ޖަލްސާ ހުއްޓުވައިފި ނަމަ ޣައްސާން އާއި އިހުސާނަށް ވެސް ރުހުން ނުދޭން ވަނީ ނިންމައިފައި
29 ޖެނުއަރީ 2024 - 13:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ހުރަސް އަޅައިފި ނަމަ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ވެސް ރުހުން ނުދޭން އެމްޑީޕީ އިން ނިންމައިފި އެވެ.
އެމްޑީޕީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައިފައި ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ނިސްބަތްވާ މެންބަރުން މަސައްކަތްކޮށްފި ނަމަ ރުހުން ނުދޭ މިނިސްޓަރުންގެ އަދަދު ހަޔަކަށް އިތުރުކުރާށެވެ.
އެމްޑީޕީން ޕީޖީ ގުރޫޕުން އިއްޔެ ނިންމާފައިވަނީ ބަންޑާރަ ނައިބު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ. ނަމަވެސް، އެކަމަށް ވޯޓަށް އަހަން ބޭއްވި ޖަލްސާއަށް ސަރުކާރު މެންބަރުން ހުރަސް އެޅުމުން ކުރިއަށް ނުގެންދެވުނެވެ. ރޭ ވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަސައްކަތް ކުރެއްވި ނަމަވެސް، މަޖިލީހުގައި އެ މާހައުލު ނެތުމުން ޖަލްސާ ހުއްޓާލެއްވީ އެވެ. މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މެންދުރުފަހު 1:00 އަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.
ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާމްް
30 January 2024
ސަރުކާރުގެ އެންމެ ހީވާގި މިނިސްޓަރުންނަށް މިވަރަށް ޖެއްސުން މިކުރަނީ ނާގާބިލް ވެގެނެއްނޫން. ސީދާ ޖެއްސުމަށް
ހާބެެ
30 January 2024
ހަޖަމު ކޮށްލާ. އެއްކަމެއްވެސް އެމްޑީޕީއަކަށް ނުހުއްޓުވޭނެ
ކިއްލާާ
30 January 2024
ކަލޭމެންގެ ނިޔަތް ކިހާ ސާފު އެހެންވީމަ. ހުސް ވަގު ހިޔަޅުން
އަމީންް
30 January 2024
މާ ބޮޑަށް ސައިޒް އޮޅިގެން އެމްޑިޕީއިން އުޅެނީ
އެނދިމަރިޔަނބު
29 January 2024
އެހެންވީމަ ރުހުން ނުދެނީ ރަނގަޅު ސަބަބެއް އޮވެގެނެއް ނޫން ދޯ؟ ޖެއްސުންކުރަން.
އަލްމުދިޝް
29 January 2024
ވެރިކަމެއް ބަދަލު ކުރަނީ އާދައުރަކަށް ރައްޔިތުންނެވެ. އާދައުރަކީ އާބާރެކެވެ. މިހާރުގެ އެއްވެސް ބާރެއްގެ ރުހުން އާދައުރަކަށް ބޭނުން ނުވާނެއެވެ. ރުއްސަން އުޅުނީމާ ދޭނީ ލަނޑެވެ. މުސްލިމުންނާއި މުނާފިގުން ވަކިކުރަން ނުދަންނަ ހެޔޮފުޅު އެނދުރުން ނަށް ލިބޭނީ އަބަދުވެސް ކޮޅުކެއްސެވެ.
ނަރަކަކީޅާ
29 January 2024
ކިތައްމެވަރެއްކުރިއަސްއިންޑިއާސިފައިންނަކައް ހެލިކެޕްޓަރަކާއިޑޯިއާއެއްގެދަޅަދައްކާއިގެންމިތާކުނުތިބެވޭނެހަމަދާންޖެހޭނީ