ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
30 ޖެނުއަރީ 2024 - 18:56
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ވަޒީރުންތަކެއް އަލުން ހަމަ އެ މަގާމަށް އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުންކަމަށް އިދިކޮޅު ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން އިއްޔެ ފާސްކޮށްފަ އެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވަނީ މަޖިލީހުން ރުހުން ނުދިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރައްވައި ވަޒީރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ.
އެކަން ކުށްވެރިކޮށް ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާއި މަޖިލީހަށް އެ ވަޒީރުންގެ ނަންތައް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.
"ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސް އިން ވަނީ ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ރައީސަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
31 January 2024
އެމްޑީޕީ އޮވާލަންވީ
ަސދފ
31 January 2024
ދެން ކޮން ހުރުމަތެއްތަ؟ ޑޮމޮކޮރޮޓޮސޮ އަޑީގަ އޮވެގެން ގެނައި ސަރުކާރު މީ.. ދެން އެއްޗެއި ކިޔާނެކަމެއް ނެތް....
ސާމް ނާފިޒް
31 January 2024
އަހަންނަ ފެންނަނީ އަދިވެސް ވެރިކަން ގެއްލުނީމަ އޭގެ ހިތި ރަހަ ކަރުބުޑުން ނުފިލައިގެން އެމްޑީޕީން އުޅޭތަން. މިއީ ވަރަށް ދެރަކަމެއް.
އީސަ މުހައްމަދު
31 January 2024
މޮޔަ ނުގޮވާ. ހަޑި ހޭވީ އެމްޑީޕީން
ޤާނޫނު ދޮންބެ
31 January 2024
ޤާނޫނުއަސާސީގެ ޙުރުމަތް ކަނޑާލީ ތިޔަ ޤާނޫނު ހަދާ މަޖުލީހުގެ ތިބި މެމްބަރުން ތިޔަ މަޖުލީހަށް ވަނުމަށް ވަކި ޝަރުތެއްނެތް. އަޙްލާގެއް، ޙިލްމެއް އަދި އިލްމެއް ނެތް ބަޔަކު ތިތަނަށްވަދެ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޙައްގުތައް ތިޔަ ފޭރެނީ އަމިއްލަ ފޮށި ބާރަށް ބަނދެ ޖީބުތައް ފުރާލަނީ، ރައްޔިތަކަށް ފައިދާ ހުރި ކަމެއް ކުރުމެއްނެތް ބަލަނީ އެކަކު އަނެކަކަށް ޖެއްސުންކުރުން ނޫން ކަމެއް ނުކުރޭ
ބޯވަދިލަ
31 January 2024
ފިލްޒާއަކީ ވިކިފަ ހުންނަ މީހެއް. މޑޕ ޕަޕެޓެއް.
އިހްސާސް
31 January 2024
ކޮބާތަ އަންނި؟ މިސަރުކާރަށް ޖެއްސުން ނުކުރޭ.
ޢަލީބެ
31 January 2024
ރުހުންނުދިނަސް ހާކިމާގެ ވަލީއަށް ކައިވެނި ކުރެވޭނެ. ވަޒީރުން ހަމަޖައްސާނީ ރައީސް ގާނޫނު ހަދާނީ މަޖިލިސް. ޜައީސް ގާނޫނު ތަސްދީގު ނުކުރިޔަސް އަލުން ފޮނުވެނީ އެހެންވެ. ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނަސް މަގާމު ނުގެއްލޭނެ.
ކަކިޓެޓްސް
31 January 2024
ޑިމޮކްރެޓްސް އޭ ކިޔާ އަނގަ ހުޅުވަން ކަލޭމެން ލަދުގަންނަންޖެހޭ....ބުގާޕެޓްސް....ޕަޕެޓްސް....ބަލަ މުޅި ގައުމުގެ 53 ޕަސެންޓުން ހޮވާފަ އޮތް ސަރުކާރެއް ކަލޭމެން 10 ވަރަކަށް މީހުން ވެގެން ޒާތީ ހަސަދައެއް ފިލުވާލުމަށް ވައްޓާލަން އުޅޭއިރު އެއީ ޑިމޮކްރަސީތަ....ލަދުކޮބާ....ބީތާވިއަސް މީ ބޮޑުވަރު
އަޖޭ
30 January 2024
މީ ޑިމޮކްރެޓް ޕާޓީން ނެރޭ ބަޔާނެއްނޫނެވެ. މީ އިންޑިއާ ރުއްސަން އިންޑިއާގެ އެޖެންޓެެެއް ދުރުގައި ފިލާ ހުރެގެން އޭނަގެ ޕަޕެޓުން ކޮޅެއް ލައްވާ ނެރޭ ބަޔާންތަކެއް. ތީ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވިސްނުމާވެސް ދެކޮޅަށް ނެރޭ ބަޔާންތަކެއް.