މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި ޝަހީމްގެ ކަރުގައި އީސަގެ ކަކޫ ޖައްސައިގެން.
29 ޖެނުއަރީ 2024 - 09:53
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހިނގި މާރަމާރީގެ ތެރެއިން ކަނޑިތީމް މެންބަރު އަބްދުﷲ ޝަހީމަށް އަނިޔާވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަމިއްލަ ދިފާއުގައި ކުރެއްވި ކަމަކުން ކަމަށް ބުނެ އެމްޑީޕީން ދިފާއުކޮށްފި އެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ރިޔާސަތަށް އަރައި ޖަލްސާ ހުއްޓުވި އެވެ.
އެކަމުގެ ތެރޭގައި މާރަމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ޝަހީމް ދެމެދު އެވެ. އެ މާރަމާރީގައި ޝަހީމްގެ ބޯ ފަޅައިގެން ގޮސް އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ އެމްޑީީޕީގެ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އެ މެންބަރުގެ އަމިއްލަ ދިފާއުވާން ކަމަށާއި އެހެން މަޖިލިސް މެންބަރުންނާއި މަޖިލިސް ރައީސް މުހައްމަދު އަސްލަމްގެ ދިފާއުގައި ކަމަށެވެ.
"ސަރުކާރުގެ މެންބަރުންގެ ފަރާތުން ކުރިމަތިވި ކަންތައް ކުރިމަތިވީމަ އެމްޑީޕީގެ މެންބަރުންނަށް މަޖުބޫރުވީ ސެލްފް ޑިފެންސްގައި އެ ބޭފުޅުން އެކްޝަން ނަންގަވަން. އެއީ ކޮންމެ އިންސާނަކު ވެސް އެ ހާލަތުގައި އަމަލު ކުރާނެ ގޮތް،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އިއްޔެ މަޖިލިސް މެންބަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްވެފައެއް ނެތެވެ.
އެހެން ނަމަވެސް އެ މައްސަލައިގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މެންބަރަކު އިސްވެ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭތީ ޖަލްސާ ކުރިޔަށް ގެންދަން ސަރުކާރު މެންބަރުން ރޭ ވެސް ފުރުސަތެއް ނުދިނެވެ. އަދި މިއަދު 11:00 އަށް އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއިބްރީ
29 January 2024
އިޒްރޭލު މީހުންވެސް ބުނަނީ އަމިއްލަ ދިފާއަށް ކުރި ކަމެކޭ! އީސަ ހައްޔަރުކުރަންޖެހޭ. ވަގްތުން ވަގްތަށް.
ޖިދާދު
29 January 2024
އަހަރެން ބައްޕަ މީހުންނަށް އަނިޔާއެއް ނުކުރާނެ، ވަޅި ހިފައިގެން ދޮންމަންމަ މަރާލަން އުޅުނީވެސް އަމިއްލަ ދިފާއުގަ
ޑހުރޖހސ
29 January 2024
ކަލެމެން ހިއެއްކުރަނީ ތިޔައްތަރަށް އުޅުނީމާ ކަލޭމެން ހޮވާނެކަމަށްތަ
މމމމޖހހހހ
29 January 2024
ކުޑައިރު މަންމަމެން ބުނާނެ ސްކޫލައް ފޮނުވަމުން ރަގަޅައް ކިޔަވައްޗޭ އެހެންނޫނީ ދާންޖެހޭނީ މަހަށޭ ނޫނީ އަތްގާޑިޔާ ދަމަންށޭ ފާސްނުވެއްޖެޔާ. އަހަރެންގެ ދަރިން ކާރީ ބުނާނަން ފާސް ނުވެއްޖެޔާ ދާންޖެހޭނީ މަޖިލިސް މެންބަރުކަން ކުރާށޭ
އައިމިނާ
29 January 2024
މިހާރު އަސްލު އެމްޑީޕީ އެއް ނެތް. ފޭކް އެމްޑީޕީއެއް މިހާރު އޮތީ. ރައްޔިތުން ބަލައެއް ނުގަނޭ. ތިޔަ އެމްޑީޕީއެއް. މިހާރުގެ އެމްޑީޕީ އެކޭ ގޭންގް އެކޭ ތަފާތެއް ނުފެނޭ.
މިންވަރު
29 January 2024
މަށަށް ފެންނަނީ މަޖިލީހުގައި ކޮންމެ މެމްބރަކަށް ވަކިން ކެބިންއެއް ހަދައި ބޭރުން ތަޅުލެވޭގޮތަށް ހަދަން.. އޭރުން މަޖިލިސް ފެށުމުގެ ކުރިން ކޮންމެ މެމްބަރަކުވެސް ކެބިންއަށް ވަނުމުން މަޖިލިސް އިދާރާއިން ހުރިހާ ކެބިންއެއް ތަޅުލާފަ ބަހައްޓާނީ. އޭރުން ތިޔަހެން މާރާމާރީ ނުހިންގޭނެތާ.. ދެން މެންބަރަކު ކޮންމެހެން ބޭރަށް ނުކުންނަންޖެހޭނަމަ، އެއްވަގުތެއްގައި ކެބިންއިން ބޭރުގައި 2 މީހުންނަށް ވުރެ އިތުރަށް ނުވާނެގޮތަކަށް ބަލައިގެން މީހުން ނެރޭނީ.
މުފީދު
29 January 2024
ތި ހުރިހާ މީހުންވެސް ވީ މަޖިލީހުން ބޭރުކުރަން. ރައްޔިތުންނަށް ވޯޓުލާން ލިބޭ ފުރުސަތު ރަގަޅު ގޮތުގަ ބޭނުން ކުރަން ޖެހޭ.
އިޒްރާއީލް
29 January 2024
އީސަ އަމިއްލަ ދިފާޢުގަ ޝަޙީމްގެ ކަރަށް އަރާ.... މީ ހަމަ އިޒަރާއީލުން ދޭކަހަލަ ޖަވާބު ދޯ.... ހެހެހެ
އަޅި އަލީ
29 January 2024
އިސްރާއިލު މީހުންވެސް ފަލަސްތީނަށް އަރާ މުޅި ފަލަސްތީނު ފުނޑާލާ އެހަދާލަނީ އަމިއްލަ ދިފާއުގަ! ވަރަށް ވާހަކަ!
މީކައިލު
29 January 2024
އިީސަ އަންހެނުނައްވެސް އަނީޔާވި ވާހަކަ ކުރިން ނޫސްތަކުގަ ޖެހި އެވެސް އީސަ އަމިއްލަޔައް ދިފާއުވާން އުޅެނިކޮއް..