ންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން "މިހާރު" އަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 ޖެނުއަރީ 2024 - 11:14
މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިއްކަމުން އަންނަ ގިރާވަރު ފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު މަހު ހަލާސްކުރަން ޖެހޭ ބިލަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ދޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
"ހަގީގަތުގައި ވަރަށް އަގުބޮޑު، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.
ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓާ އަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތަލިބް ވިދާޅުވި އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ
ނަމަވެސް، އެއީ ކިހާވަރެއްގެ ބިލެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މަސައްކަތް ކުރަމުން މި ގެންދަނީ އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ އަށް ވާތީވެ، އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައި ދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދެވޭތޯ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ހަމަ ގުޅިފަޅާ އެއްގޮތަށް އެ ތަނުގެ ސާވިސްތަކާ އެއްޗެހި ގާއިމްކުރުން،" އޭނާ ވިދާޅުވި އެވެ.
"ގިރާވަރުފަޅުގެ މަގުތައް ހެދުމަށާއި އަސާސީ ހިދުމަތްތައް ގާއިމްކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެސް އެބަހުރި. އެކަމުގެ އެއްބަސްވުންތައް ވެސް ވަރަށް އަވަހަށް ހެދޭނެ."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިމެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ. އެއީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
30 January 2024
މިނިސްޓަރުގެ ވާހަކައިން ވަރަށް ސާފު. ބިލް ފޮނިވާފަ އޮތީ އޮކްޓޯބަރުގަ. ބިލްތަކަށް ފައިސާ ދައްކަން އަބަދުވެސް މަހެއްވަރު ނަގާ. އެހެން ވީމަ އެ ބިލް ޑިއު ވަނީ މުއިޒްގެ ވެރިކަމުގަ. ފައިސާ ނުދައްކާ ހިފަހައްޓަފަ އޮތީ ސީދާ މުއިޒް. މުއިޒަކީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއް ނޫން.
ތިންބިލިޔަން
29 January 2024
ތިންބިލިޔަނޭ ވަރަށް އަގުބޮޑޭ ކިޔާއިރު ކޮންމެވެސް ރަސްބޮނޑެއް ނުހިއްކިގެން ރާއްޖޭގެ ބިމުން ބޭރުބަޔަކަށް ހިބަކޮށްދިން 60-70 ހެކްޓަރު ބިމުގައި އެއްވެސް އަގެއް ނެތީތަ. އެންމެފަހުން ދިވެހިންގެ ބިން ހޯދަން ދިވެހިން އާދޭސްކުރަންޖެހޭނީ ބޭރުބައެއްގެ ކާރީގައި
ކުއްޅަވަށް
29 January 2024
ވެރިއަކަށް ދިދަދަނޑިއރއް ގެނެވުނުކަމުގެ މޮޔަ ހީވެފަ ރައްޔިތުން އެތިބީ. ދެން ކަނޑުއަޑިން ހިޔާލީ ރޭލުދުއްވާ ތަން ބަލަން ތިބޭ.
ސުވާލެއްތާ
29 January 2024
މީ ކުޑަކުއްޖެއްތަ؟
އަހްމަދު ވިލްދާން
29 January 2024
ހީވޭ ކަމެއްހެން. އިބޫގެ ޖަރީމާތައް މުޅިން މިފެންނަނީ. ލަދު
އާނިމް
29 January 2024
އަޅުގަނޑު އުޅެނީވެސް ފިނޭންސްގަ. ކުރީ ސަރުކާރުން ނުދޭ ފައިސާއަށް މިމީހުންނަށް. ވަރަށް ދެރަކޮށް މިކަން މިކުރީ އިބޫ
ގާނިމް
29 January 2024
ގަބޫލުކޮށްފިން. އޮކޭތަ
ރުވޭދާ ރަމީޒް
29 January 2024
ހުރިހާ ގޮތަކުން ބެލިޔަސް ކުރީ ސަރުކާރު އޮތީ ފެއިލްވެފައި. އޭގެ އިދަގޫ މިހާރުވެސް މިޖެހެނީ.
ރުހާމް މުހައްމަދު
29 January 2024
އިބޫ ނޫން މީހެއް އަހަރުމެން ހޯދީވެސް މިހެންވެ. ފެނަކައިންވެސް ފައިދާއެއް ނުދޭތީ.
އާދަމް ހިސާން
29 January 2024
އިބޫގެ ސަރުކާރުން ދައުލަތް ދަވާލީ މިހެން. އެއްވެސް ސަޕްލަޔަރަކަށް ފައިސާއެއްވެސް ނުދޭ.
ބޮޑުރިޔާ
29 January 2024
ފައިސާދައްކާކަށްނޫންތަ ކަމޭމެންވެރިކަމަށް އައީ އެގްރިމެންޓްގައި ސޮއިކުރާދުވަހު ގަނޑުކޮށް ހުރިހާ ފައިސާއެއްނުދޭނެ ކޮއިފުޅާ ސަރުކާރެއްގައި ތިޔަ އުޅެނީ އަލައްތަ