ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
07 އޮކްޓޯބަރ 2025 - 15:23
މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރަން އޮޑިޓަ ޖެނެރަލަށް ލާޒިމްކޮށް އަދި މާލީ ބަޔާން ހުށަނާޅާ މިނިސްޓަރުންނަށް ފިޔަވަޅު އަޅާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު، މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިިހާރު އޮންނަނީ މިނިސްޓަރުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުޑޫ ހުށަހެޅުއްވީ އެ މާއްދާ އަށް އަކުރުތަކެއް އިތުރުކޮށް، މިނިސްޓަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އިތުރުން މަޖިލީހަށް ވެސް ހުށަޅަން ލާޒިމްކޮށް، ބަޔާންތައް އާއްމުކުރަން އޮޑިޓާ ޖެނެރަލަށް ލާޒިމު ކުރުމަށެވެ.
އެ މާއްދާއަށް އިތުރުކުރަން ބިލުގައި އޮތް އަނެއް ކަމަކީ މާލީ ބަޔާނުގައި ހުންނަންޖެހޭ ޝަރުތެކެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާނަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްއިން ލައިސަންސް ދީފައިވާ އޮޑިޓަރަކު ސައްހަކަން ކަށަވަރު ކޮށްފައިވާ ބަޔާނަކަށް ވާން ޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ.
މިނިސްޓަރުންގެ މުދަލާއި ފައިސާގެ ތަފްސީލު ހިމެނޭ މާލީ ބަޔާން އެ އުސޫލުތަކާ އެއްގޮތަށް ހުށަނާޅާ ނަމަ އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ބިލްގައި ހުށަހަޅާފައި އޮތީ މުސާރައިން ކެނޑުމެވެ. އެގޮތުން 90 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އޭގެ ފަހުން ކޮންމެ ދުވަހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު އުނިކުރަން އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ މެމްބަރުން މެންބަރު ކަމަށް އިންތިހާބުވާއިރު، މާލީ ހާލަތު ހުރި ގޮތް ހާމަކުރަން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އާއްމު ކޮމިޓީން މިއަދު ނިންމީ އެ އިސްލާހާ މެދު ފަހުން ވިސްނަން ބޭއްވުމަށެވެ.
ކުޑޫ ހުށަހެޅުއްވި ތިން ވަނަ އިސްލާހަކީ މިނިވަން މުއަައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރަން ލާޒިމުކޮށް، އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ. އެކަމަކު، އެ އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 October 2025
ކ.މާލެ ސަރަހައްދަށް ދިމާވެފައި އޮތް މުސީބާތެއްފަދަ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލުހޯދާ އިޖްތިމާޢީ އަދާލަތު ޤާއިމްކުރުމަށްޓަކާ ވެސް ސޯޝަލް ހައުސިންގ ސްކީމް ތަކަށް ދައުލަތުން ދޫކޮށްފައިވާ ފުލެޓަށް އެއްބަސްވުމާއިއެއްގޮތަށް ދޭންޖެހޭފައިސާ މަހުންމަހަށް ދެއްކުމަށާއި އަދި އެފަދަ ފުލެޓްތަކުގައި ބިދޭސިންދިރިއުޅުން މަނާކޮށް، މިފަދަ ފުލެޓްހޯދަން ދޮގުމައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީވުމަކީވެސް ޤާނޫނީކުށަކަށް ހަދަންޖެހޭހިސާބަށް އަދިވެސް ނުދަނީތޯ؟
އޮނަރަބްލް އަފީފު ދީދީ
07 October 2025
ސޯޝަލް ހައުސިންގ ފުލެޓްތަކުން ކުރާ ވައްކަމުގެއިތުރަށް އެއްބަސްވުމާއި އެއްގޮތަށް އިންސްޓޯލްމަންޓް ފައިސާނުދައްކާތީ ދައުލަތަށްލިބޭ މިލިޔަން ޑޮލަރުގެ ގެއްލުމުން ސަލާމަތްވުމަށް ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފްރީކޮށް، ދެވަނަ ބިމާއިފުލެޓުން %50 އަދި އިތުރަށް މިލްކުކުރާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސްނަގާން ކަޑައަޅާ ސޯޝަލް ހައުސިން ސްކީމަށް ދޮގުމައުލޫމާތުދިނުމާއި، އެހީތެރިވުމަކީވެސް ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅަން ކުޑޫ ހުށަހަޅަންވީ ނޫންތޯ؟
ކުރިސީ ގެ މާމަ
07 October 2025
ރައިޔަތުން ނިކަންރަގަޅަށް ވިސްނާބޔަކަށް ވާންއެބަޖހޭ. ޕާޓީތަކަގެ ވެރިކަމުގައި ރައިޔަތުން ހަނާކުރަމުން މިހިރަދަނީ. ވަކި ޕާޓީއެއް ކިޔާނެކަމެއްނެތް. ބޮޑު ދެޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީދިނީމަވެސް ހަމަ ނުކޮށް ދަންމަނީ. ތީގައި ތިހިރަ ހުރިހާ އިސްލާހުތަކަކީވެސް މިހިނދުން މިހިދަށް ނިންމަންޖެހޭވކަންކަން. ކީއްކުރަންތައް ފަހުން ވިސްނަންބާއްވަވީ. ބޯހަލާކު.
ނޫރީ8
07 October 2025
ކޮބާ ތޯ ކުންފުނިތަކުގެ އެމްޑީން ؟ ކޮންމެ ސަރުކާރެއްގައިވެސް ދައުލަތް ކައި ހުސްކޮށްގެން މުއްސަނދިވަނީ
އަފްރާސިޔާބު
07 October 2025
ތީ ރަނގަޅުވާހަކައެއް. ކޮންމެ ބަޔަކުވެސް އެމީހަކަށް ދެމުނުވަރަކަށް ދަމައިގެންފައި ކުރީސަރުކާރުން ކާލީޔޭ މަށަކަށް ނުވާނޭ ކިޔާފާ ހައްޓާލައިގެންގޮސް ރިސޯޓެއް ނުނީ ސަފާރީއެއް ބަދެ ބޮޑު މުއްސަންޖަކަށްވަނީ. ރަނގަޅުހެން ހީވަނީ އިންތީޚާބު ކުރާ މަގާމުތަކާއި ޢައްޔަނުކުރާ މަގާމުތަކަށް އެކަން ކުރުމުގެ ކުރިން އެމީހެއްގެ މާލީ ބަޔާން ހުށަހަޅަން. މިސާލަކަށް ފަނޑިޔާރު ކަމަށް ކުރިމަތިލާމީހާވެސް އެކަމަށް އެދޭއިރު އޭނާގެ މާލީ ބަޔާނާއެކު ކުރިމަތިލުމަށް.