ބިގް ބޮސް 17 ކާމިޔާބުކުރި މުނައްވަރު ފާރުގީ.
29 ޖެނުއަރީ 2024 - 05:48
އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 17 ވަނަ ސީޒަން، އިންޑިއާގެ ސްޓޭޑް-އަޕް ކޮމީޑިއަން މުނައްވަރު ފާރުގީ ރޭ ކާމިޔާބުކޮށްފި އެވެ.
"ބިގް ބޮސް"ގެ 17 ވަނަ ސީޒަން އޭނާ ކާމިޔާބުކުރީ އަންކިތާ ލޮކާންޑޭ އާއި މަންނަރާ ޗޯޕްރާ އާއި އަބީޝޭކް ކުމާރް އަދި އަރުން މަޝެޓީއާ ވާދަކޮށެވެ.
މި ސީޒަން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އަންކިތާ ދިޔައީ ހަތަރުވަނަ އަށެވެ. ތިންވަނަ އަށް މަންނަރާ ދިޔައިރު، އަރުން ދިޔައީ ފަސްވަނަ އަށެވެ. އަދި ދެވަނަ ލިބުނީ އަބީޝޭކް އަށެވެ.
#BiggBoss17GrandFinale: Munawar Faruqui wins Bigg Boss Season 17 trophy #MunawarFaraqui𓃵 pic.twitter.com/xeDqr2pkhD
— Gurpreet Garry Walia (@garrywalia_) January 28, 2024
މުނައްވަރު، 32، "ބިގް ބޮސް" ކާމިޔާބު ކުރި އިރު، އޭނާ ވަނީ 2022 ވަނަ އަހަރު ގެނެސްދިން ކަންގަނާ ރަނާވަތުގެ ހަމަ މި ކަހަލަ ރިއަލިޓީ ޝޯއެއް ކަމަށްވާ "ލޮކް އަޕް"ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފަ އެވެ.
ސަލްމާން ހާން ހޮސްޓުކުރާ މި ޝޯގެ 17 ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު 15 ގަ އެވެ. މި ސީޒަން ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސީޒަން ފެށި އިރު 21 ބައިވެރިން ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy