އެސްޓީއޯގެ ވިޔަފާރިއާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު
14 ފެބުރުއަރީ 2017 - 13:43
އެސްޓީއޯގެ އަމާޒަކީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި އެކަށީގެންވާ މިންވަރެއްގެ ފައިދާއެއް ނެރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ވިޔަފާރިތައް ކަމަށްވާ ތެލާއި ކާޑާއި ބޭހުގެ އަގުން ބޮޑު ފައިދާއެއް ހޯދަން އުޅެނި ނަމަ އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.
"ހަމަ ހިއްސާދާރުންނަށް އޭގެ ގެއްލުން ވާނީ. ޕްރޮފިޓް ހޯދަން ޖެހެނީ ހިއްސާދާރުންގެ އަތުން. އަޅުގަނޑުމެން އެކަން އެގޮތަށް ކުރަންވީތޯ؟ ނޫން. އަޅުގަނޑުމެން ނުކުރާނަން،" އެސްޓީއޯ އިން ކުރާ މުހިންމު ވިޔަފާރިތައް ގުޅެނީ އާންމު ރައްޔިތުންނާ ކަމަށް އިޝާރަތްކުރައްވަމުން، އޭނާ ވިދާޅުވި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 53.1 މިލިއަން ރުފިޔާ އެވެ. މިދިޔަ 2015 ވަނަ އަހަރުގެ އެ ކުއާޓަރުގައި 134 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. މިދިޔަ އަހަރު އެސްޓީއޯގެ ސާފު ފައިދާ އަކީ 301.4 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 85 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ އަހަރު މާލީ ހިސާބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ ކުންފުނީގެ ފައިދާ ދަށްވާނެ ކަމަށް ކުރިން ބުނެފައިވާނެ ކަމަށެވެ. އަދި އެކަމާ އެއްގޮތަކަށް ވެސް ހައިރާންވެވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް. އޭޕްރިލް މަހުން ފެށިގެން ފައިދާ ދަށްވާން ފެށީ. އެ ދުވަސްވަރު ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ބަދަލުތަކެއް އައި. އެ ބަދަލު އައިމަ ވާ ގޮތަކީ ތެލުގެ އަގާ ވަރަށް ބޮޑަށް ގުޅިފައި މިހިރީ،" ޝަހީރު ވިދާޅުވި އެވެ.
"އެހެންވެ އެސްޓީއޯއިން ވަރަށް ބޮޑަށް ބެލިން އާއްމު ރައްޔިތުންނަށް އަގުތައް އެކަށީގެންވާ ހެޔޮ އަގެއްގައި [ބަހައްޓަން]."
އޭނާ ވިދާޅުވީ އެސްޓީއޯއިން ވިއްކާ މުދަލުގެ އަގުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އަދި އެވަގުތު ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ މާކެޓްގައި ހުރި އަގަށް ބަލައިގެނެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިޔަފާރީގެ 70 ޕަސެންޓަކީ ތެޔޮ. އެހެންވީމަ އެއީ މި އައި ބަދަލަކީ [ފައިދާ ދަށްވީ]. ސަރުކާރުގެ ވިސްނުން އަބަދުވެސް ހުންނަނީ ޕަބްލިކް ކުންފުނިތަކުން ޕްރޮފިޓް މެކްސިމައިޒްކުރުމެއް ނޫނޭ،" އެސްޓީއޯގައި މިހާރު ހުންނެވި އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އެއް ހިންގުންތެރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެހޭނީ ރީޒަނަބްލް ޕްރޮފިޓެއް ހޯދަން. އެސްޓީއޯގެ 50 ވަނަ އަހަރީ ޖަލްސާގައި ރައީސް ޔާމީން ވަރަށް ސާފުކޮށް ވިދާޅުވި އެސްޓީއޯއިން ހޯދަން ވާނީ ރީޒަބަލް ޕްރިފިޓެއް ކަމަށް،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކުމުގެ ކުރިން އެސްޓީއޯ އިން ނެރުނު ފައިދާ ވަރަށް ކުޑަ ކަމަށެވެ. އެހެންވީ އެހާ ބޮޑު ފައިދާއެއް ހޯދަން އޭރު އިސްކަން ނުދޭތީ ކަން ޝަހީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ޕާސްކޮށްލާ އަގު އަންނާނެ ކަރަންޓު ބިލަށް. އަޅުގަނޑުމެންނަށް ނޯވޭ އިންޓަނޭޝަނަލް މާކެޓްގައި ތެލުގެ އަގަށް އަންނަ ބަދަލު ވަގުތުން ގެނެވޭކަށް. އަޅުގަނޑުމެން ޖެހެނީ ރީޒަނަބްލް މިންވަރެއްގައި ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިފާނު
15 February 2017
އެސްޓީއޯއަކީ ރައްޔިތުންނަށް އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއް...
އަމާޒު
15 February 2017
ބޭނުމަކީ ހުރިހާ އެންމެން މެނޭޖަރުންނަށް ހެދުމެއް ނޫނެވެ. ބޭނުންވަނީ މީހުން ކުރާ މަސައްކަތާއި އެއްވަރުގެ އުޖޫރައެއް ދިނުމެވެ. ސާފު ފައިދާ ދަށްވިޔަސް މުވައްޒަފުން ބޭނުންވަނީ ސާފު މުސާރައެވެ. މުވައްޒަފުން އަޑިޔަށް ދާ ވަރަކަށް ކުންފުނިވެސް އަޑިޔަށް ދާނެޔެވެ.
ޕޮގުބާ
15 February 2017
ތިކަންއެނގެ އެސްޓީއޯޓުރޭޑް ސެންޓަރަށް ވަދެލީމަ މަކިޓާ 3އިންޗި ރޮންދާއެއްވެސްލިބެނީ 5000 ރުފިޔާއަށްވީޔަ ތިހިރީހަމަ އެސްޓިއޯގަ ބޮޑެތި ރަންބުރިބުރި ނުއަގުގައެ ސަރުކާރުގެ އާދައިގެ ވަޒީފާއެއް އަދާކުރާމީހެއްގެ މުސާރައެއްކޮއްދިނަސް 3އިންޗިރޮންދާގަނޑެއް ނުގަނެވެ ދެން މީޑިއާ ތަކަށް އަރާ ފާޑުފާޑުގެ ވާހަކަ ދެއްކިޔަކަސް ރަށްޔެތުން ގަބޫލު ކުރާނެތަ؟
ޒޮމްބީ
15 February 2017
ޕޮގުބާއެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރަށް ވަނަކަސް ތިޔަ އަގެއް ނުފެންނާނެއެވެ. އެއެއްޗެހި ވިއްކަން ހުންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިންނެވެ.3 އިންޗި ރޮންދާއެއްގެ އަގަކީ 4329 ރުފިޔާއެވެ.
ކމާލު
14 February 2017
ބޭނުމަކީ ފެލުން
މާކަނާ
14 February 2017
ކާޑުގެ ބާވަތްތައް ފިޔަވާ އެހެން ހުރިހާ އެއްޗެއް ނިސްބަތުން އަގުބޮޑުވާނެ އެސްޓީއޯގަ އެހެން ބޮޑެތި ފިހާރަތަކަށްވުރެން....
ސަމީރު
14 February 2017
އަމާޒަކީ ގިނަކަޓު ނެގުން.. ބޭކާރު ހަރަދު އިންތިހާ
ވާނުވާ
14 February 2017
އަމާޒަކީ އެމީހަކައް ކެވުނުވަރަަކައް ކެއުން. އެ ޢީ މިސަރުކާރުގެ ޢާއްމު ސިޔާސަތު.
ދުރުބަލަންވީ
14 February 2017
އެސްޓީއޯގެ އަމާޒަކީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި އެކަށީގެންވާ މިންވަރެއްގެ ފައިދާއެއް ނެރުން ކަމަށް އެތަނުގެ އެމްޑީ ވިދާޅުވީމާ ކަމަކު ނުދާނެއެވެ. އެސްޓީއޯ އަށް ކުޑަ ފައިދާ ނެރެގެން އެހާ ބޮޑު އޯވަރހެޑް ކޮސްޓް ކަވަރު ކުރާ ތަނެއް ނުހިފެހެއްޓޭނެއެވެ. ކަން މިހެން ހުރުމުން އެސްޓީއޯ އިން ޖެހޭނެ އެސްޓީއޯގެ ފައިދާ އަކީ އަހަރަކު 2 ބިލިއަން ޑޮލަރު ކަމުގައި ހަދަން 2020 ވަނަ އަހަރު ކުރިން. މިކަން ކުރެވޭނީ އެސްޓީއޯ އަށް މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް ވިޔަފާރިކޮށް ގެންނެވެ. އެނޫން އެއް ގޮތެއް ވެސް ނޯންނާނެ އެސްޓީއޯ އަށް މީގައި ބޮޑު ފައިދާ ނެރެވޭނެ ވިޔަފާރި އެއް. އެސްޓީއޯ އިން އެބަޖެހޭ އެމްއޭސީއެލް އާއި ވާހަކަ ދައްކައިގެން އެމްއޭސީއެލް އިން ހުޅުލެ އިން ހިއްކާ ބިމުން ވެސް ބޮޑު ބިމެއް ކުރިއަށް އޮތް 100 އަހަރު ދުވަހަށް ކުއްޔަށް ނަގަން. އަދި އެފަދަ ބިމެއްގައި އެސްޓީއޯ އިން ވަރުގަދަ ކޮމާރޝަލް ބިލްޑިންގް އެއް އަޅާ އެކި ސްޓޯލްސް ތައް އެސްޓީއޯ އިން ކުއްޔަށް ދީފިނަމަ އެސްޓީއޯ އަށް ވަރަށް ބޮޑު ފައިދާ އެއް އެފަދަ އިމާރާތެއް ގެ ކުލިން ވެސް ލިބޭނެއެވެ. މިކަން ކުރެވޭތޯ އެސްޓީއޯ އިން ބައްލަވަންވީ އެވެ. އެއްްގޮތަކަށް ވެސް އެސްޓީއޯގެ ވިޔަފާރީގެ ފައިދާ ކުޑަ ވެގެން ނުވާނެއެވެ. އެވާން ޖެހޭނެ ބިލިއަން ޑޮލަރު އަހަރަކު ފައިދާ އަށް ނެރޭ ކުންފުންނަކަށްވާން.
ާަެއަޅު
14 February 2017
އެސްޓީއޯ ވަރެއް ނެތް ބަރާބަރު ސަހީރު
ޖައްބު
14 February 2017
ޢެސްޓީއޯ އުފެއްދި މައިގަޑު އެއް ސަބަބަކީވެސް އާންމުން ގެ ބޭސިކް ޕްރޮޑަކްޓްސް އަދި ސަރވިސަސް އަތްފޯރާ ފަށުގަ އަދި އަބަދުމެ ލިބެން ހުރުން ކަށަވަރު ކުރުން. އަދި މާކެޓްގަ ވަކި ކަހަލަ ޕްރޮޑަކްޓްސްގެ އަގު ކޮންޓްރޯލް ކުރުން. މިސާލަކަށް ރަށްރަށުގަ މިހާރުވެސް އެސްޓީއޯއިން ވިއްކާ ވަރަށް ގިނަ މުދާ ހަމަ ހުސްވާއިރަށް އެހެން ވިޔަފާރިވެރިން އެތަކެތީގެ އަގު ބޮޑު ކޮށްލާނެ. ސަރުކާރަށް ތާއިދުނުކުރިއަސް އަދި އިތުބާރު ނުކުރިޔަސް ޝަހީރަށް ސޮފްޓް ކޯނަރއެއް އިނދޭ. ރަނގަޅަށް ތިތަން ހިންގާނެ ކަމަށް އުއްމީދުކުރެވޭ!