ބޭސް ފިހާރައެއް ބޭރު.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
31 ޖެނުއަރީ 2024 - 12:31
ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުމުގައި ދަތިވެއްޖެ އެވެ.
ޑޮކްޓަރީ ބޭހުގެ ވިޔަފާރިކުރާ މީހަކު "މިހާރު" އަށް މިއަދު ބުނީ މީގެ ކުރިން ބޭސް ގެނައި މެނުފެކްޗަރާތަކެއް، އެހެން ފަރާތްތަކުން ގަނެ، ލޭބަލް ބަދަލުކޮށްފައިވާތީ ބޭސް ގެނައުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ.
އެކަމާ ހެދި އެންމެ އުނދަގޫވެގެން އުޅެނީ، ބޭރަށް ހިނގުމާއި ހޮޑުލުން ހުއްޓުވުމަށް ދޭ ނިއުޓްރޮލިން ބީ ނަމަކަށް ކިޔާ ބޭސް ހޯދުމަށެވެ. އޭގެ ސިރަޕާއި ގުޅަ ބޭސް ހޯދަން ވެސް ދަތިވެފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ބެޓްނޯވައިޓާއި ބޮންޖެލޯ އަދި ޑާމަވޭޓް ކްރީމް ލިބުން ދަތިވެފައިވާ ކަމަށް، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ބޭސް އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.
ބޭސް ފިހާރަ ހިންގާ އެހެން ވިޔަފާރިވެރިއަކު ބުނީ އެންޓިބަޔޮޓިކާއި އެންޓިބަޔޮޓިކް އިންޖެކްޝަން ލިބުން ދަތިވެފައިވާ ކަމަށެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާއިރު، ސީއޯޕީޕީ، ޖީއެމްޕީ، ސާމްޕަލްގެ ބޭރު ފުށް، ކުރިން ދީފައިވާ ހުއްދަ އަދި ސީއޯއޭ ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރަށް ކުންފުނީގެ ތަފުސީލާއި ޕްރޮފައިލް ހުށަހަޅަންޖެހެ އެވެ.
"މީގެ ކުރިން ބޭސް ގެނައި އިންޑިއާގެ ވަރަށް ގިނަ މެނުފެކްޗަރާތައް، އެހެން ފަރާތްތަކުން ގަތުމުގެ ސަބަބުން ޕެކިން ބަދަލުވެފައި ވަނީ. އެކަމަކު، ހަމަ އެއް ތަނެއްގައި މި ބޭސް އުފައްދަނީ. ބޭހުގެ ޕެކިން އެކަނި މި ބަދަލުވީ. ނަމަވެސް، އެމްއެފްޑީއޭއިން އެކަން ގަބޫލެއް ނުކުރޭ،" އޭނާ ބުންޏެވެ.
"މި ގޮތަށް ބޭސް ގެންނަ ނަމަ އެބަޖެހޭ ކުންފުނީގެ މައުލޫމާތުތައް ހުށަހަޅަން. އެ މައުލޫމާތުތަކެއް އެ ކުންފުނީގެ އަތުން ނުލިބޭ."
އެކަމަކު، އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ބޭސް ހުސްވެގެން އެކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ކަނޑައަޅާފައިވާ އުސޫލުތަކަށް ބޭސް އެތެރެކުރުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ފާމަސީތައް ހިންގާ މީހުންގެ ނުރުހުން އަބަދު ވެސް އަމާޒުވެފައިވަނީ އެމްއެފްޑީއޭގެ އުސޫލަށެވެ. އެ މީހުން ބުނާ ގޮތުން، ފެންވަރު ރަނގަޅު ބޭސް ގެނައުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައިވަނީ އެ ގަވައިދުތަކާ ހެދި އެވެ. ބޭހެއް ރަޖިސްޓަރީ ކޮށްދިނުމަށް ވެސް މަދުވެގެން 4-5 މަސް ދުވަސް ހޭދަވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
01 February 2024
ތީ އިންޑިޔާއިން ބޭސް ގެންނާތީ ވާގޮތެއް. އިންޑިޔާއިން ގެނައުން ހުއްޓާލާފަ ދެން ބޭސް ގެންނާނީ ޔޫރަޕުން. އެއީ އަހަރެމެންގެ ރައީސްގެ ވައުދެއް.
ޏާއްކޮ
01 February 2024
ނިއުޓްރޯލިން ބީ ހުސްވެއްޖެ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ފަހުކޮޅު. މިހާރަކު ނޫން އެ ހުސްވީ
މިސްޓަރ ޓިނޭ
01 February 2024
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބޭސް ގެންނަމުން މިގެންދަނީ ޔޫރަޕުން. އެ ބްރޭންޑެއް ޔޫރަޕަކުން ނުލިބޭނެ އެކަމަކު އެހެން ބްރޭންޑެއްގަ ހަމަ އެބޭސް މިހާރު ފާމަސީތަކުން ލިބެން ހުންނާނެ. އިންޑިޔާބޭސް ދެން ރައްޔިތުންނަށް ކާކަށްނުދޭނަން. ބޭހަށްވެސް މިހާރު ޑުބާއީއަށާ ބެންކޮކަށް ދެވޭނެ އާސަންދައިގެ އެހީގަ.
އެކްސިސް
01 February 2024
ހާދަ ހީވޭ މިއުޅެނީ ވަކި މީހަކަށް ހުއްދަ ނުލިބިގެން އަރުވާ ގޭސް ގަނޑެއްހެން.
ހުސައިން
31 January 2024
މެލޭޝިއާ އަކީވެސް ބޭސް އުފައްދާ ގަވްމެއް.
ޞްރަދާރ
31 January 2024
"މި ގޮތަށް ބޭސް ގެންނަ ނަމަ އެބަޖެހޭ ކުންފުނީގެ މައުލޫމާތުތައް ހުށަހަޅަން. އެ މައުލޫމާތުތަކެއް އެ ކުންފުނީގެ އަތުން ނުލިބޭ." ކޮންމެވެސް ކަމެއް ގޯސްވީމާ ތިހެން ތިވާނީ. ރަނގަޅު ކުންފުނިތަކުން މައުލޫމާތު ލިބެންޖެހޭނެ. "އެ މީހުން ބުނާ ގޮތުން، ފެންވަރު ރަނގަޅު ބޭސް ގެނައުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައިވަނީ އެ ގަވައިދުތަކާ ހެދި އެވެ." ތި މީހުން ބޭނުންހާ އެއްޗެއް އެތެރެ ނުކުރެވޭތީ ކިޔާ އެއްޗެއް ހަމަ ތި
ސަލީމު އިދުރީސް
31 January 2024
ޗައިނާގަ ހަދާ ކެއްސާތި ދޭބޭހުން ދޭތެދޭތެއިން ވިހަވެގެން އެއްފަހާރާ އެތައްބައެއް މަރުވޭ ޗައިނާގެ ބޭހަށާ ޗައިނާގެ ކާބޯތަކެއްޗައް ރައްތުން އިބާރު ނުރާވަރަކީ ޔޫރަފުގެ ކުޑަކުދިން ކާނާހަދާ ބުރޭންޑެއް ޗައިނާގަ ތައްޔާރުކުރާނަމަ އެއައްވެސް އިތުބާރު ނުކުރޭ! އެހެންވަނީ އިގުތިސޯދު ކުރި އަރުވަން އިންސާނުންގެ ފުރާނަޔައް ނުބަލަ ސަލާމަތީ ރައްކާތެރި ކަމައް ނުބަލަ މަސައްކަތް ކުރުވާތި!
ހިތަދޫ 2
31 January 2024
ބޮންޖެލާ މިހާރު ނުއުފައްދާ އެއްޗެއް ކިހިނެތް މިއަދު ކުއްލިއަކަށް ނުލިބިގެން މިސަކުވާ ކުރަނީ؟ މިދިޔަ އަހަރުވެސް ނުލިބެ އެއްޗެއް އެއީ، މިހާރުދެން ހާދަ ވަރެކޭ މިއަރުވަނީ މިސަރުކާރުގެ ކްރެޑިބިލިޓީ ވައްޓާލަން
ލިންކް
31 January 2024
މީ މާބޮޑު ކަމެއްނޫން، ގައުމީ ސަލާން ކުޔާލީމާ މިކަން ހަމަޖެހިދާނެ.
ހަސީނާާ
31 January 2024
އިށީންނާނެ ގަލެއް ނުބަލާ އުދުއްސައިގަތުމުގެ ނަތީޖާ
ހުސައިން
31 January 2024
ފާމަސީތަކުން ވ އަގުބޮޑުކޮށް ބޭސް ވިއްކާކަން ފާހަގަ ކުރެވޭ، އެސްޓީއޯ ފިޔަވައި.
އަފްރާސިޔާބު
01 February 2024
ތީ ދޮގެއް، ފާމަސީތަށް ބަލަހައްޓަނީ ސީދާ (އެމްއެފްޑީއޭ) މެޑަމް އޮފީހުން. އެއްވެސް ފާމަސީޔަކުން އެތަނުން ހުއްދަދީފަ އޮންނަ އަގަށްވުރެ ބޮޑުކޮށް ބޭސް ނުވިއްކާނެ. ކޮންމެ ދުވަހަކު ދެފަހަރު އެއޮފީހުގެ އިންސްޕެކްޓަރުން އެތަންތަން ޗެކްކުރޭ.