ކްރިސްޓޮފާ ނޯލަން (ކ)ގެ ފިލްމު "އޮޕަންހައިމާ" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް.
25 ޖެނުއަރީ 2024 - 09:20
މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ ގިނަ ނޮމިނޭޝަންތައް ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ" އަށް ލިބިއްޖެ އެވެ.
އޮސްކާގެ މި އަހަރުގެ ނޮމިނޭޝަންތައް އިއުލާންކުރީ އިއްޔެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމު "އޮޕެންހައިމާ" އަށް ވަނީ 13 ނޮމިނޭޝަން ލިބިފަ އެވެ.
އެމާ ސްޓޯން ލީޑު ރޯލު ކުޅުނު ފެންޓަސީ ފިލްމު "ޕުއާ ތިންގްސް" އަށް 11 ނޮމިނޭޝަން ލިބުނު އިރު، މާޓިން ސްކޯސެސީގެ ފިލްމު "ކިލާސް އޮފް ދަ ފްލަވާ މޫން" އަށް ވަނީ 10 ނޮމިނޭޝަން ލިބިފަ އެވެ. އަދި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބާބީ" އަށް ލިބުނީ އަށް ނޮމިނޭޝަނެވެ.
މި އަހަރު އެންމެ މޮޅު ފިލްމުގެ ކެޓަގަރީއަށް 10 ފިލްމެއް ނޮމިނޭޓުވި އެވެ. އެ ފިލްމުތަކަކީ؛
- އެމެރިކަން ފިކްޝަން
- އެނަޓޮމީ އޮފް އަ ފޯލް
- ބާބީ
- ދަ ހޯލްޑްއޯވާސް
- ކިލާސް އޮފް ދަ ފްލަވާ މޫން
- މެއިސްޓްރޯ
- ޕާސްޓް ލައިވްސް
- އޮޕެންހައިމާ
- ޕުއާ ތިންގްސް
- ދަ ޒޯން އޮފް އިންޓްރެސްޓް
Most nominated films at the 2024 #Oscars
— DiscussingFilm (@DiscussingFilm) January 23, 2024
Oppenheimer - 13
Poor Things - 11
Killers of the Flower Moon - 10
Barbie - 8
Maestro - 7
The Holdovers - 5
American Fiction - 5
Zone of Interest - 5
Anatomy of a Fall - 5
Napoleon - 3
Past Lives - 2
The Creator - 2
See the full nominees… pic.twitter.com/0Xgb3jFpPx
މި އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ އަންނަ މާޗު މަހު 10 ގަ އެވެ. މިފަހަރުގެ ހަފުލާ ހޮސްޓުކުރަނީ ޖިމީ ކިމެލް އެވެ. މިއީ އޭނާ މި ހަފުލާ ހޮސްޓުކުރާ ހަތަރު ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy