ޕީޖީ ޝަމީމް: ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށް، މައްސަލަ ބަލަން ވަނީ ގޮވާލާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
31 ޖެނުއަރީ 2024 - 11:41
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލަކުން ދިން ހަމަލާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.
ނޫރު މިސްކިތް ކައިރިން ޝަމީމަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށި ތިރިއަށް ވަނީ އަނިޔާވެފަ އެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ދޭ އަނިޔާވެރި ހަމަލާތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައްވައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ވަނީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރަށް ފާޑުކިޔައިފަ އެވެ.
އެ ޕާޓީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރައްޔިތުންނާއި ދުސްތޫރީ މަސްއޫލިއްޔުތުތަކާ ވާޖިބުތައް އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއް ނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނާ ގާތް ގުޅުންތަކާ ހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން،" އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
ޑިމޮކްރެޓްސް އިން ބުނީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަންކޮށްފައިވާ ދައުލަތުގެ މަގާމެއް އަދާކުރައްވާ ފަރާތަކަށް ދެވޭ ހަމަލާއަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ. އެއީ ނުރައްކާތެރި ސިގްނަލެއް ކަމަށް ބުންޏެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވެސް ވަނީ ޝަމީމަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުން ހޯދަން، ސީރިއަސް ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް، ގާނޫނީ އަދަބު ދިނުމަކީ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަދޫމު ސިޓީ
31 January 2024
ގޭންގުތަކުގެ މީހުން ހުންނަނީ އެކިކަހަލަ ވައިބާ ގުރުޕްތަކާ އެތްޗެހި ހަދާފަ އެމީހުން ނުރުހޭ މިހަކުވިއްޔާ މި ބުނާ ގުރުޕްއައް ފޮޓޯލާނެ އޭގަ ތިބޭނެ ގޭންގު ބޮޑެތި މީހުންވެސް މިގައުމުގެ ފިނޑި ވެރިންނަށް ގޭންގުތަކާ ކުޅެން ނުކެރޭނެ ރައީތުން ނިކުންނަންވީ ގޭންގުތަކާދެކޮޅަށް
މިއައު
31 January 2024
ނިކުންނަށް އިރަށް ކުއްވެރި ވާނީ އެމީހަކު. ގައިމު ފުލުހުންނަށް ގޭންގުތަށް ހޯދައި ހައްޔަރަށް ނުގެނެވެންޏާ އިންޓެލިޖެންސް އުވާލާ، ބޭކާރު ހަރަދު ނުކޮށް.
އާދަނާ
31 January 2024
ދެން މިހެންދޭ ހުރިހާ ހަމަލައެއްވެސް އަޅުވާނީ ސަރުކާރުގެ ބޮލުގަ!
ޚަނު
31 January 2024
ޕީޕީއެމް ކޮންމެ ވެރިކަމެއްގަ ސިޔާސީ މީހުންނަށް ހަމަލަ އަންނާތީ ހަމަ ސުވާލުއުފެދޭ. ބުއްދި ބޭނުންކުރޭ. ތިމާ ސަޕޯޓް ކުރާ ޕާޓީ މީހުންނާ ދޭތެރޭ ސުވާލުއުފެދޭ ކަމެއް އޮތިއްޔާ އަމިއްލަޔަށް އެސުވާލު ކުރުން ރަނގަޅުގޮތަކީ. އެހްންނޫނީ ވެރިން ގަތުލްއާންމު ހިންގިޔަސް ސަޕޯޓަރުން ތިބޭނީ އަތް ޖަހަން. ގައުމު ހަލާކުކޮށްނުލާ ޒިންމާދާރު ކުރުވޭތޯބަލާ!
ފިޔެސް
31 January 2024
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ދޭ އަނިޔާވެރި ހަމަލާތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައްވައިފަ އެވެ." މީ ވަރަށް ރަނގަޅު ގޮވާލުމެއް. ފަލަސްތީނުގެ ދަރިންނާމެދު ހިނގަމުންދާ ގަތުލްއާއްމު ކުށްވެރިކޮށްލާނަމަ އިތުރަށް ފުރިހަމަވީސް.
ހެލޮލޮ
31 January 2024
ބިރުވެރި ގަަައުމެއ
ނޫނު
31 January 2024
މިއީ އަނެއްކާވެސް އެމީހުންނަށް ބާރު ލިބޭ ސިޔާސަތުގެ ސަބަބުން ހިންގާ ކަންކަން، ކުރީގައިވެސް މިފަދަ ޒަމާނެއް ހިނގައެޖެ. ރޯމާދުވާލު މީހުން މެރުން ފަދަ ކަންކަން ހިންގީ، އަދިވެސް އެމައްސަލަތައް ކޯޓުތަކުގައި ކުރިޔަށް އެބަހިނގާ.