ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: މަޖިލީޙުން ރުހުން ނުދިން ވަޒީރުން އަލުން އައްޔަން ކުރުމާ ދެކޮޅަށް އޭނާ ވަނީ ގަރާރެއް ހުށަހަޅާފައި -- ފޮޓޯ: މަޖިލިސް
31 ޖެނުއަރީ 2024 - 15:55
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރަކު އަލުން މަގާމަށް އައްޔަންކުރެއްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި، ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރެއްވުމަކީ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ ބާރު ނިގުޅައިގެންދާ ފަދަ އަމަލެެކެވެ.
ގަރާރުގައި އީވާ ވިދާޅުވި ގޮތުގައި، ވަޒީރުންނަށް ރުހުން ހޯދުމަކީ ގާނޫނު އަސާސީން ލާޒިމް ކުރާ ކަމަކަށް ވާއިރު ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަން ސާފުކޮށް އެނގެން އެބައޮތެވެ.
"ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބޭ ތިން ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސައްވައި ގާނޫނު އަސާސީއާ ހިލާފު ކަމެއް،" ގަރާރުގައި ބުނެފައިވެ އެވެ.
މިއީ ދިވެހި ސަރުކާރަށް އޮތް އިތުބާރު ގެއްލި އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެތީ، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ނަމަވެސް އެއީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ކުރެއްވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެއީ އެ މަނިކުފާނަށް ކުރެވިދާނެ ކަމެއް ކަމަކަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސީލު
01 February 2024
މިއަކީ ހުސް އިންޑިއާގެ އޯޑަރަށް ކުރާ ކަންކަން. އެގައުމުން ވަނީ މި މީހުންނަށް މިކަން ކުރަން މިލިއަނުން ލާރި ބަހާފަ.
އަހްމަދު މުހަންމަދު
01 February 2024
މި 2 މަސްދުވަހު ގައުމުގެ އިގްތިސާދީ ދުވެލި ހުރި ބާރުމިން ފެނި އެ ހަޖަމް ނުވެގެން އުޅޭހެން ވަރަށް ހީވޭ
ގަލޮޅު އުތުރުގެ ރައްޔިތުން
01 February 2024
ރައްޔިތުން ހޮވި ސަރުކާރަކަށް ޖެއްސުން ކުރުން ހުއްޓާލުމަށް އީވާއަށް ގޮވާލަން
އައްފާލު
01 February 2024
ރައްޔިތުންގެ އިތުބާރު އެ 3 ވަޒީރުންނަށް އެބަ އޮތް
އަސީލު
01 February 2024
ފުރުތަމަ އީވާމެން ބުނެދީބަލަ ރައްޔިތުންނަށް، މަގުބޫލު އުޒުރެއް ނެތި އެ 3 ވަޒީރުންނަށް ރުހުން ނުދިން ސަބަބު
އަސްލ
01 February 2024
ވަޒީރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި ވީހިނދު، އެ ޝަރުތުތައް ހަމަވާ ބަޔަކު ވަޒީރުން އައްޔަންކުރުމުގެ ބާރު ގއ އިން ދީފައިވާ ފަރާތުން ކަނޑައެޅުމުން، ގާނޫނު އަސާސީގައި ނުބުނާ ކަންކަމާ މަތިކޮށް ރުހުން ނުދިނުން އެއީ އީވާމެެން ގާނޫނު އަސާސީއަށް ގޮންޖެހުން. ގއ އަކު ނެތް އަލުން އައްޔަން ނުކުރެވޭނެ ކަމަކަށް. ރުހުން ނުދޭންވެސް ކިޔަނީ ތުހުމަތޭ. މީހަކު ކުށްވެރިކުރާން ތުހުމަތަކީ ގއ ދަންނަ އެއްޗެއް ނޫން. ތުހުމަތަކީ އުފަންކުރުވާ އެއްޗެއް
މެންގްރޫވް
01 February 2024
މަޖިލީހަށް ބާރު ހޯދިގޮތަކަށް ހޯދާފަ އޮތީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބުކުރާ ސަރުކާރާ ރައްޔިތުންނަށް ޖެއްސުންކުރާކަށް ނޫން! ރައްޔިތުން ކަލޭމެން ހޮވާފަ ތިޔަތިބީ ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތް ކުރުމަށް. ޤާނޫނު ހެދުމާއި އިސްލާހުކުރުމާއި ކަންކަން ކޮށްގެން ޤައުމާއި ރައްޔިތުންގެ ލާބަޔާ މަންފާ އާއި އަދުލު އިންސާފާއި ހަމަހަމަކަން ހޯދައިދީ ޙައްޤުތައް ކަށަވަރު ވާނެ މަގު ހޯދައި ދިނުމަށް. ކަލޭމެންގެ ޖީބުފުރާ މުއްސަނދިވާކަށް ނޫން
ހަމަދޯ
31 January 2024
ސަރުކާރައް ޖެއްސުން ކުރުން ނޫންކަމެއް މިމީހުންނަކައް ނުކުރެވޭނެ
ހަސަންބޭބެ
31 January 2024
ގާނޫނު ދެންހަމަ ބޭނުންގޮތަކަށް އެމީހަކަށް ފިޓުވާ ވަގޮތަކަށް މާނަކުރަންވީ. ގަބޫލުކުރެވޭ އެއްވެސް ސަބަބަކާއި ނުލައި ގާނޫނު އަސާސީގެ ދަށުން ރައީސު އަޔަންކުރި ވަޒީރުންނަން ރުހުންނުދީ ފޮނުވާލީ ގާނޫނުގެ ބާރުކަޑުވާލަން ޖެއްސުންކުރަން އަދި މަޖިލިސްގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރާކަށްނޫންތަ. ކޯޗެއް ކާކަށް މިއިގެނީ. މުޅިންވެސް މޫމޫ ލައްވާ މާރާމާރީހިންގާ އައުގުރާނަކިޔާ ބައެއް..
އީވާ ނޫން ގޮތެއް
31 January 2024
އީވާ ގެ ބަދަލުގަ އެގޮޑީގަ ބުދެއް ބޭންދިޔަސް ފުދޭނެ