ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު
27 ޖެނުއަރީ 2024 - 11:07
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ފަށައިފި އެވެ.
އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު
ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.
ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކެންޑިޑޭޓުން އެއްބަސްވާ ތަނެއްގަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާއަށް ޕީއެންސީން ވާދަނުކުރަން ވަނީ ނިންމައިފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު
ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް މީގެކުރިން ނިންމި އެވެ. އެއީ ޕާޓީއަށް ހިދުމަތްކުރި މިންވަރު މަދުވުމާއި ޕާޓީ ބައިބައިކޮށް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ނިންމުމާ އެކު ބައެއް ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ކަންބޮޑުވުންތަކާ އެކު އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރަން ފުރުސަތު ދިނެވެ.
އެކަމަކު ބައެއް ކެންޑިޑޭޓުން ވަނީ ދެން ވާދަނުކުރަން ނިންމައި ނަން އަނބުރާ ނަގައިފަ އެވެ. ނަމަވެސް، ޕީއެންސީން ބުނެފައިވަނީ އެކަމުގެ ސަބަބުން ދެ ޕާޓީއަށް ވެސް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ.
27 January 2024
ޢަދުރޭ ބޭނުންވާބަޔަކު ހޮވޭނީ ، ދުންޏާ ހޮވަން ވޯޓާސްލިސްޓް ވަނީ ބަދަލްކޮށްފަ
ކިންލީ
27 January 2024
ހަމަޖެހޭ މީހަކަވެސް ހުރީ ދުންޔާ
ފަގުޑި
27 January 2024
ޕްރައިމަރީ އެހާ މިހިންމުތަ؟ ބަލިވާ މީހުން އައްމިލައައް ކުރިމަތިލާނެ.
ނިލާމްބެ
27 January 2024
71،597 ވަރަށް ޤަބޫލްކުރަން ދަތި ތިޔަ އަދަދު ...
ކޮރަލް
27 January 2024
މިފަހަރު މަޖްލީހަށް ބަދަލެއް ގެންނަން މަސައްކަތް ކުރަން ވީ އެވެ. 3 ހަތަރު ދައުރު އަށް މީހުން ނުހޮވަން ވީ އެވެ. ޕާޓީ އަކުން އަޔަސް އަމިއްލަ ގޮތުން އަޔަސް ގާވިލް މީހާ ހޮވަން ވީ އެވެ.
މރ. ބުއްކޮ
27 January 2024
އެއްބަޔަކު އަނެއްބަޔަކާ އަދާވާތްތެރިނުވާތި.
އަސްލުވެސްމިބުނީ
27 January 2024
މިތާކައިރި ސްކޫލެއްގައި ހުރި ފޮށީގެ ކިއުވެސް ވަރަށްދިގު. ހީވަނީ ގައުމީ ބޮޑު އިންތިހާބެއްގެ ވޯޓުލުން ބާއްވާހެއް. މިހާތަނަށްބޭއްވޭ އެއްމެބޮޑު ޕްރައިމަރީ އިންތިހާބަށް މިއިންތިހާބު ވެގެންދާނެ
ކާކާ
27 January 2024
ތީ ބޮޓެއް.
އަހަންމަދާ
27 January 2024
ކޮން ފޭކް ވާހަކައެއް މަ މިއައީ ބަލާފަ ހުރިހާ އިސްކޫލެއް ނެތް ތިބުނާ ވަރު ގެ ކިއުއެއް. މިއީ މިހާތަނަށް ބޭއްވޭ އެންމެ މަކަރު އިންތިހާބު ބަލަންތިބޭ ހޮވޭ މީހުން.