ވަޒީރުންގެ ޕަބްލިކް ފޯރަމްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: މިނިސްޓްރީ
25 ޖެނުއަރީ 2024 - 21:54
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، އިސްލާމިކް މިނިސްޓްރީން ދައްކަން ޖެހިފައި އޮތް 27 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފައިވާ ކަމަށް އަދި ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، އިގްތިސޯދީ ދަތިކަމުގެ ތެރޭގައި ވެސް މި ދަރަނި އަދާކުރުމަށް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ފައިސާ ހަމަޖައްސައި ދެއްވި ކަމަށެވެ.
"މިހާރު މިވަނީ މި 27 މިލިއަން ރުފިޔާގެ ދަރަނި ފިލުވާލާފައި. މ،ިއީ ކިހާ ބޮޑު ކަމެއްތޯ. މިއޮތް އިގްތިސޯދީ ދަތިކަމުގެ ތެރޭގައި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރަށްރަށުގައި މިސްކިތްތައް ބިނާކުރުމަށް ހިންގަމުން އަންނަ މަޝްރޫއުތައް ފައިސާ ނުލިބުމުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫއުތައް މިހާރު އަލުން ފެށިފައިވާ ކަމަށާއި ލަސްތަކެއް ނުވެ އެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ވެރިކަމަށް އައިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އިސްލާމިކް ސެންޓަރުތައް ވެސް ހުރީ ބޭނުން ނުކުރެވި ވީރާނާވާން ދޫކޮށްލާފައި ކަމަށާއި މި ސަރުކާރުން އެ ތަންތަނުގެ ބޭނުން ހިފޭނެ ގޮތް ހަދައި، އިސްލާމިކް ޔުނިވާސިޓީގެ މަރުކަޒުތައް އެތަންތަނުގައި ގާއިމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އޭގެ ސަބަބުން ރަށުގައި ހުރެގެން އިސްލާމީ މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އެތައް ބަޔަކަށް ފަހިވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގޭ
26 January 2024
5 އަހަރުގެ ސަރުކާރެއް ނިމިގެންދާއިރު 27 މިލިއަނަކީ މިދިޔަ ސަރުކާރުން ރަށްރަށުގައި ހިންގި ޕޮރޮޖެކްޓަށް ބަލައިރު އެއްވެސް، އެއްޗެއްނޫން، އަދި މިދިޔަ ސަރުކާރުގައި އާންދަނީ އިތުރުކުރަން ގިނަ ކަންކަން ކުރެވުނީތީ ތިފައިސާ ދެއްކުނީ ...
ކޭދަރި
26 January 2024
ތިޔަ 27 މިލިއަންގެ ދަރިނި އަދާކުރީ ރައްޔިތުންގެ ފައިސާއިންތޯ ނުވަތަ އަމިއްލަފުޅު މުސާރައިން ނުވަތަ އަމިއްލަ ފައިސާއިންތޯއެވެ؟؟
ނަން
26 January 2024
ދަރަނި ހައްޖު މިނިސްޓްރީގެ ދަށަށް ބަދަލުކުރީމަ އިސްލާމިކް މިނިސްޓްރީގެ ނަމަކު ދަރަންޏެއް ނޯންނާނެ އެއްނު
އެހެންވާހަކައެއް
26 January 2024
ދަރަނި ދަރަނި ދަރަނި، އެނޫން ވާހަކައެއް ނުދެއްކޭ
އުސްމާނުބެ
26 January 2024
ކޮނަތާކުން ނުވަތަ ކިހިނެއްތޯ އެވަރު ބޮޑު ދަރަންޔެއް އަދާކުރީ .......
މީ މޭންއަކީ
26 January 2024
މީ މުސްތަގުބަލްގެ ރައީސް. ބަރާބަރު އިނގޭތޯ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ފަހަތުގަ.
ހަސަން ކުރުސި
25 January 2024
ޝަހީމު އައިސް މިނިސްޓްރީ ނުހަނު މުއްސަނދިކޮށްލައިފިހެން ހީވޭ.
ގުއިއްޒު
25 January 2024
ދަތިކަމެއްނޭނގެ. ޓަނަލް އަޅަންވިއްޔާ މި ތައްޔާރުވަނީ
ާާލިންޑި
25 January 2024
ހާދަ މޮޅޭ ދަރަނި ދައްކަން، ގައުމުގެ ދަރަނި އުޅެނީ ޖީޑީޕީ އައްވުރެއްމަތީގަ. އެއްވެސް ދައްކާލަދީބަލަ.
ވަތަންގެ ދަރި
26 January 2024
ހަތާވީސް މިލިޔަން ނުދައްކައޭ ބުނީމަ ލަދުގަތީތޯ. އެއީ ރަންކޮޅާ ކުޑަމިންވަރެޢް. ފަސްއަހަރުތެރޭގަ 68 ބިލިއަން ދަރަނި ކޮށްފަ ފޭބީ. 5 އަހަރުތެރޭގަ ކުރިކަމަކަށް ވިއްޔާ އަގުނުދައްކާހުރީ . އެހެންވީމަ އަމިއްލަނަފުސާ ސުވާލުކޮށްލާ 5 އަހަރުގެ އާމްދަނީއަށް ހެދީ ކިހިނެއްތޯ.
ސީޒަން ޖެކްޝަން
25 January 2024
ޝަހާދަތްއިނގިލި މިގޮތަށް އަބަދު މައްޗަށްނަގައިގެން އިނުމަކީ ސުންނަތަކީތޯ؟