އަބްދުއްރަހީމް، މިނިސްޓަރު ސައީދާ އެކު: ރުހުން ނުދިނަސް ހަމަ އެ ބޭފުޅުން މަގާމަށް އައްޔަން ކުރެވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
28 ޖެނުއަރީ 2024 - 14:11
ރައްޔިތުންގެ މަޖިލީހުން ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނަސް، ހަމަ އެ ބޭފުޅުން އަލުން އެ މަގާމަށް އައްޔަންކުރުމުގެ އިހްތިޔާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގެ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ތާވަލުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން މަޖިލިސް ބޭރުގައި ސަރުކާރުގެ ބައެއް ބޭފުޅުން އިހްތިޖާޖު ކުރަމުން ދާއިރު ވޯޓަށް އަހަން ބާއްވަން އުޅޭ ޖަލްސާ ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވައިފަ އެވެ.
މަޖިލިސް ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި މިނިސްޓަރުންނަށް ރުހުން ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން އެއްވެސް ނަތީޖާއެއް ވެސް ނުނުކުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއަދު ރުހުން ނުދިނީ، މިއަދު ހަމަ އެ މީހުން ހަމަ އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތަނަކުން. އެހެންވެ މި ދަންނަވަނީ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ޒިންމާދާރުކަން ކުޑަ ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް މި މަޖިލީހުގެ މެޖޯރިޓީ އޮތުމުން ބޭނުން ގޮތަކަށް އަމަލު ކުރެވުނު ނަމަވެސް، އެއީ ދެން ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. ދެން އުފެދޭ މަޖިލީހެއްގެ މެޖޯރިޓީ ސަރުކާރުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން އެމީހުން ކުރިޔަސް މިއީ ދެމެހެއްޓެނެވި ކަމަކަށް ނުވާނެ. މީގެ ތިން ހަތަރު މަސް ފަހުން މި އަންނަނީ އާ މަޖިލިސް، އިރާދަކުރެއްވިއްޔާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް މުއިއްޒުގެ ސަރުކާރުން ނަންގަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމްޑީޕީން ޕީޖީ ގުރޫޕުން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.
އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.
ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
28 January 2024
އެހެންވީޔާ ކީއްކުރަންތަ މުޒާހަރާ ތިކުރަނީ. ހުސް ޑްރާމާ ދޯ.
ގެދޮރުވެރިޔާ
28 January 2024
މާލޭމީހުންނަށް ދިން ގޯތިތައް (ޚާއްސަކޮށް) ހުޅުމާލެއިން ދިން ގޯތިތައް ދީފައި ހުރީ އިންސާފުންތޯ ނުބަލަންވީ ސަބަބެއް ނެތް. ޝަރުޠު ހަމަވި އެންމެންނަށް ހަމަ ހަމަ ފުރުޞަޠު ދިން ނަމަވެސް އޯކޭ. އަނެއްކަ އެއީ އެއްބަޔަކަށް މިލިއަނުން ބިން ވިއްކާފަ އޮތް ތަނެއް. އަނެއް ބަޔަކަށް ހިލޭ. އެއީ ވަރަށް ބޮޑު ބޭއިންސާފެއް އަސްލު. މީ ދުނިޔެ. ކޮންމެ ބޭފުޅަކުވެސް ހަމަ ވިސްނުމުން ވިސްނާލުން ބުއްދިވެރި
ޓެޑް
28 January 2024
ކަލޭމެންއަށް ރަށުން ހިލޭ ބިން ލިބުނަސް އޯކޭ ދޯ ، މާލެމީހާއަށް ހުޅުމާލެއިން ލިބުނީމަ ހަޖަމްނުވެގެން ތިއުޅެނީ !
ބާބް
28 January 2024
އޭ ޓެޑޭ. މަވެސް މާލޭ މީހެކޭ. މަށަށް ތިބުނާ ގޯއްޗަކަށް ޝަރުތު ހަމަ ނުވިޔޭ. އަނެއްކާ ހުޅުމާލޭ ބިންކޮޅު ބަހާލީ އަރިސް މީހުންނަށޭ. އާދައިގެ މީހާޔަށް އެތަނުން ނުލިބެޔޭ.
ވވފވފދ
28 January 2024
ތިޔަހެންވިއްޔާ ރުހުން ހޯދުމުގެ ބޭނުމެއްވެސް ނެތެއްނު.. ހުސް ޑްރާމާ ދޯ
ކަނބިލި
28 January 2024
މިއޮތީ އެމްޑީޕީ އަޅުވެތިކަމަށް ރާއްޖެ ގެންދަންކުރި މަސައްކަތުގެ ނަތީޖާ ފެނިފައި. އަމިއްލަ ގައުމަށް ވިސްނުމެއްނެތި އެހެން ގައުމެއްގެ ވިސްނުމާ އެއްގޮތަށް ކަންކަން ގެންދަން މަސައްކަތްކުރާތަން
ޢަދުރޭޅޮސް
28 January 2024
އެހެންވިއްޔާ ކޮންޗަރުކޭހެއްތޯ ލަދެއް ގޮތެއް ފޮތެއްނެތިގެން ތިކުޅެނީ. ގާނޫނުން މެމްބަރުންނަށްދީފައޮތްހައްގެއް ރުހުންދިނުމާ ނުދިނުމަކީ. ހަޖަމުކުރަން ދަސްކުރޭ. ތިޔައީ ވެރިކަމަށް ވ ނާގާބިލް ބައެއްކަން ކޮންމެ ދުވަހަކު ދައްކައިދޭ. އެއްދުވަހު ވަޒީފާދޭނެ އަނެއްދުވަހު ވަކިކުރާނެ. ކުރިންނިންމަންޖެހޭ ކަމެއް ފަހުންކުރަންޖެހޭ ކަމެއްވެސްނޭގެ. ޙަތަރުފަސްމީހުން މިނިސްޓްރުންގެ މުސާރައިގަ އެއްވުޒާރާއެއްގަ. ނޫނޭވާގައުމު ތިޔާ ހިންގެނީ
ސުލް
28 January 2024
ދެން އެހެންވިއްޔާ ބަގުޑި ބައްދައިގެން މަޖިލިހުގަ ކޮން ވަޑާމެއް ތަ ޕީއެންސީ މެންބަރުން ލައްވާ ތި ކުރުވަނީ؟ ތިޔަހާ ގަދަ ބަޔަކު ބައެއްގެ ރުހުން ބޭނުން ނުވާނެ ނު
އަލީ!!
28 January 2024
22 މިނިސްޓަރުން މިއޮށް ބައި މިލިޔަން ހަމަނުވާ ޤައުމަކަށް ހާދަގިނައޭ.. ސަރުކާރު ދަމަހައްޓަން ރައްޔިތުންގެ ފައިސާ އިސްރާފުނުކުރައްވާ!
މުލީ
28 January 2024
22 ތޯ. އަދި ކޮންމެ މިނިސްޓްރީއެއްގަ މިނިސްޓަރަށް ލަފާދޭން މިނިސްޓަރ ފެންވަރުގަ އަނެއް ތިންމީހުން. ބަނޑަށް ޖެހިފައޭ ގޮވާއިރު ތިވާހަކަ ދެކޮޅުޖައްސަނީ ކިހިނެއްބާ. ދޮގުމައްޗަށް ދޮގުގެ ސަރުކާރެއް
ފަހުދު.
28 January 2024
ތިގޮތައް ކަންތައް ކޮއްފިއްޔާ ރައީސް މީހާގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީސް ތެރެއިން ނެގިދާނެކަން އަދުރޭއައް އިންގޭ. އަދުރޭގެ ބޭނުމަކީ މުއިއްޒު ބޭރު ކުރަން.
ތެފައާސާ.
28 January 2024
ދެން ތިހާ ފަސޭހައިން ހައްލުވާންއޮތް ކަމެއްގައި، ސަރުކާރު ނުހުއްޓުވޭނެއޭ ކިޔައިގެން ބޮޑުބަސް ބުނެ ޑެޕިއުޓީ މިނިސްޓަރުންނާ ކުންފުނިތަކުގެ އެމްޑީން ނެރެގެން މުޒާހަރާކުރަން ހުރީމާ ސަރުކާރު އޮންނާނީ ހުއްޓިފައެއްނު؟
ކައުންސެލަރު..
28 January 2024
ދަގަނޑު ކެނޑޭނީ ދަގަނޑުން. ރަނގަޅު ނިންމުމެއް އަބްދުއްރަހީމް. އެމްޑީޕީއަށް ހީވޭ ލައްކައެކޭ.. މީންވެސް މިފެންނަނީ އެމްޑީޕީ މީހުންގެ ހަޔާތް ކުޑަކަން. އެމްޑީޕީ ނޫން ޕާޓީއެއްގެ ރައީސަކު ހުރީމާ މިމީހުންނަކަށް ހަޖަމެއްނުވޭ. ރިޔާސީ ބަޔާން ހުށަހަޅަން ކަށަވަރުވެސް ފުރުސަތެއް މިގުރޫޕް ފުރުސަތެއް ނުދޭނެ. ރައީސް ވަހީދަށް، ރައީސް ޔާމީނަށް ވެސް ޖެއްސީ އެދުއްތުރާ. އަދުރޭ ވިސްނަވާ ހަޔާތް ކުޑަވަންޏާ އެއަށްވުރެ ހަޔާތް ކުޑަވާތި. މާނައަކީ ދަގަނޑު ކަނޑައްޗޭ. ސާބަހޭ