ޚަބަރު / ރައްޔިތުންގެ މަޖިލިސް

އުޝާމާއި ހައިދަރު އަދި ޝަހީމަށް ރުހުން ނުލިބުނު!

ޖަލްސާ ކުރިއަށް ދާއިރު މެމްބަރުން ކޮޅަށް ތެދުވެ: މިއަދުގެ ޖަލްސާ ވެސް ކުރިއަށް ދަނީ ހަޅޭއްކުގެ ތެރޭގައި

29 ޖެނުއަރީ 2024 - 13:11

20 comments
29 ޖެނުއަރީ 14:16

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުން ނިންމައިފި. ރުހުން ނުލިބުނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް އެފެއާޒް މިނިސްޓާރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް. އިކޮނޮމިކް މިނިސްޓަރު ސައީދަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި އޮތަސް އޭނާ އަށް ރުހުން ދިން.

29 ޖެނުއަރީ 14:14

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފަށް 70 ވޯޓު

29 ޖެނުއަރީ 14:12

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދަށް 68 ވޯޓު

29 ޖެނުއަރީ 14:10

އެގްރިކަލްޗަރު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އަށް 70 ވޯޓު

29 ޖެނުއަރީ 14:09

29 ޖެނުއަރީ 14:08

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބަށް 70 ވޯޓު.

29 ޖެނުއަރީ 14:07

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށް 66 ވޯޓު ލިބުނު.

29 ޖެނުއަރީ 14:05

ދިވެހި ލޭންގުއޭޖްމިނިސްޓަރު އާދަމް ނަސީރު އަށް 63 ވޯޓު ލިބުނު

29 ޖެނުއަރީ 14:02

ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީނަށް 67 ވޯޓު ލިބިވަޑައިގަތް

29 ޖެނުއަރީ 13:59

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ވެސް ރުހުމެއް ނުލިބުނު.

29 ޖެނުއަރީ 13:58

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަށް 69 ވޯޓު ލިބިވަޑައިގަތް.

29 ޖެނުއަރީ 13:56

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް 70 ވޯޓު ލިބިވަޑައިގަތް.

29 ޖެނުއަރީ 13:53

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަށް 69 ވޯޓު ލިބިވަޑައިގަތް

29 ޖެނުއަރީ 13:52

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް 57 ވޯޓުން ރުހުން ދީފި

29 ޖެނުއަރީ 13:50

އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަށް ވެސް ރުހުމެއް ނުލިބުނު. އޭނާ އަށް ލިބުނީ 30 ވޯޓު. ނުފެންނަ ކަމަށް 31 ވޯޓު. ފާސްވާން ބޭނުން ވަނީ 31 ވޯޓު.

29 ޖެނުއަރީ 13:47

އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުމެއް ނުލިބުނު. ލިބުނު ވޯޓުގެ އަދަދަކީ 24. ނުފެންނަ ކަމަށް 4 މެމްބަރަކު ވޯޓު ދެއްވި.

29 ޖެނުއަރީ 13:45

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގަތީ 69 ވޯޓު.

29 ޖެނުއަރީ 13:43

އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދަށް ލިބިވަޑައިގަތީ 37 ވޯޓު. އެއީ ފާސްވާން ބޭނުންވާ އަދަދަށް ވުރެ ދެ ވޯޓު އިތުރު އަދަދެއް. ސައީދަކީ ރުހުން ނުދޭން އެމްޑީޕީން ނިންމި ލިސްޓުގައި ހިމެނޭ މިނިސްޓަރެއް.

29 ޖެނުއަރީ 13:41

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލިބިވަޑައިގަތީ 69 ވޯޓު.

29 ޖެނުއަރީ 13:38

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ލިބިވަޑައިގަތީ 55 ވޯޓު. ނުވަ މެމްބަރަކު ރުހުން ނުދެއްވި. އަދި، ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ އެއް މެމްބަރަކު.

29 ޖެނުއަރީ 13:36

ފިނޭންސް މިނިސްޓަރު ޑރ. މުހަންމަދު ޝަފީގު 70 ވޯޓު ލިބިވަޑައިގަތް.

29 ޖެނުއަރީ 13:34

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ލިބުނީ 68 ވޯޓު. ވޯޓު ނުދެއްވަނީ އެއް މެމްބަރަކު. އެއް މެމްބަރަކު ވޯޓު ނުދެއްވާ.

29 ޖެނުއަރީ 13:32

މަޖިލީހަށް މިއަދު ހާޒިރުވެ ވަޑައިގަތީ 71 މެމްބަރުން. ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ފާސްވީ އިއްތިފާގުން،

29 ޖެނުއަރީ 13:30

ވޯޓަށް އަހަން ފަށައިފި. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަށް 71 ވޯޓު ލިބިވަޑައިގަތް. ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވި.

29 ޖެނުއަރީ 13:21

މަޖިލީހުގެ ޖަލްސާ ހިނގަމުންދާ އިރު މަޖިލިސް ހިމެނޭ ސަރަހައްދު އެއްކޮށްހެން ވަނީ ބަންދުކޮށްފައި. ސަބަބަކީ ރެއާއި އިއްޔެ ވެސް އެ ސަރަހައްދުގައި މުޒާހަރާކޮށްފައި ވާތީ. އަދި އިއްޔެ ހެނދުނު މަޖިލިސްގެ ޖަލްސާ ހިނގަމުން ދިޔައިރު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮރާ ވަރަށް ކައިރީގައި މުޒާހަރާ ކުރުމުން މަޖިލިސްގެ މެމްބަރުންގެ ރައްކާތެރިކަމާ މެދު މެމްބަރުން ވަނީ ސުވާލު އުފައްދަވާފައި.

29 ޖެނުއަރީ 13:14

މަޖިލިސް ބޭރުގައި މެމްބަރުން އިށީންދެގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

29 ޖެނުއަރީ 13:13

ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ފަސް މިނެޓަށް ޖަލްސާ މެދުކަނޑާލައިފި

29 ޖެނުއަރީ 13:13

ޖަލްސާ ފެށުމާ އެކު ރިޔާސަތުން ވަނީ ވޯޓަށް އަހަން ރަނގަބީލު ޖަހައިފި. މަޖިލިސްގެ ތަޅުމުގައި މިއަދު ވެސް އޮތީ ހަޅޭއްކާއި ދުންމާރީގެ އަޑުތައް.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ނާކާމިޔާބުވެފައި އޮއްވައި، އެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގައި އަނެއްކާ ވެސް ދެންމެ ފަށައިފި އެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމަން އިއްޔެ ހެނދުނު ވެސް މަޖިލީހުގައި ޖަލްސާއެއް ބޭއްވި އެވެ. އަދި ރޭ ވެސް ޖަލްސާއެއް ބޭއްވި އެވެ. އެ ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ދުންމާރި ފުމެ، އަޑުގަދަކޮށް ހަދައިގެންނެވެ.

މައްސަލަ ބޮޑުވެފައި އޮތީ، ވަޒީރުންގެ މަޖިލީހުގެ ހަތަރު ވަޒީރަކަށް ރުހުން ނުދޭން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި ޑިމޮކްރެޓްސް ނިންމުމާ ގުޅިގެންނެވެ. އެއީ، ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅައިފަ އެވެ. އަދި އިއްޔެ ހެނދުނު ޖަލްސާ ހޫނުވެ، ހިންގި މާރާމާރީއެއްގައި އެއް މެމްބަރަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.

20 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އިބްރާހިމް ދީދީ

29 January 2024

ޑރ. ޝަހީމަށް ރުހުންނަދިނީ ޝަހީމް މިވީ ދެމަހެއްހާ ދުވަހު ކުރެއްވި މަސަކަތް ފެނި އެމްޑީޕީ ހިތްދަތިވީމަ ދެންއެހެން ކޮންކަމެއް އޮވެގެން ރުހުން ނުދިނީ އެމްޑީޕީ ޖެހޭނީ ޑރ. ޝަހީމު ކުރިމަތީ ތައުލީމީގޮތުން ކުޑަކަކޫ ޖަހަން އެހެންމެ އިޝާމް، ހައިދަރު ކުރިމަތީގަވެސް ކުޑަކަކޫ ޖަހަން އަހަރުމެންނަކީ އެމްޑީޕީ ކުޅޭހާ ކުޅިހަޑެެއްބަލަންތިބޭނެ ބައެއްނޫން

The name is already taken The name is available. Register?

އަސްމާ ޝަރީފް

29 January 2024

އެމް.ޑީ.ޕީ އަކީ ރާއްޖެއަށް ހުރި ހަލާކެއް. ވަޒީރުންގެ ގާބިލިއްޔަތާ ތަޢުލީމީ ފެންވަރަށް ބަލައިގެން ރުހުން ނުދެއްޏާ ނުދޭންވީ ޓުއަރިޒަމް މިނިސްޓަރ ފައިސަލްއަށް. އެމް.ޑީ،އަކީ ވަރިކަމަށް އައިސްވެސް ރައްޔިތުންނަށް ކެމެއް ކޮށްދެވޭ ޕާޓީއެއް ނޫން. ބާރުތަކެއް ލިބިފައިވާތީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ޕާޓީއެއް. ރައްޔިތުންނަށް ހުރި ގެއްލުމެއް

The name is already taken The name is available. Register?

ހުސައިން

29 January 2024

މަޖްލިސް ގައި މިހާރު ތިބި މޑޕ ގިނަ މމބރނނކ ކފ ހމވ ބައެއް ނނ. 2 ވނ ބރެއް ދނކމއނތ

The name is already taken The name is available. Register?

ޢައިސް

29 January 2024

އެންމެ ޤާބިލް ދެވަޒީރުންނަށް ރުހުންނުދިނުމަކީ މޑޕމީހުން މަތީތައުލީމުގެ އެންމެމަތީދަރަޖަ ހާސިލުކޮއްފަތިބި މިރާއްޖޭގެ އެންމެހާ "ޕީއެޗްޑީހޯލްޑަރު"ންނަށް ވެސްކުރި މަލާމާތެއް....މަޖިލީހުގައި ތިބި އަސާސީ ތައުލީމު ފެންވަރުގެމީހުންނަށް މާބޮޑުކަމަކަށްނުވެދާނެ....މުއިއްޒުގެ ސަރުކާރުން މުއިއްޒުދުވެލީގައި މަސްރޫޢުތައް ނިންމަފާނެތީ ހަމަ ޖޭވަނީ...

The name is already taken The name is available. Register?

މަނަމަ ހުވާމިބުނީ ގަޓުހުންނަންވާނެ

29 January 2024

މަިލިސްރައީސަށް، ވެދުންސަލާން، މިއަދު އަލުން އައްޔަންކޮށްފައި 7 ދުވަސްތެރޭ ނަންފޮނުވާނެވާހަކަ ދަންނަވަން . އިހުތިރާމް.

The name is already taken The name is available. Register?

ޖބބބބބ

29 January 2024

ޖާހިލުން ތިބި ތަނަކުން ޢިލްމުވެރިންނަށް ޖާގައެއް ނުލިބޭނެ. ޖާހިލުންތައް ބޭރުކުރޭ!!!!!

The name is already taken The name is available. Register?

ނުހާ،

29 January 2024

މިއަދު އެމުޑީޕީން ކެނޑެްނ ސިޓީލާނަން

The name is already taken The name is available. Register?

މޮޔަފީފުދީދީ

29 January 2024

މިހާރުވެސް ތިޔަ އުޅުއްވަނީ ޕީއެންސީ ގަ އެއްނު؟ އަވަހަށް ވަޑައިގަންނަވާ. އެމްޑީޕީ ބޭނުމެއް ނޫން ތިކަހަލަ މނފގ ންނެއް!

The name is already taken The name is available. Register?

ސުހޭލު،

29 January 2024

އެޓާނީ ޖެނެރަލައް ވޯޓޫ ނުދިނީ ކަނޑުތައް ވިއްކާލި މައްސަލަ ބަލާތީ

The name is already taken The name is available. Register?

ހަސަންކުރުސީ

29 January 2024

ކަލޯ މީހަކު ކަނޑެއް ވިއްކިތަ؟ އެއީ ސިޔާސަ ވާހަކަ އެކޯ!

The name is already taken The name is available. Register?

ކޮސް ގާނޫނު

29 January 2024

ކޮން ސަކަރާތެއް މިޖަހަނީ.. ދައުރު ނިމޭއިރަށް ތަނުން ބޭރުވާން ޖެހޭ ބައިގަނޑެއް އާ ދައުރަކަށް ރައީސް އައްޔަން ކުރާ ވަޒީރުން ތަކަކަށް ރުހުން ދޭން ޖެހޭތަ. ބާކީ 3 މަހޭ ދައުރު ނިމެން އޮތީ. ވަގުތީ ބައެއްގެ ރުހުން ހޯދަން ޖެހޭތަ އަލަށް ހޮވި ސަރުކާރަކަށް. ނުކުޅެދޭ ގާނޫނުގެ ދެކޮޅުނުޖެހޭ ކަންކަން މިހުންނަނީ

The name is already taken The name is available. Register?

ސައްލެ،

29 January 2024

ހައިދަރައ ރުހުން ނުދިނީ ތަރައްގީ ހަޖަމު ނުވީމަ ސަހީމައް ރުހުން ނުދިނީ އިސްަލާމީ އުސޫލުތައް ހިފަހައްޓާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454