މާލޭގެ ކުލި ކުޑަވާނެތީ. އަހަރެމެން ރާއްޖެތެރޭ މީހުން ބޭނުން ރަސްމާލެ ތަރައްގީ ކުރަން
ނިއުޓްރަލް
23 January 2024
އާޒިމް ގެންގުޅޭ 2 ބޮޓުން ލައްވައި ކޮމެންޓް ކުރުވައި ވަކި ކޮޅަކަށް ނުޖެހޭ މީހުންގެ ސަޕޯޓު އޮތް ކަމަށް ކޮންމެހެން ދައްކަން އުޅޭނެ ކަމެއް ނެތް. ވަކި ކޮޅަކަށް ނުޖެހޭ މީހުން ރިޕްރެސެންޓް ކުރާނެ މީހެއް ޕާޓީ ދިދަ ޖަހައިގެން އިންތިހާބަށް ނުނިކުންނާނެ. ލިބޭނީ 7000 ވަރަކަށް ވޯޓެއް ވެސް ނޫން.
މުޖުތާޒު
23 January 2024
މީނަ އަދި ޕީއެންސީއަށްގޮސް ހުއްޓާ އެއްމެނަށްފެންނާނެ ހިޔާތްކުޑަކަމުން އަދިވާހަކަ އެބަދައްކައެއްނޫން އަދި ކަލޯ މުއިއްޒުއަށް ސަނާކިޔާތަން އަހަރުމެން ބަލަން ތިބޭނަން
ލާބަ
23 January 2024
ފުރަތަ ދެއްކި ވާހަކައިންވެސް ތިޔައީ ޑިސްކްރިމިނޭޓް ޕާޓީގެ ވިސްނުމުގައި ޑިސްކްރިމިނޭޓް ކުރަން އުޅޭ މީހެއްކަން އެނގިއްޖެ. މާލޭ ރައްޔިތުންނާއި ދަފުތަރު ރައްޔިތުންނޭ ކިޔައިގެން ޑިސްކްރިމިނޭޓްކުރީ. ޑިސްކްރިމިނޭޓް ޕާޓީގެ މޭޔަރު އަނެއްކާވެސް މިފެށީ އާ ގޮތަކަށް ރައްޔިތުން ތަފާކުރާށެވެ.
އިސްފަސް
23 January 2024
ވަރަށް ރަނގަޅު ވާހަކައެއް މޭޔަރ އާޒިމް، ތަރައްގީގެ އިސްފަސް އޮޅުވާލުމަކީ ރައްޔިތުންނަށް ލިބެންޖެހޭ މަންފާތަކައް ހުރަސް އެޅި ލަސްވާނެކަމެއް. މޭޔަރެއްގެ ހައިސިއްޔަތުން ތަރައްގީގެ އިސްފަސް ހިފެހެއްޓުމައް މަސަކަތްކުރާނެކަމައް އުންމީދުކުރަން.
ބަޑިތަކުރު
23 January 2024
ސަރުކާރަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ނެރޭ ކެންޑިޑޭޓަކަށް ވޯޓްދޭން ގަސްތުކޮށްގެން ހުއްޓާވެސް އެފަޅިން ނެރުނު މީހާ އެއްގޮތަކަށްވެސް ކަމުނުދިޔައީމާ އަހަރެންވެސް ވޯޓްދިނީ ދެން އެންމެ ރަނގަޅުވާނެކަމަށް ބެލެވުނު ފަރާތަށެވެ. އެއީ އާޒިމެވެ. އާޒިމްގެ ވާހަކަތައް އަދި މިހުރީ އުންމީދުކުރި ގޮތަށެވެ. އުންމީދަކީ ޢަމަލުވެސް ހަމައެގޮތަށް ބެހެއްޓެވުމެވެ.
އޮޅުންސުވާލި
23 January 2024
މާދަންނުކުމެ ގޮވާނެ މާލޭމީހުން ކަނޑުއަޑީގެ ޓަނަލުން ދަތުރުކުރާކަށް ބޭނުމެއްނޫނޭ، ފެނުމަތީ ބުރިޖުއަޅާށޭ. މޮޅުކަމަކީ މޭޔަރުޕާޓީމީހުންނަށް އެއްކަމެއްވެސްނުވާތީ
ދަންނަ ނުދަންނަ
23 January 2024
އެ ޕާޓީއަކީ އެއްވެސް ކަމެއް ދަންނަ ބައެއްވެސް ނޫން، ނުދަންނަކަން ނުދަންނަ ބައެއްވެސް ނޫން. ދަންނަ ކަމަކަށް އޮންނަނީ ޑިސްކްރިމިނޭޓްކުރުން. މާލެއިން ގޯތި ދިން އިރުވެސް ކުރީ އެކަންތައް. މިހާރުވެސް ތަކުރާރުކުރަނީ އެކަންތައް.
ދޮން
23 January 2024
މާރުކޭޓާ ، ޕާކިން ބިލްޑިންގާ ، މާލޭ ހިޔާ އެޅުމާއި ، ގަރާޖް ވޯކް ސޮޕް އިންޑަސްޓރިއަލް ވިލެޖަށް ބަދަލު ކުރަން ހުރަސް އެޅީ ރީދޫ ސަރުކާރުން ކަމަށް ބުނެ ރައީސް އެގުރޫޕް ކުރިމަތީ ބައިތިއްބައިގެން ސައިޒް ކޮށްލައިފް ، ރަސްމާލެއަށް ބުރިޖް ނޭޅޭނޭ މާލޭމީހުން ނުދާނޭ މޭޔަރު ކިޔަނިކޮން ރޭރުވެއްޖެ ،
އާޒިމުއެވެ.
22 January 2024
އެއްވެސް ގައުމިއްޔަތު ކަމެއް ނެތީތޯއެވެ. މިރޭ ތި ޖެހީ މިދިޔަ އަހަރު މިނިވަން ދުވަހު ބެހި ދިދައެވެ. ނިޝާނެއް ނެތީތޯއެވެ؟
ފޭކްގައުމީ
23 January 2024
ކޯއްޗެކޭތަ ތިޔަ ކިޔަނީ! ދިވެހި ދިދައަކީ ގައުމިއްޔަތު އެއްޗެއް ނޫންތަ؟ ކޮންމެވެސް މޮޅު އެއްޗެކޭ ކިޔޭތޯ ބަލާތި!