ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: އޭނާ ވިދާޅުވީ، މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް -- ފޮޓޯ: މިހާރު
30 ޖެނުއަރީ 2024 - 14:19
ޗައިނާ އާއި އިންޑިއާގެ މާކެޓް ހިފެހެއްޓިއްޖެ ނަމަ މިއަހަރު ނިިމޭއިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ޔޫތު މިނިސްޓްރީން ބޭއްވި "ހެކަތަން" ފެށުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ޓެކްނޮލޮޖީއަށް އަހުލުވެރި ޒުވާނުންނަށް އިންވެސްޓް ކޮށްގެން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބުކިން ޑޮޓް ކޮމް އާއި އަގޯޑާ ފަދަ ޓްރެވަލް އެޕްލިކޭޝަންތައް ފަދަ ދިވެހި އުފެއްދުންތަކަށް ވެސް އުންމީދުކުރާ ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމުގައި އެޕްލިކޭޝަނެއް މެދުވެރިކޮށް، އެއީ ވަރަށް ޕޮޕިއުލާ އެޕްލިކޭޝަނަކަށް ހަދައި ފްރާންސްގައި، އިޓަލީގައި، ރަޝިޔާގަ އާއި... ދުނިޔޭގެ ކޮންމެ ތާކު ވެސް ހުރެ ރާއްޖޭގެ އެ މީހަކު އަންނަން ބޭނުންވާ ރިސޯޓެއް [ބުކް ކުރެވޭނެ] އެފަދަ އެޕްލިކޭޝަނެއް ވެސް ހެދުން އެދެން،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ޒުވާނުން އެދޭ ގޮތަށް އެކި ދާއިރާތަކުން ކަންކަން ޑެލިވަކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައި ވިޔަސް މިހާރު ޓްރެންޑް ހުރި ގޮތުން އެއަށް ވުރެ އިތުރަށް ވެސް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 170،000 ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓު އިތުރު އަދަދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
30 January 2024
ބުކިން ޑޮޓްކޮމް އޮއްވާ، ފުރޮޅު އަލުން އީޖާޒު ކުރަނީ ދޯ؟
ޑެންޓަލްމޭން
30 January 2024
2.5 އަށް ހަދާލިނަމަ ނަންބަރު ރީތިވީހެއްނު.
ގަމާރުބޭ
30 January 2024
މަ ހީކުރީ އިޒްރޭލް ބޮއިކަތް ކަމަށް މި އަހަރު އޮތީ
48343
30 January 2024
އިބުރޭ އިންޑިޔާމީހުން ގެނައިގޮތަށް ޗައިނާމީހުން ގެނަސްގެންނެއްނޫން ނަންބަރު ހަމަކުރާނީ.
މިންގޯ
30 January 2024
މަ ހީކުރީ އިންޑިޔާއިން އެއްވެސް އެއްޗެއް ނުގެންނަ ގޮތަށްކަމަށް ސަރުކާރުން މަސައްކަތް ކުރަނީ.. ޓުއަރިސްޓުންވެސް ހިމެނޭ ގޮތަށް
ޢަލިބެ...
30 January 2024
ނުގެނަޔަސް އަންނާނެ.